މީރާ އާއި މޯލްޑިވިއަން އައިޑަލް އިން މަޝްހުރުވި ޝަލަބީ: ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުކަމުން މީރާ ވަނީ ވަކިކޮށްފައި
07 ޑިސެމްބަރ 2016 - 13:25
ޔޫތު މިނިސްޓްރީގެ ހަތަރު ކޯޑިނޭޓަރަކު މަގާމުން މިއަދު ވަކިކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ކޯޑިނޭޓަރު ކަމުން ވަކިކުރީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ އިތުރުން މުހައްމަދު ޝަހުނީމް އާއި އަހުމަދު ނާޒިމް (ހެރިންސް އައްމަޑޭ) އަދި އަހުމަދު ޒަމީލެވެ.
މީގެ ތެރެއިން ބައެއް ކޯޑިނޭޓަރުން މިހާރު ތިއްބެވީ ޗުއްޓީގަ އެވެ. އެކަމަކު ކޯޑިނޭޓަރު ކަމުން ހަތަރު ބޭފުޅުން ވަކިކުރި ކަމުގެ ސިޓީ ރައީސް އޮފީހުން ވަނީ ފޮނުވައިފަ އެވެ.
ނަމަވެސް ކޯޑިނޭޓަރު ކަމުން އެ ބޭފުޅުން ވަކި ކުރި ސަބަބެއް އެނގިފައެއް ނުވެ އެވެ.
މި ހަތަރު ކޯޑިނޭޓަރުން ވެސް މަސައްކަތް ކުރެއްވީ ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގަ އެވެ.
ޔޫތު މިނިސްޓްރީ އަކީ އެންމެ ގިނަ އަދަދަކަށް ކޯޑިނޭޓަރުން ތިބި އޮފީހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުއި ނުދެކޭ ކާޅު
08 December 2016
ރުޅި ކޮންޓްރޯލް ނުކުރެވޭ މީހުނަށް މިހާރު އޮންނާނީ ސައިޒް އެނގިފަ. ޢަލިފާނާ ކުޅެން ނޫޅޭތި ނަތީޖާ އަދި ތިއަށްވުރެ ހިތިކޮށް ދައްކަވާފާނެ
ހިހިހި
08 December 2016
ކޯޑިނޭޓަރުން މަދުވާ މިންވަރު ކޮމެންޓުތަކުން އެބަ ފެނޭ. އެހެންޏާ ހަމަ ހަބަރެއް ޕޯސްޓު ކޮށްލާއިރަށް ކޮމެންޓު އޮހޭނެ. ކޮބާތަ އެ އެންމެން.
ހެހެހެހެ
08 December 2016
ދެން ޖަލަށް؟؟؟
ޔޫސުފް
08 December 2016
ތިޔޮތީ 2018ގައި އިންތިހާބު ކާމިޔާބު ކުރެވިފައޭ ދެން. ތިޔަ ކިތަށް އާއިލާއަށް ގެއްލުމާއި ހަލާކުތިޔަދިނީ
ކޯޑިނޭޓާ
08 December 2016
ޙަބޭސް3 ހަބޭސް3 މަގެއި މުސާރަ މިމަހުލިބޭނެ މިވަރުން އޯކޭތަ ބޮސް ބޮސް ބަރާބަރު ހުންނަނީ
mariyam
07 December 2016
Rangalhu ހަމަ
އޯކޭ
07 December 2016
ދުވާލަކު ދެކޯޑިނޭޓަރުން ވަކިކުރިޔަސް 2018ހަމަވާއިރުވެސް ހުރިހާމީހުން ވަތްކެއްނުކުރެވޭނެ
އަލީ
07 December 2016
ޖަލްސާއަށް ނުގޮސްގެންތަ؟
ޔޫސުފް
08 December 2016
ޔަގީނުންވެސް ޖަލްސާއަށް ނުގޮސްގެން ތިޔަ ވަކިކުރީ
އަހުމަދު
07 December 2016
ކަލޯ ހަމަ ކިރިޔާ ސަލާމައްވީ
ދިހަރޭ ރެއްކާ
07 December 2016
ދައްކަވަންހުރިތަނެށް ވިއްޔާ ދައްކަވާފަ ގެންދަވާނީ......