ރަސްފަންނު މޫދަށް އެޅިފައިވާ ތެޔޮ ސާފުކުރުމުގެ މަސައްކަތް ސިފައިން ކުރަނީ. -- ފޮޓޯ: އަހްމަދު އަވްޝަން/މިހާރު
16 ސެޕްޓެމްބަރ 2021 - 19:33
ކަނޑަށް އެޅުނު ކަޅުތެޔޮތަކެއް ރަސްފަންނު މޫދު ސަރަހައްދަށް އޮޔާ ވަދެ އެތަން ތަޣައްޔަރު ވުމުން އެތަން ބަންދުކޮށް ސާފުކުރަން ފަށައިފި އެވެ.
މުޅި މޫދު ކަޅުތެލުން ތަޣައްޔަރުވެ މިހާރު އޮތީ ރާޅުޖަހާ ހިސާބު ވެލިގަނޑު ވެސް ކަޅުވެފަ އެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި މިއަދު ހަވީރުން ފެށިގެން ރަސްފަންނަށް ކަޅުތެޔޮ ވަންނަމުން ދިޔަ އެވެ.
ރަސްފަންނު މޫދު ކަޅުތެލުން ތަޣައްޔަރުވެފައި. -- ފޮޓޯ: އަހްމަދު އަވްޝަން/މިހާރު
ރަސްފަންނު ބަންދުކޮށް ސިފައިން މިހާރު އަންނަނީ އެބްޒޯބެންޓް ޝީޓް ބޭނުންކޮށްގެން ތެޔޮތައް ނަގައި ސާފުކުރުމުގެ މަސައްކަތްކުރަމުންނެވެ. ސިފައިން ބުނީ ރަސްފަންނު މޫދުގައި ގިނަ އަދަދަކަށް ތެޔޮ ޖަމާވެފައި އެބަހުރި ކަމަށާއި އެކަމުގެ ރިޕޯޓް އިރުއޮއްސި 6:30 ގައި ލިބުމާ އެކު ތަން ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ރަސްފަންނު މޫދަށް އެޅިފައިވާ ތެޔޮ ސާފުކުރުމުގެ މަސައްކަތް ސިފައިން ކުރަނީ. -- ފޮޓޯ: އަހްމަދު އަވްޝަން/މިހާރު
ކަޅުތެޔޮ އެޅިފައި ވާތީ ރަސްފަންނުގެ އައިޖީއެމްއެޗް ދިމާލުން މިހާރު އޮތީ ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމެރިކާ
17 September 2021
އެމްޑީޕީ ވެރިކަމައް އަންނަ ކޮމްމެ ފަހަރަކު މުޅި ރައްޖޭގަ އޮންނަނީ ހަމަނުޖެހުން. އެމީހުންގެ މީހުން ތަމްރީނުކޮއްފަ ހުންނަ ގޮތް މީ
މާލޭ ރައްޔިތުން
17 September 2021
މުއިއްޒޫ.. ވ.ތާޙިރެއްނު! މިއީތޯ ރައްޔިތުންނަށް މޭޔަރުކަން ކޮށްދޭގޮތަކީ... ވެމްކޯ އޮފީހަށް ކުނިއަޅާ އެތާ މުއައްޒަފުންނަށް ގެއްލުންދީ ރަސްފަންނަށް ކަޅުތެޔޮއަޅީމަ ގެއްލުންވަނީ ދިވެހި ރައްޔިތުންނަށާ ދިވެހި ދަޢުލަތަށް. މުއިއްޒުއަށާ ޕީޕީއެމްއަށް ގެއްލުންނުވެދާނެ.
ޗީޒް
17 September 2021
ވެމްކޯ އިން ސިޓީ ކައުންސިލައް ޖެއްސުންކޮއްފަ
ކަޅުތެޔޮ
17 September 2021
އެމްޑީޕީ މީހުން ވަރައް ކަޅުތެލާ ދޯޅުވާނެ
އޮނަރަބްލް އަފީފު ދީދީ
16 September 2021
ދުނިޔޭގެ އެންމެމަޝްހޫރު ހޮޓެލް ބްރޭންޑްތަކުން އޮޕަރޭޓްކުރާ ރިސޯޓްތައް އޮތް ކ.އަތޮޅު މާލެސަރަޙައްދުގައި މާސިންގާ ބޮޑު ސީޕޯޓެއްހަދާން ސަރުކާރުންނިންމިއިރު ތެލާއި، ކެމިކަލާއި، ގޭހާއި، ނުރައްކާތެރި އެތައްޒާތެއްގެ ކުނިބުނިފަދަ ތަކެތިވެސް އުފުލާނެ ބޮޑެތި އާގުބޯޓު ދަތުރުކޮށް ބަނދަރު ކުރާނެ. # އަދިވެސް ވަގުތު އެބައޮތް. އިތުރަށް ވިސްނާ ފިކުރުކޮށްފަ ތިޔަ ބަނދަރު ޒީރޯޑިގްރީ ޗެނަލް ސަރަޙައްދުގައިއޮތް އައްޑޫސިޓީ، ހުވަދޫ ނޫންނަމަ ލ.އަތޮޅަށް ބަދަލު ކުރައްވަވާ.
މުލޭ
17 September 2021
އައްޑޫ، ހުވަދޫ، ހައްދުންމަތި މިއީ ކުނި އުކާލަން އޮތްތަންތަން ކަމަށްތޯ ތިބުނަނީ. މި ހައްދުންމައްޗާއި ހުވަދު އަތޮޅަކީ ޓޫރިޒަމްގެ ކުރިމަގު އޮތްތަންތަަން.
އަލީރާޖާ
16 September 2021
ރާއްޖޭގެ ޓޫރިޒަމް އަށް މި ކަހަލަ ކަމަކުން ލިބިދާނެ ބޮޑު ގެއްލުމަކުން ރައްކާތެރިވުމަށް ކުރިއާލާ ތައްޔާރަށް ތިބެންޖެހޭ. މެނޭޖު ކުރާނެ ސާމާނާ، ތަމްރީނު ލިބިފައި ތިބި މީހުން އެބަތިބިބާ؟
ޖަމަލު
17 September 2021
ޓުއަރިޒަމް ދޯ ފުރަތަމަ ބޮލަށް ވަނީ. އަހަރަމެން ދަރިންނަށް މޫދު ދައްކާލަން އޮތް މަދު ތަނުން އެއްތަން އެއީ. ރަށަކަށް ގޮސް ހުރެވޭހާ ލާރިއާއި ވަގުތެއްވެސް އޮންނަނީކީ ނޫން
ރަދީފްއޮފިޝިއަލް
16 September 2021
ދެރަކަމެއް.
އައްޔަ ބޮޑޭ
16 September 2021
ގަދަވިއްސާރަޔާއެކު މަތިންކަޅުތެޔޮ ފޭބީތޯ, ކީއްވެތޯ ކަޅުތެޔޮ އެޅުނު ގޮތްތަހުގީގު ކުރާވާހަކަަ ޚަބަރުގަ ނުލިއުނީ, މެޓުއޮފީހަކުން ވެސްނުބުނޭތޯ !
ކަޅުތެޔޮ
16 September 2021
ތިބަނދަރުތެރޭގައި މީހުންނެތި އަޅާފައިހުރި އުޅަނދުފަހަރާއި ބަންގާޅީއިން ބައިތިއްބާފައިހުރި އުޅަނދުފަހަރު އަޅާފައިހުރި ދުވަސްވަރުގެސް ތިވަރުކަމެއް ހިނގާފަކާއެއްނެތް. އެކިފާޑުގެ ސިޔާސީކުޅިވަރު ހިނގަމުންއަންނަ ދުވަސްވަރެއްގައި ކުއްލިއަކަށް ރޭގަނޑެއްގައި ތިކަހަލަކަމެއްހިނގީމައި ވަރަށް ސުވާލުއުފެދޭ. ތިކަމުގެ ތަހުގީގަށް ރާއްޖެއިންބޭރުގެ ތަޖުރިބާކާރުން ގެނައުމުންނޫނީ ހަގީގަތެއް ނޭނގޭނެ.
ކޮރަލް
16 September 2021
މާލެ ކައިރިން ހިނގި ހާދިސާ އެކެވެ. އެކަން ކުރި ބައެއް ކޯސްޓް ގާޑުން ހާމަކޮށް ދިނުން އެދެމެވެ. އެންމެ ފަހުން ވެސް އެނގުނީ ބޭރުގެ ޔޮޓް ނަސަންދުރަ ފަޅު ތެރެއަށް ވަތް ފަހުންނެވެ.