މާޝަލް އާޓްސްގައި ނަޖާހް ފައިޓް ކުރަނީ --- ފޮޓޯ: އެމްއެންޑީއެފް
20 ސެޕްޓެމްބަރ 2021 - 11:41
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މާޝަލް އާޓްސްގެ ޖިއު ޖިޓްސޫ ޗެމްޕިއަންޝިޕް އަދި ގްރެޕްލިން އެންޑް ސަބްމިޝަން ޗެމްޕިއަންޝިޕް ސިފައިންގެ މީހަކު ކާމިޔާބު ކޮށްފި އެވެ.
"ފަސްޓް އޯޕަން މޯލްޑިވްސް ޖިއު ޖިޓްސޫ ޗެމްޕިއަންޝިޕް 2021" އަދި "ފަސްޓް އޯޕަން މޯލްޑިވްސް ގްރެޕްލިން އެންޑް ސަބްމިޝަން ޗެމްޕިއަންޝިޕް 2021" ކާމިޔާބުކުރީ އެމްއެންޑީއެފް ސްޕެޝަލް ފޯސްގެ ސްޓާފް ސާޖަންޓް އިބްރާހިމް ނަޖާހެވެ.
އެ ދެ މުބާރާތް އިންތިޒާމު ކުރީ "ޝާކްސް މާޝަލް އާޓްސް އެކަޑެމީ" އާއި "އޭޒެޑް ބީޖޭޖޭ އެކަޑެމީ މޯލްޑިވްސް" ގުޅިގެންނެވެ. މި ދެ މުބާރާތުގައި 24 މީހުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރެއިން ނުވަ އެތުލީޓުންނަކީ ބޭރުގެ އެތުލީޓުންނެވެ.
އެމްއެންޑީއެފުން ބުނީ ފަސްޓް އޯޕެން މޯލްޑިވްސް ގްރެޕްލިން އެންޑް ސަބްމިޝަން ޗެމްޕިއަންޝިޕްގެ 84 ކެޓަގަރީގެ ރަން މެޑަލް އާއި ފަސްޓް އޯޕެން މޯލްޑިވްސް ޖިއު ޖިޓްސޫ ޗެމްޕިއަންޝިޕްގެ އޯޕަން ކެޓަގަރީން ނަޖާހް ރަން މެޑަލް ހާސިލު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަނީ ފަސްޓް އޯޕަން މޯލްޑިވްސް ޖިއު ޖިޓްސޫ ޗެމްޕިއަންޝިޕްގެ 84 ކެޓަގަރީގެ ބްރޮންޒް މެޑަލް ވެސް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސެމް
20 September 2021
ނަޖާ އަކީ މުޅިން ތަފާތު ގޮލައެއް.