ކުޅިވަރު / ގައުމީ އިނާމް

އިންޓަނޭޝަނަލް ބެޖަށް ވުރެ ގައުމީ ޝަރަފް މާ ހާއްސަ

މައްލާ (ވ) އަށް ރައީސް (ކ) އިނާމު ހަވާލުކޮށްދެއް ވަނީ --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ފުރަތަމަ ފީފާ ރެފްރީ މައްލާ ޅަހުއްތަށް ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ރޭ ދެއްވި ވަގުތަކީ އޭނާގެ ކުޅިވަރު ހަޔާތުގައި އެންމެ އުފާވެރި ވަގުތު ކޮޅެވެ.

"ލޮލުން ކަރުނަ އައި،" "މިހާރު" އަށް މައްލާ ވިދާޅުވި އެވެ.

ފީފާގެ ރެފްރީ ބެޖު ލިބިވަޑައިގެންނެވި އެންމެ ފުރަތަމަ ދިވެއްސަކީ މައްލާ އެވެ. އެއީ އޭނާގެ ހަޔާތުގައި އެންމެ އުފާވެރި އެއް ދުވަހެވެ. ރާއްޖޭގެ އެތައް ރެފްރީއަކަށް ފީފާގެ ބެޖް މިހާރު ލިބިއްޖެ އެވެ. އެކަމަކު އެހެން އެއްވެސް ރެފްރީއަކަށް ނުލިބުނު ޝަރަފެއް މައްލާ އަށް ލިބިވަޑައިގެންނެވި އެވެ.

"ރައީސުލްޖުމްހުރިއްޔާއެއްގެ އަތްޕުޅުން ފީފާގެ ބެޖު ލިބުނު ހަމައެކަނި ދިވެއްސަކީ އަޅުގަނޑު،" އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަތްޕުޅުން ބެޖް ލިބިވަޑައިގެންނެވި މައްލާ ވިދާޅުވި އެވެ.

އެއީ އެންމެ އުފާވ ދުވަހެވެ. އެކަމަކު ޝަރަފުވެރިކަމުގެ ގައުމީ އިނާމަކީ އޭނާ އަށް ލިބިވަޑައިގެންނެވި އެންމެ ހާއްސަ އުފަލެވެ.

ފީފާގެ ބެޖުގައި އެންމެ ފުރަތަމަ އިންޓަނޭޝަނަލް މެޗަކަށް މައްލާ ނުކުންނެވީ، ސްރީ ލަންކާގައި 1991 ގައި ބޭއްވި ސާފް ގޭމްސްގައި ބަންގްލަދޭޝް އާއި އިންޑިއާ ކުޅުނު މެޗުގަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ވެސް ރެފްރީކަން ކުރުމަށް ފުރުސަތު ދޭން އޮތީ މައްލާ އަށެވެ. ނަމަވެސް އެ މުބާރާތުގެ ފައިނަލަށް ރާއްޖެ ދިޔަ ހިސާބުން އެ ލިސްޓުން އޭނާގެ ނަން އުނި ކުރީ އެވެ

ދިވެހި ކުޅިވަރުގެ ހިދުމަތުގައި ބައިގަރުނަށް ވުރެ ދިގު މުއްދަތެއް ހޭދަ ކުރެއްވި މައްލާ އަކީ، މިހާރު ދިވެހި ރެފްރީންގެ އެންމެ ބޮޑު އެހީތެރިޔާ އެވެ. ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކުގައި ރެފްރީ އެސެސާއެއްގެ ހައިސިއްޔަތުން ދަނޑަށް ވަޑައިގެން މެޗުތަކުގައި ރެފްރީންނަށް ހެދޭ ގޯސްތައް ފާހަގަ ކުރައްވަ އެވެ. އަދި އެކަންކަން ރަނގަޅު ކުރުމަށް ރެފްރީންނަށް ވަކިވަކިން ބުނެ ދެއްވަ އެވެ.

ތަފާތު ކުޅިވަރުތައް ކުރިން ކުޅުވައިފައިވީ ނަމަވެސް މައްލާގެ ހާއްސަ ދާއިރާއަކީ ރެފްރީންނާ ގުޅުން ހުރި މަސައްކަތްތަކެވެ. ދިވެހި ރެފްރީން އުފެއްދެވުމުގެ މަސައްކަތް އަމަލީގޮތުން އެންމެ ފުރަތަމަ ފެއްޓެވީ އޭނާ އެވެ. ފަހުން ފީފާގެ ބެޖު ލިބުނު ގިނަ ރެފްރީންނަކީ އޭނާގެ ދަރިވަރުންނެވެ.

ރެފްރީއެއްގެ އިތުރުން މައްލާއަކީ ފުޓްބޯޅަ އެޑްމިނިސްޓްރޭޓާއެއް ވެސް މެ އެވެ. އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމު ވެސް އަދާ ކުރެއްވިއެވެ. ރެފްރީ ކޯސް ހަދަން އިނގިރޭސި ވިލާތަށް މައްލާ ވަޑައިގެންނެވީ އަމިއްލަ ހަރަދުގަ އެވެ. ކޯހަށް ބޭނުންވާ ހަރަދުތައް ވެސް ކުރެއްވީ އަމިއްލަ އަށެވެ. އޭރުގެ ނިސްބަތުން ބޮޑު ހޭދައެއް ކުރެއްވި އެވެ. އެ އަހަރު އޭނާ ރާއްޖޭގައި ނެތިސް ސަރުކާރުން ވަނީ ކުޅިވަރަށް ހިދުމަތް ކުރުމުގެ އާންމު ހިދުމަތުގެ އިނާމު ދީފަ އެވެ. އެފްއޭއެމުން ވަނީ 2018 ގައި މައްލާ އަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދީފަ އެވެ.

މައްލާ ޅައިރުގެ ފޮޓޯއެއް

މައްލާގެ އެންމެ ހާއްސަ މަސައްކަތަކީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ މޭމަތީގައި ޖަހާފައިވާ ދިވެހި ފުޓްބޯޅައިގެ ލޯގޯ އެވެ. އެފްއޭއެމްގެ ލޯގޯގެ ޑިޒައިނަކީ މައްލާގެ ހިޔަލަށް ފަރުމާ ކުރެއްވި ދިވެހި ރެފްރީންގެ ބެޖެވެ.

ކުރީގެ ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ޝަހީބު ލިޔުއްވާފައވާ ގޮތުގައި ދިވެހި ފުޓްބޯޅަ ރެފްރީންނަށް ހާއްސަ ބެޖެއް 1969 މައްލާ ފަރުމާ ކުރެއްވި އެވެ. އަދި ފަހުން އެ ލޯގޯ އަށް "އެފްއޭއެމް" ގެ ލެޓިން އަކުރުތައް އިތުރު ކުރެއްވީ އެފްއޭއެމްގެ ކުުރީގެ ރައީސް ސަމަރުބުލޫ އިބްރާހިމް މަނިކު ކަމަށް ޝަހީބު ލިޔުއްވާފައިވެ އެވެ. މައްލާގެ ހިޔާލަށް ކުރެއްސެވި ލޯގޯގެ ވަށައިގެން ހިމެނެނީ ކަޅު ކޫލައިގެ ފަލަ ރޮނގެކެވެ. އެކަމަކު އެ ލޯގޯގައި ހިމެނޭ ކުލަތަކާއި ފާހަގަތައް އެފްއޭއެމްގެ ލޯގޯގައި މިހާރު ވެސް އެބަހުއްޓެވެ. ތަފާތަކީ ހިމަ ރޮގަކުން ބެޖު ވަކި ކޮށްފައި ވުމެވެ. އެކަމުގައި މައްލާ ވަނީ ކުރީގެ މަޝްހޫރު ކުރެހުންތެރިޔާ މަރުހޫމު މައިޒާން ހަސަން މަނިކުގެ އެހީތެރިކަން ހޯއްދަވައިފަ އެވެ.

ކުޅިވަރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ތިން ބޭފުޅަކަށް ރޭ ދެއްވި އެވެ. އެއީ ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދާއި ކިންގްސް ބާސްކެޓްބޯޅަ ކްލަބުގެ ނައިބު ރައީސް އިބްރާހިމް މުހައްމަދު އަދި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ފާތިމަތު ޝާލިޔާ އެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޏާމީ

07 October 2021

ޜެފްރީ އައލީސަލީމްމެންގެ ފަހުން މައްލާ ރެފްރީ ކޯހެއް ހިންގިކަން އިގޭކަށްނެތް ހަމަދޭން ފެނުނީމަ ދޭ އެވޯޑެއްތީ 52 އަހަރު ހިދުމަތްކުރީ ގޭގަހުރެގެންތޯ ސުވާލަކީ

The name is already taken The name is available. Register?

ޟާނު

07 October 2021

1994 އިންފެށިގެން މައްލާގެ އެހީރެފްރީންނަށް ނުލިބޭ އޭގެފަހުން 1 އަހަރު އައިސްރެފްރީންނާމައްސަލަތަކެއް އިވެގެން ދުރުވެފަ އަނެއްކާ 2017 ގަ މައްލާ އައީ މިދޭތެރޭގަ މައްލާގެ މާބޮޑު ހިދުމަތެއް ރެފްރީންނަށް އަދި ފޫޓްބޯލް އަށް ލިބިފަކާނެއް ދިޔަށްވުރެން ލިބުން މާހައގުމީހުން އެބަތިބި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454