ކުޅިވަރު / ޕީއެސްޖީ

މާސޭ މޮޅުވުމުން ޕީއެސްޖީ އަށް އިންތިޒާރެއް

އެމްބާޕޭ (ކ)، ޕީއެސްޖީ އަށް ލީޑު ނަގައިދިނުމަށް ފަހު ޑި މާރިއާ އާއި ރާމޯސް އާއެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އޯޖާސް، ފްރާންސް (އޭޕްރީލް 21) - ފްރާންސް ލީގުގައި ޕީއެސްޖީން ރޭ ރަށުން ބޭރުގައި އޯޖާސްއާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބުކުރި ނަމަވެސް، ދެވަނައިގައި އޮތް މާސޭ އިން ރޭ ނަންޓްސް ބަލިކުރުމުން ޕީއެސްޖީން ލީގު ހޯދަން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

ކޮންމެ ޓީމަކަށް ވެސް ލީގުގައި ބާކީ ފަސް މެޗު އޮތްއިރު، ޕީއެސްޖީ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް މާސޭ އަށް ވުރެ 15 ޕޮއިންޓް ކުރީގަ އެވެ. ޕީއެސްޖީ އަށް މިހާތަނަށް ލިބިފައި ވަނީ 77 ޕޮއިންޓެވެ. މާސޭ އިން ރޭ ނަންޓްސް ބަލިކުރުމާ އެކު އެޓީމު ވަނީ 62 ޕޮއިންޓް ހޯދައިފަ އެވެ. މިއާ އެކު 10 ވަނަ ފަހަރަށް ލީގު ހޯދަން ޕީއެސްޖީ އަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ.

އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ލިއޮނެލް މެސީ ހިމަނާފައި ނުވާއިރު، ފަސް ރީނދޫ ކާޑު ހަމަވެގެން ނޭމާ ހުރީ މި މެޗަށް ސަސްޕެންޑްވެފަ އެވެ. މީގެ އިތުރުން މިޑްފީލްޑަރު މާކޯ ވެރާޓީ އާއި ޕްރެސްނެލް ކިމްޕެމްބޭ އަށް ވެސް އަނިޔާވެފައި ވާތީވެ މި މެޗަށް ޕީއެސްޖީގެ ސްކޮޑުގައި ހިމަނައިފައެއް ނުވެ އެވެ. ޓީމުގެ އެންމެ ކުރި ބެލެހެއްޓީ ކިލިއަން އެމްބާޕޭ އާއި އެންހެލް ޑި މާރިއާ އެވެ.

ރާމޯސް ޕީއެސްޖީގެ ދެވަނަ ލަނޑު ޖެހުމަށް ފަހު އަޝްރަފް ހަކީމީ އާއެކު.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީގެ ފުރަތަމަ ލަނޑު 28 ވަނަ މިނިޓުގައި އަޝްރަފް ހަކީމީއާ އެކު އުފެއްދި ހަމަލާއެއްގައި ޖެހީ އެމްބާޕޭ އެވެ. އޭނާ ވަނީ ކަނާތް ފަޅިން އަރައި، އޭރިއާ ބޭރުން ވާތުފައިން ޖަހައި ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.

ޕީއެސްޖީގެ ލަނޑަށް ފަހު އޯޖާސް އިން ނަތީޖާ އެއްވަރުކުރުމާ ގާތަށް ދިޔަ އެވެ. އެޓީމުގެ ފްރާންސް ފޯވާޑް މުހައްމަދު އަލީ ޗޯ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާގައި ކީޕަރު ކައިލާ ނަވާސް ބީޓުވި ނަމަވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ފުރަތަމަ ހާފު ނިމެނިކޮށް އެމްބާޕޭ ޝޯޓް ކޯނަރަކުން ޑި މާރިއާ އަށް ޖައްސާލި ބޯޅަ، އޭނާ އޭރިއާ ތެރެއަށް ހުރަސް ކޮށްލުމުން އަރައި، ދެވަނަ ލަނނޑު ޖެހީ ސާޖިއޯ ރާމޯސް އެވެ. އަަދި މެޗުގެ 77 ވަނަ މިނިޓުގައި ޖެހި ތިންވަނަ ލަނޑަކީ ޑި މާރިއާ ހުރަސްކޮށްލިި ބޯޅައަކުން ކެޕްޓަން މާކީނިއޯސް ބޮލުން ޖެހި ލަނޑެކެވެ.

އަމިއްލަ ދަނޑުގައި ރޭ މާސޭ އިން ނަންޓްސް ބަލިކުރީ 3-2 އިންނެވެ. އަންޑްރޭ ގިރޯޓޯ މެޗުގެ 26 ވަނަ މިނިޓުގައި ނަންޓްސް އަށް ލީޑު ނަގައިދީފައި ވަނިކޮށް ޕީއެސްޖީ އަށް އެއްވަރު ކޮށްދިނީ 39 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ޑިމިޓްރީ ޕަޔެޓް އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މާކަސް ކޮކޯ ޖެހި ލަނޑުން ނަންޓްސް އިން އަލުން ލީޑު ނެގި އެވެ.

މާސޭ މޮޅުވި ލަނޑު ޖެހުމަށް ފަހު ހާރިސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފަހު ހާފުގައި މާސޭ އިން ދެވަނަ ފަހަރަށް ވެސް އެއްވަރު ކުރީ ޕަޔެޓްގެ ޕެނަލްޓީއަކުންނެވެ. އަދި 75 ވަނަ މިނިޓުގައި މާސޭ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ އަމީން ހާރިސް އެވެ.

ލީގުގައި މާސޭ ދެން ނުކުންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ރެއިމްސްއާ ދެކޮޅަށެވެ. އަދި ހޯމަ ދުވަހުގެ ރޭ ލެންސްއާ ދެކޮޅަށް ޕީއެސްޖީ ނުުކުންނާނީ އަމިއްލަ ދަނޑުގައި ލީގު ކަށަވަރު ކުރާށެވެ. ޕީއެސްޖީ އާއި މާސޭ ވެސް ވަނީ މިހާތަނަށް ނުވަ ފަހަރު ފްރާންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

އެންމެ ގިނަ ފަހަރު ފްރާންސް ލީގު ކާމިޔާބުކޮށްފައި ވަނީ މީގެ 41 އަހަރު ކުރިން 10 ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައިވާ ސެއިންޓް އެޓިއެނީ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454