ޚަބަރު / ކްރިމިނަލް ކޯޓް

އައިއެސް ޖަމާއަތުގެ ދިދައިގެ ފޮޓޯއެއް ފޯނުން ފެނުމުން ކުރި ދައުވާ ބޭރުކޮށްލައިފި

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު: ފޯނުން އައިއެސް ޖަމާއަތުގެ ދިދައިގެ ފޮޓޯއެއް ފެނުމުން މީހަކަށް ކުރި ދައުވާ ބޭރުކޮށްލަން އެ ކޯޓުން ވަނީ ނިންމާފައި -- ފޮޓޯ: މިހާރު

މީހެއްގެ ފޯނުން އައިއެސް ޖަމާއަތުގެ ދިދަ ފެނުނުމުން އޭނާގެ މައްޗަށް ކުރި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ރ. މަޑުއްވަރީގައި ޖެނުއަރީ 7، 2020 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ސައީދާމަންޒިލް މުހައްމަދު މައުޖޫދު ހައްޔަރުކޮށް، އޭނާ އަކީ ހަރުކަށި ފިކުރު ފެތުރުމުގައި އުޅުނު މީހެއް ކަމުގެ ތުހުމަތު ކުރީ އޭނާ ގެންގުޅުނު ކަމަށް ބުނާ ފޯނެއްގައި އައިއެސް ޖަމާއަތުގެ ދިދައިގެ ފޮޓޯއެއް ފެނުމުންނެވެ. އެހެންވެ، މައުޖޫދުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ ކުރީ އެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާކަން ދޭހަވާ ފޮޓޯއެއް ގެންގުޅުމަކީ ކުށެއް ކަމަށާއި މައުޖޫދުގެ ފޯނުން ފެނުނީ އިސްލާމިކް ސްޓޭޓްގެ ފޮޓޯއެއްކަން އެ ފޯނުގެ ފޮރެންސިކް ރިޕޯޓުން އެނގޭ ކަމަށެވެ. އެހެންކަމުން ކުށް ސާބިތުވާ ވަރު ފުރިހަމަވާ ކަމަށް ދައުލަތުން ބުންޏެވެ.

މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ މައުޖޫދުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކަށް ޝަރީއަތުން ގޮތެއް ނިންމަމުންނެވެ.

މި މައްސަލަ ދައުލަތުން ކޯޓަށް ހުށަހެޅި އިރު މައުޖޫދުގެ އަތުން ފޯނެއް ފެނުނުކަން އެނގޭ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް އޭނާގެ ފަރާތުން ބުނެފައިވެ އެވެ. ފޮޓޯ ފެނުނު މޯބައިލް ފޯނުގެ ފޮރެންސިކް ރިޕޯޓު ހުށަހެޅި އިރު، ފޯނެއް ނެގި ކަމުގެ ލިޔުން ހުށަހަޅާފައި ނުވާތީ މައުޖޫދުގެ ފަރާތުން ބުނެފައި ވަނީ އެ ފޮރެންސިކް ރިޕޯޓު ބަލައި ނުގަނެވޭނެ ކަމަށެވެ.

ފޮޓޯ ފެނުނު ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މައުޖޫދު ހައްޔަރު ކުރިތާ 23 ދުވަސް ފަހުން ކަމަށް ވާއިރު އޭގެ ޗެއިން އޮފް ކަސްޓަޑީގައި ވަނީ ފޯނު ނެގީ ފުލުހުންގެ ކަސްޓޯޑިއަލްއިން ކަމަށެވެ. އެހެންވެ، ފޯނު އެއް ތަނުން އަނެއް ތަނަށް ގެންދިޔަ ގޮތުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާ ކަމަށް ވެސް މައުޖޫދުގެ ފަރާތުން ބުންޏެވެ.

މި ސުވާލުތަކަށް ދައުލަތުން އެކަށީގެންވާ ޖަވާބެއް ނުދެވޭ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒު ރަޝާދު ނިންމެވި ނިންމުމުގައިވެ އެވެ. އަދި މައުޖޫދުގެ ފޯނު ކަމަށް ބުނާ ފޯނު ނެގި ތަނާއި ފޯނު ނެގި ތާރީހާއި އެކަކު އަތުން އަނެކަކު އަތަށް ފޯނު ދިޔަ ގޮތް ބަޔާން ބަޔާންކޮށްފައި ނުވާތީ އެ މައްސަލައިގައި މޯބައިލް ފޯނުގެ ފޮރެންސިކް ރިޕޯޓު ބަލައިނުގަނެވޭނެ ކަމަށް ނިންމެވި އެވެ.

މައުޖޫދުގެ ފޯނުން އައިސް ޖަމާއަތުގެ ދިދައިގެ ފޮޓޯއެއް ފެނުނުކަން ސާބިތު ކުރަން މޯބައިލް ފޯނުގެ ފޮރެންސިކް ރިޕޯޓު ފިޔަވައި އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތުމުން ކުށުގެ މާއްދީ ރުކުން ސާބިތު ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ. އެހެންވެ، ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި ބޭރުކޮށްލީ އެވެ.

12 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙައްމަދު123

06 September 2022

މި އައިއެސް މީހުން ދިދާގައި ގެފުޅުގެ ފޮޓެއް ޖަހައިފިއްޔާ ދެން އަހަރެމެންނަށް އެ ފޮޓޯ ގެންގުޅުން ވެސް މަނާވާނެ ދޯ. ރަސޫލާގެ ސިއްކަފުޅުގެ ގޮތުގައި محمد رسول الله ލިޔެފައިވާ ކުރެހުމެއް ގެންގުޅޭތާ އެތައް ޒަމާނެއް. ތިޔަ އައިއެސްއެއް އުފެއްދި މީހުންގެ މައިންބަފައިންވެސް އުފަން ނުވާއިރުއްސުރެ ގެންގުޅޭ ކުރެހުމެއް. އެކަމަކު އެމީހުންގެ ދިދައިގައި އެހުރީތީ އޭގެ ފޮޓޯ މަނާވަނީ. ވިކިޕީޑިއާގައިވެސް ތިޔަ އެބަހުރި. މީހަކު ފޯނުން އެ ޕޭޖު ހުޅުވައިފިއްޔާ ކުއްވެރިވޭ؟

The name is already taken The name is available. Register?

އައި އެސް

01 November 2021

އައި އެސް ދިދަ؟ އެ ދިދައިގައި ވަނީ ތައުހީދުގެ ކަލިމަ. އެކަލިމަތަކުގެ އަޑު ކަނޑާލަން ބަޔަކު ކުރިކަމަކުން އެއީ އައި އެސް ދިދައަކަށް ނުވާނެ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

31 October 2021

ކޮސް ދައުވާއެއް.

The name is already taken The name is available. Register?

އިސްމާލި

31 October 2021

ޗެއިން އޮފް ކަސްޓަޑީ އަކީ ކޮބައި ކަމާއި އޭގެ މުހިއްމުކަން އަހަރެންނަށް ދަސްވީ ނޫހުން މިފަދަ، ޗެއިން އޮފް ކަސްޓަޑީ ނެތިގެން ދައުލަތަށް ގެއްލޭ ދައުވާ ތަކުގެ ހަބަރު ކިޔާ ކިޔާ. އަދިވެސް އެކަމު ތަހުގީގު ކުރަން ތިބޭ ޕޮލިހުންނަށް ޗެއިން އޮފް ކަސްޓަޑީ ގެ މުހިއްމުކަން ނޭނގޭ. އެހެންވީމައި ފުލުހުންގެ އިދާރާގެ ތަހުގީގުކުރާ ފުލުހުންގެ ފެންވަރާއިމެދު ސުވާލުކުރެވޭ.

The name is already taken The name is available. Register?

ދިވެހި ފަހުލަވާން

31 October 2021

ފޮޓޮ އެއް ފެނިގެން ކުރަން އުޅޭ ވަރު. ވެންޓިލޭޓަރު ނުލިބޭކަން އެބަ އިނގޭ. ވެންޓިލޭޓަރަށް ލާރި ދެއްކިކަން އެބަ އިނގޭ. ފައިސާ އެޕްރޫވް ކުރި މީހުން އެބައިނގޭ. އެއްވެސް ކަމެއް ދައުލަތަށް ނުކުރެވޭ ކަން އެބަ އިނގޭ. މިރާއްޖޭގެ ހަމަޔާއި އިންސާފް ހުރިވަރު. އިންސާފް ލިބޭނެ ކަމަށް ކުރެވުނު އުއްމީދު މި މައްސަލައިން އެކަނިވެސް ގެއްލިގެން ހިގައްޖެ!

The name is already taken The name is available. Register?

ރިޒާން

31 October 2021

ވަކިދީނަކަށް ނިސްބަތްވާ ޓެޓޫ ގައިގަ ޖަހައިގެން އުޅޭމީހުން ނުފެނޭ..؟ވަކިދީނަކަށް ނިސްބަތްވާ ނިޝާން ޖެހި އެއްޗެހި ކަރުގައި އަޅައިގެން އުޅޭ ތަން ނުފެނޭ؟؟އައިސް ދިދަކަމަށް ޝައްކުވާ ފޮޓޯއެއް ފެނިގެން ޕީޖީން މިހާވަރު އަރުވާލީ؟؟އަނެއްކާ ކޯޓަށް ގޮސް ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަންވެސް ދިޔައީނު..

The name is already taken The name is available. Register?

ނޫސް ޚަބަރު ކިޔާ މީހާ

31 October 2021

މޑޕގެ ކޮންމެ ސަރުކާރެއްގަވެސް އެންމެބޮޑަށް ފާހަގަ ކުރެވެނީ ކްރިމިނަލްކޯޓުން މައްސަލަތަކުގެ ހުކުމްތައްއަންނަ ގޮތް. މައްސަލަ ތަކުގެހުކުމްތައް އަންނަ ގޮތާއި، ގޭންގްތަކައި، ޑްރަގާއިގުޅޭ މައްސަލަތަކުގަ ހެކި ނެތް ކަމަށް ކަޑައަޅައި ދޫކުރަމުން ދާގޮަތް، 100 ކިލޯއާއި 215ކިލޯ ޑްރަގްގަވެސް ދުވާލަކު މީހަކު ދޫކުރަމުންއެދަނީ، މިހާރުއެހިގަނީ، އެވެރިންނާއެއްކޮޅަށް ފުލުހުންނާދެކޮަޅަށް ހިގާމައްސަލަ، އިހަށްވެސް މިކަންބޮޑުވެ ދައުލަތް ގޮތްހުސްވިހަމައިން ޤާޟީހިފީ، ހެހެ

The name is already taken The name is available. Register?

1828

31 October 2021

އެހެންވީމަ ކްރިމިނަލްކޯޓްމިވަނީ އެކިދައުރު އެކިގޮތަށް މަސައްކަތްކުރަމުންދާ ސިޔާސީކޯޓަކަށްނު، އެއީ ޔާމީން ވެރިކަމުގެ ފަހުކޮޅު މިހާރު މިފެންނަ ފަދަ ޑްރަގްބޮޑިވަރުތަކާއި، ގޭންގްކުޅިވަރުތައް އެކޯޓަކު ނުހިގާ، އޭރު ގޭންގްތައް އަދި މިހާރަށްވުރެވެސް ގަދައިގަ މުޒާހަރާތަކުގެ ލީޑްސަފުގަ، ސައިކަލްބުރުގަ ތިބެނީ، އޭރު ކްރިމިނަލްކޯޓުން ކުރިކަމަކީ ސިޔާސީ ލީޑަރުން ހައްޔަރުކޮށް ހުކުމްޖަހާ ބަންދު ކުރުން. މިހާރު ކުރާކަމަކީ ޑްރަގް ޑީލަރުންނާގޭންގްތައް މިނިވަންކުރުން.

The name is already taken The name is available. Register?

ށަވިޔަނި

31 October 2021

މަށަކީ ތިއައިއެސްއާއި އިސްލާމްދީނޭ ޝަރީޢާއޭ ކިޔައިގެން މުޅި ދުނިޔޭގައި އިސްލާމްދީނާ މުސްލިމުން ބަދުނާމުކޮށް އުޅޭ އެންމެން ދެކެ އެންމެބޮޑަށް ނަފްރަތުކުރާ އެކަކަށްވާނެ. މައުމޫނަށްފަހު ސަރުކާރުތައްދެކެ މައެންމެ ރުޅިއަންނަނީ މުއްލާއިން ދާންޖެހޭތަނަށް ނުފޮނުވޭތީއެވެ. އެކަމަކު މަގޭފޯނުންވެސް ތިކަހަލަ ފޮޓޯއެއް ފެނިދާނެއެވެ. އުނދަގޫބޮޑުވެ އެފްބީބޭނުން ނުކުރަމެވެ. އިތުރު ހެއްކެއްނެތި ފޯނުން ފޮޓޯއެއް ފެނިގެން ދައުވާ ކުރުން ރަނގަޅެއް ނޫނެވެ.

The name is already taken The name is available. Register?

އަހްމެތް އަލްޕް

30 October 2021

މިހަބަރު ކިޔާ މީހުންނަށް ދައުވާކޮށްފާނެތޯ؟

The name is already taken The name is available. Register?

އަލީ ވަޖީދު

30 October 2021

މާދަމާ ކޭކުފަޅާފަ ފާހަގަކުރާނެ ފުލުހުންގެ ހިދްމަތުގެ ސަތޭކައެތައްއަހަރެއް ތަހުގީގުގެ ބޭސިކްނޭގޭ ބޮޑެތި މުޖިރިމުން ދޫވަމުންދަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454