ކުޅިވަރު / ގޯލްޑަން ފުޓްސަލް މުބާރާތް

ގއ. އަތޮޅުގެ ޗެމްޕިއަން ކަނޑުހުޅުދޫ ޕޮއިންޓެއް ނުލިބި ކަޓައިފި

19 ޖެނުއަރީ 2025 - 10:17

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެންމެ ފަހުން ގއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ކަނޑުހުޅުދޫ ޕޮއިންޓެއް ނުލިބި މިއަހަރުގެ މުބާރާތުން ކަޓައިފި އެވެ.

ރޭ ކުޅުނު ގުރޫޕް އޭގެ ފަހު މެޗުގައި އެޓީމު ވަނީ މައުފޫޒް އާބަމްގެ ގޯލުން ނިލަންދޫ އަތުން 1-0 އިން ބަލިވެފަ އެވެ. މިއާ އެކު ހަ ޕޮއިންޓް ހޯދައިގެން ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ނިލަންދޫ ވަނީ އަތޮޅު ސެމީ އިން ޖާގަ ހޯދައިފަ އެވެ. މި ގުރޫޕްގެ އެއްވަނަ ހޯދީ 2-1 އިން ގެމަނަފުށި ބަލިކުރި ދާންދޫ އެވެ.

މި އަތޮޅުގެ ގުރޫޕް ބީގެ އެއް ވަނަ ހޯދީ މާމެންދުއާ 3-3 އިން އެއްވަރު ކޮށްގެން ހަތް ޕޮއިންޓް ހޯދި ދާންދޫ އެވެ. ވިލިނގިލި ވަނީ 4-3 އިން ކޮލަމާފުށި ބަލިކޮށް ހަ ޕޮއިންޓާ އެކު ދެވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފަ އެވެ.

ރ. އަތޮޅު ސެމީގެ ފަހު ޖާގަތައް މަޑުއްވަރި އާއި ދުވާފަރަށް

ރ. އަތޮޅުގެ ގުރޫޕް އޭގައި ރޭ ރަސްގެތީމާ އެއްވަރު ކޮށްލައިގެން މަޑުއްވަރި ވަނީ ގުރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ހޯދައިފަ އެވެ. މި މެޗު އެއްވަރުނީ 0-0 އިންނެވެ. މި ގުރޫޕްގެ އެއް ވަނަ ހޯދީ ހަތަރު ޕޮއިންޓް ހޯދި އަލިފުއްޓެވެ.

ގުރޫޕް ބީގެ އެއް ވަނަ ހޯދީ ދެ މެޗު ވެސް ކާމިޔާބުކުރި އިނގުރައިދޫ އެވެ. ދުވާފަރު ވަނީ 7-1 އިން ރޭ މީދޫ ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ އިން ފުރުސަތު ހޯދައިފަ އވެެ.

ލ. އަތޮޅު: ގަމާއި އިސްދޫ ސެމީއަށް

މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ގަން ވަނީ 2-0 އިން މާބައިދޫ ބަލިކޮށް ދެވަނަ މެޗު ވެސް ކާމިޔާބުކޮށްގެން ލ. އަތޮޅުގެ ގުރޫޕް އޭގެ އެއް ވަނައިގައި ސެމީގެ ޖާގަ ހޯދައިފަ އެވެ. މާބައިދޫ އާއި މި ގުރޫޕްގައި ހިމެނޭ މާވަށަށް ވެސް އަދި ޕޮއިންޓެއް ނުލިބެ އެވެ. ގުރޫޕްގެ ފަހު މެޗުގައި މި ދެ ޓީމު ބައްދަލުކުރާނެ އެވެ.

ގުރޫޕް ބީގެ އިސްދޫ ވަނީ ރޭ 5-1 އިން ކަލައިދޫ ބަލިކޮށް ސެމީގެ ޖާގައެއް ޔަގީން ކޮށްފަ އެވެ. ކަލައިދޫ ގުރޫޕް ސްޓޭޖުގެ ދެ މެޗު ވެސް ނިމިފައި ވާއިރު އެޓީމަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. މި ގުރޫޕްގައި ހިމެނޭ މުންޑޫ އަށް ވެސް ޕޮއިންޓެއް ލިބިފައިވެ އެވެ. ގޯލުގެ ތަފާތުން ގްރޫޕް ތާވަލްގެ ކުރީގައި މިވަގުތު އޮތީ މުންޑޫ އެވެ. މުންޑޫ މުބާރާތުން ކަޓާނީ ފަހު މެޗުގައި އިސްދޫ އަތުން ފަސް ގޯލުގެ ތަފާތަކުން ބަލިވެއްޖެ ނަމަ އެވެ.

ތ. އަތޮޅު: ހިރިލަންދޫގެ ފަހު މެޗު ވެސް ކާމިޔާބު، ތިމަރަފުށި ވެސް ސެމީއަށް

ތ. އަތޮޅުގެ ގުރޫޕް ބީގައި ހިމެނޭ ހިރިލަންދޫ ވަނީ 4-2 އިން ކަނޑޫދޫ ބަލިކޮށް އެއް ވަނަ ހޯދައިފަ އެވެ. ގުރޫޕްގެ ދެ ވަނައިގައި މިވަގުތު އޮތީ ހަ ޕޮއިންޓް ހޯދާފައިވާ ބުރުނީ އެވެ. ތިން ވަނައިގައި އޮތް ވޭމަންޑޫ އާއި ހަތަރު ވަނައިގައި އޮތް ގާދިއްފުއްޓަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ވޭމަންޑޫ ވަނީ އިއްޔެ މުހައްމަދު މައުމޫން ހުސެއިންގެ ދެ ގޯލުތަކުން 2-0 އިން ގާދިއްފުށީ ބަލިކޮށްފަ އެވެ.

ތިމަރަފުށި ސެމީ އަށް ދަތުރުކުރީ ތިން ވަނަ މެޗު ވެސް ކާމިޔާބުކޮށްގެން ނުވަ ޕޮއިންޓް ހަމަކޮށްގެން ގުރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ތިމަރަފުށި އިއްޔެ މޮޅުވީ ވިލުފުއްޓާ ވާދަކޮށް 6-0 އިންނެވެ. ވިލުފުށީގެ ގުރޫޕް ސްޓޭޖުގެ ހަތަރު މެޗު ވެސް ނިމިފައި ވާއިރު، އެ ޓީމު މިވަގުތު އޮތީ ހަ ޕޮއިންޓާ އެކު ގުރޫޕްގެ ދެވަނައިގަ އެވެ.

ގުރޫޕްގެ ތިން ވަނައިގައި އޮތް އޮމަދޫ އާއި ހަތަރު ވަނައިގައި އޮތް ކިނބިދޫ އަށް ވެސް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. އޮމަދޫ ވަނީ އިއްޔެ 6-1 އިން ދިޔަމިގިލި ބަލިކޮށްފަ އެވެ. އޮމަދޫގެ މުހައްމަދު ނަޝްވާން ވަނީ މި މެޗުގައި ހަތަރު ގޯލު ޖަހައިފަ އެވެ. ދިޔަމިގިލި ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. އޮމަދޫ އާއި ކިނބިދޫ އަށް ވެސް ގުރޫޕްގެ ދެވަނަ ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ކ. އަތޮޅުގެ މެޗުތަކެވެ. މިރޭ ކުޅޭނީ އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން ޅ. އަތޮޅާއި ވ. އަތޮޅުގެ މެޗުތަކެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454