ކުޅިވަރު / ސާފް ޗެމްޕިއަންޝިޕް

ގަތަރުގެ ކޭމްޕުގެ ބޭނުން ރަނގަޅަށް ކުރެވިއްޖެ: ސުޒޭން

ގައުމީ ޓީމުގެ ކޯޗް އަލީ ސުޒޭން --- ފައިލް ފޮޓޯ: އެފްއޭއެމް

އަންނަ ހުކުރު ދުވަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި ޓްރޭނިން ހަދަމުން އަންނަ ދިވެހި ގައުމީ ޓީމަށް ކޭމްޕްގެ ބޭނުން އެންމެ ރަނގަޅަށް ހިފިއްޖެ ކަމުގެ އިހްސާސް ކުރެވޭ ކަމަށް ގައުމީ ފުޓުބޯޅަ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ގަތަރުގެ އާމީ ކްލަބާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި އާމީ ޓީމުން ލީޑު ނަގާފައި ވަނިކޮށް ރާއްޖެއިން 1-1 އިން މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. ރާއްޖޭގެ ލަނޑު ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. ގަތަރަށް ޓްރޭނިންދާ އެހެން ގައުމުތަކުގެ ކްލަބުތަކުން ވެސް މީގެ ކުރިން ވަނީ އާމީ ޓީމާ ދެކޮޅަށް މެޗުތައް ކުޅެފަ އެވެ.

އޭޝިއާގެ ފުޓުބޯޅައިގައި އެންމެ ވަރުގަދަ ބާރު އިރާން އިން ވެސް ވަނީ މީގެ ކުރިން ޓްރޭނިން މެޗުގައި ގަތަރުގެ އާމީ ކްލަބާ ދެކޮޅަށް ކުޅެފަ އެވެ. މި ސަރަހައްދުން ބަންގްލަދޭޝް ވެސް މިދިޔަ އަހަރު ޓްރޭނިން މެޗުގައި އާމީ ކްލަބާ ދެކޮޅަށް ކުޅުނެވެ.

އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ގަތަރުން ވަނީ ފުޓްބޯޅައިގެ ގިނަ ވަސީލަތްތަކެއް ގާއިމުކޮށްފަ އެވެ. ގަތަރަށް ޓްރޭނިން އަށް ދާ ޓީމުތަކަށް ގަތަރުގެ އެފްއޭއިން މެޗުތައް ކުޅެން ފުރުސަތު ހޯދައިދޭ އެއް ކްލަބަކީ އާމީ ކްލަބެވެ. އިރާން، ބަންގްލަދޭޝް އާ ދެކޮޅަށް ވަރުގަދަ މެޗުތަކެއް ކުޅުނު އާމީ ކްލަބުގެ ކުރިމަތިލުމުން ރާއްޖެ އަށް ރަނގަޅު ތަޖުރިބާއަކަށް ވާނެ އެވެ.

ގައުމީ ފުޓުބޯޅަ ޓީމުން ގަތަރުގެ ޓްރޭނިން ކޭމްޕުގައި ކުރިއަށް ގެންދިޔަ ޓްރޭނިން ސެޝަނެއްގެ ތެރެއިން --- ފައިލް ފޮޓޯ: އެފްއޭއެމް

ރޭގެ މެޗަކީ، ގައުމީ ޓީމުގެ ހެޑު ކޯޗު އަލީ ސުޒޭންގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމުން ވާދަވެރި ސިފައެއްގައި ކުޅުނު ފުރަތަމަ މެޗެވެ. މިދިޔަ އަންގާރަ ދުވަހު ލުސައިލް ސިޓީ އެފްސީއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) އެވެ.

ގައުމީ ޓީމާއެކު އަލުން ޓްރޭނިން އަށް ނުކުމެ ރޭ ކުޅުނު މެޗަށް ފަހު ސުޒޭން ބުނީ ނަތީޖާއާ މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށެވެ. ނަމަވެސް ޓީމުން ކުޅެން މަސައްކަތް ކުރި އެޓޭކިން ގޭމާ މެދު ހިތްހަމަޖެހޭކަން ފާހަގަކުރި އެވެ.

"ފުރަތަމަ މެޗާ ބަލާއިރު ދެ ވަނަ މެޗުގައި ވަރަށް ރަނގަޅު ކަންތައްތަކެއް ފެނިގެން ހިނގައްޖެ. އެއީ ޓީމު ވަރަށް ރަނގަޅަށް ޕާސްކޮށްގެން އެޓޭކިން ތާޑްގައި ކުޅެން އުޅުނުތަން ފެނިގެން ހިނގައްޖެ،" މެޗަށް ފަހު ގަތަރުގައި ތިބި ދިވެހި މީޑީއާތަކަށް ދިން އިންޓަވިއުގައި ސުޒޭން ބުންޏެވެ.

"ހަންނަ (ހަސަން ރާއިފް އަހްމަދު) މެން ކަހަލަ ކުޅުންތެރިންނަށް އެ ދިން ފުރުސަތުތަކުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކައިފި. އެހެންވީމަ އަރަމުން އަންނަ ކުޅުންތެރިންގެ ފަރާތުން ޕޮޒިޓިވް ކަންތައްތަކެއް ފެނުން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ދެން ފުރަތަމަ 11 ގައި ވެސް އެންމެ ބޮޑަށް ފެނުނު ކަމަކީ ދެ ސެންޓްރަލް ޑިފެންޑަރުން މިއިން ދުވަހަކު ނުކުޅޭހާ ސޭފްކޮށް ގާތްގަނޑަކަށް މުޅި މެޗު ކުޅެ އެ ނިންމާލީ،" ސުޒޭން ބުންޏެވެ.

"މީގައި މުބާރާތަށް ތައްޔާރު ވާން ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅަށް ކުރެވިއްޖެ ކަމުގެ އިހްސާސް (ރޭގެ) މެޗާއެކު ކުރެވިއްޖެ. ދެން ހުރީ ޓީމު މެންޓަލީ މުބާރާތަށް ތައްޔާރުވުމުގައި ކޮށްލަން ޖެހޭ ކަންތައްތައް ކޮށްލުން. އިރާދަ ކުރެއްވިއްޔާ ސަޕޯޓަރުންގެ އެ ފޯރި މާލެ އަށް އަޅުގަނޑުމެން ދާއިރުގައި ފެންނާނެ ކަމަށް ގަބޫލު ކުރަނީ. އެ ފެންނަ ހިސާބުން ކުޅުންތެރިންނަށް ވެސް ވަރަށް ބޮޑު މެންޓަލީ ސަޕޯޓަކަށް ވާނެ. މާލެ ތެރެއިންނާ ސޯޝަލް މީޑިއާގައި 12 ވަނަ ކުޅުންތެރިޔާ ފެނިއްޖެއްޔާ ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރަކަށް ވާނެ."

ރޭ ގެ މެޗުގައި ރާއްޖެއަށް ލަނޑު ޖަހައިދިން އަލީ ފާސިރު ސެންޓޭ

ސުޒޭން ވަނީ ސީނިއާ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުރިއެރުން ފާހަގަކޮށްފަ އެވެ. އަދި ޓީމު މާލެއިން ފުރި އިރަށް ވުރެ މިހާރު ޓީމުގެ ތެރޭގައި އޮތް ރޫހް ރަނގަޅުކަމަށް ޓްރޭނިން ކޭމްޕާ ގުޅުމަށް ފަހު ދިވެހި މީޑިއާތަކަށް ދިން އިންޓަވިއުގައި އޭނާ ބުނެފައިވެ އެވެ.

ގަތަރުގެ ޓްރޭނިން ކޭމްޕް ނިމުމަށް ފަހު ޓީމު މާލެ އަންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އަންނަ އަންނަ ހުކުރު ދުވަހުން ފެށިގެން އޮކްޓޯބަރު 16 އަށް ކުރިއަށް ގެންދާ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ އޮކްޓޯބަރު 1 ވަނަ ދުވަހުގެ ރޭ ނޭޕާލްއާ ދެކޮޅަށެވެ. މުބާރާތުގައި ވާދަކުރާނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ޓީމެވެ. އެހެންވެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ އޮކްޓޯބަރު 16 ގަ އެވެ. ބޫޓާން މުބާރާތުގައި ވާދަނުކުރަނީ އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން ޓީމު ގައުމުން ބޭރަށް ފުރައިގެންދާން ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ މެޗު ޝެޑިއުލް

- އޮކްޓޯބަރު 1 (ރޭގަނޑު): ނޭޕާލް - ރާއްޖެ

- އޮކްޓޯބަރު 7 (ރޭގަނޑު): ރާއްޖެ - ބަންގަލަދޭޝް

- އޮކްޓޯބަރު 10 (ހަވީރު): ރާއްޖެ - ސްރީ ލަންކާ

- އޮކްޓޯބަރު 13 (ރޭގަނޑު): އިންޑިއާ - ރާއްޖެ

4 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަންބެ ބޯގަން

27 September 2021

ސުޒޭނު ހީކުރަނީ ރަތް ކުލައިގަ ތިބީމަ ވިކްޓަރީ ކަމައް ދޯ ، ފޮނިބައިސާ ނުކަޑާ ތިޔަ ކަން ވޭތޯ ބަލާ ލޮލް

The name is already taken The name is available. Register?

އިބޫ 1600

27 September 2021

އެހެންވެގެން ސުޒޭނު ރާއްޖޭގެ އެންމެ މޮޅު އެއް ޑިފެންސިވް މިޑްފީލްޑަރު އިރުފާން (އިރޭ) ޓީމުން ބާކީ ކުރީ. އޭނޭ އެހެން ސިޔާސީ ޕާޓީ އަކަށް ސޮއިކުރީމަ. ދިވެހި ރައްޔިތުން ދަނޭ އިރޭ ބާކީ ކުރީ އިންޖަރީ ވެގެން ނޫންކަން. ހަމަ ސީދާ އަބްދުﷲ ރިޔާޒް ޕާޓީއަށް ސޮއިކޮށްގެންކަން. އަޑުބަރޭ އަށް ޖާގަ ކަށަވަރުކުރަން އިރޭ އާއި ބަކާ ބޭރުކުރީ. މިއީ ހަޤީޤަށް... ސިޔާސީ ނުފޫޒު ހުރިހާ ކަމެއްގަ..

The name is already taken The name is available. Register?

ބިލް ކުލިންޓަން

26 September 2021

ތިއެއް އެނގޭނީ މުބާރާތް ފެށުނީމާ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

26 September 2021

އެހެންތަ؟؟!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454