މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް 5،000 ސޮޔާ އެކު ފޯމު ހުށަހަޅަން ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް / މިހާރު
03 އޮކްޓޯބަރ 2021 - 12:02
ގައުމީ ފިކުރުގެ ގޮތުގައި ކުރިއަރުވާ ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ޖަލްސާ އަންނަ ހުކުރުދުވަހު ބާއްވައި ވަގުތީ ލީޑަޝިޕް ހޮވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ޕާޓީގެ އިންޓަރިމް އެގްޒެކެޓިވް ކައުންސިލަށް އެ ޖަލްސާގައި މެމްބަރަކު ހޮވާނެ ކަމަށެވެ. އޭގެ ތެރޭގައި ޕާޓީގެ ވަގުތީ ރައީސާ އެކު ހަ ނައިބު ރައީސުން ހިމެނެ އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ހަ ނައިބުން ކަނޑައަޅާ ގޮތަށް އޮތީ އަތޮޅުތައް ބަހާލައި ހަ ސަރަހައްދަކަށެވެ.
އެމްއެންޕީގެ ކައުންސިލަށް 21 މެމްބަރުން ހޮވާއިރު މީގެ ތެރެއިން 7 ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. ޒުވާނުންނާއި އަންހެނުން ގޮފީގެ ރައީސުން ވެސް އެ ޖަލްސާގައި އިންތިހާބުކުރާނެ އެވެ.
މި މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަމަވާނެ އެވެ.
އެމްއެންޕީ އުފައްދަން އިއުލާންކުރިތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 5،000 މީހުން ހޯދައި އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ. މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ ތިބެ އުފައްދަވާ ޕާޓީގެ އަމާޒަކީ މި އަހަރު ނިމޭއިރު 10،000 މެމްބަރުން ހަމަކުރުމެވެ.
އެ ޕާޓީން އަމާޒު ހިފާފައި ވަނީ 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިން ޓިން
03 October 2021
ތިޕާޓީ ހިނގާނީ ހަމަ ގަބުޅިކަތީބު ސިސްޓަމަށް.
ާއުނިމާ
03 October 2021
ކޮންމެ އަތޮޅާކަށް ނައިބެއް އޯކޭވޭނެ
ރަދީފްއޮފިޝިއަލް
03 October 2021
2023ގަ މަހަށް ނުވަތަ މުޑިކާށީ ހޮވަން.
ހިރިހިތިލީބެއްޔާގެ މާމަ
03 October 2021
ނައިބުން މާގިނައީ. މީތި ކަޑަ. ކޮންމެހެންނުޖެހޭނެ ކޮންމެމީހަކަށް މަގާމެއްދޭކަށް. އޭރުން ސަރުކާރުލިބުނީމާވެސް އުޅެވޭނީ އެގޮތަށް. ކޮންމެމީހަކަށް މަގާމުދޭކަހަލަ ފާޑަކަށް. ދެން ޖެހޭނީ މިސަރުކާރުގޮތަށް މަތިމައްޗަށް ޑެޕިއުޓީން ނޫނީ ސްޓޭޓުމިނިސްޓަރުން އުފައްދާން. ދެން ސަލާމަތެއްނޯންނާނެ.
އަސް
03 October 2021
ވެރިކަން ނޫން ކަމަކަށް އަމާޒު ހިފާތަ އެކަކުވެސް.
ޖާބެ
03 October 2021
ތިޔައި ދެން ހޮވަންޖެހޭވަރުކަމެއް ނޫންދޯ އަބްދުﷲ ރިޔާޒުޔާ ނާޒިމް ނިންމީމަ ނުމުނީ ހުސް އަދުން އެޅުވުން އުމަރު ހުރީ ތިޔަ ބުނާ އޮޕަން ޕްރައިމަރީޔައް ފޫގަޅައިގެން ޑްރީމް ޕްލޮޕް ކޮށްލީ ނާޒިމް އިބޫގެ ޕްރޮކްސީ ޕާޓީތައް މިހާރުއޮތީ
ދޮން ހަސަނު
03 October 2021
6 ނައިބުން !! އަދި ކުޑައިކޮން އިތުރު ކޮއްލާ. އޯކޭތާ. އޭރުންދެން މަމީ ނައިބު ޒަޢީމޭ ކިޔައިގެން އުޅެފާނެއްނުން.
އާމިލާ
03 October 2021
2023 ؟ ސޮރީއޭ ބުނެވާނީ. ފައިސާއިން މެންބަރުން ގަނެވިދާނެ.