ލިޓަސް އިން ވަސީމާ (ވ) އާ ސައިކަލު ހަވާލު ކުރަނީ-- ފޮޓޯ: ލިޓަސް އޮޓޯ މޯބައިލްސް
03 އޮކްޓޯބަރ 2021 - 12:12
ދަރިފުޅު ކޮނޑަށް ލައިގެން ގެންދަނިކޮށް އާއްމުވި ވީޑިއޯއިން ފެންނަ މީހާ އަށް ލިޓަސް އޮޓޯމޯބައިލްސް އިން ސައިކަލެއް މިއަދު ހަދިޔާ ކޮށްފި އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއިން ފެންނަނީ އަންހެނަކު އޭނާގެ ކުޑަ ދަރިފުޅު ކޮނޑަށް ލައިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކާ ހިސާބަށް ގެންދާ މަންޒަރެވެ. މި ވީޑިއޯ އާއްމުވުމާއެކު އެ އަންހެން މީހާއާ ބެހޭ މައުލޫމާތު ހޯދަން ލިޓަސް އިން ސޯޝަލް މީޑިއާގައި އާއްމުންގެ އެހީއަށް އެދުނެވެ.
ވީޑިއޯ އިން ފެންނަ މީހާ ކަމަށްވާ ވަސީމާ މޫސާ އަށް ލިޓަސް އިން ހަދިޔާކުރީ ޔަމަހާ ފްރީގޯ ސައިކަލެކެވެ. މި ސައިކަލުގެ އިތުރުން ދެ އަހަރު ދުވަސް ވަންދެން ހިލޭ ސާވިސްކޮށްދިނުމާއި ދެ އަހަރު ދުވަހަށް ބޭނުންވާ ޕެޓްރޯލް ހަރަދު ވެސް އެ ކުންފުނިން ދޭނެ އެވެ. މިއީ ލިޓަސްގެ އިޖުތިމާއީ ޒިންމާގެ ދަށުން ދިން ހަދިޔާއެކެވެ.
މީގެ ކުރިން ވެސް ލިޓަސް އިން ވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ އެހީތަކެއް ދީފަ އެވެ. ބައިސްކަލެއްގައި ދަރިފުޅު ގޮވައިގެން ދިޔަ މަންމައެއްގެ ވީޑިއޯ އާއްމުވުން ވެސް ލިޓަސް އިން ވަނީ އެ އަންހެން މީހާއަށް މީގެ ކުރިން ސައިކަލެއް ހަދިޔާ ކޮށްފަ އެވެ. އަދި މާލެއަށް ބޯކޮށް ވާރޭވެހި ގިނަ ސައިކަލުތަކަކަށް ގެއްލުން ވުމުން އެ ސައިކަލުތަކަށް އެ ކުންފުނީގެ ސާވިސް ސެންޓަރުން ވަނީ ހިލޭ ސާވިސް ވެސް ކޮށްދީފަ އެވެ.
ލިޓަސް އިން ވަނީ ވަސީމާ ހޯދަން އާއްމުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އިޖުތިމާއީ ޒިންމާގެ ދަށުން އެހެން ކުންފުނިތަކުން ވެސް އެހީވުމަށް ލިޓަސް އިން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ިލިޓަސް
05 October 2021
ލިޓަސްގެ ވެރިން ކުރަމުން ގެންދާ ވިޔަފާރިޔަށް އިތުރު ކާމިޔާބީ އަކަށް އެދެން.
ޙހހހހހހހހހހހ
04 October 2021
ލިޓަސްގެ ވެރިންނަށް ހެޔޮޖަޒާދެއްވާ ، ވިޔަފާރީގައި ބަރަކާތްލައްވާށި ، މިއަދު މުޖުތަމައު އެދިގޮވަނީ ތިފަދަ އޯގާތެރިކަމަށް
އައްބެ
03 October 2021
މިފަދަ ބައެއް އާޓިކަލްއަށް ކޮމެންޓް ނުކުރެވޭގޮތް ހަދަންޖެހޭ އެބަ. ގިނަ ކޮމެންޓްސްތަކަކީ ހަސަދަވެރިކަމާއި ނަފްރަތުން ފުރިފައިވާ ކޮމެންޓްސްތަކެއް. މަންމަގެ ހިތްވަރަށް ސާބަސް އަދި އެމަންމަގެ އަގު ވަޒަންކުރި ފަރާތްތަކަށާއި އެހީތެރިވި ޖަމިއްޔާއަށާއި ލިޓަސްއަށާއި އަދިވެސް އެހީތެރިވެފައިވާ އެންމެހާ ފަރާތްތަކަށް ޝުކުރިއްޔާ. ދުއާއަކީ ދިވެހިންނަކީ އެކަކު އަނެކަކަށް އަޅާލައިލާ އޯގާތެރި މުސްލިމު މުޖްތަމައުއެއްގެ ގޮތުގައި ކުރިއަށްއޮތް ޖީލުތަކަށް ދެމިއޮތުން.
ސިކުނޑި
03 October 2021
ހާލުގައި މީހަކު އުޅޭކަން އެނގިގެން ސޯޝަލް މީޑިއާއިން އެމީހަކު ހޯދައި އާންމުކޮށް އިއުލާނުކޮށް އެހީތެރިކަން ފޯރުކޮށްދޭތަ މީހުން! ކޮންމެއަކަސް ކުރި ކަންތައް ރަނގަޅު! ނިޔަތް ދެނެވޮޑިގެންވާނީ ﷲ
ކުނބު
03 October 2021
އެއީ ބްރޯ ސީއެރްއާރުއޭ… ދެން އެހެންނޫނަސް ތިޔަ ނިޔަތުގެބައި ދޫކޮށްލާ ހެއްދެވިފަރާތަށް. އަހަރުމެން ކޮންމެމީހެއްގައިގަވެސް މުނާފިގުކަމުގެ ސިފަކޮންމެވެސްވަރަކަށް ހުންނާނެ. ނިކަން ލޯމަރައިލައިގެން ހިތާހިތާ ސުވާލުކޮށްލަބަލަ.
ޢަބްދުލް
03 October 2021
ދެން ހުރިހާ ކަމަކާވެސް ސިކުނޑިބެ ޖެހޭނެ ނުރުހުން ފާޅުކުރަން. ބަލަ އެއީ ސީ..އެސް.އާރު އަދި މާކެޓިންގ. ކޮންމެ ނިޔަތެއްގަވިޔަސް އެއޮތީ އެހީ ދެވިފައި. ޗިލް ބްރޯ
ބަބާ
03 October 2021
މައިންގެ ހިއްވަރު.
ާަަަަަައަސްގަރީ
03 October 2021
އެމަންމައަށްއައްސަރިބަހާސާބަސް ލިޱަސްމީހުންނަށްފާގަތިމުސްތަގްބަލްއެއް
ލުޓަސް
03 October 2021
ނުދޭ ވަރެއް ނޫނޭ 70000 ވިއްކާ ސައިކަލު 2 އަހަރަށް ބަހާލީމާ 120000 ވުރެ ބޮޑު ދަށްކަން ޖެހޭވަރު. އެހެންވީމަ މަދު އަސްލު އެހީ ފޯރުކޮށްދޭ ވަރު.
ރަދީފްއޮފިޝިއަލް
03 October 2021
ހަސަދަވެރިންގެ ހަސަދައިން ކޮމެންޓް ތްރެޑް ފޯވެއްޖެ.ދެރަ ދޯ މިހެންވީމަ.
ކަރައޮޑިޔާ
03 October 2021
މަންމަ ގެ ހިތްވަރަށް ސާބަހާ ތައުރީފު މަންމަ ދަރިފުޅު ކޮނޑަށް ލައިގެން އުފުލި އިރު ބައްޕަ ކޮބައިތޯ ބައްޕަމެން މިސާލު ދައްކަން ކެހޭ
ހތިަދޫ 2
03 October 2021
ތި އެއްކަލަ މައްސަލައަކީ.. ދެން ބަފާ ގޯސްވީ.. އެފަކީރު އާއިލާއަށް މުއްތިކުރާނެ އެއްޗެއް އުޅޭނެ ތަން ހަމަޖައްސަން އުޅެނީ ކޮންހާލެއްގެ ކަމެއް އިނގޭތަ؟ ވަގުތުން ވާއެއްނުވާއެއް ނުބަލާ ހަމަ ފިރިމީހާ ގޯސް ކޮއްލީތި... ޑޯންޓް ބުކް ދަ ކަވާ ބައި އިޓްސް ޖަޖް.
ބިލް ކުލިންޓަން
03 October 2021
ލިޓަސްގެ ވެރިންނަށް ޝުކުރިއްޔާ.