04 ނޮވެމްބަރ 2021 - 09:20
އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ މީހުން ދަތުރުދާން ހާއްސަ ސަރަހައްދެއްގެ ގޮތުގައި ރުއްޖެހެރަ ޕިކްނިކް ޒޯނަކަށް ބަދަލުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި އެވެ.
މި ސަރަހައްދަކީ އައްޑޫ ލިންކް ރޯޑާ ދިމާލުން އޮންނަ ކުނިކޮށި ސަރަހައްދުގެ ފުއްޓަރު ފަރާތެކެވެ. ކައުންސިލުން އެތަން ޕިކްނިކް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަނީ ފަސޭހައިން ވަދެނުކުމެވޭ ގޮތަށް މަގުތައް ކޮށައި، އަތިރިމައްޗަށް ވެލި އަޅައި ރީތިކޮށްގެންނެވެ. މިއީ ކައުންސިލާއި އައްޑޫގެ ޖަމިއްޔާއެއް ކަމަށްވާ ފްރެންޑްސް ކުލަބާއި ހިތަދޫގެ ކުންފުންޏެއް ކަމަށްވާ ބީ ޓެކް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.
އައްޑޫގެ ރައްޔިތުން ދަތުރުދާނެ ހާއްސަ ތަނެއް ނެތުމުގެ ކަންބޮޑުވުމަކީ ވަރަށް ގިނަ ބައެއްގެ ޝަކުވާއެކެވެ. މިހާރު އާންމުކޮށް، އައްޑޫގައި ގުޅިފައިވާ ހަތަރު އަވަށުގެ މީހުން ދަތުރު ގޮސް އުޅެނީ، މިހާރު ޕިކްނިކް ޒޯނެއްގެ ގޮތުގައި ތަރައްގީކުރާ ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި ލިންކް ރޯޑުން ތެރެއިން އޮތް ހަންކެޑެ/ގައުކެނޑި ބްރިޖް ސަރަހައްދަށެވެ.
އައްޑޫ ސިޓީ ހިތަދޫ ރުއްޖެހެރެ ސަރަހައްދުގައި ތަރައްޤީ ކުރާ ޕިކްނިކް ޒޯނުގެ މަސައްކަތް ކުރިޔަށްދާގޮތް މޭޔަރ ޢަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއު ބައްލަވާލައްވައިފި. މިމަސައްކަތް ކުރިޔަށް ގެންދަނީ އައްޑޫ ސިޓީ ކައުންސިލް އާއި އައްޑޫ ފްރެންޑްސް އަދި ބީޓެކް ގުޅިގެން. pic.twitter.com/KWsQDVb9Km
— Addu City Council (@AdduCityCouncil) November 3, 2021
ނަމަވެސް މިހާރު އެ ސަރަހައްދަކީ ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީކުރަން ނިންމާފައިވާ ތަނެކެވެ. މި މަސައްކަތުގެ ތެރެއިން ހަންކެޑެ އާއި ގައުކެނޑި ގުޅާލާފައި އޮތް ކޯޒްވޭ ވެސް ރަށުގެ ފުއްޓަރު ފަރާތަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.
ކައުންސިލުން މިހާރު ޕިކްނިކް ޒޯނެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ އިރު ކައުންސިލްގެ ކުރީގެ ދައުރުތަކުގައި ވެސް ދަތުރުދާނެ ތަންތަން ހެދުމާ ގުޅޭ ގިނަ ވާހަކަތަކެއް ދެކެވިފައިވެ އެވެ. އެގޮތުން ބާބަކިއު، ޕާޓީ އަދި ޕިކްނިކް ފަދަ ހަރަކާތްތައް ބޭއްވޭނެ ވަސީލަތްތަކެއް ގާއިމުކުރަން ކައުންސިލުން ނިންމަައި، އެ ތަންތަން ޑިޒައިންކުރާނެ ބަޔަކު ހޯދަން 2017 ގައި ބީލަމަށް ވެސް ލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުހައިރު
05 November 2021
ދެން ކުރިއަށް އޮތްތަނުގައި ތިހިރަ މިލިޓަރީ ގެތަކުގެ ކުރިމަތިން ހުރަސްކުރުންވެސް މަނާކަމަކަށް ވަނީބާ
އޮނަރަބްލް އަފީފު ދީދީ
04 November 2021
ތިއީ ތިކަން ކުރެވޭނެ ގޮތެއްނޫން. މަޤާމާއި ޙަވާލުވުމުގެކުރިން "ނިޒާރަކީ މޭޔަރު ކަމުގައި ތަފާތު ދައްކާނެ މީހެއްކަމަށް" ހީކުރިން. # އިޤްތިސޯދެއްނެތި އިޖްތިމާއީ އަދި އުމްރާނީ ގޮތުން ކުރާ ކަންކަމާއި އެފަދަ ހޭދަ ތަކުގެ ނަތީޖާއެއް ނުފެންނާނެ. އަދި އާޙިރުގައި އެކަންކަމަކީ "ބޭކާރު" ކަންކަމުގެ ގޮތުގައި ނިމިގެންދޭ. # އައްޑުއަށް ތަރައްޤީ ގެންނާން މިހާރުން މިހާރަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ގޭންއެއަރޕޯޓް އޮޕަރޭޝަނަށް ގެނައުން. އެކަން ކުރެވޭތޯ ބައްލަވާ.
ޒައިނަބު.
04 November 2021
ނިޒާރު އެކަންޏެއްނޫން މަޤާމު ލިބުމުގެ ކުރިން ފޮނިބައިސާ ކަޑާފައިވަނީ. މިހާރު ކ.އަތޮޅު މާލޭގައި ވެރިކަން ކުރަމުންދާ މީހާވެސް ބުނި ތިމަންނާމެންގެ ވެރިކަމެއްގާ އައްޑޫ ގަމަށް ބޭރުގެ 5 މަންޒިލަކުން ބޯޓު ޖައްސާނެއޭ. އެބުނާ ބޯޓް ޖައްސަނީ ގަމުގެ ބިން ގަރާސް ތަކަށް ކަން ނޭގެ. ދެން އޭނާގެ ޓްއަރިޒަމް މިނިސްޓަރ ބުނި އައްޑޫމީހުންގެ ޖީބުތައް ފުރާލާނީ ޕައުންޑް އަޅައިގެންނޭ. އޭނާ އެޕައުންޑް އަޅާތަނެއް މިތާކު ނުބުނެވޭނެ.
ހާރިޝް.
04 November 2021
ޒައިނަބާ ހާދަވަރަކަށް ރުޅި އައީ. ބަލަ ދުވަސްކޮޅަކަށް މަޑުކޮށްބަލަ. އަދި ނިޒާރު ތިކަންކަންވެސް ކުރާނެއޭ. ކޮވިޑަކާއި ހެދި އޭނާއަށް އައްޑުއިން ބޭރަށް ނުދެވިގެން އުޅެނީ. އެހެން ނޫނަސް ނިޒާރު ބޭނުންވަނީ މާލެ ނުގޮސް ސީދާ އަްއޑޫ ގަމުން ފުރައިގެން ލަންކާ މަގުން ދިއްލީ އަށް ގޮސް ތިކަންކަން ހަމަޖައްސާން.
އޮނަރަބްލް އަފީފު ދީދީ
04 November 2021
ކުރިއަށްއޮތް 50 އަހަރުގެ އައްޑޫ ތަރައްޤީގެ ޕްލޭނެއް އެކަށައެޅުމަށްޓަކާ ސިޓީކައުންސިލަށް ލަފާދޭނެ ޤާނޫނީ، މާލީ، އިޤްތިސޯދީ، ކޮންސަލްޓެންޓުންގެ އިތުރުން ފަތުރުވެރިކަމާއި، އެވިއޭޝަން، މެރިޓައިމް ދާއިރާއާއި ސްޕޯޓްސް އަދި ތައުލީމީ ތަޖުރިބާކާރުން ހިމެނޭގޮތަށް ބޯޑެއް އެކުލަވާލާ ކޮންސަލްޓެންޓުންނަށް އެކަށީގެންވާ އުޖޫރައެއްދީ 2 އަހަރުން ޕްލޭން ފުރިހަމަކުރަން ކަޑައަޅުއްވަންވީ ނޫންތޯ؟ ތަރައްޤީކުރެވޭނީ މިސްރާބެއް އޮވެގެން. ފުރަތަމަ އެކަން ފުރިހަމަ ކުރައްވާ.
މަބުނީ
04 November 2021
އެއީ އެއްރުކާ ޖެހި ރަށް. އައްޑޫ ރައްޔަތުން އެރަށަށް އެނަން ކިޔަނީ ޒަމާނުއްސުރެން އެއްމެ ރުކެއް އެ ރަށުގައި ހުންނާތީ. ރައްތަކަށް ނަންތައް ދެވެނީ ތަނުގެ ސަގާފަތާއި ތާރިހަށް ރިއާޔަތް ކުރެވިގެން. ލިޔުންތެރިން މި ކަހަލަ ކަންކަމަށް ސަމާލުކަން ދިނުން މުހިއްމު. ނޫނީ ފެންނާނީ ތާރީހު އޮޅޭތަން.
ރަދީފްއޮފިޝިއަލް
04 November 2021
ބްރޯ.އެއްރުކާ ޖެހި ރަށް އެއީ އަދި އެހެން ހިސާބަކު ވަކިން އޮންނަ ރަށެއް.
ށަވިޔަނި
04 November 2021
މާލޭގައިވެސް ތަންތަން ހަދާ އަޑު އަބަދުއިވެނީ. ހަދާތަނެއް ނުފެނޭ. މިހާރު އައްޑޫގަވެސް އަދި ބައެއް އެހެން ހިސާބުތަކުގަވެސް ހަމަ ހަދާ އަޑު. ހަދާތަނެއް ފެންނަ ލޮލެއް ނެތް.
ނޫނު ޙާ.
04 November 2021
ކ.އަތޮޅު މާލޭގައި ކުރާންޖެހޭ ހުރިހާ ކަމެއް ބަރާބަރަށް ކުރަމުން އެބަދޭ. ބަޖެޓްގެ ސައްތައިން 85 އޮތީ މާލެ އަށާއި މާލޭ މީހުންނަށް. ސަރުކާރުން އެކިކަހަލަ ކުންފުނިތައް ހަދާފައި އެތަންތަނުންވެސް މުޅިން ކުރަނީ މާލޭގޭ ތަރައްޤީ އަށް ކުރާންޖެހޭ ކަންކަން.
ހަސަނަުުު
04 November 2021
ނޫނޭ ތިތަންވެސް ވިއްކާލަ
ދޮންކޮ
04 November 2021
މޭޔަރު މޭފުއްޕާފައި ތިހެން ހުރެ މިތަނުގައި ޕިކްނިކް ހަދަން، އެތާ ބަދަރުހަދަން ،މިތާ މި މަގުހަދަން އެހެން ނުކިޔާ ރައްޔިތުންނަށް އާމްދަނީ ލިބޭނޭ ވަޒީފާއާއި މަސައްކަތް ދައްކާބަލަ.
ރަދީފްއޮފިޝިއަލް
04 November 2021
އަތް ޖަހާ އަތް ޖަހާ ، ވަރަށް މެސިވް ޕްރޮޖެކްޓެއް.