އަސްލަމްގެ އަނބިކަނބަލުންގެ ގޭގައި ރޯކޮށްލަން މަސައްކަތް ކޮށްފައި--- ފޮޓޯ: ޒާހިދު ރަމީޒް
06 އޮކްޓޯބަރ 2021 - 11:29
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް އައްޑޫގައި ދިރިއުޅުއްވާ ގޭގައި އަލިފާން ރޯކޮށްލަން ރޭ ބަޔަކު މަސައްކަތްކޮށްފި އެވެ.
އެ ގެއަކީ އަސްލަމްގެ އަނބިކަނބަލުންގެ ގެއެވެ. އަސްލަމްގެ އަނބިކަނބަލުންނާއި އާއިލާ މި ވަގުތު ލަންކާގައި ދިރިއުޅުއްވާތީ އެ ގެ ހުންނަނީ ފަޅަށެވެ.
އަސްލަމްގެ އަނބިކަނބަލުންގެ ކޮއްކޮ، ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު "މިހާރު" އަށް ވިދާޅުވީ، އެ ގޭގައި ރޯކޮށްލަން ރޭގެ ވަގުތެއްގައި މަސައްކަތްކޮށްފައިވާ ކަމަށާއި، އެ މައްސަލަ މިހާރު އައްޑޫ ޕޮލިހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ގޭގައި ރޯކޮށްލީ ހިތަދޫ ދެކުުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނާޒިލް އާއި އަސްލަމާ ދޭތެރޭ ޖެހުނު މައްސަލައިގެ ތެރެއިން ކަމަށް ޒާހިދު ތުހުމަތު ކުރައްވަ އެވެ.
"އެމްޕީ އަސްލަމްއާ ޖެހުނު މައްސަލައެއްގައި، ތިބޭފުޅާ [ނާޒިލް] އަހަރެން ހަދައިފަ ހުރި، އަހަރެންގެ ގެއެއްގައި ރޯކޮށްލަން ތި އުޅުނީ،" އެ މައްސަލައާ ގުޅިގެން ނާޒިލް ޓެގުކުރައްވައި ޒާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
އެ ގޭގެ ކައިރި އަށް ތެޔޮ އަޅައި ރޯކޮށްލަން މަސައްކަތްކުރި ނަމަވެސް، ރެއަކީ އައްޑު އަށް ވިއްސާރަ ރެއެއް ކަމުން މާ ބޮޑަށް ހުޅުގަނޑު ފެތުރިފައެއް ނުވެ އެވެ. އެކަމަކު އަލިފާން ޖެހުމުން ގޭގެ ފާރުތަކަށް އޭގެ އަސަރު ކޮށްފައި ހުއްޓެވެ.
MP @HithadhooNazil adhi thibeylhaa kithanme gangster viyas, kithanme gadhayah hakuru vikiyas aharen thibeylhaa dheke kudakoh ves jehilumeh nuvey. MP @aslamdp aai jehunu massala ehga thibeylhaa aharen hadhaafa huri, aharenge geyeh ga roakohlan thi ulhuny. @M_Hameedh 🤓 pic.twitter.com/4ZHY9a2kNs
— Zahid Rameez (@xahidcreator) October 6, 2021
އަސްލަމްގެ އަނބިކަނބަލުންގެ ގޭގައި ރޯކޮށްލަން މަސައްކަތް ކޮށްފައި މިވަނީ އެ ދެ މެމްބަރުންގެ މެދުގައި ހިނގި މައްސަލަގަނޑެއްގެ ތެރޭގައި ނާޒިލް އަސްލަމަށް ޖިންސީ ފުރައްސާރައަކަށް ވާ ފަދަ އަމަލެއް ކުރެއްވި ކަމަށް ބުނެ އެ މައްސަލަަ ބަލައިދޭން މެމްބަރަކު މަޖިލީހަށް ހުށަހަަޅުއްވާފައި ވަނިކޮށެވެ.
އެނގިފައިވާ ގޮތުގައި އަސްލަމަށް ރުޅިވެރިކަން ދެއްކުމުގެ ގޮތުން ނާޒިލް ޖިންސީ ފުރައްސާރައަކަށްވާ އަމަލެއް ކުރައްވައި "މި ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެންނެވެ.
މަޖިލީހުގެ އިދާރާގެ ތެރޭގައި ނާޒިލް އެގޮތަށް ކަންތައް ކުރެއްވުމުން އެ މައްސަލަ ބަލައިދޭން އެދިވަޑައިގެން ސެކްރެޓޭރިއަޓަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސަައިން ޝަމީމް (އަނދުން ހުސައިން) އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބޭ
06 October 2021
ތީ ހަމަ ދައުލަތުގެ މުދާ ތަކުގަ ހުޅުޖެހި މީހުން
123ރ
06 October 2021
ކާޑުގެ ބާވަތްތައް ވިއްކާ ވިޔަފާރިކުރާ މަޖުލިސް މެންބަރުން ނަކީ ކޮބާތަ.
ޑޮކްޓާރ. ބަނާނާ
06 October 2021
މިއީ ސިޔާސީ ބަޔަކު ރާވައިގެން ތިޔާ "އިއްޒައްތެރި" ދެބޭޅުން ޖައްސާ ފިތުނަ ފަސާދަ ކޮށް އައްޑު އަތޮޅުގެ ރައްޔިތުން އަތޮޅުގެ ތަރައްގީ އިން މަހުރޫމްކޮށް ބޯހިއްލާ ނުލެވޭނެ ފަދަ ގޮތަކަށް ރައްޔިތުން ބޭތިއްބުމަށް ހިންގާ "ބޮޑުޖަރީމާ" އެއް.! އަސްލަމް އަދި ނާޒިލް އަށް ދަންވަން ދެބޭފުޅުން މިކަމާއި ވިސްނާ ސުލްހަވެރިވެ ރައްޔިތުން ހަވާލުކުރި އަމާނާތާއި ދޭތެރޭ ރައްޔިތުން ހައްގުގައި ވިސްނަން! ދެބޭފުޅުންގެ ރަހުމަތް ތެރި ޑަކްތަރު. ބަނާނާ
ހުތްބަނާނާ
06 October 2021
2 އިއްޒަތްތެރި މެމްބަރުން ޖެހުނީ އެއް އިއްޒަތްތެރި މެމްބަރު އަނެއް އިއްޒަތްތެރި މެމްބަރަށް މާ ބޮޑު އިއްޒަތެއް އަރުވައިގެން. އޭގެ ތެރޭގަ އެހެން ބަޔަކު އެ ދޭތެރެއަށް ވަނުމުގެ އެއްވެސް ޗާންސެއް ނެތް ކަމެއް އެއީ. ފަހުން އިތުރު އެހެން ބަޔަކުވެސް ފިތުނަ އުފައްދަފާނެ. އެކަމު އަމިއްލައަށް ކުރި ހަޑިހުތުރު އަމަލު އެއީ ފުރަތަމަ އެކަމާމެދު އަނެއް މެމްބަރުކައިރިން މާފަށް އެދެންޖެހޭވަރުގެ ކަމެއް.
ސައްލޭ ބްޜޯ
06 October 2021
ބަނާނާ ތެދެއް ތި ބުނީ ސުލްހަވެރިވުން މުހިއްމުދޯ.
ހުސްނީމުބާރިކް
06 October 2021
ދެންފަހެ އެބައިމީހުންނާ އެބައިމީހުން ތަޅާފޮޅަން ފަށައިފޫއެވެ. މެމްބަރަކަށް ވެވުމަކީ ކުށް ކުރަން ލިބޭ ލައިސެންސެއް ނޫން. މިކަހަލަ ނާތަހުޒީބު ދަށުދަރަޖަ އަމަލު ހިންގާނީ ވަރަށް ނުލަފާވީމަ
ފުރުޞަތުގެ ބޭނުންހިފީ.....
06 October 2021
ޔަޤީނާއި ގާތަށް އެނގޭ ކަމަކީ ތިއީ ނާޒީލް ކުރާނެ ކަމެއް ނޫންކަމެވެ. އެދެމީހުންގެ މެދުގައި ނަފްރަތެއް އުދެދިގެން އުޅޭތީ ކޮންމެވެސް މީހަކު ނުވަތަ ބަޔަކު ފުރުޞަތުގެ ބޭނުން ހިފީއެވެ. ފިޠުނަވެރިކަން އިތުރު ކުރަން އުޅޭ މީހުންނަށް ޝައިޠާނީ ބާރުލިބި މިފަދަ ނުބައި ޢަމަލު ހިންގަނީއެވެ. ފަހަރުގައި ތިއީ ހަމަ އެންމެ މީހެއްގެ ޢަމަލަކަށް ވެސް ވެދާނެ އެވެ.
އެނގޭނެތަ
06 October 2021
ނާޒިލް އެގޮތަށް ވޯޓްތައް އަމިއްލައަށް ގުނުމާ، މަޖްލިސް ތެރޭ އެކުރި ކަންތައް އެއީ ޔަގީނުންވެސް ކޮށްފާނެ ކަމެއްކަމަށް އެހެންވީއިރު ކުރިން ހީވިތަ؟ ހީވިނަމަ އޭނަ ދާނެ ހިސާބާ ނުދާނެ ހިސާބު ތިހެން ކިޔަން އެނގިދާނެ. ނާޒިލް ކޮށްގެން އެއުޅެނީ ތޯތޯ ދެކަމެއް ނޫން. ހެކި ފެންނަން ހުރި 2 ކަން. އެކަމު އަދިވެސް ތިއުޅެނީ އޭނަ ރަގަޅުކޮށްފަ އެހެން ބައެއްގެ ބޮލަށް ކަނޑާލަން.
އަލިބޭ
06 October 2021
ހުދު ކާފޫރު
އޮނަރަބްލް އަފީފު ދީދީ
06 October 2021
ޒާހިދު ކުރައްވާފައިވާ ޓްވީޓާއި އަދި ދައްކަވާފައިވާ ވާހަކަ ތަކުން ބޮޑަށް ވައްތަރުވަނީ "ގޭސްގަނޑެއް" ކަމަށް. # ކޮންމެގޮތެއްވިޔަސް 2008 ކާއި ޙިލާފަށް މިއަދު އައްޑޫގައި އަސްލަމްއަށް ތާއީދު އޮތީ ވަރަށް ކުޑަކޮށް. ތިކަން ކުރުވިބަޔަކު ބޭނުންވަނީކަންނޭގެ ތިފަދަ ކަންކަންކޮށްގެން ސިމްޕަތީ ހޯދައިގެން ކުރިންހުރި އުސްމިނަށް އަނެއްކާވެސް އަސްލަމް ގެންދާން. # އެކަމަކު ހީއެއްނުވޭ ދެން އައްޑޫގައި އަސްލަމަށް އިސްކޮޅަށް ދެމިލެވޭނެ ހެނެއް. އެއިރު އޮއްސިއްޖެ.
ހިތަދޫ 2
06 October 2021
ޖާބިރު ނަންވާނީ.. ނާޒިލް ކިތައްމެ ވަރެއް ކުރިޔަސް ދެން އެ ކުރިކަން ނުވާކަމަކަށް ވާނެ؟ އެއްވެސް އަގެއްނެއް ހައްޕުނޑު ކަލޭމެން.. އަދި އެބަ ކިޔައޭ އިއްޒަތެއް ނުލިބެޔޯ!
ށަވިޔަނި
06 October 2021
ރުޅި އަކީ އަހަރުމެން ވަރަށް އާދައިގެ ކަމެއްކަމަށް ދެކޭ ކަމެކެވެ. އެކަމަކު އުއްމަތުގެ ބޮޑެތި އިލްމުވެރިން ބުނެފައިވަނީ އެއީ ބޮޑު ފާފައިގެ ތެރޭ ހިމެނޭކަމެކެވެ. ކޮންމެމީހަކުވެސް ރުޅި އަތުވެދާނެއެވެ. އެކަމަކު އެރުޅި ކޮންޓްރޯލުކުރަންޖެހެއެވެ. ރުޅިއައިސްގެން އެއްވެސްމީހަކުގެކިބައިން ބަދަލުހިފާކަށްނުޖެހެއެވެ.
އހަހަހަހަހަ
06 October 2021
މިވަރުންވެސް އިހުތިރާމު ނުލިބިގެން ޝަކުވާ ކުރަނީ
ރަދީފްއޮފިޝިއަލް
06 October 2021
ސީދާ ޓެރެރިޒަމްގެ އަމަލެއް.ހަރުކަށި އިބާރާތުން މިއަމަލު ކުށްވެރިކުރަން.އިއްޔެ ކުރިމަތި ފަރާތްތޯ ފުއްޓަރު ފަރާތް ދެއްކީ.މިއީ އެކަމުގެ ހޫނު ނޫން ބާ!!! ދުނިޔޭގެ އެންމެ ހުދުމުޙްތާރު މީހުންވެސް ނުކުރާ ޒާތުގެ ކަމެއް ނާޒިލް ކޮށްފި.އެއީ ތިމާ ބައިވެރިވި އިންތިހާބެއްގެ ވޯޓް ގުނަން ތިމާ ހުރުން.މިއަށް ވޯޓް ދިން ހިތަދޫ މީހުންނަށް ވަރަށް ވެދުން.ވ.ވެދުން
ޑޮކްޓާރ. ބަނާނާ
06 October 2021
ތަދީފު ޔޫ ހައުދަހައި ވަރޮގަދަ ކޮމެންޓާކޭ ކޮއްފެއި މިއޮތީ...ޔޫ އަށް ވަރަށް ސަލާމް