ވިޔަފާރި / އެމްއޭސީއެލް

ޖީއެމްއާރަށް ބޮޑު އަދަދެއް ދެއްކުމުން ގޮންޖެހުންތަކެއް އެބަހުރި، ހަރަދު ކުޑަ ކުރާނަން: އެމްއޭސީއެލް

އެމްއޭސީއެލްގެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް "އެމްޑީ އެވޯޑް" ދިނުމަށް މިރޭ ބޭއްވި ހަފުލާގައި އެމްޑީ އާދިލް ވާހަކަ ދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

06 ޑިސެމްބަރ 2016 - 23:04

11 comments

ޖީއެމްއާރަށް 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) އެއްފަހަރާ ދެއްކުމުން ކުންފުނީގެ ހިންގުމަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި އެހެންވެ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ބުނެފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު ރާއްޖޭން ވަނީ މިދިޔަ މަހު އެއްކޮށް ދައްކައިފަ އެވެ. ސަރުކާރުން އޭރު ބުނި ގޮތުގައި އެ ފައިސާ ދެއްކީ ދައުލަތުގެ ބަޖެޓުގެ ބޭރުން، އެމްއޭސީއެލް އިންނެވެ.

އެމްއޭސީއެލްގެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ދޭ "އެމްޑީ އެވޯޑް" ދިނުމަށް މިރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި ގޮތުގައި، ޖީއެމްއާރަށް ދައްކަން އެމްއޭސީއެލްގެ ރިޒާވުން 131 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ނެގުމުން އެ ކުންފުންޏަށް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، އެމްއޭސީއެލް އިން ހަރަދު ކުރަމުން ދިޔައީ އެހާ ބޮޑު އަދަދެއް އެއްފަހަރާ ދައްކަން ޖެހިދާނެ ކަމަށް ވިސްނައިގެން ކަމަށް ނުވާތީ އެވެ.

އޭގެ އިތުރުން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރަން މިހާރު ފަށާފައިވާ ބިޔަ މަޝްރޫ އަށް ބޭރުން ފައިސާ ހޯދަން އެމްއޭސީއެލް އިން 15 ޕަސެންޓް އިކުއިޓީގެ ގޮތުގައި ބަހައްޓާފައިވާ ކަމަށް އާދިލް ވިދާޅުވި އެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް "އެމްޑީ އެވޯޑް" ދިނުމަށް މިރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ އެމްޑީ އާދިލް (ކ-2) ބައެއް އިސް މުވައްޒަފުންނާ އެކު.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

"... މި ފަދަ ބޮޑު އަދަދެއް އެއްފަހަަރާ ދެއްކުމުން އަޅުގަނޑުމެން އެބަޖެހޭ ކަންނޭނގެ ކުންފުނީގެ މި ކުރާ ކަންތައްތަކާއި ކުންފުނީގައި ކުރެވޭ ހަރަދުތައް މި އަށް ވުރެން ރަނގަޅަށް ވިސްނައިގެން، ބައެއް ކަންތައްތައް މިހާރު މި ހުރި ގޮތާ އެއް ގޮތަށް ކުރި އަށް ގެންދެވި ދާނެ ގޮތް އޮތްތޯ ބަލައިގެން ވެސް ކުރިއަށް ގެންދަން،" އެއާޕޯޓުގެ ފިއުލް ޖެޓީ ސަރަހައްދުގައި ބޭއްވި ހަފުލާގައި އޭނާ ވިދާޅުވި އެވެ.

އެކަމަކު، އެއާޕޯޓުގެ އެއްވެސް ހިދުމަތަކަށް ބުރޫ ނާރާނެ ކަމަށާއި މުވައްޒަފުންނަށް މިހާރު ލިބެމުން އަންނަ މުސާރަ އާއި އިނާޔަތްތައް ވެސް އުނި ނުވާނެ ކަމުގެ ޔަގީންކަން އާދިލް ދެއްވި އެވެ.

"ހަަތަރު އަހަރުގެ ތެރޭގައި މިހާ ބޮޑު އަދަދެއްގެ ފައިސާ އެއްކުރެވި، އެ ފައިސާ ދެއްކުމަކީ ކުންފުންޏަކަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެއް. އަޅުގަނޑުމެންގެ ކުންފުނިން މި ފަދަ ފައިސާއެއް ދެއްކުމުން މީގެން މި ދޭހަ ވަނީ އަޅުގަނޑުމެންގެ ކުންފުނީގެ ތަސައްވަރޭ ވެސް އަޅުގަނޑަށް ދެންނެވި ދާނެ އިނގޭތޯ، އެއީ ކުންފުނީގެ ހައިބަތޭ ވެސް އަޅުގަނޑުމެންނަށް ބުނެވި ދާނެ،" އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް "އެމްޑީ އެވޯޑް" ދިނުމަށް މިރޭ ބޭއްވި ހަފުލާގައި، އެ ކުންފުނީގެ މުވައްޒަފަކަށް އެމްޑީ އާދިލް އެވޯޑް ދެއްވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/ިހާރު

ޖީއެމްއާރަށް ފައިސާ ދެއްކިޔަސް، އެއާޕޯޓް ތަރައްގީ ކުރަން ހިންގާ ބިޔަ މަޝްރޫ އަށް މަޑުޖެހުމެއް ނާންނާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލް އިން ވަނީ ކުރިން ދީފަ އެވެ. ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ހަރަދު ކުރާ މި މަޝްރޫއު ހިންގަނީ ބޭރުގެ އެކި މާލީ އިދާރާތަކުން ލޯނު ނަގައިގެންނެވެ.

އައިއެންއައިއޭ ހިންގައި ތަރައްގީކުރަން އެމްޑީޕީ ސަރުކާރުން 25 އަހަރަށް ޖީއެމްއާރާ އެކު ހެދި އެއްބަސްވުން 2012 ގައި، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އުވައިލުމުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ޖީއެމްއާރުން ދިޔައީ ބޮޑު ބަދަލެއް ހޯދުމުގެ ނިޔަތުގަ އެވެ. ބަދަލުގެ ގޮތުގައި ފުރަތަމަ ނަގައިދޭން އެދުނު މިންވަރު އެއް ބިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑެވެ.

އެކަމަކު ތިން މެމްބަރުން ހިމެނޭ އާބިޓްރޭޝަނުން ނިންމީ އެ އަދަދު މާ ބޮޑު ކަމަށާއި ހިސާބުތައް އަލުން އިސްލާހު ކުރުމަށެވެ. ގާތްގަނޑަކަށް ހަތަރު އަހަރަށް ދެމިގެން ދިޔަ އާބިޓްރޭޝަންގެ ނިންމުން އައިއިރު، އެމްއޭސީއެލް އަށް ދައްކަން ޖެހުނީ 208 މިލިއަން ޑޮލަރާއި މިދިޔަ ދުވަސްތަކުގައި 17 ޕަސެންޓްގެ އިންޓަރެސްޓަށް އަރާ މިންވަރާއި ގާނޫނީ މަސައްކަތަށް ހަރަދު ވި ވަރެވެ.

އެ ފައިސާ ރާއްޖޭން ޖީއެމްއާރަށް ދެއްކީ އެމްއޭސީއެލް އިން ދޫކުރި 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ގެ ބޮންޑެއް ދައުލަތުގެ ރިޒާވުން ހަރަދުކޮށްގެން ގަނެގެންނެވެ. އެއީ ތިން އަހަރުން އަނބުރާ ދައްކައި ހަލާސްކުރާ ގޮތަށް، 4.9 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގައި މަރުކަޒީ ބޭންކުން ގަތް، ޑޮލަރުގެ ބޮންޑެކެވެ.

11 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 52%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުމަރު

07 December 2016

ޖީއެމްއާރަށް ފައިސާދެއްކުމުން ހުޅުލޭގައި އިތުރު އިޤްތިސާދީކަންކަމަށް ހުޅުވާލައި އިތުރު އާމްދަނީ ހޯދާނީ، އެއީ އެކަންކުރަންޖެހޭ ގޮތަކީ، އިތުރު ރެސްޓޯރަންޓްތަކާއި، ފިހާރަތަކާއި، ގެސްޓްހައުސްތަށް ހުޅުވަން ފުރުސަތުދޭނީ، އެއިރުން އިންކަމް ވަންނަންފަށާނެ، އެއާޕޯޓަކީ ހަރަދުކުޑަކުރެވޭނެ ތަނެއްނޫން، އެއިރުން ހަރަދުކުޑަކުރަން ހަދައިގެން ހިދުމަތް ނުދެވޭނީ، އެހެންކަމުން ސަރުކާރުގެ އެހެނިހެން މިނިސްޓްރީން ހަރަދުކުޑަކުރަން އުޅޭ އުސޫލުން އެއާޕޯޓްކޮމްޕެނީން ހަރަދު ކުޑަނުކުރެވޭނެ، އޭގެ ބަދަލުގައި ލީކޭޖްތަށް ބަލައި އެތަންތަން ފޫބައްދައި، ޑިޕާޗާ، އަދި އެރަލްވަލް ހިމެނޭގޮތަށް ޑޮމަސްޓިކް އޭރިއާވެސް ހިމެނޭގޮތަށް ހިދުމަތްތަށް ހުޅުވާލަންޖެހޭ، އަދި ހުޅުމާލެއިން ޓެކްސީތަކަށް ފުރުސަތު ހުޅުވާލައި ކޮންމެ ޓެކްސީއަކުން އެންޓްރީ ފީއެއް ނެގިދާނެ، އޭގެ އިތުރުން ހުޅުމާލެއަށް ކާރިކުރާ އޮޑިދޯނިފަހަރުން ފީއެއްވެސް ނެގިދާނެ، ހަމަ އެހެންމެ ހުޅުމާލެ ޑިވެލޮޕްމަންޓް ފަންޑުކިޔާ ފަންޑެއް އުފައްދައި އެއާޕޯޓުގެ އެކި ސަރަހައްދުތަކުގައި ފަންޑުފޮއްޓެއް ބެހެއްޓިދާނެ، އަދި އެފަންޑު ފޮށިކާރީގައި ތަރައްޤީކުރާނެ ގޮތުގެ ޕްލޭނެއް ހިމެނުންވެސް މުހިންމު، އެއިރުން ފަންޑުން ކޮންމެ މަހަކު އޮޕަރޭޝަނަށް ފައިސާކޮޅެއް ލިބޭނެ، އެއިރުން ހެޔޮއެދޭ މަހުޖަނުން އެހީވާނެ

The name is already taken The name is available. Register?

ރަދުން

07 December 2016

ތި ބުުނީ ކުރިން އުޅުނީ ޚަރަދު ބޮޑުކޮށޭތަ

The name is already taken The name is available. Register?

އުނބުށެން

07 December 2016

ޚަރަދު ކުޑަކުރަން ނިކަން ތިތާނގެ މުވައްޒަފުން ދަތުރުކުރަން ޒަމާނުއްސުރެ އެއް ފަރާތަކުން އެ ފަރާތުން ކީއަގަކަށް ކުއްޔަށް ހިފާފައި ހުންނަ ދޯނިތައް ބުރިޖު ނިމުމާއެކު ދޫކޮށްލާބަލަ! ނޫނީ ތިތަނަށް ބޭނުންވާ ފެންވަރުގެ ދޯނި ގަނެބަލަ ނޫނީ އެމް.ޓީ.ސީ.ސީ. ފަދަ ދައުލަތުގެ ތަނަކުން އެ ޚިދްމަތް ހޯދާބަލަ. ހިޔެއްނުވޭ ދުވަހަކުވެސް މިފަދަ ފައިދާކުރާ ޚަރަދުތައް ކުޑަކޮށްފާނެހެނެއް.

The name is already taken The name is available. Register?

އެކްސް ބިޓް

07 December 2016

" ލޯބި ވިޔަކަސް ކުރީގަ ނުބުނީމާ، ލޯބި އަލަކުން ނެތޭވެވޭކަށް އަދު " ޖީއެމްއާރު " މިލްކެކޭ މީ ކަލާގެ އަންނާށޭ ، ހެޔޮހިތުން ލޯބި ދެން މަށަށް ދޭށޭ " ދިވެހިރާއްޖެ

The name is already taken The name is available. Register?

އެމްސް

07 December 2016

ގައިމު ކުރިން ބުނީ ދިމާ އިދިކޮޅަށް! ސަރުކާރުގެ ސިޔާސަ ސިޔާސަތު ހުރިހާ ދިމާލެއްގަވެސް އަށަގަތީ ތާ!

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

07 December 2016

ޑިމޮކްރެސީ އެކި ގައުމު ތަކުގަ ތަފާތު މޮޑެލް ތަކުގަ އޮވެދާނެ. އެހެނެއް ކަމަކު ކޮމިއުނިސްޓް ނޫން ގައުމުތަކުގަ ސަރުކާރު ހިއްސާގަ ހިންގަމުންދާ ނަފާ ލިބިދޭ ކުންފުނި ތަކުގައި ކަން ހިގާ ގޮތް ގިނަ ރައްޔިތުން ދަނޭ. ކޮންޓްރެކްޓް ތަކަށް ވަންނަ ގޮތާއި ނުކުންނަގޮތް ވެސް ދަނެ. ލިބޭ ނަފާ ސާކޮށް ފެނޭ. ލިބޭ ގެއްލުންވެސް ފެނޭ. ވިޔަފާރި އެއްބަސް ވުމެއް އުވާލީ ވަޒީރުންގެ މަޖިލީހަކުން. ދެ ޚަސްމުންގެ ހައްގު ހޯދީ ބަދަލު ހޯދީ ބައިނަލް އަގުވާމީ ބޭރު މުއަށްސަސާއަކުން. ވިޔަފާރީގައި ރާއްޖޭގެ ތާރީޚްގައި ރެކޯޑެއް. ބޮޑު އަދަދަކުން. ގެއްލުން ފޫބެއްދުން. ރެވެނިއު އިތުރު ކުރުން މުހިންމު. ޚަރަދު ކުޑަކުރުން ތޯ ބޭކާރު ނޫނީ ޒަރޫރީ ޚަރަދު ދެނެގަނެ ބޭކާރު ޚަރަދު ކުޑަ ކުރާނީތޯއެވެ. އާދިލްއަށް މަރުހަބާ މުޑި އެރުމެއް ޗެލެންޖެއް.

The name is already taken The name is available. Register?

އޯލްމޯސްޓް

07 December 2016

މަމެންނަށް ވަރަށް ބޮޑު އުފަލެއް ލިބިގެން ދާ ކަމެއް އެއީ އިންޑިއާގެ ޖީއެމްއާރުގެ އަޅުވެތި ކަމުން މަމެންގެ އެއާރޕޯރޓް އެެއްކޮށް މިނިވަން ވުމަކީ. މަމެން ބުނަން ބޭނުންވާ އެއްޗަކީ އެއާރޕޯރޓް އިންޑިއާގެ ޖީއެމްއާރު އަތުން މިނިވަން ވުން އެއީ މަމެންނަށް މިނިވަން ކަން ލިބުމާއި ދާދި އެއްފަދަ ކަމެކެވެ. އައި އޯލްމޯސްޓް ޑޫ.

The name is already taken The name is available. Register?

ބަކުރު އެންޑް ޒުބޭރް

07 December 2016

އަބަދުވެސް ބުނޭ އެއާޕޯޓަށް ހެސްިޔާފާ ފައިސާ ވަދެޔޭ. އެކަމަކުވެސް އެފައިސާ ބޭރުވާތަނެއް ނުފެނޭ. އަބަދުވެސް ހުންނަނީ ތާށިވެފާ. އެހެން ތާށިވެފާހުރި ލާރިކޮޅަކުންދޯ ޖީއެމްއާރަށް ތިދެއްކީ.

The name is already taken The name is available. Register?

ޕްރައުޑް

07 December 2016

ޖީއެމްއާރަށް ފައިސާ ދެއްކުމަށް ފަހު ޚަރަދު ކުޑަ ކޮށް ހަދާ އަދި ޖީއެމްއާރަށް ދެއްކި ފައިސާ އަނބުރާ އެމްއެމްއޭ އަށް ދެއްކޭނެ ގާބިލް ކަން އެމްއޭސީއެލް ގައި ހުރުން އެއީ ވަރަށް ބޮޑަށް އުފާކުރަން ޖެހޭނެ ކަމެކެވެ.

The name is already taken The name is available. Register?

އެއަރޕޯޓް ބާލިދީ

06 December 2016

އާދިލް، އެއްގޮތަކަށްވެސް ތިކަމާ ނުވިސްނާ!!! ޒަމީރު އަދި އަދުރޭ މެން މޭ ކަށިގަނޑަށް ވާން ކޮށްފަ، ކަރުން ނާރު ފުއްޕާފަ އެބުނަނީ ވިއްޔާަ މި ގަޓް ރައީސް އެއޮތީ އެއްފަހަރާ ތި ލާރި ދައްކާފައޭ!! ބަލަގަ، މަމެން ދެމޭ އެވަރަށް ޓެކްސް، މި ސަރުކާރަށް!!! އަދިވެސް މަމެން ދީފާނަން، ބޭނުން ވަރަކަށް!!! އާދިލް މެބް ވެސް ކަމެއް ކުރަންޏާ ، އެމަނިކުފާނަށް ޚުޝާމަދު ކުރެވޭތޯ ބަލާބަލަ!!!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454