ވިލާ ކޮލެޖުގައި މިއަދު ބޭއްވި ގްރެޖުއޭޝަން ހަފުލާގައި އެ ކޮލެޖުގެ ޗެއާމަން ގާސިމް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
24 ސެޕްޓެމްބަރ 2021 - 21:58
ގައުމުގެ ތަރައްގީ އަށް އަދި ތަހުޒީބު މުޖުތަމައަކަށް އެދޭ ނަމަ މީހުން ބިނާކުރަން ކުރާ ހޭދަ އިތުރުކުރަންޖެހޭ ކަމަށް ވިލާގެ ފައުންޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމްގެ ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާގައި އޭނާ ވިދާޅުވީ، އުފާވެރި އާއިލާތަކާއި ސަރުކާރުގެ މުއައްސަސާތައް ހަރުދަނާވެ ވިޔަފާރިތައް ކުރިއަރާނީ ގާބިލް މީހުން ތިބެގެން ކަމަށެވެ.
އެކަން ހާސިލު ކުރުމަށް މީހުން ބިނާކުރުމަށް ހޭދަކުރަންޖެހޭ ކަމަށާއި ބައެއް ކުންފުނިތަކުން މީހުން ބިނާކުރުމަށް އިންވެސްޓްމަންޓު ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަތީ ތައުލީމަށް ސަރުކާރުން ކުރާ ހޭދަ އިތުރުވުމަކީ ހިތްހަމަޖެހުމެއްކަން ފާހަގަކުރެއްވި އެވެ.
"މީހުން ބިނާކުރުމަށް ޝައުގުވެރިވަޑައިގެން ގިނަ ބޭފުޅުން އިންވެސްޓު ކޮށްދިނުމަށް އިހުތިރާމާއެކު މި ފުރުސަތުގައި ވެސް އަޅުގަނޑު އިލްތިމާސްކުރަން،" މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ވިލާ ކޮލެޖުގައި މިއަދު ބޭއްވި ގްރެޖުއޭޝަން ހަފުލާގައި އެ ކޮލެޖުގެ ޗެއާމަން ގާސިމް އަދި ވިލާ ކޮލެޖުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި ހަޟާރަތްތައް ބިނާވެ، ކުރިއަރައި ދިޔަ ސަބަބާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އިއްޔެ ނުވާނެ ކަމަށް ބުނި އެތައް ކަމެއް މިހާރު ފެންނަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވެ، އެ ސުވާލުތަކުގެ ޖަވާބުގައި ގާސިމް ވިދާޅުވީ އެކަންކަން ކާމިޔާބުވީ މީހުން ބިނާކޮށްގެން ކަމަށެވެ.
ރާއްޖެ ކުރިއަރައިދިއުމަށް ވަރަށް ބޭނުންވާ ކަމަށާއި ދިވެހިން އާ އީޖާދުތައް ފަށައި އަޑުއަހަން އިންތިހާއަށް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ވެނި ކާމިޔާބު މަޝްރޫއުގެ މޭސްތިރިންނަކީ ފަންނުވެރިންނަކީ ދިވެހިންނޭ ބުނެ ފަހުރުވެރިވާން ބޭނުން،" ގާސިމް ވިދާޅުވި އެވެ.
މީގެ 14 އަހަރުކުރިން ހުޅުވި ވިލާ ކޮލެޖުން ތަފާތު އަށް ދާއިރާއަކުން ތައުލީމާ ތަމްރީނުގެ 117 ޕްރޮގްރާމެއް އުފައްދައި ކިޔަވައި ދީފައިވެ އެވެ. އެ މަސައްކަތުން މިހާތަނަށް 13،526 ދަރިވަރުން ގްރެޖުއޭޓުވެފައިވެ އެވެ. މި އަހަރު ވެސް 1،459 ދަރިވަރުން ދަސްވެނިވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުންޑުބުރި
25 September 2021
ހޭދަތައް އިތުރުކުރާ ވަރަކަށް އަހަރެމެން ދޭ ފެންވަރު ނުހުންނަ ސަނަދުތައްވެސް އިތުރުކުރަންޖެހޭ.
ޙަބީބު
25 September 2021
އެހެންވެދޯ އެދަރިންގެ ބަފައިން ރިސޯޓު ތަކުގަ މަސަތްކަތް ކުރިމަ ސާވިސްޗާޖު ނުދީ ތިޔަހުންނަވަނިީ މުސާރަޔައް 3000 ރުފިޔާދީފަ އެއީ ކުދިން ބިނާކޮއް ކައިގެން ބޮއެގެން އުޅެން މިޒަމާނުގަ ކޯޗެއް
mRNA vaccines
25 September 2021
ރާއްޖެޔަށް ބޭނުންވަނީ އިމާމުން. ހުރިހާ ދިމާލެއްގައި މިސްކިތް އަޅާފަ އެތަނުގައި ރެޔާއި ދުވާލު ދުއާ ކުރަން ފެށުމުން ރިޒްގު ލިބޭނެ. އެހެން އެއްވެސް ކަމެއް ކުރާނެ ކަމެއް ނެއް. ދުނިޔޭގެ އެއްމެ މުއްސަދި ގައުމުތަކަކީ މުސްލިމު ގައުމުތައް. އެއްމެ ގިނަ ސައިންސްވެރިން ތިބީ މުސްލިމުން ތެރޭ
Coronavirus
26 September 2021
ރަގަޅު ވާހަކައެއް. އެހެންވެތާ މުޅި އެފްރިކާ އެއޮތީ ޓެރެރިސްޓު ހާއްޔަކަށް ހަދާފަ، އަދި ކާނެ ކާއެއްޗެ ނެތިފަ އެތިބީ. ހަމަ އެގޮތް އަފްއާނިސްތާނުގައިވެސް އޮތީ.
މޯޑް
25 September 2021
ސިޔާސީމީހުން ބިނާ ކުރާލެއް ވެސް މަދެއް ނޫން
ދޮން ހަސަނު
25 September 2021
މިޒާތު ކަންތައްތަކުން މި ރާއްޖޭގަ އުޅޭ މީހުންނާ ބަލާފަ ޤާސިމް ރަގަނޅު. އަޅުގަނޑުވެސް ޑިޕްލޮމާ ހެދީ ޤާސިމްގެ ވިލާ ފައުންޑޭޝަންއިން ފަންޑް ކޮއްދީގެން. އަދި ފަހުން އެބޭފުޅާ އެ މާފުވެސް ކޮއްދީފި. އަޅުގަނޑަކީ ޤާސިމު އާ އަދި ވިލާ ފައުންޑޭޝަން ބޭފުލަކާ ދުވަހަކުވެސް ބައްދަލުވެފަ ހުރި މީހެއްވެސް ނޫން. ހަމަ ސިޓީ ލައިގެން ހަމަ ޖެހުނީ.
އައްޔަ ބޮޑޭ
24 September 2021
ވަރައްރަނގަޅު ވާހަކައެއް ތިޔަބުނީ އެހެންނަމަވެސް ދިވެހިން ކިތަންމެ މަތީހުނަރާ ގާބިލުކަން ހުއްޓަސް ތިބެންމެހޭނީ ބަންގާޅީންގެ ފަހަތުގަ,
ހިތަދޫ 3
24 September 2021
ނާޒިމް އަށް މަނިކުފާނު ހަރަދުކުރިވަރު ކުރަންޔާ ލައްބަ.. ވަރަށްވެސް ހަރަދު ބޮޑު ވާނެ.
އޮނަރަބްލް އަފީފު ދީދީ
24 September 2021
މީހުންބިނާކުރެވޭނީ އެކަމަށް ފަހިވެއްޓެއް ބިނާކޮށްދީގެން. ކ.އަތޮޅު މާލެއަށްފޮނުވައިގެން ދަރިންނަށްކިޔަވާދިނުމަކީ ގިނަބަޔަކަށްކުރެވޭނެ އަދި ރައްކާތެރި ކަމެއްވެސްނޫން. # މިކަންބަދަލުކުރުމައްޓަކާ އައްޑޫސިޓީކައުންސިލުން އައްޑޫގައި ވިލާކޮލޭޖް ކެމްޕަސް އަޅާން ދޫކޮށްފައިވާބިމުގައި ކޮލޭޖްއިމާރާތްކޮށް ރާއްޖޭގެ އެހެންރަށްރަށުން އަންނަ ކިޔަވާކުދިންނަށް ހެޔޮއަގުގައި ނޫނީ "ހިލޭ" ތިބެވޭގޮތަށް Dormitory އާއިއެކު ކެމްޕަސް އަޅާ އަވަހަށް ހިދުމަތް ތައާރަފު ކުރައްވާ.
އަފީފްދީދީގެ ބޯގޯސް
25 September 2021
އާނ. މިކަލޭގެ ބޭނުންވަނީ އައްޑުއަށް ހުރިހާ ކަމެއް ގެންދަން. އެކަމަކު އައްޑޫ ވިޔަފާރިވެރިންވެސް މިކަހަލަ ދެއުޅިއެއްނެތް މީހުން ގިނަތަނަކަށް ދާން ބޭނުމެއްނުވޭ.
ޒަކީން
24 September 2021
މީގެ 20 އަހަރު ކުރިން ވިލާފައުންޑޭޝަނުން މީހުންތަމްރީންކުރަން ފެށި ޕްރާގްރާމްން ކުރިއަރައިގެން ގޮސް ވިލާކޮލެޖް އަދި ވިލާ ހައި ސްކޫލް ވަނީ އުފެދިފައި. މިކަމުގެ ހުރިހާ ޝުކުރެއް ދެވޭނީ ގާސިމްއަށް އަދި ޑރ އަންވަރުއަށް.
3 ނަވަ މީހާ.
24 September 2021
ތިކަމުގެ 3 ވަނަ މީހަކީ އަދި ޙަޤީގަތުގައި ތިކަން ފައްޓަވަން ޤާސިމްއަށް ލަފާދެއްވެވި ފުރަތަމަ މީހަކީ މަޝްހޫރު ޤާނޫނީ އިލްމުވެރިޔާ އައްޑޫމީދޫ ހަސަންކާރިގޭ (މިހާރު ކ.އަތޮޅު މާލެ ގަލޮޅު ހަސަންކާރިގެ) ޑރ މުޙައްމަދު މުނައްވަރު ނޫންތޯ ؟ އަޅުގަނޑަށް ހީވަނީ އެބޭފުލާހެން މިކަމުގެ ފުރަތަނަ ނަމަކީ.
އޮނަރަބްލް އަފީފު ދީދީ
24 September 2021
ސައްްޙަ ސާފު އަދަދުތައް ބަލާހޯދައިފިނަމަ ޕްރޮފެޝަނަލް އަދި ސެމީ ސްކިލް މީހުނަށްވުރެން ރާއްޖޭގައި މަސްތްވާ ތަކެތި (ޑްރަޤު) ބޭނުން ކުރާ އަދި އޭގެ ވިޔަފާރި ހިންގާ މީހުން ގިނަ. # ސިވިލްސާވިސްގައި ވަޒީފާ އަދާ ކުރާ ގިނަމީހުނާއި ސަރުކާރުގެ ސިޔާސީ މަޤާމްތަކުގައިތިބި ވަރަށް މަދުމީހަކު މެނުވީ ޙިޔާނާތުގެ ތުހުމަތުން އެއްކިބާވެފައިހުރި މީހެއްނެތޭވެސް ބުނެވިދާނެ. މިކަން މިހާލަތު ބަދަލު ކުރަން ވަރަށްބުރަ ބޮޑު މަސައްކަތެއް ކުރާންޖެހޭ.