ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މިހާރު ވަނީ ވެކްސިން ފުރިހަމަކޮށްފައި. އެންމެންނަށް ވާ ވަރަށް ރާއްޖެއަށް ވެކްސިން ލިބުނު.
ކޮވިޑުން ދިފާއުވާ ވެކްސިން ޖަހަން ގޮސް ތިބި ބަޔަަކު ކިއުއެއްގައި މަޑުކުރަނީ. -- ފޮޓޯ: ނިޝާން އަލީ /މިހާރު
07 އޮކްޓޯބަރ 2021 - 10:47
ރާއްޖެއަށް ލިބިފައިވާ ކޮވިޑް-19 ވެކްސިންގެ ތެރެއިން ބައެއް، ބަންގްލާދޭޝް އާއި ނޭޕާލަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މި ނިންމުމުގެ ދަށުން މިދިޔަ ބުދަ ދުވަހު ވަނީ 200،000 ޑޯޒްގެ އެސްޓްރަޒެނެކާ ވެކްސިން ބަންގްލާދޭޝް އަށް ހަދިޔާކޮށްފަ އެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް ވެކްސިން މިހާރު ވަނީ ދީފަ އެވެ. މިހާތަނަށް 392،773 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އަދި 343،149 މީހަކު ވަނީ ދެ ވަނަ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި ހައި ރިސްކް މީހުންނަށް މިހާރު އަންނަނީ ބޫސްޓާ ޑޯޒް ވެސް ޖަހައިދެމުންނެވެ.
ރާއްޖޭން 700،000 ޑޯޒް ވެކްސިން ގަންނަން މަސައްކަތްކުރި އިރު އެހެން ގައުމުތަކާއި ޖަމިއްޔާތަކުގެ އެހީ ވެސް ރާއްޖެއަށް ވަނީ ވަރަށް ބޮޑަށް ލިބިފަ އެވެ.
"ރެސްޕޮންސިބަލް ގްލޯބަލް ޕާޓްނަރެއްގެ ގޮތުން ރާއްޖޭން ދެ ގައުމަކަށް ވެކްސިން ހަދިޔާކުރަން ނިންމީ ކޮވިޑުން އަރައިގަތުމުގައި އެހެން ގައުމުތަކަށް އެހީވުމަށް،" ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި އެވެ.
ޑާކާ ޓްރިބިއުން ނޫހުން ބުނީ ރާއްޖޭގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ރާއްޖޭގައި ހުންނަވާ ބަންގްލާދޭޝް ހައި ކޮމިޝަނަރު ރިއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަން މިކަމާ ގުޅޭ އެއްބަސްވުމުގައި ބުދަ ދުވަހު ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި ހަމަ އެ ދުވަހު އެ ވެކްސިން ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ބަންގްލާދޭޝް އަށް ހަދިޔާކުރި 201،600 ޑޯޒް ވެކްސިން ގަތަރު އެއާވޭސްގެ ފްލައިޓެއްގައި ހުކުރު ދުވަހު ބަންގްލާދޭޝް އަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ބަންގްލާދޭޝް ނޫސްތަކުން ވަނީ ބުނެފަ އެވެ.
އެޗްޕީއޭ އިން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ލިބިފައިވާ ވެކްސިންތަކުން ބައެއް ވެކްސިންގެ މުއްދަތު ހަމަވާން ވަނީ ކައިރިވެފަ އެވެ. އެހެންވެ އޭގެ ކުރިން އޭގެ ބޭނުންކުރެވޭ ގޮތް ހޯދަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
ރާއްޖެ ހިމެނުނީ ކުރު މުއްދަތުގެ ތެރޭގައި އާބާދީގެ އެންމެންނަށް ކޮވިޑް ވެކްސިން ލިބުނު މަދު ގައުމުގެ ތެރޭގަ އެވެ. ބަލީގައި ބޮޑުވަރު ނުވެ ރާއްޖެއަށް އަަރައިގަނެވިފައި އޮތީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ފުރިހަމަކުރެވުމުން ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
08 October 2021
ފަހުރުވެރި އުފާވެރި ހަބަރެއް.. އަވައްޓެރި ބޮޑެތި ގައުމު ތަކައްވުރެ ތައްޔާރީތައް ރާއްޖޭގާ ރަނގަޅުވީމާ މިހެން މިވާނީ... ދެން މާކް ކުންފުނިން އުފައްދާ ކޮވިޑް ބޭސް ގަތުމަށް އެޑްވާންސް އޯޑަރު ޖަހާން އެބަޖެހޭ..
ތައްޔާރީއޭ
08 October 2021
ބޭނުންވާ އަދަދަށްވުރެ ގިނައިން ގައުމަށް ވެކްސިން ހޯދީ އެއެއް މިއެއް ނުބަލާ އެއްވެސް ރޭވުންތެރިކަމެއް ނެތުމުން. އެ ގިނަވެގެން އުޅެނިކޮށް އަލަށް މަގާމެއް ލިބުނު މީހަކަށް އައިޑިއާއެއް އައީ ވެކްސިން ފުރިހަމަކުރަން އެހެން ގައުމުތަކަށް ގޮވާލަން. ދެން އެ ބުނެވުނު ބަހާ އެއްގޮތަށް މިތަނުގަ ގިނަވެފަ ހުރި ދުވަސްހަމަވާ ވެކްސިންކޮޅު ހަދިޔާކޮށްގެން އެއްކަލަ ބުނެވުނު ބަހަށް އަމަލުކުރަނީ ކަމަށް ދައްކައިގެން އެއްދޮނުގަ ދެބުޅި ޖެހީ.
މާކުންބޭ
07 October 2021
ކޮވިޑް ބަލި މާލެއިން ފެނުނު ދުވަހު ރައީސްގެ ދެލޮލުން ދިޔައީ ފެންފައިބަމުންނެވެ. މިކަމަށްވެސް ޖޯކްޖެހި ސިޔާސީބަޔަކު އުޅުނެވެ. އެމަނިކުފާނުވަނީ މިކުޑަކުޑަ ޤައުމު އެއްވަނަ ދުނިޔޭގެ 10 ޤައުމާ އެއް ލެވެލްއެއްގައި ވެކްސިން ރޭހުގައ ކުރިހޯދާ މިޤައުމަކީ ދުނިޔެއިން އެންމެ ފުރަތަމަ ބޯޑަރ ހުޅުވާ ދުނިޔެއަށް ނަމޫނާ ދައްކަވާފަ، ހަމަ ހަޤީޤަތުގަވެސް ސިންގަޕޯރ އާ ގާތަގަކަޑަކަށް އެއްލެވެލްގައި ކޮވިޑް މެނެޖްކުރައްވާފަ. ސާބަސް ދިވެހިންގެ ރައީސް އާ ދިވެހިންނަށް.
ކާކުންބޭ
08 October 2021
ރާއްޖޭގެ ވެކްސިންޖަހަންޖެހޭ އާބާދީއަކީ ތިޔަ ބުނާ ވަރުގެ ބުރަ މަސައްކަތެއް ކޮށްގެން ވެކްސިންޖަހުވަން ޖެހޭވަރުގެ އާބާދީއެއްނޫން. އެންމެ ފަހުން މީހުންގެ އަސާސީ ހައްގުތަކަށް އަރައިގަންނަ ހިސާބަށް ބިރުދައްކައިގެން ވެކްސިންޖެއްސުމަކީ ފަޚުރުވެރިވާންޖެހޭ ކަމެއްވެސް ނޫން. އެހެން ގައުމުތަކާ މިގައުމާ އަޅާނުކިއޭނެ.
ވެކްސިން ޓުއަރިޒަމް
07 October 2021
ރާއްޖޭގައި ވެކްސިން ޓުއަރިޒަމް ތައާރަފއކޮށް، އިއުލާނު ކުރުމަށްފަހު، އެކަން ކުރިޔަށް ނުގެންދާ ގޮތަށް ނިންމައިފި ތޯ؟
މެންގޯޕައިނެޕަލް
07 October 2021
ހާދަހާ ފަތަރާސި ބައެކޭ ދޯ؟؟؟؟؟؟
ރަދީފްއޮފިޝިއަލް
07 October 2021
ވަރަށް ރީތި ނަމޫނާއެއް.އެބައެއްގެ ބޭނުން ފުއްދުމަށް ފަހު ބާކީ އެއްޗެއް ހުރިނަމަ ދެން އެންމެ ބޭނުން ޖެހިފައިވާ ބަޔަކަށް ހަދިޔާކުރުން އެއީ އިސްލާމްދީން އަހަރުމެންނަށް ބުނެދޭ ރީތި އާދަތަކުގެ ތެރޭގަ އެކުލެވޭ ކަމެއް.ގޯ މޯލްޑިސްވް ގޯ.ވީ އާ ރައިޓް ބިހައިންޑް ޔޫ.
ކޯޑިނޭޓަރ
07 October 2021
ރަނގަޅު ކަމެއް ، ވެކްސިންތައް މިހެން ހުރެ މުއްދަތު ހަމަވުމަށް ވުރެ އެހެން ބަޔަކަށް ހަދިޔާ ކުރުން.
ޥަގުބް
07 October 2021
ޢެހީ ކިޔާފަ ކަޓް ނަގާލާ މީހަކަށް ހިލަމެއްވެސް ނުވާގޮތަ ށް
ފޫހި
07 October 2021
ސަޅި ދުވަހަކުވެސް ވެކްސިން ނުއުފައްދާ އަދި އެއަށް މުޅިދުނިޔެ ބޭނުންޖެހިފައިވާ ދަނޑިވަޅެއްގައި އަވަށްޓެރިންނަށް ވެކްސިން ދިނުމީ ހަމަ އަޖައިބެއްފަދަ ކަމެއް. ރޭވުމެއްނެތީ އެއއފަހަރާ ގިނަ ވެކްސިން ހޯދީމާ މުއްދަތު ހަމަވާނެ ކަން ވެސް މިވެރިންނަށް ނޭންގޭ.
އޯގާތެރިކަން
07 October 2021
ނޫނޭގަދަ ސަރެކާރެެއްމީ. ރައްޔިތުންގެ ބޯހިޔާވަހިކަމަށް އެހީއަށް އެދި ސަލާމްޖަހާއިރު ވެވޭނެ އެހީއެއްނެތްކަމަށް ބުނެ ސަރުކާރުން މިކުރަނީ ހާދަބޮޑު ސިޔާސީ ގޭމެކޭ.
ސީޒަން ޖެކުހަން
07 October 2021
ޝާހިދު ކުރިޔަށްޖައްސާލައިފިއޭދޯ.
ޖެކުހަމާ
08 October 2021
އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ކުރެވޭނެ އެންމެ ބޮޑުވަރު އެ ކުރެވުނީ. އަމިއްލަ ގައުމުގަ ހުރި އެއްޗެއް އެގޮތަށްވެސް ދެވޭނީ. އެހެން ގައުމުތަކުން ކަހާބިހި ހިރުވާވެސް ނުލާނެ އެކަމާ.