ވިލާ ކޮލެޖުގައި ހިންގާ އިނގިރޭސިވިލާތުގެ ދަ ވެސްޓް އޮފް އިންގްލޭންޑުގެ ގްރެޖުއޭޝަން ހަފުލާގައި، ވިލާ ކޮލެޖުގެ ޗެއާމަން ގާސިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
27 އޮކްޓޯބަރ 2018 - 14:39
ކޮރަޕްޝަންގެ ވިހަ އަމަލުތައް ހުއްޓުވައި ގައުމު ތާހިރުކުރުމަށް ހާއްސަ އިސްކަމެއް ދޭން އެބަޖެހޭ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވިލާ ކޮލެޖުގައި ހިންގާ އިނގިރޭސި ވިލާތުގެ ވެސްޓް އޮފް އިންގްލެންޑު ޔުނިވާސިޓީގެ ގްރެޖުއޭޝަން ހަފުލާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ދުނިޔެ ތަރައްގީވަމުން އަންނައިރު ޖިއޮގުރަފީގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގައުމުތަކަށް ވެސް ހީނުކުރާ ވަރުގެ ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. އަދި އެ ކުރިއެރުންތައް ދަސްކޮށްދިނީ އާއިލާތައް ބަދަހިކޮށް ތިބުމާއި ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ވެސް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުުގައި އަނިޔާވެރިވުމުގެ ސަގާފަތުން އެއްކިބާވެ ހެޔޮ ވެރިކަމެއް ކުރާ ގައުމަކަށް ވުމަކީ ދިވެހީންގެ އެންމެ ބޮޑު އެއް އެދުން ކަމަށެވެ. އެއީ ކުރިން ވެސް އަދި ފަހުން ވެސް އިންސާނީ ނަސްލު ބޭނުންވާނެ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލާ ކޮލެޖުގައި ހިންގާ އިނގިރޭސިވިލާތުގެ ދަ ވެސްޓް އޮފް އިންގްލޭންޑު ޔނިވާސިޓީގެ ގްރެޖުއޭޝަން ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ކަންތައްތަކަކީ މަތީ ތައުލީމް ހާސިލްކުރިއިރު ދަރިވަރުން ބަހުސް ކޮށްފައިވާ ކަންތައްތައް ކަމަށާއި އެ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް ވެސް ބަލާފައިވާނެ ކަން ފާހަގަކުރެއްވި އެވެ.
ގާސިމް ވިދާޅުވީ އިގުތިސޯދީ ފުދުންތެރިކަން ހޯދުމުގެ ފުރުސަތަކީ ކޮންމެ ދިވެއްސަކަށް ފަހިވެފައި އޮތުން ބޭނުންތެރި ކަމެއް ކަމަށެވެ. އެގޮތުން އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތައް ދަމަހައްޓައި ޑިމޮކްރެޓިކް ސިފަތައް އާލާކޮށް ދިރުވައި ރާއްޖޭގެ ކުރިއެރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އިންސާނީ ހައްގުތައް ކަށަަވަރުކޮށްދިނުމާއި ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުން ދިވެހިން އަބަދު ވެސް ބޭނުންވޭ،" ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ގާސިމް ވިދާޅުވި އެވެ.
މީގެ 11 އަހަރު ކުރިން އުފެއްދި ވިލާ ކޮލެޖުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެ ކޮލެޖަށް ލިިބޭ ހާއްސަ އުފަލަކީ ވެސް، އެ މަރުކަޒުން ދަސްވެނިވާ ދަރިވަރުން ގައުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުން ކަމަށެވެ.
ވިލާ ކޮލެޖުގައި ހިންގާ އިނގިރޭސިވިލާތުގެ ދަ ވެސްޓް އޮފް އިންގްލޭންޑު ޔުނިވާސިޓީގެ ގްރެޖުއޭޝަން ހަފުލާގައި ބައިވެރިވި ދަރިވަރަކަށް، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޕްރޮފެސަރު ސްޓީވް ވެސްޓް ސަލާމްކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދިވެހީންނަށް މަތީ ތައުލީމް ފޯރުކޮށްދިނުމަކީ އޭނާއަށް ކުރެއްވޭ އެންމެ މަތިވެރި އެއް މަސައްކަތް ކަމަށާއި އެކަމުގެ މަންފާ ގިނަ އާއިލާތަކަށް ކޮށްފައިިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ވިލާ ކޮލެޖު އުފެއްދުމަކީ އޭނާއަށް މިހާތަނަށް ކުރެވުނު މުހިއްމު އެއް މަސައްކަތްކަން ފާހަގަކޮށް ގާސިމް ވަނީ ވިލާ ކޮލެޖުގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ވިލާ ކޮލެޖު އުފެއްދުމުގެ ކުރިން ގާސިމްގެ ވިލާ ފައުންޑޭޝަނުން ވަނީ ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަން ގިނަ ސްކޮލަޝިޕްތަކެއް ފަހިކޮށްދީފަ އެވެ. އެ އެހީގައި ތައުލީމް ހާސިލްކުރި ބައެއް ބޭފުޅުން މި ސަރުކާރުގެ އިސް މަގާމުތަކުގައި ވެސް އެބަތިއްބެވި އެވެ.
މިއަދުގެ ގްރެޖުއޭޝަންގައި، ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމްތަކުން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތަކުން 319 ދަރިވަރުން ވަނީ ގްރެޖުއޭޓްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔައުގޫބު
28 October 2018
މުޅި ގައުމު ކޮރަޕްޓް ކުރީ ޤާސިމް އިބްރާހީމް ކަންކަށަވަރު، ޖުޑިޝަރާިއަށް އަތްބާނާ، މިނިވަން މުއައްސަސާތަކަށް އަތްކޮށްޕާ، މިނިވަން މެންބަރުންނަށް ފައިކޮށްޕާ ޤައުމު ފަސާދަ ކުރަމުން ތިދުވަނީ ޤާސިމް
ބޮސް މޭން
28 October 2018
ހަމަ ހިތަށް އަރަނީ " ތެޔޮ އަޅައިދޭން އިން މީހަކު ކިހިނެއްބާއޭ ރާއްޖޭގައި ބިލިއަނަރަކަށް މިވީ؟ " އެވެސް މިލިޓަރީ ޓޭކް އޯވަރ އަކަށް ނުގޮސް...!
ބޭރުވެލާ
28 October 2018
ކޮރަޕްޝަނުގެ ވިހަ ނައްތާނުލެވޭނެ ގާސިމު ސިޔާސީ ދާއިރާ އާއި ފެއަށް ނުޖެހެނީސް.
އަހުމަދުބެ
28 October 2018
ރަނގަޅަށް ބުނާނަމަ ހެޔޮގޮތުގަ ވިޔަފާރިކޮށްގެން ރާސްލާފަ މުދާވެރިކަން އަރައިގެން މިކުޑަރާއްޖޭގަ ނުދާނެ. އެއްބަޔަކު އެކަމަށް މޮޅުކަމޭ ނޫނިއްޔާ ޓްރިކޭ އެހެން އެއްޗެކޭ ކިޔަސް. ހަގީގަތަކީ މިވަރުން ފައިސާ ހަރަދުކޮށްގެން ޕާޓީހިންގުމަށްވުރެ ރައްޔިތުންނަށް ފައިދާހުރި އެހެން ކަންކަން އެބަހުއްޓޭ. ޕާޓީތަކުގެ ރައީސްކަމާ އެހެން މަގާމުތަކަށް ވާދަކުރަނީ އެމަގާމުގެ މުސާރަޔަށްވުރެ އެހެންފަރާތްތަކުން ލިބޭ ހަދިޔާބޮޑުކަމުންކަން އެންމެނަށް އެނގޭ.
އެޑްމުންޑޯ
28 October 2018
ކޮސްވެ ހައިރާންވެއްޖެ ، މިގައުމުގެ ހުރި އެންމެ ބޮޑު ކޮރޮޕްޝަން މީހާ ދުލުން މިފަދަ ވާހަކަތައް ވިދާޅުވާތީ ، ރިޝްވަތު ދިނުމާއި ބާރާއި ނުފޫޒުން ކަންކުރުން އިންތިހާ އަށް ގޮސްފައިވާ މީހަކު ދުލުން މިފަދަ ވާހަކަ މިދައްކަނީ ކޮންބަޔަކަށް އޮޅުވާލަންބާ ؟ ހިތައް އަރަނީ ފެންނުވަރާ 1 މަސްކޮއްފައިވެސް ރީތި ހެދުމެއްލައިގެން ނުކުތުމުން އެމީހާގެ ހަށިގަނޑުގައި ހުރި މިލައެއް ބަޔަކަށް ނުފެންނާނޭ ، އެރީތި ހެދުމުގެ ކުލަޔާއި މޮޅުކަމޭ މީހުންނަށް ފެންނާނީ ،
ވަތުބަތާނަ
28 October 2018
ތިކަންވާންއޮތީ މިގޮތަށް ހިސާބުޖަހައިގެން! އެބަހީ ޤާސިމަށް މުޅިގައުމު ހިތަކަށްދީ، ޤައުމަކީ ޤާސިމުގެ ކުންފުންޏަކަށް ހަދައި، ރައްޔިތުންނަކީ ޤާސިމުގެ ނޯކިރީން ކަމުގައި ވީ ދުވަހަކުން! އެހެންޏާފަހެ، މި މުއްސަނދިން މުއްސަނދިވީގޮތާއި، މި މީސްތަކުންނަށް ގައުމުގެ ޚަޒާނާއިންނާއި ހަރު މުދަލުން ވެދީފައިވާ އެހީތަކަށް ބަލާލީމާވެސް މިކަންފުދޭ
ދދދދދދދ
28 October 2018
އެއީ ކާކު؟ ކާކު އެހެން ބުނީ؟ ސޭޓު؟ ކަލޭ ދުނިޔޭގަ ހުރިހާ ދުވަހަކު ތިކަން ފިލުވާލެވޭނެ އެއް ގޮތެއް ނެތް. ވީމާ، އަނގަ މަޑުކުރޭ.
ރަންބުއްދި
28 October 2018
ރައްޔިތުން ގައުމު ތަރައްގީކޮށް ކަރަޕްސަން ހުއްޓުވާ އިންސަާފު ގާއިމު ކުރުމަށް ކުރިދަތުރު ހުއްޓުވާ ރައްޔިތުން ހޮވިވެރިއަކު ތިބާ ޖާނާމާލުން ގުރުބާންވެގެން ވެރިކަމުން ވައްޓާލަން ކުރިމަސއްކަތުގެ ވާހަކަ ބޮޑުދިދަ ދަށުގަ ހުރެގެން ގޮވި ހަދާން ދިވެހިންގެ ގިނަބަޔަކު އަދި ނުނެތޭ.ބަޔަކު ނުކުމެ އެމްޑީޕީ ގެ ފަހަތައްވަދެ ހުދު ކާފޫރަށް ވިއަސް ދިވެހި ރައްޔިތުންގެ ގިނަމީހުން މިހާރު ގުބޯ ނުހެއްދޭނެ.ޔާމިނުއަކީ ކާކުކަންއެގިހުރެ ކުރިންވެސް ރައްޔިތުންނަށް އޮޅުވާލި
ސޭޓުގެ އަނބިމީހާގެ ފިރިމީހާ
28 October 2018
ހެއްވާކަންތަކާއި ދިމާވެއެވެ. އެކަމަކު މިވަރުކަމެއް މަދުންނޫނީ ނުފެންނާނެއެވެ.
ލޮނުބެ
27 October 2018
އަގައެއް އޮތިއްޔާ ކޮންމެ އެއްޗެއްވެސް ކީދާނެ. މި ގާސިމުގެ އަމިއްލަ އެދުމާ ހެދި ގައުމަށް އައި ހަލަބޮލިކަން އެހާގިނަ. އެކަމާހެދި ކިހާ ވަރަކަށް ގައުމުގެ ތަރައްގީއަށް ހުރަސް އެޅިފަބާ ހުރީ... ކިތައް އާއިލާ އަށް ނުސީދާކޮށް އަނިޔާ ލިބުނުބާ... މީ ސިޔާސީ ދާއިރާއިން ބޭރުކުރަންޖެހޭ މީހެއް.