ޕެންޝަންގެ ސީއީއޯއަށް އައްޔަންކުރެއްވި ގްރިންޑަލް: ބޯޑުން އޭނާ އިއްޔެ ވަކިކުރަން ނިންމީ ސުލޫކީ މައްސަލައެއްގައި ކަަމަށް ޕެންޝަން އޮފީހުން ބުނޭ. -- ފޮޓޯ: ޕެންޝަން އޮފީސް
13 އޮކްޓޯބަރ 2021 - 11:19
ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަކަށް ހަމަޖެއްސި އިނގިރޭސިވިލާތުގެ ޖޯން ގްރިންޑަލް މަގާމުން ވަކިކޮށްފި އެވެ.
އިންޝުއަރެންސް އާއި ޕެންޝަން ދާއިރާގެ 25 އަހަރުގެ ތަޖުރިބާކާރަށް ވަޒީފާ ހަމެޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މަގާމުގައި އަހަރެއް ނުފުރެނީސް އޭނާ މަގާމުން ވަކިކުރަން ނިންމީ، ޕެންޝަން އޮފީހުގެ ބޯޑުގެ ނިންމުމަކުންނެވެ.
ސީއީއޯ ވަކިކުރުމުގެ ނިންމުން މިއައީ، އޭނާގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފެންމަތިވެފައިވާ ކަމުގެ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ. މީގެ މަހެއްހާ ދުވަސް ކުރިން ކުރި އެ ތުހުމަތު ޕެންޝަން އޮފީހުން ވަނީ ދޮގުކޮށްފަ އެވެ.
އޭރު ޕެންޝަން އޮފީހުން މީޑިއާތަކަށް ބުނެފައި ވަނީ ސީއީއޯއާ މެދު، ޖިންސީ ފުރައްސާރައިގެ އެއްވެސް ތުހުމަތެއް ހުށަހެޅި ބަލަމުން ނުދާ ކަމަށެވެ.
ޕެންޝަން އޮފީހުގެ އޮފިޝަލަކު މިއަދު ވެސް ވިދާޅުވީ ސީއީއޯ ވަކިކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ނޫން ކަމަށާއި ސުލޫކީ މައްސަލައެއްގައި ކަމަށެވެ. އެކަމަކު ތަފްސީލަކަށް ވަޑައެއް ނުގަންނަވަ އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯއަކަށް އޭނާ އައްޔަންކުރުމުން ފާޑުކިއުން ވެސް އަމާޒުވި އެވެ. ރާއްޖޭގެ އިސް މަގާމެއް ބޭރުގެ މީހަކަށް ދިނުމުގެ ހިތްހަމަނުޖެހުންތަކާ އެކުގަ އެވެ.
ސީއީއޯގެ މަގާމަށް ގްރިންޑަލް އައްޔަންކުރީ ގިނަ ދުވަސްތަކެއް ވަންދެން އެ މަގާމުގައި ހުންނެވި މުހައްމަދު ހުސެއިން މަނިކު ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ އައްޔަންކުރަންދެން ޕެންޝަން އޮފީސް ހިންގަވަމުން ގެންދެވީ ވަގުތީ ސީއީއޯގެ ގޮތުން ފާތުމަތު ސުޖާތާ ހަލީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަނަރޫ
13 October 2021
ތި ޕެންޝަން އޮފީސް ހިންގޭނެ ލަޔާގަތު ހުރި ކިތެއްމެ ދިވެހިންނެތިބޭ.
އެކްސްް
13 October 2021
ދެން ވަކިކުރަންވީ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯއާއި އޭނާގެ ދަށުން މަސައްކަތްކުރާ އެގައުމުގެ މީހުން. ކަމެއް ނުކުރެވޭތަނުގައި މަހަކު އެމީހުންނަށް 6ލައްކަ ޑޮލަރު ޚަރަދުވޭ.
ސަކީނާއްތަ
14 October 2021
ތީ އެހާ ރަގަޅުވާހަކައެއް ނޫން. ރާއްޖެ ޖެހެނީ ފައިނޭންޝަލް ޗެކްޓަރ ވަރުގަދަ އަވައްޓެރިގައުމުތަކާއި ކޮމްޕީޓްކުރުމާއި އެކު ވިޔަފާރި ފުޅާ ކުަރަން އަވައްޓެރިގައުމުތަކުގައި. އެކަންކުރުމުގެ ހުނަރާއި ތަޖްރިބޭ ހުންނާނީ ބޮޑެތި ގައުމުތަކުގައި ފްންޑްސް މެނޭޖްކުރުމުގެ ތަޖްރިބާތިބި ބޭރުމީހުން.
ޝެޑޯ
13 October 2021
އިސްތިއުމާރުގެ އަސަރު ރަނގަޅަށްކޮށް ދޮންމީހުންނަށް އަޅުކަންކުރާ ހިސާބުގައި ތިބި ބަޔަކު ވެރިކަމަށް ގެނައިމީހުން މީގައި ގޯހީ. ދެން ކޯޗެކޭ ކިޔާކަށް
މަޑަވެލީ
13 October 2021
ދެންގެންނާނީ އިންޑިޔާ މީހެއް. މީތިކަޑައޭ
ސަންޕާފުޅު
13 October 2021
މިއުޅެނީ ފުލެޓްގަނޑަށް ވަދެލަން މުށިކޮޅެއް ގަނެލާނެ ލާރިކޮޅެއްނެތިގެން ، އިނގިރޭސިން ދޮން ބައްޓެއް ގެނެސް މަގޭ ފައިސާކޮޅުދީ ހުސްކޮއްލާފައި ސުލޫކީއޭކީމައި ހާދަހަޑިއޭ، ބުނާއިރަށްބުނާނެ ތަޖުރިބާއޭ، މަޖިލީހުގެ ރައީސަކަށް އިނީ މުރަކަކިޔަވައިގެން އިންމީހެކޭ ،
ބަޖަލް
13 October 2021
އެހެންމީހުންނަށް ހަސަދަ ނުލުން ބުއްދިވެރި. މުށިކޮޅެއްގަންނަން ގަދައަޅާ މަސައްކަތް ކުރީމަ އިރާދަކުރެއްވިއްޔާ އެކަން ހާސިލްވާނެ. ތިމާވެސް މުރަކަ ކިޔެވިނަމަ؟
ޕަޖަލް
13 October 2021
މުރަކަ ކިޔަވައިގެންނެއް ނޫނޭ އޭނާ އެމަގާމަށް އައީކީ. މިގައުމުގަ ދިގު ވެރިކަމެއް ކުރި މީހަކީ އަނިޔާވެރި ޚުދުމުޚުތާރު މީހެއް ކަމަށް އެންމެން ކައިރީ ކިޔައި ޕާޓީ މީހުން ލައްވާ އެތައް ބުރެއްގަ ގައުމުގަ ހަމަނުޖެހުން ހިންގާ އެތައް ދޮގެއް ހަދާ 3 އަހަރުގެ ނާގާބިލް ވެރިކަމެއް ކޮށް އިސްތިއުފާދީފާ އަދި އިތުރު އެތައް ހަޑިކަމެއްކޮށް ގައުމަށް އެތައް ގެއްލުމެއްދީގެން އެ މަގާމަށް އާދެވުނީ. އެގޮތަށް މުރަކަ ކިޔެވުމަކީ ގައުމަށް ހުރި ބޮޑު ގެއްލުމެއް.
އަލިފުޅު1111
13 October 2021
ބަޖަލް. އެއީ ހަސަދަލުމެއް ނޫން. މިރާއްޖޭގައި ކިޔަވައިގެން ތިބޭ ތަޖުރިބާ ހުރި މީހުންނަށް ރަނގަޅު މަޤާމެއް ނުލިބޭ. ޕީއެޗްޑީ ނަގައިގެން އޮސްޓްރޭލިޔާގެ މަތީފެންވަރުގެ ޔުނިވަރސިޓީއެއްގައި އެތައްއަހަރެއްގަ ލެކްޗަރަރއަކަށް މަސައްކަތްކުރެއްވި ތަޖްރިބާހުރި ބޭފުޅަކަށްވެސް ކުރިމަތިލެއްވި މަޤާމެއް ޕްރޮޖެކްޓެއްވެސް ނުލިބުނުކަމުގައި އެބޭފުޅާ ލިޔުއްވި. މިރާއްޖޭގާ ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތް ކުރަންނުޖެހޭނެކަން މަޖިލިސްގެރައީސް އަމަލުންދައްކަވައިފި
ލިބޭނެ މަގެއް
13 October 2021
ރަނގަޅު. ފައިސާ ނެގުމުގެ ކަންތަކަށް މޮޅުގައުމެއްމީ. ލިބޭނެ މަގެއް ހުޅުވަދޭކަށް ބޭންކަކަށް ނޭގެ، ސަރުކާރަކަށް ނޭގެ. ހުސްރައްޔިތުން ބުރަ މަސައްކަތުން ހޯދާ ލާރިކޮޅު އަތުލަން އިގެނީ.
އޮނަރަބްލް އަފީފު ދީދީ
13 October 2021
ތިޔަމަޤާމް ފުރަތަމަ އިއުލާންކުރުމުން ކެންސަލްނުކޮށް އެކަމަށް ޝައުޤުވެރިވެ ހުށަހެޅި ދިވެހިމީހާއަށް މަޤާމްދިންނަމަ ތިކަން ތިގޮތަކަށް ދިމާނުވާނެ. # ދައުލަތުގެ އަދި ދައުލަތް ޙިއްސާވާ ކުންފުނިތަކުގައިހުރި މިފަދަ މުހިންމު މަޤާމްތަކަށް ބިދޭސިން ގެނައުމުގެ ބަދަލުގައި ރާއްޖޭގައި ތިއްބެވި ޤާބިލް ފަރާތް ތަކަށް ފުރުސަތުދޭންޖެހޭ. # ޕެންޝަން ފަންޑް ހިންގާ މެނޭޖްކުރެވޭނެ ޤާބިލް މީހުން ރާއްޖޭގައި އެބަތިބި. ތިމަޤާމް އަލުން ހުޅުވާލާ ދިވެއްސަކަށް ފުރުސަތު ދެއްވާ.
ބޭރަށް މުތަޅާށޭ
13 October 2021
ވަތަނިއްޔަތެއް ނެތްފިކުރެއްގައިގައުމިއްޔަތެއް ނޯންނާނެ. ގައުމިއްޔަތެއް ނެތް ގައުމެއްގައި ރައްޔަތުންގެ މާލިއްޔަތެއް ނޯންނާނެ. ރައްޔަތުންގެ މާލިއްޔަތެއް ނެތިއްޔާ ދާއިމީ މިނިވަންކަމެއް ނޯންނާނެ.
ކިނބޫ
13 October 2021
".......އޭނާގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފެންމަތިވެފައިވާ ކަމުގެ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ. މީގެ މަހެއްހާ ދުވަސް ކުރިން ކުރި އެތުހުމަތު ޕެންޝަން އޮފީހުން ވަނީ ދޮގުކޮށްފައެވެ." "..ޕެންޝަން އޮފީހުން.. ބުނެފައި ވަނީ.. ތުހުމަތެއް ހުށަހެޅި ބަލަމުން ނުދާ ކަމަށެވެ." "..ސީއީއޯ ވަކިކުރީ ޖިންސީފުރައްސާރައިގެ މައްސަލައެއްގައިނޫން.. ސުލޫކީ މައްސަލައެއްގައި ކަމަށެވެ." މީ ކޯޗެކޭ ކިޔާ މީހެއްތަ!ހަމަޖެހޭ އެއްޗެއް ލިޔަން ނޭނގެންޏާ މަޑުންހުރެބަލަ!
ކޮރަލް
13 October 2021
ޖޯން ގްރިންޑަލް އަށް ލިބޭނޭ ގެއްލުމެއް ނެތެވެ. އޭނަ ގެ މައްސަލަ ބަލާ ހުކުމެއް ނުކުރާނެ އެވެ. ހުރިހާ ގެއްލުމެއް އަނިޔާ ލިބުނު ފަރާތަށެވެ.