"ބައިވެރިޔާ" ގެ ޓީމުން ބުނަނީ މިއީ ބަލާ އިރު، މަޖާވެގެން ގޮސް ނުހީ ނުތިބެވޭ ވަރުގެ ފިލްމަކަށް ވާނެ ކަމަށް.
"ބައިވެރިޔާ" ގެ ޕޯސްޓަރެއްގައި ފައިސަލް، މަލް އަދި އަޒޭ.
02 ޑިސެމްބަރ 2016 - 14:57
މި މަހުގެ 14 ގައި އަޅުވާ ކޮމެޑީ ފިލްމް "ބައިވެރިޔާ" ގެ ޓިކެޓް ވިއްކަން މިއަދު ފަށައިފި އެވެ.
ފިލްމްގެ ޕްރޮޑަކްޝަން މެނޭޖަރު އަދި ފިލްމުގައި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ އަހުމަދު ސައީދު ބުނީ މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން އޮލިމްޕަސްގެ ކައުންޓަރުން ޓިކެޓް ގަންނަން ލިބޭނެ ކަމަށެވެ.
ޓިކެޓް ވިއްކަން ފެށުމުގެ ކުރިން "ބައިވެރިޔާ" ގެ ފޭސްބުކް ޕޭޖާއި ފިލްމަށް ހާއްސަ ހޮޓްލައިން ނަމްބަރު މެދުވެރިކޮށް މީގެ ކުރިން ވަނީ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެހެންވެ ޓިކެޓް ނޯޓް ކުރި މީހުން ވީހާ ވެސް އަވަހަށް ޓިކެޓް އޮލިމްޕަހުން ނެގުމަށް، "ބައިވެރިޔާ" ގެ ޓީމުން ވަނީ އެދިފަ އެވެ.
ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ "ބައިވެރިޔާ" އަކީ ބަތަލާ ނިއުމާ މުހައްމަދާއި "އިންސާފު" ގެ ޕްރޮޑިއުސަރު އިސްމާލް ޝަފީގް ގުޅިގެން ޕްރޮޑިއުސްކޮށް، އެންވިޝަން އެންޓަޓައިންމަންޓުން އުފައްދާފައިވާ ފިލްމެކެވެ.
މި ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ޔޫއްޕެ އާ އެކު "ބައިވެރިޔާ" އިން ބޮޑު ކާސްޓެއް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ޝީލާ ނަޖީބް، މަލީހާ ވަހީދު (މަލް)، އަހުމަދު އަޒްމީލް (އަޒޭ)، މުހައްމަދު ފައިސަލް އަދި ނާޝިދާ މުހައްމަދު (ނާއްކޮ) ހިމެނެ އެވެ.
"ބައިވެރިޔާ" އަކީ މި އަހަރު އަޅުވާ އަށް ވަނަ ފިލްމެވެ.
މިދިޔަ ބުރާސްފަތިދުވަހުގެ ރެއިން ފެށިގެން އޮލިމްޕަހުގައި އަންނަނީ އިބްރާހީމް ވިސާން (ކަނޑި) ޑައިރެކްޓްކޮށްފައިވާ "ވީ ބޭވަފާ" ދައްކަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރަމުންއަންނަތަރި
03 December 2016
މަލް މާ އޯވަ. ދެން ތުންދަމައިގެން ހުރެ ވާހަކަ ދެއްކުން. ވަރަށް ބޮލަށް އުނދަގޫ.
The
02 December 2016
ވ.މަޖާ ހީހީ ހަލާކު ވެއްޖެ
ޕައްލަންބެ
02 December 2016
އޯކޭ، ނިއުމާ އެއް ނޫޅޭދޯ މިއަކު، ނަސީބެއް، ދާނަން ބަލަން
ޕައްލަންބެ
02 December 2016
އަދިވެސް ނިއުމާ ނޫނީ ނެތީތަ ލީޑުކުޅެވޭނެ އަންހެނެއް، އަހަރެމެން ކުޑައިރުވެސް ނިއުމާ، މިހާރުވެސް ނިއުމާ، ރޯ ފިލްމަކުންވެސް ނިއުމާ، ހޭ ފިލްމުތަކުންވެސް ނިއުމާ، އޭނަގެ އަޑަކީ އެހާ ކަންފަތަށް އުނދަގޫ އަޑެއް، މި ލިޔަން އިންނަ އިރުވެސް އެބަ އުނދަގޫވޭ
ދޮންދީނި
02 December 2016
ތިޔައީ ތެދެއް.