އާސެނަލް މެޗެއްގެ ތެރެއިން އޮޒިލް (ވ) އާއި ސަންޗޭޒް.-- ފޮޓޯ: އޭއެފްޕީ
06 ޑިސެމްބަރ 2016 - 08:35
ލަންޑަން (ޑިސެމްބަރު 6) - އާސެނަލްގެ ދެ ތަރިން ކަމަށްވާ އަލެކްސިސް ސަންޗޭޒާއި މެސުޓް އޮޒިލް މުސާރަ ބޮޑުކޮށްދޭން އެދިއްޖެ އެވެ.
މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަންޗޭޒާއި އޮޒިލް އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ 18 މަހެވެ. އާސެނަލުން އަންނަނީ މި ދެ ކުޅުންތެރިންގެ އެއްބަސްވުން އާ ކުރަން މަޝްވަރާކުރަމުންނެވެ. އެހެން ނަމަވެސް އަދި އެއްބަސްވުމަކަަށް އާދެވިފައިނުވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ސަންޗޭޒާއި އޮޒިލް ޑިމާންޑްކުރަމުން އަންނަނީ މެންޗެސްޓާ ޔުނައިޓެޑުން ޕައުލް ޕޮގްބާ އަށް ދޭ ވަރުގެ މުސާރައެއް އާސެނަލުން ހޯދުމަށެވެ. ޔުނައިޓެޑުން ހަފްތާ އަކު ޕޮގްބާ އަށް 290،000 ޕައުންޑްދެ އެވެ. މިއީ އިންގްލެންޑުގެ އެންމެ އަގުބޮޑު މުސާރަ އެވެ.
އޮޒިލަށް މިހާރުގެ ކޮންޓްރެކްޓުގައިވާ ގޮތުން ހަފްތާ އެކު 140،000 ޕައުންޑް ލިބެ އެވެ. އަދި ސަންޗޭޒަށް ހަފްތާ އެކު 130،000 ޕައުންޑް ލިބެ އެވެ. އާސެނަލުން މަޝްވަރާކުރަމުން އަންނަނީ ދެ ކުޅުންތެރިންނަށް ވެސް ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ހަފްތާ އަކު 200،000 ޕައުންޑް ލިބޭގޮތަށް އެއްބަސްވުމަށެވެ. އެހެން ނަމަވެސް އަދި އަލިމަގެއް ފެންނަ ގޮތެއް ނުވެ އެވެ.
އޮޒިލް އާސެނަލަށް ބަދަލުވީ 2013 ވަނަ އަހަރު ރެއާލް މެޑްރިޑުން 42.3 މިިލިއަން ޕައުންޑަށެވެ. އޭގެ އެއް އަހަރު ފަހުން ބާސެލޯނާ ދޫކޮށް ސަންޗޭޒް އާސެނަލަށް ސޮއިކުރީ 31.4 މިލިއަން ޕައުންޑަށެވެ. ފާއިތުވި ތިން ސީޒަނުގައި އާސެނަލުން އެފްއޭ ކަޕް ދެ ފަހަރު ކާމިޔާބު ކުރިއިރު މި ދެ ކުޅުންތެރިންގެ ދައުރު ބޮޑެވެ.
ސަންޗޭޒާއި އޮޒިލް ހޯދަން ޔޫރަޕްގެ ގިނަ ކްލަބްތަކުން ޝައުގުވެރިވެ އެވެ. އޭގެ ތެރޭގައި ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
06 December 2016
ފާއިތުވި 3 ސީޒަނުގަ އެފްއޭކަޕް 2 ފަހަރު. 2014/2015 އަދި 2015/2016 ،އޭގެކުރިން އާސެނަލް އެފްއޭކަޕް އެންމެފަހުން ހޯދީ 2004/2005 ގެ ސީޒަނުގަ.
އާރސެން
06 December 2016
ފާއިތުވި ތިން ސީޒަނުގައި އާސެނަލުން އެފްއޭ ކަޕް ތިން ފަހަރު ކާމިޔާބެއް ނުކުރޭ
ރަދީފް
06 December 2016
ވެންގާ. އެމީހުން އެބުނާ އަދަދުދީގެންވެސް ތައްޓެއްލިބޭތޯ ބަލަން ހިނގާބަލަ.ދެރަކަމެއް.
ސިފާއު
06 December 2016
އެފް.އޭ ކަޕް 2 ފަހަރު