ޚަބަރު / ކޮވިޑް-19

އައްޑޫން ކޮވިޑްގެ އިތުރު މަރެއް

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް). ފޮޓޯ: އާތިފް

ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކު މިއަދު އައްޑޫން މަރުވެއްޖެ އެވެ.

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވީ 92 އަހަރުގެ ފިރިހިނެއް ކަމަށާއި އޭނާ އަކީ ފުވައްމުލަކުން އައްޑު އަށް ގެންގޮސް ފަރުވާ ދެމުން ގެންދިޔަ މީހެއް ކަަމަށެވެ. މިދިޔަ މަހުގެ 26 ގައި އައްޑު އަށް ގެންގޮސް އެ މީހާ އަށް ފަރުވާ ދެމުން ގެންދިޔައީ އޭއީއެޗްގެ ކޮވިޑް ފެސިލިޓީގަ އެވެ.

މިއީ އައްޑޫގައި ކޮވިޑްގައި މަރުވި ހަތަރު ވަނަ މީހާ އެވެ. ރާއްޖޭން މިހާތަނަށް ކޮވިޑްގައި 233 މީހަކު މަރުވެފައިވެ އެވެ.

ކޮވިޑާ ހެދި އައްޑޫ މޮނިޓަރިންގައި އޮންނަތާ ވެސް މިހާރު ގިނަ ދުވަސްތަކެއްވެފައިވާ އިރު، އެކްޓިވް ކޭސްތަކުގެ އަދަދު 240 އަށް ވުރެ ގިނަ އެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޑޫ

09 October 2021

92 އަހަރުގަ މީހަކު މަރުވުމަކީ ގުދުރަތީ މަރެއް. ރާއްޖޭގެ ލައިފް އެކްސްޕެކްޓެންސީ 70 އަކަށް ނާރާ. ކޮވިޑު މަރޭ ކިޔައިގެން ރައްޔެތުން ބިރުގަންނަވަން ނުހަދާ.

The name is already taken The name is available. Register?

ކޮވިޑު މަރު

09 October 2021

ކޮވިޑަކު މީހަކު މަރެއްނުވޭ. މި ވާހަކަ ވެއްޖެއްނު ހުއްޓަން. ނޫސްވެރިންނަށް ކޮވިޑޭ ކިޔައިގެން ހަބަރު ލިޔުނީމަ ބައިވަރުގަނޑެއް ލިބެނީތަ

The name is already taken The name is available. Register?

ހަނުހުންނަ މީހާ1

08 October 2021

އައްޑޫ މޮނިޓަރިންގެ އޮވެގެން މަނާވަނީ ހަމަ އެކަނި ރޭގަނޑު 9ގެ ފަހުން ބޭރުގަ އުޅުން. ރެސްޓޯރެންޓްތައް ހުޅުވާފަ ސަރުކާރު ހުރިހާ އޮފީހެއް މުނިޓަރިން ނެތްރައްރަށާ އެއްގޮތް ސުކޫލުތައް ހުޅުވާފަ. ނަމުގަ މޮނިޓަރިންގަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454