ކުޅިވަރު / ސާފް ޗެމްޕިއަންޝިޕް 2021

ބާރުބާރަށް ކުރިއަށްދިޔަ އިންޑިއާގެ ފުޓްބޯޅަ މިހާރު މަޑުޖެހިއްޖެ: އޮސްކާ

ބަންގްލަދޭޝްގެ ކޯޗް އޮސްކާ ބުރުޒޯން ބަރޭރަސް (ވ) --- ފޮޓޯ: ނިޝާން އަލީ | މިހާރު

ހަލުވިކަމާ އެކު ކުރިއެރުން ހޯދަމުން ދިޔަ އިންޑިއާގެ ފުޓްބޯޅަ، އެ ގައުމުގެ މިހާރުގެ ކޯޗު އީގޯ ސްޓިމަކްގެ ދައުރުގައި މަޑުޖެހިއްޖެ ކަމަށް ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބުރުޒޯން ބަރޭރަސް ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު، އިންޑިއާއާ ދެކޮޅަށް ބަންގްލަދޭޝް ކުޅޭ މެޗުގެ ކުރިން، އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނެފައި ވަނީ، ލަންކާއާ ދެކޮޅަށް ބަންގްލަދޭޝް އަށް ލިބުނު ޕެނަލްޓީ އަކީ "ފަނީ" ޕެނަލްޓީއެއް ކަމަށެވެ.

ސްޓިމަކްގެ އެ ވާހަކަތަކަށް ޖަވާބު ދެމުން، އޮސްކާ ބުނީ އީގޯ ސްޓިމަކް ކުޅެން މަސައްކަތް ކުރަނީ މައިންޑް ގޭމެއް ކަމަށާއި އޭނާ ދައްކާ ވާހަކަތަކަށް ބަންގްލަދޭޝް ޓީމުން އެއްވެސް ސަމާލުކަމެއް ނުދޭނެ ކަމަށެވެ. އޮސްކާ ބުނީ އިންޑިއާގެ ފުޓްބޯޅަ ބާރުބާރަށް ކުރިއަރަމުން ދިޔައީ ކުރީގެ ކޯޗް ސްޓެފަން ކޮންސްޓަންޓީންގެ ދައުރުގައި ކަމަށެވެ. މިހާރު ސްޓިމަކްގެ ދައުރުގައި އިންޑިއާގެ ފުޓްބޯޅަ މަޑުޖެހިފައިވާ ކަމަށެވެ.

ސްރީ ލަންކާއާ ދެކޮޅަށް ނުކުތް ބަންގްލަދޭޝްގެ ފުރަތަމަ 11 ގައުމީ ސަލާމަށް ހުއްޓިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު

"އެމީހުން އެ މަސައްކަތް ކުރަނީ މައިންޑް ގޭމެއް ކުޅެން. އެ މީހުން އެ މަސައްކަތް ކުރަނީ އަހަރެމެން ހަމަޖެހިލައިގެން އޮތް އޮތުން ރޫޅާލަން. އަހަރެމެން އެންމެ ފަހުން ކުޅުނު މެޗުގެ ވާހަކަ ދައްކައި، އަހަރެމެންނަށް ލިބުނު ޕެނަލްޓީގެ ވާހަކަ އެހެން ޓީމެއްގެ ކޯޗަކު ދެއްކުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް،" ސްޓިމަކްގެ ވާހަކަތަކަށް ރައްދު ދެމުން އޮސްކާ ބުންޏެވެ.

"އެމީހުން ބޭނުން ވާހަކައެއް ދެއްކުމުގެ ފުރުސަތު އެ މީހުންނަށް ދީ. އެހެން ޓީމުގެ ވާހަކަ ދެއްކުމުން އޭގެއިން އަންގައިދެނީ އެ ޓީމުގައި އެ ހުރީ މާ ވާހަކަ ގިނަ މީހެއްކަން. އޭނާ މަސައްކަތް ކުރަނީ އަހަރެމެންގެ ވިސްނުމާ ކުޅެން. އެކަމަކު އަހަރެމެންގެ ވިސްނުން އެއަށްވުރެ މާ ހަރުދަނާ.

"އިންޑިއާ އާ ބެހޭގޮތުން އަހަރެން އެއްޗެއް ބުނަންޏާ ބުނާނީ މިދިޔަ ދެ އަހަރު އެ ޓީމުން ނެރުނު ނަތީޖާތަކާ ބެހޭގޮތުން، ސްޓެފަން ކޮންސްޓަންޓީންގެ ދައުރުގައި އެ ޓީމު ދިޔައީ ވަރަށް ބާރަށް ކުރި ހޯދަމުން. ކޮންސްޓަންޓީންގެ ދައުރުގައި އެ ޓީމުން ރޭންކިންގައި އެންމެ ބޮޑަށް ކުރިއެރުން ހޯދީ. ފަންސާސް ނުވަތަ 60 ދަރަޖަ އޭނާ ވަނީ ކުރިއަށް ޖައްސާލަފައި. އެކަމަކު މިހާރު ބަލާ އިންޑިއާގެ ފުޓްބޯޅަ ދަނީ ވަރަށް ބޮޑަށް ސްޓްރަގުލް ކުރަމުން. އެމީހުންނަކަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވޭ. އެމީހުންގެ ކުރިއެރުން ވަނީ މަޑުޖެހިފައި. މަޑުމަޑުން ދަށަށްދާން ފަށައިފި. ރޭންކިންގައި ވެސް ފަހަތަށް ވެއްޓެން ފަށައިފި. މިއީ އެ ޓީމަށް މިހާރު އޮތް އެންމެ ބޮޑު މައްސަލައަކީ."

މި ދެ އަހަރު އިންޑިއާ ކުޅުނު މެޗުތަކުގެ ތެރެއިން އިންޑިއާ މޮޅުވެފައި ވަނީ ދެ މެޗުންކަން އޮސްކާ ފާހަގަ ކުރި އެވެ. އިންޑީއާ މޮޅުވީ ބަންގްލަދޭޝްއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗުންނާއި މިދިޔަ މަހު ނޭޕާލްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ލަންކާއާ ދެކޮޅަށް ބަންގްލަދޭޝްގެ ޕެނަލްޓީ ކާމިޔާބު ކުރި ޓޮޕޫ ބާމަން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ވޯލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް އިންޑިއާ ކުޅުނު ފުރަތަމަ މެޗު އިންޑިއާ ބަލި ނުވެ ސަލާމަތްވީ ކިރިޔާ އެވެ. އިންޑިއާގެ ކަލްކަތާގެ ސޯލްޓްލޭޚް ސްޓޭޑިއަމްގައި ކުޅުނު އެ މެޗުން އިންޑިއާ އެއްވަރު ކުރީ 88 ވަނަ މިނެޓްގައި ޖެހި ލަނޑުންނެވެ. އޮސްކާ ބުނީ އިންޑިއާ ޓީމު އޮތީ ބަންގްލަދޭޝް ދެކެ ޖެހިލުނެވެފައި ކަަމށެވެ. މުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅު ގޭމެއް ކުޅެފައި ވަނީ ބަންގްލަދޭޝްއިން ކަމަށް ވެސް އޮސްކާ ބުންޏެވެ.

މުބާރާތުގެ ކޯޗުންގެ ތެރެއިން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އާއި ރާއްޖޭގެ އަލީ އަަޝްފާގް (ދަގަނޑޭ) އާއި ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާންއާ އެކު މަސައްކަތް ކުރި ހަމައެކަނި ކޯޗަކީ އޭނާ އެވެ. އިންޑިއާގެ މުމްބާއީ ސިޓީ އެފްސީގައި އޮސްކާ ވަނީ ޗެތުރީ އަށް އިރުޝާދު ދިފަ އެވެ. ރާއްޖޭގެ ނިއު ރޭޑިއަންޓްގައި އަޝްފާގަށް އިރުޝާދު ދިނެވެ. ޖަމާލްއާ އެކު ބަންގްލަދޭޝް ގައުމީ ޓީމުގަ އެވެ.

"އަލީ އަޝްފާގާއި ސުނިލޗް ޗެތުރީގެ އަދި ޖަމާލް ބުޔާން. މި ތިން ކެޕްޓަނުންނާއެކު މަސައްކަތް ކުރުމުގެ ފުރުސަރު ލިބުނު ހަމައެކަނި ކޯޗަކީ އަހަރެން،" އޮސްކާ ބުންޏެވެ. "މި ތިން ކުޅުންތެރިންގެ ތެރެއިން އަހަންނަށް އެންމެ ކަމުދާ ކެޕްޓަނަކީ ޖަމާލް ބުޔާން. މި އަށް ދުވަހު އަހަރެން މި ކުރި މަސައްކަތުގައި އަހަންނަށް އެކަން އެނގިއްޖެ."

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ބަންގްލަދޭޝް އާއި އިންޑިއާ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.

5 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެކޯޗު

04 October 2021

މީނަމިއީ ރާއްޖޭގެ ކޯޗަކަށް ހަމަޖައްސަންޖެހޭ މީހާ. ނިކަން ސަޅި ޕާސިންގްގޭމެއް ނިއުރޭޑިއަންޓްގައި ކުޅުނީ. ބޮޑު މުސާރަދީފަވެސް މީނަ އެބަޖެހޭ އުފުރާލަން. އަހަންނަށް ޔަޤީން އޮސްކާއާއެކު ރާއްޖެއިން ބޮޑެތި ކާމިޔާބުތަކެއް ހޯދާނެކަން.

The name is already taken The name is available. Register?

ސަފޯޓަރ

04 October 2021

އޮސްކާ އަތުލައި ގަންނަށްވީ. ސުޒޭނު މެންނަކަށް ނުވާނެ ސަބަބަކީ އަގައިން ހުރިހާ ކަމެއް ކުރާތި

The name is already taken The name is available. Register?

ނަގިއްޔާ

03 October 2021

ރާއްޖޭގެ ކޯޗަކަށް މިބޭފުޅާހުރިނަމަ އަހަރުމެން ފައިބާނީ މޮޅުވެގެން. އަހަރެމެންގެ ކޯޗް ސުޒޭނު މެޗު ފެށުނީއްސުރެ ދެޖީބަށް އަށްޖެހިގޮތަށް މެޗުން ބަލިވަމުން ދިއައިރުވެސް...ލަވާނެ ހަޅޭކެއް ދޭނެ އިރުޝާދެއް ނެއް. އެތެއްޒަމާނެއްވަންދެން ކޮންޕެޓިޓިވް ފުޓްބޯޅަ ނުކުޅެ ހުރިމީހަކު މެދަށް ލައިގެން މުޅިއެތިކުރީ ޚަރާބުވެފަ. މެދުތެރެއިން ކުރިއެއްވެސްކަމެއްނެތް. މިމެޗް ބަލާލުމުން އެގުނީ ސުޒޭނު ކުޅުންތެރިން ޓީމަށްނެގީ އެމީހުންގެ މިހާރުގެ ފޯމަކަށް ބަލާފަނުންކަން.

The name is already taken The name is available. Register?

ސީޒަން ޖެކުހަން

03 October 2021

ބާރުބާރަށް ކުރިއަށްދިޔަ އިންޑިއާފުޓްބޯޅަ މަޑުތާޖެހުނީ. ބާރުބާރަށް ކުރިއަށްދިޔަ ދިވެހިފުޓްބޯޅަ ޖެހުނީއިދަ.

The name is already taken The name is available. Register?

ލެއްގިކޮމިޝަނަރް

04 October 2021

ދިވެހި ފުޓްބޯޅަ މިދިޔައީ ހިގައިގަނެވުނު ދައުރުން ފިރުކެންފެށި ދައުރަށް. ގަވައިދުން ފުޓްބޯޅަކުޅެ ކުރިނޭރި ގައުމެއް މިނޫނީ ނުދެކެން. މިހާރު ބަލަންމިހުރީ ކުރިއަށްވުރެއް ވަރުގަދަކޮށް އަންނަނީތޯ؟ ނޫނީ އެބާރުމިނުގަ ފަހަތަށް ދަނީތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454