ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ދޭއްގެ ޗެމްޕިއަންކަން އޮޅުވެލި ބީޗް އެންޑް ރިސޯޓް ބަލިކޮށް ފިހާޅޮހި ހޯދައިިފި އެވެ.
އިއްޔެ ކުޅުނު ފައިނަލް ފިހާޅޮހިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެ ޓީމު ސެޓުތައް ގެންދިޔައީ 25-19، 25-19، 25-18 އިންނެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފިހާޅޮހި އަށް ކުޅޭ ވޮލީބޯޅަ ގައުމީ ޓީމުގެ ވެސް ކުޅުންތެރިޔާ އަޝްފާގު އާދަމް (އައްކަޅޭ) އެވެ.
ޒޯން ދޭއްގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވިފައިވަނީ ފިހާޅޮހީގެ އައްކަޅޭ، އަހުމަދު ޝިމާއު އަދި އާދަމް ޝިމާއު، އޮޅުވެލި ބީޗުގެ އިލްޔާސް އަބްދުލް ހަކީމް އާއި އަލީ އަބްދުﷲ އަދި ޖުމެއިރާ ވިޓަވެލި އިބްރާހިމް ޝާމިޒް އެވެ.
މި ޒޯންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ފިހާޅޮހީގެ އަހުމަދު މިހާދު އެވެ.