ރިޕޯޓް

ތައުލީމީ ޖީލެއް ބިނާ ކުރުމުގައި 45 އަހަރުގެ ހިދުމަތް!

ރާއްޖޭގެ އަސާސީ ތައުލީމުގެ މަޝްރޫއު ފެށުމަށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބޭފުޅުން.-- ފޮޓޯ: އެންއައިއީ އާކައިވް

ތާރީހީ ލިޔުންތަކުން އެނގެނީ މީގެ އެތައް ޒަމާނެއް ކުރިން އެކި ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގައި ތައުލީމު ފޯރުކޮށްދިން ކަމެވެ. އެދުރެގެ އާއި އެކި ނަންނަމުގައި ހިންގި ރަށު އަދި އަވަށު މަދަރުސާތަކުގަ އެވެ. ނަމަވެސް ދާއިރާ އަށް އަންނަމުން ދިޔަ ބަދަލުތަކާ އެކު، ތައުލީމު ފޯރުކޮށްދިނުމަށް ސަރުކާރުން އައީ އެކި މަސައްކަތްތައް ކުރަމުންނެވެ.

އެޑިއުކޭޝަނަލް ޕްރޮޖެކްޓް އޮފީސް (އީޕީއޯ) އުފެދުނީ އެކަމުގެ ތެރޭގަ އެވެ. ރާއްޖޭގައި ނުރަސްމީ ތައުލީމު ދޭން ފެށިތާ މިދިޔަ އާދިއްތަ ދުވަހަށް 45 އަހަރުވީ އެވެ.

ރާއްޖޭގައި ތައުލީމް ކުރިއެރުވުމަށް 1976ގައި، އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން އުފެއްދި އީޕީއޯގެ މައިގަނޑު މަސައްކަތަކީ ޔުނެސްކޯ އާއި ޔޫއެންޑީޕީ އަދި ޔުނިސެފްގެ އެހީގައި ފެށި ރާއްޖޭގައި ކިޔަވައިދިނުމަށް ބޭނުންވާ މަންހަޖު ފަރުމާކުރުމާއި ފޮތްތައް ތައްޔާރުކުރުމާއި ޗާޕްކުރުމެވެ. އޭގެ އިތުރުން ޓީޗަރުން ތަމްރީނުކުރުމާއި ރަށްރަށުގައި ސްކޫލުތައް އިމާރާތްކުރުމާއި އާއްމުން ހޭލުންތެރިކުރުވުމަށް ތައުލީމު ރޭޑިއޯ، ތައުލީމު ޓީވީ، ޖަމާއަތުގެ ތައުލީމާއި ނުރަސްމީ ތައުލީމު ފެށުމަކީ ވެސް އެ އޮފީހުގެ ބޭނުމެވެ.

އެއަށްފަހު، އީޕީއޯގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްޓަކައި 1979 ވަނަ އަހަރު އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) އުފައްދައި، އީޕީއޯ އުވާލި އެވެ. އަދި ދިވެހި ބަހުން އެ ސެންޓަރަށް ކިޔާނީ "ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒު" ކަމުގައި 1981 ވަނަ އަހަރު ސަރުކާރުން ހަމަޖެއްސި އެވެ.

އީޑީސީގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ޓީޗަރުން ތަމްރީނުކުރުމުގެ ކަންކަމާއި ހިދުމަތުގައި ތިބޭ ޓީޗަރުންނަށް ތަމްރީނު ދިނުމަށް އަނެއްކާ ވެސް "މުދައްރިސުންގެ ތައުލީމު މަރުކަޒު"ގެ ނަމުގައި 1984 ވަނަ އަހަރު މަރުކަޒެއް އުފެއްދި އެވެ. އޭގެ 14 އަހަރުފަހުން، 1998 ވަނަ އަހަރު "މޯލްޑިވްސް ކޮލެޖު އޮފް ހަޔަ އެޑިއުކޭޝަން" އުފެދުމުން ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް ބަދަލުވި އެވެ.

ފިޝަރީޒް ސައިންސަށް ޓީޗަރުން ތަމްރީނުކުރަން ބޭއްވި ވޯކްޝޮޕެއްގައި ބައިވެރިވި ޓީޗަރުންތަކެއް..-- ފޮޓޯ: އެންއައިއީ އާކައިވް

ނަމަވެސް، ހިދުމަތުގައި ތިބޭ ޓީޗަރުންނަށް ތަމްރީން ދިނުމުގެ މަސައްކަތް އޭގެ ކުޑަދުވަސްކޮޅެއް ފަހުން އެޑިއުކޭޝަން މިނިސްޓްރީ އަށް ބަދަލުކުރުމަށްފަހު، 2003 ވަނަ އަހަރު އެ މަސައްކަތް ރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒަށް ބަދަލުކޮށް، "ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޔުނިޓް" ގާއިމްކުރި އެވެ.

އީޑީސީގައި ކުރަމުންދިޔަ ނުރަސްމީ ތައުލީމުގެ މަސައްކަތް ފުޅާކުރުން މުހިއްމުވުމުން އެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޖެނުއަރީ 1، 1986 ވަނަ އަހަރު "ނުރަސްމީ ތައުލީމުދޭ ބައި" އުފެއްދި އެވެ. އޭގެ އަހަރުތަކެއް ފަހުން އޮކްޓޯބަރު 1، 2002 ވަނަ އަހަރު އެ އޮފީހުގެ ނަން "ސެންޓާ ފޯ ކޮންޓިނިއުއިން އެޑިއުކޭޝަން" (ސީސީއީ) އަށް ބަދަލު ކުރި އެވެ.

ސީސީއީ އޮފީހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ނުރަސްމީ ތައުލީމު މެދުވެރިކޮށް އާއްމުންނަށް ތައުލީމާއި ހުނަރުވެރިކަން އުނގަންނައިދީ، އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީގައި އާއްމުން ބައިވެރިކުރުމަށް އެހީތެރިވެދިނުން ހިމެނެ އެވެ. ޅަފަތުގެ ތައުލީމާއި ތަރުބިއްޔަތާ ގުޅުންހުރި މަސައްކަތްތައް 2002 ވަނަ އަހަރު ސީސީއީގައި ފެށި އެވެ.

އޭގެ އިތުރުން އީޑީސީގައި ކުރަމުންދިޔަ ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް މަސައްކަތްތައް ވެސް ސީސީއީއިން ކުރާގޮތަށް ނޮވެމްބަރު، 2008 ގައި ބަދަލުކުރުމާ އެކު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކޮށްފައިވާ ޓީޗާ ރިސޯސް ސެންޓަރުތަކުން ކުރަމުންދިޔަ މަސައްކަތް ވިލަރެސްކޮށް، ބެލެހެއްޓުމަކީ ސީސީއީގެ ޒިންމާއަކަށް ވެގެންދިޔަ އެވެ.

އެންއައިއީ.-- ފޮޓޯ: އެންއައިއީ އާކައިވް

އެ މަސައްކަތްތަކަށް ފަހު، ރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒާއި ސީސީއީ އެއްކޮށްލައި "ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން" ގެ ނަމުގައި އިންސްޓިޓިއުޓު އުފެއްދީ ޑިސެމްބަރު 12، 2012 ގަ އެވެ.

އީޕީއޯ އުފެދުނުއިރު ރަސްމީ މަދަރުސާއަކުން ނުވަތަ ސްކޫލަކުން އެކަށީގެންވާ ތައުލީމެއް ނުލިބޭ ދަރިވަރުންނެއް ތިއްބެވެ. އޭގެ ތެރެއިން ގިނަ ޒުވާނުންނަކީ އެކަށީގެންވާ ގޮތެއްގައި އަޅާލެވިއްޖެނަމަ ގައުމަށް ބޭނުންތެރި ބަޔަކަށް ވެގެންދާނެ ބައެއް ކަމަށް ފާހަގަވި އެވެ. އެއާއެކު، ސްކޫލަށް ދިއުމުގެ ނަސީބު ނުލިބި ތިބި ދަރިވަރުންނަށް ތައުލީމުގެ ފުރުސަތު ހޯދައިދީ، ކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް ވެގެންދިޔައީ އެންމެ މުހިއްމު އެއް ކަމަށެވެ.

ޕޮޕިއުލޭޝަން އެޑިއުކޭޝަން ތައާރަފުކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: އެންއައިއީ އާކައިވް

އެ ކަމުގެ ތެރޭގައި، ތަމްރީނު ލިބިފައިވާ މީހުން މަދު ރަށްރަށަށް އިސްކަންދީގެން، އެ ރަށްރަށުން ކުދިންނާއި ޒުވާނުން މާލެ ގެނެސް ނުރަސްމީ ތައުލީމު ދޭ މަރުކަޒުގައި ވެސް އެ ފަދަ ކްލާސްތައް ހިންގައި ބައިވެރިކުރި އެވެ. އެ ހާއްސަ ކްލާސްތަކުން ތައުލީމު ހާސިލްކުރި ބައެއް ކުދިން ފަހުން ރަސްމީ ތައުލީމާ ގުޅި، އެ ނިޒާމުގެ ތެރެއިން ސްކޫލުގެ ރަސްމީ ކިޔެވުން ނިންމި އެވެ.

ރަސްމީ ތައުލީމުން މަހުރޫމްވެފައި ތިބި ޒުވާނުން މުޖުތަމައުގެ ތަރައްގީއަށް ހިއްސާކޮށްދެވޭނެ ބަޔަކަށް ހެދުމުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތްކުރި ދެ ވަނަ ގޮތަކީ، އެންއައިއީން ބުނިގޮތުގައި، ތަފާތު މަސައްކަތްތަކެއް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ހިންގުމެވެ. އެ ޕްރޮގްރާމްތައް އަމާޒުކޮށްފައިވަނީ ޒުވާނުންގެ ތެރެއިން މަސައްކަތެއް ދަސްކޮށްގެން އާމްދަނީ ހޯދަން ބޭނުންވާ މީހުންނަށެވެ.

އެ ޕްރޮގްރާމްތަކުގެ އެހީގައި އެކިއެކި މަސައްކަތްތަކަށް ލޯ ހުޅުވި އޭރުގެ ވޮކޭޝަނަލް ޓްރޭނިން ސެންޓަރުން ހިންގި ރޫރަލް ވޮކޭޝަނަލް ސެންޓަރު (އާރުވައިވީޓީސީ) ގެ ކޯސްތަކުގައި ބައިވެރިވެ، އިތުރަށް އެ ހުނަރު ކުރިއެރުވުމަށް ތަފާތު ކޯސްތައް ފުރިހަމަކުރި ޒުވާނުން ތިއްބެވެ.

ފަށާ ތައުލީމުގެ މުގައްރަރު އެކުލަވާލައި ފުރަތަމަ ކިޔަވައިދީފައިވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ކޮމިއުނިޓީ ސްކޫލު، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެއްވަނަ ކްލާހުގަ އެވެ. އެ ސްކޫލުގައި ކިޔަވައިދޭން ފެށުމުން 1-5 އާ ހަމައަށް ކިޔަވައިދިނުމަކީ މުހިއްމުކަމެއްކަން ފާހަގަކުރެވި، ޕްރައިމަރީ ތައުލީމުގެ ފަސް އަހަރުގެ މުގައްރަރު ފޮތެއް އެޑިއުކޭޝަން މިނިސްޓްރީން 1980 ވަނަ އަހަރު ތައްޔާރުކުރި އެވެ.

އެއަށްފަހު، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުން ތައުލީމާއި މެދު މަދަރުސީ ތައުލީމުގެ މުގައްރަރުތައް 1983 ވަނަ އަހަރު އެކުލަވާލައި، ޖެހިގެން އައި އަހަރު އެ މުގައްރަރަށް އަމަލުކުރަން ފަށައި ޒަމާނާ އެއްގޮތަށް ތައުލީމު ފޯރުކޮށްދެމުންދިޔަ އެވެ.

11 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަރުތީލަ

15 October 2021

ގައުމުގެ ފުރަތަމަ ޖުމްހުރިއްޔާގެ ރައީސް ގެ ދަރިކަނބަލުން ގެ ނަމުން ނަންދެވިފައިވާ އަމީނިއްޔާ ސްކޫލް އެދުވަސްވަރު ހަމީދިއްޔާ މަޖީދިއްޔާ ފަހުން ނާސިރިއްޔާ މޮންޓަސޫރީ މިހާރު އިސްކަންދަރު ސަކޫލް މުޅި ރާއްޖޭގެ ގައުމިއްޔަތާ އިޖްތިމާއީ ބިންގާ އެޅިގެންދިޔައީ މުހަންމަދު އަމީނުގެ ބޮޑުވަޒީރު ކަމުގައި ފަހުން ނާސިރު ގެ ވަޒީރުކަމުގައި .

The name is already taken The name is available. Register?

ހުވާ

15 October 2021

މި ލިޔުން ހީވަނީ ނުނިމެނީސް ނިންމާލާފައި އޮތްހެން. އިތުރުބަޔަކަށް އިންތިޒާރުކުރަން.

The name is already taken The name is available. Register?

ޢަރުތަ

15 October 2021

ތިއެއް ނުނިމޭނެ..........

The name is already taken The name is available. Register?

މަރިޔަމް ނުހާ

15 October 2021

ރައީސް މައުމޫނު ރާއްޖޭގެވެރިކަމާ ހަވާލުނުވެ ނާސިރު ވެރިކަމުގާ އިތުރު އަހަރުތަކަކަށް ހުރިނަމަ އެފްރިކާގެގައުމަކާ ދިވެހިރާއްޖެ އެއްފަދަވީސް.. ޝުކުރިއްޔާ ރައީސް މައުމޫނު

The name is already taken The name is available. Register?

ކާރިގެ

15 October 2021

ތާރީޚީ ގިނަ ކަންކަމުގެ މައްޗަށް ބަލާލައިފައިވާ ރާއްޖޭގެ ޒަމާނީ ތަޢުލީމް ފެށިގެން އައިގޮތް ހާމަވާ ލިޔުމެއް. މިލިޔުމުގައި މިއީ ރައީސް އިބްރާހީމް ނާސިރުގެ އިސްނެންގެވުމެއްކަން ހާމަކޮށް ދެއްވަންޖެހޭ. ރާއްޖޭގެ މިޒަމާނުގެ ތަޢުލީމްގެ ބައްޕަޔަކީ އެމަނިކުފާނު.

The name is already taken The name is available. Register?

ދެރަ

16 October 2021

ވިލާ ލައިބްރަރީން ކިޔާލެވުނު ދިރާސީ ލިޔުމެއް ކިޔާފައި ވދެރަވި. ރ.ނާޞިރު ލަންކާއިން ޓީޗަރުން ގެނެސްގެން ކޮޅުބުގައި ބޭނުން ކުރަމުން އައި ޒަމާނީ ކަރިކިއުލަމް ހަމައެކަނި މާލޭ މޮންޓަސޫރީގަޔާއި އަމީނިއްޔާގައި ކިޔަވައިދިން. ޚަރަދުކުރީ ރާއްޖެތެރޭ ރައްޔިތުންގެ މަސައްކަތުންކޮޅުބަށްފޮނުވާ ހިކިމަހުގެ ބާވަތްތަކާރޯނާކުފުރާއިން.ރ. އަމީންރަށްރަށުގައިފެށި މަކްތަބްތަކައި ރައްޔިތުންގެމަކްތަބްތަކަށްވެސް ސަރުކާރުން އެއްވެސްއެއްބާރުލުމެއްނުދިނިމުން ގިނަތަންތަންއުވުނީ

The name is already taken The name is available. Register?

މި މީހާ

15 October 2021

ބައެއް ވާހަކަތައް މިހާރު މިލިޔަނީ އަސްލު އޮޅުވާލައިގެންހެން. ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރ އަލްއުސްތާޛު މުހައްމަދު އިބްރާހީމް ލުޠުފީ ވިދާޅުވީ މިފަދައިން، އެ މަރުކަޒު އުފެއްދީ ދިވެހިރާއްޖޭގައި ޔުނިވަރސިޓީއެއް ގާއިމުކުރުމުގެ މަސައްކަތްކުރުމަށް. ހަމައެއާއެކު ތަޢުލީމު ކުރިއެރުވުމަށް ކުރަންހުރި އެހެނިހެން ކަންކަން ކުރުމަށް. އެމެރިކަން ޔުނިވަރސިޓީ އޮފް ބޭރޫތަށް 40 ދިވެހިން ފޮނުވީ ޔުނިވަރސިޓީއަށް މީހުން ބިނާކުރުމަށްޓަކައި.

The name is already taken The name is available. Register?

ފެންވަރެއްހުރި ތައްލީމެއް

15 October 2021

ތައްލީމެއްނޫން ދެނީ. ސްކޫލަށް ގެންދަންޖެހޭ. ގެންދިޔަޔަސް ފެންވަރެއްހުރި ތައްލީމެއްނުލިބޭ. ސްކޫލްގަޑިއަށް ފަހު ކޮންމެވެސް ރަނގަޅު ތަނަކަށް ގެންދަންޖެހޭ. ހިލޭ މިލިިބޭ ތައްލީމަކު ނެއް އެއްވެސް ކަމެއް.

The name is already taken The name is available. Register?

ޝަފީރު

15 October 2021

މިއިޝާރާތްކުރެއްވީ ކޮން ދުވަސްވަރަކަށްތޯ. މިލިއުމުން ފެންނަންހުރީ ބަޔަކުމީހުން ދިވެހި ޤައުމަށް ކޮށްދެއްވި ބުރަ މަސައްކަތް. ނުއެނގުމުގެ ތެރެއިން މީހުން ހޭލުންތެރިކުރަން ކުރެއްވި މަސައްކަތް. މިހާރު ފެންނަނީ ތައުލީމު ވިއްކާތަން. ޢެޕްލިޗާޝަން ފޯމުފީ ޜެޖިސްޓްރޭޝަންފީ ކޯސް ފީ. މަހުފީ މާއްދާފީ. ކިޔަވައި ނިމުނީމާ ސެޓްފިކެޓްފީ ނުދައްކާނަމަ ސެޓްފިކެޓް ނުލިބޭނެ. ޢެމްޑީޕީ ޑިމޮކްރަސީ ވެރިކަމުގައި ކޮންމެފަހަކު ދެއްވަނީ ސޮއްސައިލި ތައުލީމުދެނީ.

The name is already taken The name is available. Register?

ރިޓާޑްސް

15 October 2021

ކަލޭ ކަހަލަ ގަމާރުންނަކަށް އެއްޗެއް ދަހެއް ނުވާނެ ކޮންމެ ތާކަށް ކިޔަވަން ދިޔައަސް.

The name is already taken The name is available. Register?

ނަންނޭނގެ

15 October 2021

މިނިސްޓްރީ އާ ސްކޫލްތަކުން މިހާރު ބަލަނީ އެންމެ ގިނަަ ހަރަކާތާ މުބާރާތް ބާއްވާ މެޑަލްޖެހޭތޯ. ޓީޗަރުންނަށް ގެޔަށް ވަދެލާނެ ވަގުތު ނުވޭ. އަބަދުވެސް ކޮންްމެވެސް ދުވަހެއް ފާހަގަ ކުރަންޖެހިފަ. ކިޔަވައި ދިނުމަށް ފޯކަސް ކޮށްލެވޭ ވަރެއް ނޫން.އެކަށީގެންވާ އުޖޫރައެއް ދެނީކީނޫން. މީމިހާރު ބޮއްސުންލާފަ އޮތް ކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454