ދުނިޔެ / ބްރެޒިލް

ބޯޓު ވެއްޓުނު މައްސަލާގައި އެއާލައިނުގެ ވެރިޔާ ހައްޔަރުކޮށްފި

ބޮލީވިއާގެ ލަމިއާ އެއާލައިނުގެ އޮފީހުގައި ހުރި ތަކެތި ޕްރޮސެކިއުޓަރުން ބަލާ ފާސްކުރަނީ.

ބޮގޯޓާ (ޑިސެމްބަރު 7) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު ކޮލަމްބިއާ އަށް ދަތުރު ކުރަނިކޮށް ވެއްޓުނު މަތިންދާ ބޯޓު އޮޕަރޭޓްކުރާ ލަމިއާ އެއާލައިނުގެ ވެރިޔާ ހައްޔަރުކޮށްފި އެވެ.

ބޯޓު ވެއްޓުނު ހާދިސާގައި ވަނީ 71 މީހުން މަރުވެފަ އެވެ. މީގެ ތެރޭން ގިނައީ ބްރެޒިލްގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނެވެ. އެއާލައިނުގެ ވެރިޔާ އަދި ރިޓަޔާކޮށްފައިވާ އެއާ ފޯސް ޖެނެރަލެއް ކަމަށްވާ ގުސްޓާވޯ ވަރްގަސް ހައްޔަރުކުރީ ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ސުވާލު ކުރުމަށެވެ.

ބޯޓު ވެއްޓުނު ސަބަބެއް ކަމަށް މިހާތަނަށް ބޮޑަށް ލަފާކޮށްފައި ވަނީ ތެޔޮ ހުސްވެގެންނެވެ. އިނގިރޭސިވިލާތުގައި އުފައްދާފައިވާ ބީއޭއީ 146 އަވްރޯ އާރުޖޭ85 މަރުކާގެ މަތިންދާ ބޯޓު މިދިޔަ މަހު 28 ވަނަ ދުވަހު ވެއްޓުނީ މެޑެޔިންގެ އެއާޕޯޓުގައި ޖައްސަން ވަރަށް ކައިރިވެފައި ވަނިކޮށެވެ. އަދި ބޯޓުގައި އެކަށީގެންވާ ވަރަށް ތެޔޮ ނެތްކަމަށް ޕައިލެޓަށް އަންގާފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެފައިވެ އެވެ. ބޯޓުގައި އިލެކްޓްރިކަލް މައްސަލައެއް ދިމާވެ ތެޔޮ ހުސްވަމުންދާ ކަމަށް އެއާ ޓްރެފިކް ޓަވަރަށް ޕައިލެޓް އެންގިކަމުގެ އޯޑިއޯ ރެކޯޑިންއެއް ވެސް ވަނީ ލީކުވެފަ އެވެ.

ވެއްޓުނު ބޯޓުން މަރުވި ބްރެޒިލް ޓީމުގެ ކުޅުންތެރިންގެ ޖަނާޒާގައި ހެޔޮ އެދޭ ފަރާތްތަކުން ބައިވެރިވެ ހިތާމަ ފާޅު ކުރަނީ.

ބޯޓު ވެއްޓުނު ހާދިސާ އިން ވަނީ ހަ މީހުން ސަލާމަތްވެފަ އެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނޭ ބޯޓުގެ ފަޅުވެރިއެއް ކަމަށްވާ އެރްވިން ތުމޫރީ ބުނީ ބޮލީވިއާގެ ސިޓީއެއް ކަމަށްވާ ކޮބިޖާގައި ތެޔޮ އަޅަން ބޯޓު މަޑުކުރަން ވެސް އުޅުނު ކަމަށާއި ނަމަވެސް ޕައިލެޓް ވަނީ އެ ނިންމުން ބަދަލުކޮށްފައި ކަމަށެވެ. އަދި ބޯޓުގައި އިލެކްޓްރިކަލް މައްސަލައެއް ނުވަތަ ތެޔޮ ހުސްވަމުންދާކަން ކްރޫންނަށް ނުވަތަ ފަސިންޖަރުންނަށް އަންގާފައި ނުވާ ކަމަށް ވެސް ތުމޫރީ ބުންޏެވެ.

ބޯޓު ވެއްޓުމުގެ ހާދިސާ އިން ސަލާމަތްވި ހަ މީހުންގެ ތެރޭގައި ތިން ކުޅުންތެރިން ހިމެނެ އެވެ. މަރުވި މީހުންގެ ތެރޭގައި ބްރެޒިލްގެ 20 ނޫސްވެރިންނާއި ފުޓުބޯޅަ ޓީމުގެ 19 ކުޅުންތެރިން ހިމެނެ އެވެ.

ބޯޓު ވެއްޓުމުގެ ހާދިސާ އިން ސަލާމަތްވި ބްރެޒިލް ޓީމުގެ ކީޕަރު.

ބޯޓުން ދަތުރު ކުރަން ހަމަޖެހި އެކަމަކު އެންމެ ފަހު ވަގުތު ހަތަރު މީހަކު ދަތުރެއް ނުކުރެ އެވެ.

ލަމިއާ އެއާލައިން ފުރަތަމަ ރަޖިސްޓްރީ ކުރީ ވެނެޒުއެލާގަ އެވެ. އޭގެ ފަހުން އެއާލައިނުގެ ހެޑްކުއާޓަރު ވަނީ ބޮލީވިއާ އަށް ބަަދަލުކޮށްފަ އެވެ. އެ އެއާލައިނުގައި ތިން މަތިންދާ ބޯޓު އޮވެ އެވެ. މީގެ ތެރޭން ބޭނުން ކުރެވެނީ ދެ ބޯޓެވެ. ބްރެޒިލް ޓީމު ކޮލަމްބިއާ އަށް ދަތުރުކުރީ ލަމިއާގެ ބޯޓު ޗާޓަރުކޮށްގެންނެވެ.

ވެއްޓުނު ބޯޓުން ދަތުރުކުރި ބްރެޒިލްގެ ފުރަަތަމަ ޑިވިޝަނުގެ ޓީމު ޗަޕެކޮއެންސްގެ ކުޅުންތެރިން މެޑެޔިން އަށް ދަތުރުކުރީ ދެކުނު އެމެރިކާގެ ދެ ވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ލެގުގައި ކުޅުމަށެވެ. ބްރެޒިލްގެ ޗަޕެކޯ ސިޓީގައި 1973 ވަނަ އަހަރު އުފެއްދި ކްލަބު ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއްގެ ފައިނަލުގައި ކުޅެފައެއް ނުވެ އެވެ. ނަމަވެސް ދެކުނު އެމެރިކާގެ ފުޓުބޯޅަ ފެޑެރޭޝަނުން ހޯމަ ދުވަހު ވަނީ ބްރެޒިލްގެ ޓީމަށް ޗެމްޕިއަންކަން ދީފަ އެވެ. އަދި ބްރެޒިލް ޓީމާ ދެކޮޅަށް ފައިނަލުގައި ކުޅެން އޮތް ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއޮނަލް އަށް ވަނީ ގަރުނުގެ ޚާއްސަ ފެއާ ޕްލޭ އެވޯޑް ދީފަ އެވެ.

1 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 76%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެންޓަލިސްޓް

07 December 2016

މަށަށް ފެންނަނީ ބޯޓްއުފެއްދި ފެކްޓަރީގެ އެންމެނެ ހައްޔަރުކުރަން ،،، އެގޮތަ ކިހިނެޓްވާނެބާ ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454