ކުޅިވަރު / ފިފްޕުރޯގެ ވޯލްޑް އިލެވަން

ފީފާ ފިފްޕްރޯ ވޯލްޑް 11: 23 ކުޅުންތެރިންގެ ނޮމިނޭޝަން ލިސްޓުން ސަލާހަށް ޖާގައެއް ނުލިބުނު

ހުފްޑޯޕް، ނެދަލެންޑްސް (ޑިސެމްބަރު 14) - ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހު ނުހިމަނައި، މި އަހަރުގެ ފީފާ ޑްރީމް ޓީމު ނުވަތަ ފީފާ ފިފްޕްރޯ ވޯލްޑް 11 އަށް ނޮމިނޭޓްވި 23 ކުޅުންތެރިން އިއުލާން ކޮށްފި އެވެ.

ނިމިދިޔަ 2020/2021 ސީޒަނުގައި ލިވަޕޫލަށް ކުޅުނު 51 މެޗުން 31 ލަނޑު ޖަހައިފައިވާ ފޯވާޑް، ޑްރީމް ޓީމް ނޮމިނޭޝަން ލިސްޓުގައި ނުހިމެނޭ އިރު، ލިސްޓުގައި ހިމެނިފައި ވަނީ ލިވަޕޫލްގެ ދެ ކުޅުންތެރިންނެވެ. އެއީ ގޯލްކީޕަރު އެލިސަން ބެކާ އާއި ޑިފެންޑަރު ޓްރެންޓް އެލެކްޒެންޑާ އާނޯލްޑެވެ.

ސަލާހަށް ޖާގަ ނުލިބުނުއިރު، މިދިޔަ ސީޒަނުގައި ފޯމު ދަށްކޮށް ދިޔަ ބާސެލޯނާގެ ހަތަރު ކުޅުންތެރިން ވަނީ ހިމަނައިފަ އެވެ. އެއީ، ޖޯޑީ އަލްބާގެ އިތުރުން މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގް އާއި ސާޖިއޯ ބުސްކެޓްސް އަދި މި ސީޒަނުގައި އަލުން އެ ޓީމާ ގުޅުނު ބްރެޒިލްގެ ފުލްބެކް ޑެނީ އަލްވޭސް އެވެ.

އަލްވޭސް މި ސީޒަނުގައި ބާސެލޯނާއާ ގުޅުމުގެ ކުރިން ވަނީ ބްރެޒިލްގެ ސައޮ ޕޯލޯ އަށް ތިން ސީޒަނުގައި ކުޅެފަ އެވެ. އޭނާ ބާސެލޯނާއާ ގުޅުނީ، މި އަހަރުގެ ސައޮ ޕޯލޯ ސްޓޭޓް ލީގު އެ ޓީމަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި އަލްވޭސްގެ ކެޕްޓަން ކަމުގައި ބްރެޒިލްގެ އޮލިމްޕިކް ޓީމުން ވަނީ މި އަހަރު ޖަޕާނުގައި އޮތް އޮލިމްޕިކްސް އިން ރަން މެޑަލް ހޯދައިފަ އެވެ.

ނޮމިނޭޝަން ލިސްޓުގައި ޕީއެސްޖީން ހިމެނުނީ، މި ސީޒަނުގައި އެ ޓީމަށް ބަދަލުވި ލިއޮނެލް މެސީގެ އިތުރުން ކިލިއަން އެމްބާޕޭ އާއި ނޭމާ އަދި ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާ އެވެ. ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ އާއި، މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އާއި ޖޯޖީނިއޯގެ އިތުރުން ދެން ހިމެނެނީ، މިސީޒަނުގައި ޓީމާ ގުޅުނު ފޯވަޑް ރޮމެލޫ ލުކާކޫ އެވެ.

މިއީ ފީފާ ފިފްޕްރޯ ޓީމަށް މެންޑީ އާއި ޖޯޖީނިއޯ ނޮމިނޭޓްވި ފުރަތަމަ ފަހަރެވެ. މި ދެ ކުޅުންތެރިންގެ އިތުރުން މެޗްޗެސްޓާ ސިޓީގެ ރުބެން ޑިއާޒް ވެސް ވަނީ މިއަހަރު މުޅިން އަލަށް ނޮމިނޭޓްވެފަ އެވެ.

ފިފްޕްރޯ އިން މިރޭ ހާމަކުރި 23 ކުޅުންތެރިންގެ ތެރޭގައި، މީގެ ކުރިން ޑްރީމް ޓީމުގައި ހިމެނުނު 12 ކުޅުންތެރިން ވަނީ ހިމެނިފަ އެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރު ޓީމުގައި ހިމެނުނު މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން އެލިސަން އާއި އެލެކްޒެންޑާ އާނޯލްޑް އަދި މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ ވެސް ހިމެނެ އެވެ. މެސީ އާއި ރޮނާލްޑޯ ވަނީ މީގެ ކުރިން 14 އަހަރު، ފީފާ ފިފްޕްރޯ ވޯލްޑް 11 ޓީމުގައި ހިމެނިފަ އެވެ.

މިދިޔަ އަހަރު ޓީމުގައި ހިމެނުނު އަލްފޮންސޯ ޑޭވިސް އާއި ވާޖިލް ވެން ޑައިކާއި ސާޖިއޯ ރާމޯސް އަދި ޖޯޝުއާ ކިމިކާއި ތިއާގޯ އަލްކަންތާރާ އަށް ވެސް މިއަހަރުގެ ނޮމިނޭޝަން ލިސްޓުން ޖާގައެއް ނުލިބެ އެވެ.

މިއީ 17 އަހަރަށް ފަހު ފިފްޕްރޯ ޓީމު ނޮމިނޭޝަން ފައިނަލް ލިސްޓުގައި 23 ކުޅުންތެރިން ހިމެނި ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިންގެ ޖަމިއްޔާ، ފިފްޕްރޯ އިން 55 ކުޅުންތެރިން ޝޯޓްލިސްޓް ކުރެ އެވެ.

2020 ވަނަ އަހަރުގެ ފީފާ ޑްރީމް ޓީމް

އަންނަ މަހު ބާއްވާ ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑް ނައިޓުގައި އިއުލާން ކުރާ ޑްރީމް ޓީމަށް ހޮވާނީ އެންމެ ގިނަ ވޯޓު ލިބޭ ކީޕަރެއްގެ އިތުރުން، ތިން ޑިފެންޑަރުންނާއި، ތިން މިޑްފީލްޑަރުން އަދި ތިން ފޯވަޑުންނެވެ. މި ޓީމުގެ އެންމެ ފަހު ޖާގަ ލިބޭނީ، މި 10 ކުޅުންތެރިންގެ އިތުރުން، ކީޕަރުން ފިޔަވައި ދެން އެންމެ ގިނަ ވޯޓު ހޯދާ ކުޅުންތެރިއަކަށެވެ.

2021 ފީފާ ޑްރީމް ޓީމުގެ 23 ކުޅުންތެރިން:

ގޯލްކީޕަރުން: އެލިސަން ބެކާ (ބްރެޒިލް/ލިވަޕޫލް)، ޖިއަންލުއިޖީ ޑޮނަރޫމާ (އިޓަލީ/އޭސީ މިލާން/ޕީއެސްޖީ)، އެޑުއާޑް މެންޑީ (ސެނެގާލް/ޗެލްސީ)

ޑިފެންޑަރުން: ޑޭވިޑް އަލަބާ (އޮސްޓްރިއާ/ބެޔާން މިއުނިކް/ރެއާލް މެޑްރިޑް)، ޖޯޑީ އަލްބާ (ސްޕެއިން/ބާސެލޯނާ)، ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް (އިންގްލެންޑް/ލިވަޕޫލް)، ޑެނީ އަލްވޭސް (ބްރެޒިލް/ސައޮ ޕޯލޯ/ބާސެލޯނާ)، ލިއޮނާޑޯ ބޮނޫޗީ (އިޓަލީ/ޔުވެންޓަސް)، ރުބެން ޑީއާޒް (ޕޯޗުގަލް/މެންޗެސްޓާ ސިޓީ)

މިޑްފީލްޑަރުން: ސާޖިއޯ ބުސްކެޓްސް (ސްޕެއިން/ބާސެލޯނާ)، ކެވިން ޑިބްރޭނާ (ބެލްޖިއަމް/މެންޗެސްޓާ ސިޓީ)، ބްރޫނޯ ފެނާންޑޭޒް (ޕޯޗުގަލް/މެންޗެސްޓާ ޔުނައިޓެޑް)، ފްރެންކީ ޑި ޔޮންގް (ނެދަލެންޑްސް/ބާސެލޯނާ)، ޖޯޖީނިއޯ (އިޓަލީ/ޗެލްސީ)، އެންގޯލޯ ކާންޓޭ (ފްރާންސް/ޗެލްސީ)

ފޯވާޑުން:ކަރީމް ބެންޒެމާ (ފްރާންސް/ރެއާލް މެޑްރިޑް)، ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް/ޔުވެންޓަސް/މެންޗެސްޓާ ޔުނައިޓެޑް)، އާލިން ބްރައުޓް ހާލަންޑް (ނޯވޭ/ބޮރޫޝިއާ ޑޯޓްމަންޑް)، ރޮބާޓް ލެވަންޑޯސްކީ (ޕޮލެންޑް/ބެޔާން މިއުނިކް)، ރޮމެލޫ ލުކާކޫ (ބެލްޖިއަމް/އިންޓަ މިލާން/ޗެލްސީ)، ކިލިއަން އެމްބާޕޭ (ފްރާންސް/ޕީއެސްޖީ)، ލިއޮނެލް މެސީ (އާޖެންޓީނާ/ބާސެލޯނާ/ޕީއެސްޖީ). ނޭމާ (ބްރެޒިލް/ޕީއެސްޖީ)

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

......

15 December 2021

ސަލާހު >>>>><ނޭމާ

The name is already taken The name is available. Register?

އާރީ

15 December 2021

ސަލާހު މުސްލިމް ކުޅުންތެރިއެއް ވީމަ ތި އޮތީ ގަސްތުގަ ކަޓްވާލައިފަ. އަހަރަމެންނަށް ސަލާހަކީ ހީރޯއެއް.

The name is already taken The name is available. Register?

ތަކުރު2

15 December 2021

މުސްލިމު ކުޅުންތެރިން އެބަތިބި، އެކަމް ސަލާހު ހިމެނެންޖެހޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454