ރަން ފޯ މޯލްޑިވްސްއިން މި އަހަރު ބާއްވަން އިއުލާން ކުރި "ދަ ނިއޯން ރަން 2022" މާދަމާ ރޭ ހުޅުމާލޭ ދެވަނަ ފޭސްގައި ބާއްވަން އިއުލާންކޮށްފި އެވެ.

"ދަ ނިއޯން ރަންގައި ހިލޭ ބައިވެރިވެނެ އެވެ. ރަންގައި ބައިވެރިވުމަށް މާދަމާ ރޭ ފޭސް 2 ގެ ވޯލްޑް ކަޕަށް ހާއްސަކޮށް ހަދައިފައި ބޮޑް ސްކްރީން ސަރަހައްދަށް އައުމަށް ރަން ފޯ ލޯލްޑިވްސްއިން އެދެ އެވެ.

ނިއޯން ތީމް
ނިއޯން ތީމް

ނިއޯން ތީމް އަށް ކުރިޔަށް ގެންދާ މި ދުވުމުގައި ޕާޓީ ތީމް ވެސް ހިމެނޭނެ އެވެ. މަޖާ މާހައުލެއްގައި ފަން ރަން އެއްގޮތަށް ކުރިއަށް ގެންދާ ދުވުމަކީ ފަން އަދި ނައިޓް ރަންއެއްގޮތަށް ރާއްޖޭގައި ބާއްވާ ހަމައެކަނި އިވެންޓެވެ.

ދަ ނިއޯން ރަން ވަނީ ހަތަރު ކެޓަގަރީއަކަށް ހާއްސަ ކޮށްފައި ވެއެވެ. އެއީ ފަސް ކިލޯމީޓަރ، 10 ކިލޯމީޓަރުގެ ކެޓަގަރީ ހިމެނެ އެވެ. މި ރަން އަކީ ކުރިން އޯގަސްޓް މަހު ބާއްވަން ތާވަލު ކުރި ދުވުމެކެވެ. އޭރު ފައިސާ ދައްކައިގެން ބައިވެރިވެވޭގޮތަށް އޮތް ރަންގައި ފައިސާ ދައްކައިގެން ބައިވެރިވި މީހުންގެ މެދުގައި ގުރު ނަގައިގެން ނަސީބު ދިމާވާ ތިން މީހަކަށް ތިން ސައިކަލް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.