ރިޕޯޓް

މި ވައުދުގެ މިސްރާބު 100 ޕަސެންޓާ ދިމާލުގައި!

ަރައީސް ސޯލިހް ރައްޔިތުންތަކަކާ ވާހަކަ ދައްކަވަނީ: ފަސް އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކޮށް ނިންމުމަކީ އެމަނިކުފާނުގެ ވައުދެއް. -- ފޮޓޯ/ ރައީސް އޮފީސް

އިންތިހާބުތަކާ ދިމާކޮށް އެތައް ހާސް ވައުދެއް ރައްޔިތުންނަށް ބަންޑުންކޮށްލަ އެވެ. އެކަމަކު ކޮންމެ ވެރިކަމެއް ވެސް ނިންމާލަނީ ރ. އަނގޮޅިތީމު ކަހަލަ އާބާދީ މަދު ރަށްތަކަށް އެއްވެސް ކަމެއް ނުކޮށްދީ އެވެ. އެ ރަށްތައް އޮންނަނީ ދައުރު ނިމޭއިރު ވެސް އެކަހެރިވެ، ބާކީވެފަ އެވެ.

މި ސަރުކާރުގެ ވައުދުތައް އިއުލާންކުރިއިރު އަނގޮޅިތީމުގައި މަޝްރޫއެއް ހިންގާނެ ކަމުގެ ޔަގީންކަމެއް އަހްމަދު ނިޔާޒަކަށް ނެތެވެ. ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ވެރިކަންތަކުގައި އޭނާއަށް ކުރެވުނު ތަޖުރިބާތަކުންނެވެ.

އެކަމަކު ވައުދުތަކަށް އިތުބާރު ނެތިފައި ހުރި ނިޔާޒު 58، މިހާރު ދައްކާ ވާހަކަ ތަފާތެވެ.

މި ވެރިކަމަށް ތިން އަހަރު މިއަދު ފުރުނުއިރު އިރު އޭނާ ހުރީ ހިތްހަމަޖެހިފަ އެވެ. އާބާދީ މަދުވުމުގެ ބަދުނަސީބު ފިލައި ހިނގައްޖެ ކަމުގެ އިހްސާސް ކުރެވުމުންނެވެ. އެއްފަހަރާ އެ ރަށުގައި ވެސް ރަނގަޅު އަދަދަކަށް މަޝްރޫއުތައް ހިންގާއިރު އޭނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްވެ ނިމޭތީ އެވެ.

މިއީ އެތައް ޒަމާނެއް ކުރިން އެ ރަށުގައި ވެސް ނިމިފައި އޮންނަން ޖެހޭނެ އެންމެ އަސާސީ ހިދުމަތެވެ.

"މި ރަށުގައި މަސައްކަތް ފެށުމާ ހަމައަށް އުއްމީދެއް ނުކުރަން އަހަރެމެން ދުނިޔޭގައި ތިއްބައި މި ކަހަލަ ކަމެއް ވެދާނެ ކަމަކަށް. ސާޅީސް އަަހަރުގެ ވެރިކަން ނިމި ދިޔައީ މި ރަށުގައި ސާފު ބޯފެނުގެ ނިޒާމެއް ނުލިބި. ގައިން ތާހިރުވަނީ ތަޣައްޔަރުވެފައި ހުންނަ ފެނުން. އެ ތަކުލީފު މި ރަށުގައި ދެން މި ނިމެނީ،" ނިޔާޒް ބުންޏެވެ.

ފެނާއި ނަރުދަމާއަކީ އެންމެ އަސާސީ ހިދުމަތަކަސް މި ވެރިކަން ފެށުނުއިރު އެ ނަސީބު ލިބިފައި އޮތީ އެންމެ 30 ޕަސެންޓު ރަށަށެވެ. ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.

ސަރުކާރުގެ މަޝްރޫއުތަކުގެ ހިސާބުތައް ދައްކާ ގޮތުގައި ފެނާއި ނަރުދަމާ ގާއިމްކުރަން ސަރުކާރުން ކަމެއް ނުކުރާ އެންމެ ރަށެއް ވެސް މިހާރަކު ނެތެވެ. ހުރިހާ ރަށެއްގައި އަމަލީ މަސައްކަތް އަދި ނުފެށުނަސް ޓެންޑާކުރުމާ ހަމައަށް ހުރިހާ ރަށެއްގެ މަސައްކަތް ވަނީ ކުރެވިފަ އެވެ.

ހދ. ކުމުންދޫގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ފަށަނީ: މި ވެރިކަން ފެށިއިރު ފެނާއި ނަރުދަމާ ގާއިމްވެފައި އޮތީ 30 ޕަސެންޓް ރަށުގައި.

ފެނާއި ނަރުދަމާގެ މަޝްރޫއު

- އަމަލީ މަސައްކަތް 56 ރަށެއް.

- ކޮންޓްރެކްޓް ހަވާލުކޮށްފައި 62 ރަށެއް.

- ކޯޓު މަރުހަލާއާ ހެދި 23 ރަށެއް ހަވާލުނުކުރެވި

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން ދެކެވަޑައިގަންނަވާ ގޮތުގައި ތިން އަހަރާ އަޅާބަލާއިރު ހުރިހާ ރަށެއްގެ މަސައްކަތް ވެސް އެކަށީގެންވާ މިންވަރަށް ކުރެވިފައި އޮތުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ.

"ހައްގެއްގައި ތަފާތު ކުރުން ނައްތާލުމެއް"

ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގާ ބައެއް ރަށްތަކުގެ ކައުންސިލްތަކުން ބުނީ އެންމެ ބޮޑު ތަފާތަކަށް ވީ ބާކީ ކުރުން ނައްތާލައިފި ކަމަށް ރަށުގެ ރައްޔިތުންނަށް ކުރެވުނު އިހްސާސް ކަމަށެވެ. އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ނެތުމުން ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގެ ފެން ފަށަލަ ވަނީ ތަޣައްޔަރުވެފަ އެވެ. އެހެންވިޔަސް ކެއިންބުއިމާއި އެހެން ބޭނުންތަކަށް ބައެއް ރަށްތަކުގައި މިއަދާ ހަމައަށް ވެސް ބޭނުންކުރަނީ ބިމުން ނަގާ ފަނެވެ.

"ރައްކާތެރި ބޯފެނުގެ ނިޒާމެއް ނެތީމަ ސިއްހީ ގޮތުން ދިމާވާ މައްސަލަތައް ވެސް މި ލިބެނީ ހައްލެއް. ގޭގޭގެ ޖަންކްޝަންތައް ފުރިގެން މަގުމައްޗަށް ބަންޑުންވުން ވެސް ހުއްޓޭނެ," އަނގޮޅިތީމުގެ ކައުންސިލްގެ ރައީސް ފައިސަލް ނަސީމް ވިދާޅުވި އެވެ.

"މިއީ، ވަރަށް ބޮޑު ލުޔެއް. ކުރީގެ 40 އަހަރުގެ ވެރިކަންތަކުގައި މި ރަށަށް ނާންނަ ތަރައްގީ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަތުވެއްޖެ. އެހާ ވެސް ގިނަ ޕްރޮޖެކްޓްސް މި ރަށުގައި ހިނގަމުން އެބަދޭ."

އާބާދީގައި 400 މީހުން ހިމެނޭ ހއ. މުރައިދޫގައި ވެސް ރައްޔިތުން ބޯން ބޭނުންކުރާ ފެން ރައްކާތެރިއެއް ނޫނެވެ. ފުރާޅަށް ވެހޭ ފެން ނަގައިގެން ބޯން ކުރާއިރު ބައެއް ފަހަރަށް ސިއްހީ ގޮތުން ނުރައްކާތަކާ ކުރިމަތިލާން ޖެހެ އެވެ.

ކައުންސިލްގެ ރައީސް އަލީ ސިނާން ވިދާޅުވީ ގިނަ ދުވަސްތަކެއް ނުވެ އެ ތަކުލީފަށް ނިމުން އަންނާނެ ކަަމަށެވެ. ނަޖިސް ފެނުން ފެންވެރުން އެ ރަށުގައި ހުއްޓާލުމަކީ ރައްޔިތުން ޒަމާންތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެނާއި ނަރުދަމާއަށް ރައްޔިތުން ކުރަން ޖެހޭ ހޭދައަށް ވެސް ނިމުމެއް މިއައީ،" އޭނާ ވިދާޅުވި އެވެ.

"ވައުދާ އެއްގޮތަށް ހުރިހާ ރަށެއް ނިންމޭނެ"

މި ސަރުކާރުން އަމާޒު ހިފީ ފުރަތަމަ ތިން އަހަރު ނިމޭއިރު ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހުރިހާ ރަށެއްގައި ފެށުމަށެވެ. އެކަމަކު އެ އަމާޒަށް ވާސިލްވުމުގައި ކުރިމަތިވި ގޮންޖެހުމަކީ ކޮވިޑުގައި މުޅި ގައުމު ހުއްޓި ކުރިމަތިވި ދަތި ހާލަތާ އެކު ބައެއް ރަށްތަކުގެ މައްސަލަ ކޯޓު މަރުހަލާގައި އޮތުމެވެ. ޓެންޑާ ބޯޑުން ބައެއް މަޝްރޫއުތައް އެވޯޑުކުރި ގޮތާ މެދު ކޯޓަށް މައްސަލަ ހުށަހެޅުމުން 22 ރަށެއްގެ މަސައްކަތް އޮތީ މަޑުޖެހިފަ އެވެ. އޭގެތެރެއިން 10 ރަށުގެ މައްސަލަ ނިމިފައި އޮތުމާ އެކު ގޮތެއް ނުނިމި މިހާރު އޮތީ މަދު ރަށެއްގައި ކަމަށް ހަމްދާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދިވެސް މަސައްކަތް ކުރަނީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގެ މަސައްކަތް ހަވާލުކުރުމަށެވެ. ކޮވިޑުން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން އެންމެ ބޮޑު އިސްކަމެއް މިދިޔަ އަހަރު ދިނުމާ އެކު ވެސް ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކުރިއަށް ގެންދެވިފައިވާ މިންވަރާ މެދު ސަރުކާރަށް ހިތްހަމަޖެހުން އެބައޮތް ކަމަށް ހަމްދާން ވިދާޅުވި އެވެ.

"ރަށެއްގައި ފެނާއި ނަރުދަމާއަކީ ރަށެއްގެ ބަނދަރަށް ވުރެން ވެސް މުހިއްމު ކަމެއް. އެއީ ކޮންމެ މީހަކަށް ކޮންމެ ދުވަހަކު ބޭނުންވާ އަސާސީ ހައްގެއް. ރައީސްގެ ވައުދުވެވަޑައިގަތް ގޮތަށް އެކަން ފުރިހަމަކޮށްދެއްވަން ވަރަށް މުހިއްމު އިސްކަމެއް ދެއްވާ،" ހަމްދާން ވިދާޅުވި އެވެ.

މި ވެރިކަމުގައި "ފެނާއި ނަރުދަމާގެ ގާނޫނު" އެކުލަވާލާފައިވާ އިރު އެ ގާނޫނުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމް ގާއިމްކުރަން ޖެހެ އެވެ. މި ކަމަށް ކަނޑައަޅާފައިވާ މުއްދަތުގެ އެއް އަހަރުގެ ކުރިން މަސައްކަތް ނިމޭނެ ގޮތަށް ސަރުކާރުން ވަނީ ސްޓްރެޓީޖިކް ޕްލޭނެއް ވެސް އެކުލަވާލައިފަ އެވެ.

ހަމްދާން ވިދާޅުވި ގޮތުގައި ޓާގެޓަކީ ދައުރު ނިމެންވާ އިރަށް ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމެވެ. އެކަން ކާމިޔާބުވާނެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެއަށް ވުރެން ބޮޑަށް ސަރުކާރަށް އޮތް ހިތްހަމަޖެހުމަކީ ތަރައްގީގެ ހުރިހާ މަޝްރޫއެއްގެ ކުރިއަށް އޮތީ ފެނާއި ނަރުދަމާގެ ހިދުމަތްކަން ރައްޔިތުން ބަލައިގަތުމެެވެ.

"ތަރައްގީ ގެނެވޭނީ ފުރަތަމަ ގައިން ތާހިރުވެގެން" ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަކުރާރުކޮށް ވިދާޅުވާ ވާހަކަފުޅަށް އަނގޮޅިތީމު ނިޔާޒަށް އިތުބާރު އޮތީ، އެނާ ބުނި ގޮތުގައި، އެންމެ އަސާސީ ކަންތައް ފުއްދައިދޭ މަންޒަރު ފެންނާތީ އެވެ. މަސައްކަތް ނިމުމާ އެކު މި ވައުދަށް އޭނާ ހުރީ 100 ޕަސެންޓް ދޭން ތައްޔާރަށެވެ.

40 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 51%
icon wow icon wow 2%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމު އިދުރީސް

17 November 2021

ބޮޑުއާބާދީ އޮތީހައެއްކަ ރަށުގަ އެމަކު އެއްރައްތައް އޮތީފުރިފަ! އެކަމަކު އާބާދީމަދު ބޮޑެތި ރައްތައް އެބަހުރި އެރައްތަކީ ގައުމުގެ އެތޭރޭގެ ހުފެއްދުން ތެރިކަމައް ބޭނުވާ ދަނޑުވެރިކަން ކޮންމެވެސް ވަރަކައް ކުރާރައްތައް! އާބާދީއައް ބަލައިގެން މިފަދަ ރައްތަކުން މީހުންބަލައި ޓަވަރުދައް ހާދާ ސުލަމަކައް ހެދުމައްވުރެ އުފެއްދުންތެރިކަން އިތުރުކުރަން މިފަދަ ރައްކުގެ ބޭނުހިފައިފިނަމަ ގައުމައް އެންމެ ރަނގަޅުގޮތް ކަމުގަދެކެން

The name is already taken The name is available. Register?

ކައުންސެލަރު

17 November 2021

ފައިސާ ޗާޕުކުރުން 1000 ޕަސެންޓާ ދިމާލުގަ!

The name is already taken The name is available. Register?

އޮޅާލާ

17 November 2021

މިސަރުކާރުން ވެފައިވާ އެންމެ ބަރުދަން ބޮޑު ވައުދަކީ އެއީ މާލެ ސަރަހައްދުން ގޯތި ދިނުން އެކަން ނުކޮށް ދެން ކޫސުނި ވައުދު ތައް ފުއްދިނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ތިޔާ ރާ އަތޮޅު އަނގޮޅިތީމް އެއީ 100 މީހުން ނޫޅޭ ރަށެއް ދެން ތިޔާއީ މާލެ ސަރަހައްދުން ޓެކްސް ޕޭކުރާ މީހުން މޫނަށް ސަރުކާރުން ކުޅެއް ޖެހުން ފަދަ ކަމެއް ނޫންތޭ ތިޔާއީ ވައުދު ފުއްދަނީނޫނޭ ތިޔާއީ ވައުދު އޮޅާލަނީއޭ ތަމެން ވައުދު އޮޅާލަނީތޭ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ

The name is already taken The name is available. Register?

ވަހީދު

17 November 2021

ވައުދުތައް ފުދިއްޖެ. ރައްޔިތުން މިތިބީ ވަރަށް ހަމަ ޖެހިގެން. ދެން އެހެން މީހަކަށް ފުރުސަތުދޭންވީނުން.

The name is already taken The name is available. Register?

ކޮރަލް

17 November 2021

އެއްހާސް މީހުންގެ ރަށެއްގަ ތޮށިލާފަ ނަރުދަމާ އާ ފެނާ އިންޖީނުގެ ހަދާ އިރު އެތައް މިލިއަނެއް ހަރަދު ވެ އެވެ . އެކަމު ސްކޫލް ކްލާސް ރޫމްގަ 10 ކުދީން ހަމަ ނުވެ އެވެ. މިކަމަށް ބަދަލެއް ގެންނަން ޖެހެ އެވެ.

The name is already taken The name is available. Register?

އސާސީ ހައްގުތައް ދޭން ޖެހޭނެ

17 November 2021

ސަރުކާރުން ޖެހޭނީ ހަރަދު ކުޑަ ގޮތްތައް ބަލަން އާބާދީ ކުޑަވުން ބޮޑުވުން އެއީ އެރަސެއްގަ އުޅޭ ބައެއްގެ މައްސަލައެއްނޫން

The name is already taken The name is available. Register?

މާކުންބޭ

17 November 2021

ހައްލަކީ 500 އަކަފޫޓް ތެރެއަށް ރާއްޖޭގެ ރައްޔިތުން އުކާލުމެއްނޫނެވެ. ފްލެޓަށް އަދި ނާދެވެނީސްވެސް އެއޮތީ އެތައް ސޯޝަލް ބޮޑެތި މައްސަލަތަކުގެތެރެއަށް 40000 ރައްޔިތުން ހުށަހެޅިފައެވެ. އާބާދީއަކީ 500 ކަމުގަވިޔަސް މީހުންތައް މާލެ ސަރަހައްދަށް ޖަމާކުރުމަކީއެތައް ބައެއްގެހައްޤުތައް ނިގުޅައިގަތުމެވެ. އިބޫ ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ މުހިއްމު މަސައްކަތަށް ޝުކުރު، މިއީ އަމީންގެ ދުވަސްވަރު ރާއްޖޭގެ ހުރިހާމަގުތައް ހެދުންފަދަ ކާމިޔާބީ މަސައްކަތެއް

The name is already taken The name is available. Register?

ވިސްނާވިސްނާ

17 November 2021

ސަރުކާރުން މިހާރުވެސް އެއޮތީ ފައިސާ ޗާޕް ކުރަން އެދިފައި މިއަހަރު 10 ވަނަ ފަހަރަށް ފައިސާ އެ ޗާޕް ކުރަނީ ފައިސާ ޗާޕް ކުރަނީ އެއީ ނުލިބޭ އާމްދަނީ އަށް ދެން އެގޮތުން ޗާޕް ކުރާ ފައިސާ ވާނީ ހަމަ އަންދާލާ ކަރުދާސް ތަކަށޭ ސަރުކާރުގެ ޚަރަދުބޮޑުވެ ކުރާ ޚަރަދުން އާމްދަނީ އެއް ނުލިބެނީ ރާއްޖެތެރެއަށް ޕްރޮޖެކްޓްސް ތައް ގެންދާތީއޭ ބަދަލުގައި މާލެ ސަރަހައްދުގައި 1 މިލިއަން ގޯތި ނެގޭ ގޮތަށް ފަޅު ހިއްކާ ގޯތި ތައް ދިން ނަމަ މިއަދު ފައިސާ ޗާޕްކުރަން ނުޖެހޭނެއޭ

The name is already taken The name is available. Register?

ސަރުދާރުު

17 November 2021

ކިތަންމެ ވައިޖަހާފަ އާޓިކަލްތަށް ނެރުނަސް މިސަރުކާރަށް ވޯޓުލުން އެއީ ނެތްގޮތެއް. ކުދި ރަށްރަށުގެ މީހުން އެއްފަސް ކޮއްގެން ނޫންގޮތަކަށް ރާއްޖެ ތަރައްގީއެއް ނުކުރެވޭނެ. ކިތައް ރަށުގައި މިފަދަ ކަންކަން ކޮއްފައި ރަށުން ބަދަލު ކޮއްފަހުރީ؟

The name is already taken The name is available. Register?

ނޫންނޫންނޫން

17 November 2021

ކުދި ކުދި އާބާދީ ތައް ހިމެނޭ ރަށްރަށުގެ ވައުދު މިސްރާބު ޖެހުމުގެ ނަމުގައި ރާ އަތޮޅު އަނގޮޅިތީމް ގައި ނަރުދަމާ އާއި ކަަރަންޓާއި ފެން ލުމަކީ އެއީ ދައުލަތުގެ ބަޖެޓްގެ ދަރަންޏަށް ޒިންމާވާ ސަރުކާރަކުން ކުރާނެ ކަމެއް ނޫނޭ ރާއްޖޭގެ އާބާދީގެ 10 ހާހުން ދަށުގެ އެންމެން މާލެ ސަރަހައްދަށް ބަަދަލުކުރަން މާލެ ސަރަހައްދު ފަޅު ހިއްކަން ބޭނުންވަނީ 300 މިިލިއަން ޑޮލަރު އެކަމަކު ކުދި އާބާދީ ތަކުގެ އިންފްރާ އަށް 1 ބިލިއަން ޑޮލަރު ޚަރަދުވޭ އެފައިސާ އަނބުރާ ނުލިބޭ

The name is already taken The name is available. Register?

ޑުރެކިއުލާ

17 November 2021

އަނެއްކޮޅުން ކ.މާލޭ ގަބީލާތަކަށް އުތުރުގެ ބިންބޮޑު ރަށްރަށުން ގޯތިދީފަ އެސޮރުމެން ބަދަލުކޮށްލެވެން އެބައޮތް 10 ޑޮލަރަށް. ކުދި ރަށްރަށުގަ ދެތިން ލައްކަ ރުފިޔާއަށް އެސްލޯނު ފެންހޮޅިއެއް ވަޅުލުން ދެކޮޅުނުޖެހެއޭ ބުނާއިރު ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން ހިމަނައިގެން ލައްކައެއް ކިރިޔާ ހަމަވާއިރު ކ.މާލޭގަ އަހަރަކު 6-5 ބިލިއަން ޑޮލަރުގެ މަޝްރޫއު ހިންގުން އެއީ ދެކޮޅުޖެހޭކަމެކޭ ތިބުނަނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454