މާލޭގެ މަގެއްގައި ބުޅަލެއް.
20 މެއި 2025 - 11:20
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އެކަނިވެސް ގާތްގަނޑަކަށް 50 ބުޅާ އުޅެ އެވެ. އެ ތަނަށް ބައެއް މީހުން ގޮސް ގަވާއިދުންް މި ބުޅާތަކަށް ކާން އަޅަ އެވެ. އަލީ ޝާހްގެ ކަންބޮޑުވުމަކީ ކުނިވާ ޒާތުގެ ކާއެއްޗެހި ހިމެނޭހެން ބުޅަލަށް ކާން އެޅުމަށް ފަހު އެހެން މީހުންނަށް އުނދަގޫވާ ގޮތަށް ދޫކޮށްލުމެވެ. ގިނަ އަދަދެއްގެ ކުޑަ ކުދިން ވެސް ކޮންމެ ދުވަހަކު ކުޅެލަންދާ އެތަން އޮންނަނީ ނަޖިހުން ފުރިފަ އެވެ. ވިނަގަނޑު މަތިން ކުދިންނާއި ބޮޑެތި މީހުންނަށް ވެސް އެރެނީ ބުޅަލުގެ ނަޖިހަށެވެ.
ބުޅަލުގެ ނަޖިހުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުސަތު އޮތް އިރު ކަމާބެހޭ ފަރާތްތަކުން ވެސް މާބޮޑު ކަމަކަށް ނުހެދުމަކީ ސޯޝަލް މީޑިއާގައި އޭނާ ޝަކުވާ ކުރަން ޖެހުނު ސަބަބެވެ.
"މާލެ ސަރަަހައްދުގައި ހާއްސަކޮށް ހުޅުމާލޭގައި ވެސް މިހާރު ނެތޭ ޕާކެއް، ތަނަކަށް ކުޑަކުއްޖަކު ނެރެވެން. މުޅި ތަނުގައި ބުޅާ ނަޖިސް. ކުއްޖަކު ޕާކަކަށް ގެންގޮސްފިއްޔާ އަނެއް ދުވަހު ބަނޑަށް ތަދުވެ، ހޮޑުލެވި ރޯގާ ނުޖެހޭ ގޮތެއް ނެތް،" އޭނާ ލިއެފައިވެ އެވެ.
ސެންޓްރަލް ޕާކުގެ އިތުރުން، މިއީ މާލޭގެ ބައެއް މަގުތަކުގެ ވެސް ހާލަތެވެ. ބުޅަލުގެ ނަޖިހާއި ކާންއަޅައި ކުނިވެފައި ހުންނަ މަގުތަކުން ދުވާ ވަހުން ހިނގަން ނުކުރޭހާ މުޑުދާރު މަގުތައް އެބަހުއްޓެވެ. ވާރޭވެހި ފެންބޮޑުވުމުން މި އުނދަގޫ މާބޮޑުވެ އެވެ.
މާލެ ސަރަހައްދުގައި ބުޅާ ފެސިލިޓީއެއް ހެދީ މަގުތަކުގައި ބުޅާ ގިނަވެ އާއްމުންގެ ޝަކުވާ ބޮޑުވުމުންނެވެ. އެކަމަކު ދެރަކަމަކީ، މައްސަލަ ހައްލު ނުވެ ދިގުލައިގެން ދިއުމެވެ.
މި ޝަކުވާތަކާ އެކު، ބުޅާ ފެސިލިޓީ "އޮޅުހިޔާގެ" ބޭނުމާ މެދު ބައެއް މީހުން މިހާރު ސުވާލު އުފައްދަ އެވެ.
މާލޭ ސިޓީ ކައުންސިލާއި އެނިމަލް ވެލްފެއާ މިނިސްޓްރީގެ "ކޯޅުމަށް" ފަހު އެތަނަށް ބުޅާތައް ގެންދަން ފެށުނީ ވެސް ހުޅުވިތާ ތިން މަސް ފަހުންނެވެ. މާލޭގެ މަގުތަކުން އެތަނަށް ގެންދެވުނީ އަދި އެންމެ 30 ބުޅަލެވެ. މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅަލުގެ އަދަދު 3،000 އަށް ވުރެ ގިނަވާނެ ކަމަށް، ބުޅަލުގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ލަފާކުރެ އެވެ.
ބުޅާތައް އޮޅުހިޔާއަށް ބަދަލުނުކޮށް ދިގުލައިގެންދާ ކޮންމެ ދުވަހަކީ ވެސް އާންމުންގެ އެތައް ޝަކުވާއެއް އަންނަ ދުވަހެކެވެ.
މަގުތަކުގައި ބުޅާ ގިނަވެ، އިންތިހާއަށް އުނދަގޫވާ ކަމަށް ބުނެ މީހަކު ކުރި ޕޯސްޓެއްގައި ބުނީ ބުޅަލަށް ކާން އަޅާ މީހުން ވެސް އެ މީހުން އަޅާ އެއްޗެހިން މަގުތައް ކިތަންމެ ގޮނޑުވިޔަސް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ. ބުޅަލަށް ކާންދޭން ޕޭވްމަންޓް މައްޗަށް ބަތާއި މަސްދަޅު ވެސް ބައެއް މީހުން އަޅާފައި ހުރެ އެވެ. ބުޅަލަށް އަޅާ އެކި ބާވަތުގެ ކާއެއްޗެހި ކުނިވެ މަގުތަކުން ކުނިވަސް ދުވިޔަސް ސާފެއް ނުކުރެ އެވެ.
އަނެއް މައްސަލައަކީ، ކުނިވާޒާތުގެ ސާމާނު ރަނގަޅަށް ބަންދުކުރުމެއް ނެތި މަގުމައްޗަށް ނެރުމެވެ. އޭގެ ވަހަށް ބުޅާތައް ކޮތަޅުތައް ހާވައި މަގުތައް ނަޖިސްކުރެ އެވެ.
ބުޅާ ނަޖިސް.
ބުޅާ ގިނަވެ، އޭގެ ނަޖިސް މުޅި ހިސާބުގަނޑުގައި އޮންނައިރު އޭގެ ވަސް ނުކެނޑޭ މަގުތައް ގިނަ އެވެ. އެކަމަކު ކޮންމެ ދުވަހަކު މާލޭގެ މަގުތައް ސާފުކުރިޔަސް ބުޅާ ނަޖިހުގެ ވަސް ނުކެނޑެ އެވެ.
މިކަން ދިމާވަނީ މަގުތައް ސާފުކުރާއިރު ވެސް ބުޅާ ނަޖިސްތައް އެއް ފަރާތްކޮށްފައި އެ ނުނަގާތީ ކަމަށް މީހުން ބުނެ އެވެ.
"ބުޅަލަށް ލޯބިން ކާންދޭ ގޮތަށް ބުޅަލުގެ ނަޖިސް ނަގަން ވެސް މަގުމައްޗަށް ނުކުންނަ ނަމަ.. އެ ދުވާ ވަހުން ހިނގާލެވެނީކީ ނޫން. މޭބޮޑުވެ، ވަރަށް އުނދަގޫވޭ. މަގު ކުނި ކަހާ މީހުން ވެސް ނަޖިސް ނަގަނީއެއް ނޫން. މިކަމަށް އަވަސް ހައްލެއް ބޭނުންވޭ،" މީހަކު ސޯޝަލް މީޑިއާގައި ބުންޏެެވެ.
މި ކަންބޮޑުވުން ސޯޝަލް މީޑިއާއަށް ދޫކޮށްލި އެހެން މީހަކު ބުނީ، ގޭގެ ސިޑި މަތީގައި ވެސް ބުޅާ ނަޖިސް ހުންނަ ކަމަށާއި އެ ސާފު ނުކުރާ ދުވަހެއް މަދުވާނެ ކަމަށެވެ.
އެތަނުގެ އިތުރުން ކޮންމެ ދުވަހަކު ހަވީރު ގަޑީގައި ކުޑަކުދިން މަޑި އަރުވަން މާލެއިން ގޮސް އުޅޭ ޓްރެކް ސަރަހައްދު ކައިރީ އޮންނަ ހުސް ބިމުގައި ވެސް އޮތީ ބުޅާ ނަޖިހެވެ. މިއީ ތުއްތު ކުދިން ގޮވައިގެން ކޮންމެ ދުވަަހަކު ވެސް އެތައް ބަޔަކު ގޮސް ހަދާ ސަރަހައްދެކެވެ.
ދަރިންނާއިއެކު ވަގުތު ހޭދަ ކޮށްލައި މަޑި އަރުވާލަން ގޮސްއުޅޭ ސަރަހައްދުގައި އޮތީ ހުސް ބުޅާ ނަޖިސް، މާލެތެރެ ތާހިރުކޮށް ބުޅާތައް ވަކި ސަރަހައްދަކަށް ގެންދަން މާލެސިޓީކައުންސިލުން އިމާރާތްކުރި“އޮޅުހިޔާ“ ސަރުކާރުން ފޭރިގަތީ ރައްޔިތުން ބުޅާނަޖިހުން ސަލާމަތް ކޮށްފާނެތީވެތޯ؟ pic.twitter.com/Yak0GrVfHf
— yellownation (@yellownationmv) April 5, 2025
ބުޅަލުގެ ނަޖިހުގެ މައްސަލަ މިހާ ބޮޑުވެފައި އޮއްވާ ބުޅާ ގެންގުޅޭ މީހުން އޭގެ ނަޖިސް ވެސް މަގުމައްޗަށް އުކަނީ އެވެ. ހުޅުމާލޭ ހިޔާގެ 11 ވަނަ ޓަވަރު ކައިރީގައި ކޮތަޅު ކޮތަޅަށް އަޅާފައި ބުޅާ ނަޖިސް އުކާފައި އެބަ ހުއްޓެވެ.
ތިޔަފެންނަނީ އިންސާސާނުން ކާކަންގެނެސް ކައި ބާކީވެފައިހުރި ކާތަކެއްްޗެއްނޫނެވެ. ކޮތަޅުތަކުގައި ބަންދުކުރެވިފައިތިވަނީ ބުޅާ ގެންގުޅޭމީހުން އޭގެ ނަޖިސް ކޮތަޅަށްއަޅާފައި އުކާފައި.އެޗް 11 ތިރި. ވަރަށްދެރަވަރުގެ ކަންކަން މިކަންބަލާނީ ކާކުބާ؟ @hdcmaldives @PoliceMv pic.twitter.com/rRKls53Wt6
— Maumoon Ali (Maanu) (@MaumoonAli212) April 8, 2025
ގިނަ ބަޔަކު މި ކަންބޮޑުވުން ހިއްސާކުރަމުންދަނިކޮށް މާލޭގެ މޭޔަރު އަލީ އާޒިމް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ބުޅާތައް ގެންދަން މާލޭ ސިޓީ ކައުންސިލުން ވަރަށް ބުރަ މަސައްކަތުން ވަރަށް ބޮޑު ހަރަދެއްކޮށްގެން ހެދި ބުޅާ ފެސިލިޓީ އަތުލާފައި، އެތަނަށް ބުޅާތައް ނުގެންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
މާލޭގެ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގެ ވީޑިއޯއަކާ އެކު ކުރި އެ ޕޯސްޓުގައި ވިދާޅުވީ ބުޅާތައް ފެސިލިޓީއަށް ނުގެންގޮސް، މަގުމައްޗަށް މަރުވާން އަދި މަގުތަކަށް ނަޖިސް ކުރަން ބޭތިއްބުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި އެކަމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.
"ބުޅަލުން އެތައް ބަލިތަކެއް އެބަ ފެތުރޭ. ރައްޔިތުން ބުޅާ ނަޖިސް ތެރޭ ހިނގާ ބިނގާވެ ކޮންމެ ދުވަހަކު އުޅެން އެބަ ޖެހޭ. މޫދު ކައިރީގައި ކުޅޭ އަދި މޫދަށް އެރޭ އެކި އުމުރުފުރައިގެ މީހުން ކޮންމެ ދުވަހަކު ބުޅާ ނަޖިސް ތެރޭ އުޅެން އެބަޖެހޭ،" ކަންބޮޑުވުންތައް ހިއްސާކުރައްވާ އާޒިމް ވިދާޅުވި އެވެ.
އެހެންވެ، އޭނާ ވެސް އެދިވަޑައިގަތީ އަވަހަށް ބުޅާތައް ފެސިލިޓީއަށް ގެންދިއުމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ހަފުތާގައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވި ގޮތުގައި ހޮޅުހިޔާ ހިންގަން އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
މިނިސްޓަރު އާންމުކުރެއްވި ތަފާސްހިސާބުތަކުގައިވާ ގޮތުން ފެސިލިޓީއަށް ބުޅާތައް ގެނެސް 2،000 ބުޅާ އެ ފެސިލިޓީ އަށް ލައިގެން ހިންގާ ނަމަ މަހަކު ހަތް ލައްކަ ރުފިޔާ އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
"އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމްލަ ބަޖެޓުން މަހަކު 368 ރުފިޔާ [ބުޅަލަކަށް] ހަރަދުވާނެ،" މާރިޔާ ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓުން މިހާ ބޮޑު ހޭދައެއް ބުޅަލަށް އެކަނި ކުރާއިރު އާންމުންގެ ޝަކުވާ ބޮޑުވަނީ މިތަން ހުޅުވައިގެން ހަތް ވަނަ މަސް ހިނގަމުންދާއިރު ވެސް މި މައްސަލައިން އަރައި ނުގަނެވިގެންނެވެ.
އެންމެނަށް ވެސް އުއްމީދު ކުރެވިގެން ދިޔައީ މި ފެސިލިޓީއާ އެކު ބުޅަލުގެ ނަޖީހާއި އޭގެ އުނދަގުލުން ސަލާމަތްވެވޭނެ ކަމަށެވެ.
އެކަމަކު މިނިސްޓަރު ވިދާޅުވީ އެ ފެސިލިޓީއާ މިނިސްޓްރީން ހަވާލުވިއިރު، އެ ތަން އޮތީ ރައްކާތެރިކަމާއެކު ބުޅާ ގެންގުޅެވޭނެ ހާލަތެއްގައެއް ނޫނެވެ. އެ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެ ހުރިހާ ކަމެއް ފުރިހަމަވެ، އެތަނަށް ބުޅާތައް އެއްކޮށް ބަދަލުކުރެވޭނެ ވަކި ތާރީހެއް މިނިސްޓަރު ވެސް ވިދާޅެއް ނުވެ އެވެ.
އެހެންވީމަ، ބުޅާ ފެސިލިޓީއަކީ ހައްލެއް ކަމަށް އުއްމީދު ކުރެވުނަސް އެތަނަކާ އެކު ވެސް ބުޅާ ނަޖިހުން ސަލާމަތް ނުވެ، އޭގެ އުނދަގުލާއި ނުރައްކާތެރިކަން އާންމުންނަށް އަދިވެސް ފޯރަނީ އެވެ. ޝަކުވާ ގިނަވަނީ، ގިނަ ބަޔަކު ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް މި މައްސަލަ ހައްލު ނުވެ ލަސްވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހީންގެ ރާއްޖެތެރެ
26 May 2025
ބުޅާ އެކްސްޕޯރޓްކުރާނެ ފަރާތެއް ހޯދައި ހަވާލުކޮށްބަލަ. ނޫނީ އަމިއްލައަށް ވޮލަންޓިއަރކޮށްގެންވެސް ބަޔަކު މިއެކްސްޕޯޓްކުރަން ފަށާބަލަ. އެއްވެސްގެއްލުމެއްނުދީ އަނިޔާއެއްނުކޮށް އާންމު ސަރަހައްދަކުން ހިފައިގެން ގެންނަ ކޮންމެ ބުޅަލަކަށް 50ހަކަށް ރުފިޔާދޭގޮތަށް ހަދާނީ.
ވަހުމެކެ
26 May 2025
މަގުތަކާއި އާންމުތަންތާގައި ބުޅާގެންގުޅެ ކާންދެވެންޔާ ބަކަރިވެސް ގެންގުޅެވެންވާނެ. އެއީ އަދި މާސުންނަތްކަން ގަދަކަމެއް. އޮޅުހިޔާފަދަ ބިނާއެއް އަޅައިދީ. ކައުންސިލުން ބަކަރި ގެންގުޅެ ޢޭގެ ކިރު ވިއްކޭނެ އަދި ގުރުބާނީތަކަށްވެސް ވިއްކޭނެ. އާންމުންނަށްގޮަސް ކާންދީހެދޭނެ. ބުޅާގެންގުޅެވެންޔާ ބަކަރިވެސް ގެންގުޅެވެންވާނެ. ޖަމިއްޔާއެއް ހަދަންވީ ބަކަރިދިރުވުން.... ޢާން ކެޓަހޯލްސްވެސް އޮތީވިއްޔާ.
ބުޅާރާނީ
26 May 2025
ހުޅުމާލެ ފްލެޓް 4ގެ 1ވަނަ ފަންގިފިލާގައި އުޅޭ އަންހެނަކު މުޅި ސަރަހައްދަށް ކާން އަޅައި ވަށައިގެން ހާލިތައް ބަހައްޓައިގެން އެސަރަހައްދުގައި ބުޅާއާލާކުރަނީ. ހުއްޓުވޭނެ ފަރާތެއްނެތް. އެޗްޑީސީ އޮތީ ވާވެފައި. މީނާއަކީ ކުރާނެ އެހެން މަސައްކަތެއް އޮންނަމީހެއްނޫން. މީނައަށް އެނގޭ ހަމައެކަނީ ސުންނަތަކީވެސް އިހްސާންތެރިކަމަކީވެސްމިއީ. ހީވަނީ ޕާޓީ ބާއްވައިގެން އުޅޭހެން.
ދިވެހީންގެ ރާއްޖެތެރެ
26 May 2025
މަގުމައްޗާއި އާންމު ތަންތަނަށް ކާން އެޅުން ހުއްޓުވަންޖެހޭ. އެކަން މަނާކޮށް އަދަބު ކަނޑައަޅަންޖެހޭ. ދުނިޔޭގެ ގިނަގައުމުތަކެއްގައި މިކަން މިހެން އޮވޭ.
ދިވެހިމީހ
22 May 2025
މިއޮތީ ކަމެއް ލައިގެންފަ.މިކަމެއް ހައްލެއް ނުވާނެ.މިކަންވެސްވާނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވާހެން. ދިވެހީންނަކީ ވަރަށް ވިސްނުންކޮށި ޒިންމާދާރުކަން ކުޑަ ބައެއް.
ތާކިދާ
22 May 2025
ބަލަފާޚާނާހަދާފާބުޅާތަކައްވެސްފާޚާނާތައްޓައްފާޚާނާކުރަންދަސްކޮއްދިނުމުގެޕޮރޮގްރާމްތިބުޅާޖަމުއިއްޔާއިންކުރަންވީނުން މިގޭބުޅާއައްއަހަރެންހުންނާނީޔޫޓިއުބުންފިލްދައްކާގެންފާޚާކުރަންދަސްކޮއްދީފާއޭތިފާޚާނަކޮއްފާފްލެޝްވެސްކުރާނެއެކަމަކުބައެއްފަހަރުހުރޭފްލެޝްނުކޮއްވެސް
ލުތުފ
21 May 2025
ބުޅަލަކީ ވަރަށް ގިނައިން ވިހާ އަދި އެހާއަވަހަށް އާބާދީ އިތުރުވާ އެއްޗެއް. އެހެންވީމަ، އެންމެ ރަގަޅުގޮތަކީ ފަޅުރަށަކަށް ގެންދިއުން. އޭރުން އެއްވެސް މީހަކަށް އުނދަގުލެއްނުވާނެ.
ާދުރުމި
21 May 2025
ރައްޔިތުންގެ ޓެކްސް ފައިސާއިން ކޮންމެ އަހަރަކު އެތަށް މީލިޔަން މި އިސްރާފު ކުރަނީ ކިޢްވެތަ . ތިބުޅާތަށް ގެންގޮސް ފަޅުރަށަކަށް ގެންގޮސް ދޫކޮށްލަބަލަ . މިގައުމުގެ މުއްސަދި ދެތިން މީހުން އުޅުނަސް މިއީ ވަސީލަތްތަށް މަދު، އާބާދީގެ 90% އަށް ވުރެ ގިނަމީހުން ފަގީރު ހާލަތުގައި އުޅޭ ގައުމެއް
ދަރިންނޭ
21 May 2025
ތިމާމެންގެ ދަރިން ލައްވާ ޕާކަށް ގޮސް ބުޅަލަށް ކާންދޭ ގޮތައް އޭއްޗިސް ލާ ޕުއްޕު ވެސް ސާފު ކުރުވާ. ޒިންމާ ނަގަން ދަރީން ނަށް ދަސްކޮއްދީ. ބުޅަލަށް ކާންދީފަ އޭގެ ޕުއްޕު ސާފު ނުކުރުމަކީ ތިމާމެން ކައިފަ އަތާ ތަށި ނުދޮވުން ފަދަ ހުތުރު ކަމެއް
ވިން ވިން
21 May 2025
މެޑަމް މާރިޔާ. ކަމަނާ ގެ އެނިމަލް މިނިސްޓުރީ ގައި ކުރާނެ ޓެކްނިކަލް މަސައްކަތެއް ނޭގިފަ ތިބި 40 ސިޔާސީން ބުޅާ ބަލަހައްޓަން ޓުރެއިން ކޮއްފަ އެބުޅާތަކާ އެބޭޅުން މިތާ ކައިރި ފަޅު ރަށަކަށް ގެންދަވާ. އެބޭޅުން ދައުލަތުގެ ބަޖެޓުން ނަގާ މުސާރަވެސް އޭރަށް ހަލާލު ވީ. ދެން އެބޭޅުންނަށް އެކަމަޑޭޝަން ދީފަ އެރަށުގައި ބައިތިއްބާ ބުޅަަ ބަލަހައްޓަން.