28 ސެޕްޓެމްބަރ 2021 - 07:05
ބާގާ އާއި ސޭންޑްވިޗާއި ހޮޓްޑޯގާއި ފްރައިޒް ކަހަލަ އެއްޗެހި ކާ އިރު ސޯސް އަކީ ކޮންމެހެން ވެސް ބޭނުންވާނެ އެއްޗެކެވެ. އެހެންވެ ކެޗަޕްޓް ޕެކެޓަށް ހާއްސަ ކޮށްގެން މިހާރު ވަނީ ހާއްސަ ޑިވައިސްއެއް ނެރެފަ އެވެ. މިއީ ކެޗަޕް ޕެކެޓް ފަސޭހައިން ކަނޑާލައި، ސޯސް ބޭކާރު ނުވާނެ ގޮތަކަށް ތައްޔާރު ކޮށްފައިވާ އެއްޗެކެވެ. ޕެކެޓް ކަނޑަން އުޅުމުގެ ތެރޭގައި ގަޔަށް އެޅުމުގެ ބިރު ވެސް ނައްތައިލަދޭނެ އެވެ.
އެމެރިކާގެ މަޝްހޫރު ކުންފުނި ކްރާފްޓް ހައިންޒުން ނެރުނު ޑިވައިސް އަށް ދީފައިވާ ނަމަކީ "ޕެކެޓް ރޯލާ" އެވެ. މިއީ ސޯސް ފުޅިއެއްގެ ބައްޓަމަށް އަދި ފުޅީގެ މެދުން ކަނޑާފައި އިންނަ ތަނަކަށް ކެޗަޕް ޕެކެޓް ލައްވާލައިގެން އެ ބޭނުން ކުރެވޭ ތައްޔާރު ކޮށްފައިވާ އެއްޗެކެވެ.
Heinz releases gadget to put the squeeze on ketchup packets https://t.co/kwPFV2NXu9
— WSVN 7 News (@wsvn) September 25, 2021
ތަޅުދަނޑި ފުލެއްގެ ގޮތުގައި ބޭނުންކޮށްލެވޭނެ އަދި ޖީބަށް ވެސް ލެވޭ ވަރަށް ހަދާފައިވާ "ޕެކެޓް ރޯލާ" ގެ އަގަކީ 5.70 ޑޮލަރު (88ރ.) އެވެ.
ކްރާފްޓް ހައިންޒުން ބުނި ގޮތުގައި މި ޑިވައިސް މިހާރު އެތަނުގެ ވެބްސައިޓް މެދުވެރިކޮށް ގަނެލެވޭނެ އެވެ. ކުންފުނިން ބުނަނީ މީގެ އެއްޗެއް ހޯދާފައިވާ ތަޅުދަނޑީގެ ފުލަކަށް ބޭނުންކުރާށޭ އެވެ. އޭރުން ކެޗަޕް ޕެކެޓެއް ބޭނުން ކުރަން ޖެހޭ ކޮންމެ ހާލެއްތައި ފަސޭހަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy