ތިމްޕޫއާ ބައްދަލުކުރުމުގެ ކުރިން ޓީރެކްސް ބީސީ.-- ފޮޓޯ: އިންޑިއާ ބާސްކެޓްބޯލް
03 އެޕްރީލް 2025 - 14:01
މިއަހަރު އަލަށް ފެށި ސާބާ ކްލަބް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޗެމްޕިއަން ޓީރެކްސް ފުރަތަމަ މެޗުގައި ބޫޓާންގެ ތިމްޕޫ މެޖިކްސް ބަލިކޮށްފި އެވެ.
އިންޑިއާގެ ނިއު ދިއްލީގެ ޖަވާހަރުލާލް ނެހްރޫ އިންޑޯ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ތިމްޕޫ މެޖިކްސްއާ ވާދަކޮށް ޓީރެކްސް މޮޅުވީ 71-47 ޕޮއިންޓުންނެވެ.
މި މެޗުގައި ޓީރެކްސް އަށް އެންމެ ގިނަ ޕޮއިންޓް ސްކޯ ކޮށްދިނީ އިންޑިއާ ކުޅުންތެރިޔާ ގޯރަވް ޗަންދޭލް އެވެ. އޭނާ ވަނީ 26 ޕޮއިންޓް ހޯދައިދީފަ އެވެ. މީގެ އިރުން އޭނާ ވަނީ މެޗުގައި އަށް ރީބައުންޑް ނަގައި އަށް ސްޓީލް ކޮށްފަ އެވެ.
ޓީރެކްސް އާއި ތިމްޕޫ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އިންޑިއާ ބާސްކެޓްބޯލް
މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ވާދަކުރީ ސްރީލަންކާގެ ކޮލޮމްބޯޯ ބީސީ އާއި ނޭޕާލްގެ ޓައިމްސް ބީސީ އެވެ. މި މެޗު 71-66 ޕޮއިންޓުން ކާމިޔާބު ކުރީ ކޮލޮމްބޯ ބީސީ އެވެ.
ރައުންޑް ރޮބިން އުސޫލުން ފަސް ޓީމު ކުޅޭ މި މުބާރާތުގައި ޓީރެކްސް ގެ ދެ ވަނަ މެޗުގައި މިއަދު ކޮލޮމްބޯ ބީސީއާ ދެކޮޅަށް ނުކުންނާނެ އެވެ.
މިއަދު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ތިމްޕޫ މެޖިކްސް އާއި އިންޑިއާގެ ޓެމިލް ނާޑޫ އެވެ.
ރައުންޑް ރޮބިން ބުރުގެ ކުޅުމަށް ފަހު، ތާވަލްގެ އެއް ވަނަ ހޯދާ ޓީމެއް، އަންނަ މަހު އޮންނަ ފީބާ ވެސްޓް އޭޝިއާ ސުޕަ ލީގް ފައިނަލް 8 އަށް ކޮލިފައި ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙޭލާމެން
04 April 2025
ޢަދިވެސް ސުޕުން ބާސްކެޓް ފުނޑާލި (އިފްޔޫ ކާންޓް ގޯ ބަޓް ޔޫގޯ) ލޮލޮ
ބަހަބަރު
03 April 2025
މުބާރާތުގެ ފެށުން ވަރުގަދަ... ނިމުން ކިހިނެއްވާނެބާ؟
ބަދޫ
03 April 2025
ބަދުނަސީބް
ޒުވާނުން 18
03 April 2025
ޓީރެކްސްގެ ބިދޭސީ ކުޅުން ތެރިން ފިޔަވާ ދެންތިބީ ގައުމީބާސްކެޓް ޓީމްގެ ކުޅުން ތެރިން ހުރިހާ މެޗަކުން މޮޅުވެވެން ޖެހޭނެ ، އެހެންނޫނީ ކަޑަ
ބެލެނިވެރިން
03 April 2025
އަހަ ސުޕުންބައްޕަ ޓީރެކްސް ގެ ބަލަދުވެރިޔާ ނުލާނުވަނީ ތޯ ، ފަޒްލީގެ އިންޓަރނޭސަނަލް ތަޖްރިބާ ނެތްކަން ތިޔަ އިނގެނީ
ދުރުމި
03 April 2025
މި ސަރަހައްދުގައި ވެސް އޮތް އެންމެ ވަސީލަތްތަށް މަދު ކުރިވަޅުގައި ވެސް އެންމެ ފިލުގައި އޮތް ބޫޓާން އަތުން މޮޅުވެވުނީމަ ތި ލިބުނީ ވަރަށް ވަރުގަދަ ފެށުމެއް . ނޫސްވެރިން ވެސް ރާއްޖޭގެ ކުޅިވަރު ހަބަރުތަށް ލިޔާ އިރު ހަޤީގަތަށް ލިޔަން ވެއްޖެ. ޓީޓީ ފިޔަވައި އެހެން ކުޅިވަރު ތަކުގައި ރާއްޖެ މިހާރު އޮތީ ސާކު ޤައުމުތަކުގެ ހަވަނަ ނޫނީ ފަސް ވަނައިގަ