މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި އެމެރިކާ އާއި ރާއްޖެއާ އެކު ސޮއިކުރަނީ--ފޮޓޯ:މިހާރު
03 ނޮވެމްބަރ 2021 - 12:51
ޔުއެސް އެއިޑުން ރާއްޖަށް އިތުރު ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ)ގެ ހިލޭ އެހީއެއް ދީފި އެވެ.
މި އެހީ ދީފައިވަނީ ކޮވިޑްގެ ހާލަތުން އަރައިގަަތުމަށް ބޭނުންވާ ލެބޯޓަރީ ކެޕޭސިޓީ އިތުރުކުރުމަށެވެ. މީގެ އިތުރުން އޮކްސިޖަން އިތުރުކުރުމަށާއި ރަށްރަށުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމަށް މި އެހީ ބޭނުން ކުރާނެ އެވެ.
ޔޫއެސްއެއިޑްގެ ޑެޕިއުޓީ މިޝަން ޑިރެކްޓާ ޑެބްރާ މޯސެލް ވިދާޅުވީ، ކޮވިޑް ބަލި ކޮންޓްރޯލް ކުރުމަށް ރާއްޖެ އަށް ވީ އެހީގެ ތެރެއިން ސިއްހީ ދާއިރާ އަށް މުހިއްމު ގިނަ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.
ކޮވިޑާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން ހަތް މިލިއަން ޑޮލަރު (107 މިލއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ. މި ފޯރުކޮށްދިން އެހީއާ އެކު ސިއްހީ ހިދުމަތަށް ބޭނުންވާ ތަކެތި ލިބޭނެ އެވެ.
ކޮވިޑާ ގުޅިގެން ރާއްޖެ އަށް ބޭރުގެ އެކި ފަރާތްތަކުން ވަނީ ބޮޑެތި އެހީތައް ދީފަ އެވެ. މިހާތަނަށް 519 މިލިއަން ޑޮލަރު (އަށް ބިލިއަން ރުފިޔާ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިލިޔަނަރު
03 November 2021
ޝުކުރިއްޔާ އެމެރިކާ. އަދި އެއް ސޮއި ކޮއްލަން ފެނޭ. އަހަރުމެންގެ ކުރީގެ ރައީހެއްގެ އެކައުންޓަށް "އޮޅިގެން" ވަތް ފައިސާވެސް ތިޔާގެ ދެބައިކުޅަ އެއްބައި ވަރުވޭ. އެ އަޑު އިވި އިވި މިހާރު އެއީ އެހާ ބޮޑު އަދަދެއްކަމެއް ރޭކައެއް ނުލާ. އެކަމު ޑޮލަރުތައް ބޮނޑިތަކުގަ ދައްކާލައިފިއްޔާ ދޭހަވާނެ އަސްލު ކިހާ ބައިވަރު ލާރިޔެއްކަން އެއީ.
އައްޔަ ބޮޑޭ
03 November 2021
ސުބުހާނައްލޯހި! ސިއްހީދާއިރާ މިއައްވުރެ ވަކިން ކުރިއަރާފަ އޮތްގައުމެއް މަދުވާނެ! ފުއްޕާމޭގެ ޚާއްސަ ޑރ އަކައްދައްކަން އެޕޮއިންޓުމެންޓު ހައްދަން ގުޅާލީމަ ބުނީކިޔޫގަ 300 މީހުން ތިބިކަމާ އަދި 2މަސްވަރު ނަގާނެކަމަށެވެ! ނާރުގެ ޑރ އައްގުޅީމަ ބުނީދޮޅުމަސްވަރު ނަގާފާނެ ކަމަށެވެ, ކުރިއަރާފަ ވާނީމިހާކަތް ވަރައް!!
އަތްޖަހާ
03 November 2021
ދުނިޔޭގެ އެއްވެސް ގައުމެއްގަ ގުޅާ ތަނުން ސްޕެޝަލިސްޓް ޑޮކްޓަރަކަށް ނުދެއްކޭނެ
އުސްމާނު
03 November 2021
ޝުކުރިއްޔާ އެމެރިކާ. އެމެރިކާއާ ދިވެހިންނަކީ އަބަދުވެސް ގާތް އެކުވެރި ބައެއް.
ހިކިބޮންދު
03 November 2021
ޝްޝްޝްޝް، ލާދީނީ އެމެރިކާ