ރާއްޖޭގެ 15 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަން 400 މިލިއަން ރުފިޔާގެ މަޝްރޫއުތަކެއްގައި ފަސް ކުންފުންޏަކާ އެކު ސަރުކާރުން މިދިއަ ހަފުތާގައި ސޮއިކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއުތައް ހަވާލުކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓަޑާއި، މައިކްރޯން ޕްރައިވެޓް ލިމިޓަޑާއި، އެލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑާއި މާކްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑް އަދި ސާސް އީ ކޮންޓްރެކްޓިން ޕްރައިވެޓް ލިމިޓަޑާ އެވެ.
މި ހުރިހާ މަޝްރޫއުއެއްގެ އަގު އުޅެނީ، ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި، 407 މިލިއަން ރުފިޔާގަ އެވެ. މިއީ ދައުލަތުގެ ބަޖެޓުން ހިންގާ މަޝްރޫއުތަކެކެވެ.
ފެނާއި ނަރުދަމާ އަޅާ ރަށްތައް:
އއ. ބޮޑުފުޅަދޫ - ފެނާއި ނަރުދަމާގެ ނިޒާމް
ގދ. ރަތަފަންދޫ - ފެނާއި ނަރުދަމާގެ ނިޒާމް
ތ. އޮމަދޫ - ފެނާއި ނަރުދަމާގެ ނިޒާމް
ދ. މާއެނބޫދޫ - ފެނުގެ ނިޒާމް
ހއ. އުތީމު - ފެނުގެ ނިޒާމް
ގދ. ނައިވާދޫ - ނަރުދަމާގެ ނިޒާމް
ފ. ފީއަލި - ފެނުގެ ނިޒާމް
ރ. ރަސްމާދޫ - ފެނުގެ ނިޒާމް
ތ. ބުރުނީ - ފެނުގެ ނިޒާމް
ދ. ރިނބިދޫ - ފެނާއި ނަރުދަމާގެ ނިޒާމް
ތ. ވޭމަންޑޫ - ފެނުގެ ނިޒާމް
ގއ. ކޮނޑޭ - ފެނާއި ނަރުދަމާގެ ނިޒާމް
ރ. މާކުރަތު - ފެނުގެ ނިޒާމް
ދ. ހުުދެލި - ފެނުގެ ނިޒާމް
ލ. ދަނބިދޫ ފެނުގެ ނިޒާމް
ސަރުކާރުން މި މަޝްރޫއުތައް ހަވާލުކުރީ 2-1 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ބޮޑު ވެއްޓުމެއް އައި ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ތަރައްގީގެ މަޝްރޫއުތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދާނެ ކަމަށެވެ.