ކުޅިވަރު / ދިވެހި ޕްރިމިއަ ލީގު 2023-2024 ގެ ކޮލިފިކޭޝަން

ސެންޓްރަލް ލީގު/ ދެ ވަނަ ޑިވިޝަން: އާލިމްގެ ދެ ވަނަ ހެޓްރިކާ އެކު މޮޅުވެ، ގުރައިދޫ ޗެމްޕިއަންކަން ހޯދައިފި

މެޗަށް ފަހު އާލިމް (20) އާއި ގުރައިދޫ ޓީމުގެ ކުޅުންތެރިން، ސަޕޯޓަރުންނާ އެކު އުފާފާޅުކުރަނީ. އާލިމް ވަނީ ގުޅި އާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ހެޓްރިކް ހަދައިފައި.-- ފޮޓޯ: ގުރައިދޫ ކައުންސިލް

އެފްއޭއެމް ސެންޓްރަލް ލީގު ދެ ވަނަ ޑިވިޝަނުގެ ގުރޫޕް ބީ ގެ އެއް ވަނަ ކ. ގުރައިދޫ ސްޕޯޓްސް ރެކްރިއޭޝަން ކްލަބް ހޯދައިފި އެވެ.

ގުރައިދޫ އިން އެއްވަނަ ޔަގީން ކުރީ ބާކީ އެއް މެޗު އޮއްވައި، އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ގުޅީ ފުޓުބޯޅަ ކުލަބާ ވާދަކޮށް 4-0 އިން މޮޅުވެގެންނެވެ.

މެޗުގެ 33 ވަނަ މިނިޓުގައި އަހުމަދު ޝުއޫން ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ގޯލަށް ފޮނުވާލައިގެން ގުރައިދޫ އަށް މެޗުގައި ލީޑު ނަގައިދިނީ، ފުރަތަމަ މެޗުގައި ވެސް ގުޅީ ކޮޅަށް ހެޓްރިކް ހެދި އާލިމް އަބްދުލް ގައްޔޫމް އެވެ.

ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނިޓުގައި ގުޅީ ޓީމަށް ރަނގަޅަށް ކްލިއާކޮށް ނުލެވުނު ބޯޅައެއްގެ ފައިދާ ނަގައި ލީޑު ފުޅާކޮށްދިން ލަނޑު ވެސް ޖަހައިދިނީ އާލިމް އެވެ. އަދި އޭގެ ހަތް މިނިޓު ފަހުން ޝުއޫން ނަގައިދިން ހިލޭޖެހުމެއް ބޮލުން ޖަހައި އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަހުމަދު ނަބީލް އެވެ.

އާލިމް އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ އިތުރު ވަގުތުގައި، އެއް ފަހަރުން ގުޅީ ޓީމުގެ ޑިފެންޑަރަކާއި ކީޕަރު ކައިރިން ނައްޓާފައި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

މި ނަތީޖާއާ އެކު ގުރައިދޫ ވަނީ ގްރޭޓާ މާލޭ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) ނުހިމެނޭ ހެން ކ. އަތޮޅުގެ ރަށްތަކުން ވާދަކުރާ މި ގުރޫޕުގައި މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ގުޅީ ޓީމަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައި ވާއިރު، މާފުށީ ނިއު ސްޓާ ސްޕޯޓްސް ކްލަބް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

ގުރޫޕުގެ އެއް ވަނަ ޔަގީންކޮށް ގުރައިދޫ އިން އެއް ވަނަ ޑިވިޝަނުގެ ޖާގަ ޔަގީން ކުރި އިރު، ގުޅި އާއި މާފުށީ ނިއު ސްޓާ އަށް ވެސް ގުރޫޕުގެ ދެ ވަނަ ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. ސެންޓްރަލް ޒޯނުގައި ކުޅޭ ފަސް ގުރޫޕުގެ ދެ ވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ތިން ޓީމަކަށް އެއް ވަނަ ޑިވިޝަނުން ޖާގަ ލިބޭނެ އެވެ.

ގުރައިދޫން އެ ޓީމުގެ ފަހު މެޗުގައި ހޯމަ ދުވަހުގެ ހަވީރު ނިއު ސްޓާއާ ދެކޮޅަށް ނުކުންނަ އިރު، ބުދަ ދުވަހު ގުރޫޕުގެ ފަހު މެޗުގައި ބައްދަލުކުރާނީ ގުޅި އަދި ނިއު ސްޓާ އެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެހެހޭ

26 September 2022

މި އާލިމް ނިއު އަށް ގެންނަންފެނޭ

The name is already taken The name is available. Register?

ވިކް ބޯއީ

25 September 2022

ގުރައިދޫ ޓީމޭ ބުނީމަ ހަނދާނަށް އަންނަނީ މުރަނގަ ގަސްދޮށު މާލިމީ ހެދިގެން އުޅޭ ދިވެހި ކޯޗު މަތިން. ތަންކޮޅެއް ކުރިން ވިކްޓަރީއާ ގުރައިދޫ ކުޅުނު މެޗެއްގަ ގުރައިދޫ މޮޅުވީމަ ވިކްޓަރީ ކޯޗު (ދެން އެނގެއެއްނު ނުބުންޏަސް) ލޭ ކެކިގެން ނޫސް ކޮންފަރެންސުގަ ބުނީ ގުރައިދޫ ހިވަނީ ގަޔަށް ހިނި އަރައިގެން އުޅޭ ބައެއް ހެންނޯ. ޖެހިގެން ހަމަ ވިކްޓަރީއާ ކުޅުނު މެޗުގަ ގުރައިދޫ ކުޅުންތެރިން ލަނޑު ޖަހާފަގޮސް ގޯލް ސެލެބްރޭޓް ކޮށްލި ގޮތް އަދިވެސް ހިނި އާދޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454