21 އޮކްޓޯބަރ 2025 - 10:56
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ކުޅޭ ސައޫދީ އަރަބިއްޔާގެ އައް ނަސްރު އިން އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗަކަށް ރާއްޖޭގެ ބިއޯންޑް އެއާލައިނުގައި ރޭ އިންޑިއާ އަށް ދަތުރުކޮށްފި އެވެ.
މިއީ ޗެމްޕިއަންސް ލީގު ޓޫގެ ގްރޫޕް ޑީ ގައި އިންޑިއާގެ ގޯއާއާ ދެކޮޅަށް މާގައޫގެ ޖަވާހަރްލާލް ނެހެހޫ ސްޓޭޑިއަމުގައި މާދަމާ ހަވީރު ކުޅޭ މެޗެކެވެ.
އައް ނަސްރު ޓީމު ގޮވައިގެން ދަތުރުކުރި ފްލައިޓުގެ ނުވަ ކްރޫ މެމްބަރުންގެ ތެރެއިން ހަތް ކްރޫއިންނަކީ ދިވެހިންނެވެ. އެއީ ޕައިލެޓާއި ކޯ ޕައިލެޓާއި ހެޑް އޮފް އިންޖިނިއަރިންގެ އިތުރުން ހަތަރު ކެބިން ކްރޫއިންނެވެ.
އައް ނަސްރުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ރޮނާލްޑޯ މި މެޗުގައި ބައިވެރިއެއް ނުވެ އެވެ. އުމުރުން 40 އަހަރުގެ ކުޅުންތެރިޔާ އަށް، ސައޫދީން ބޭރުގައި ނަސްރު ކުޅޭ މެޗުތަކުގެ ތެރެއިން ބައެއް މެޗުތައް ނުކުޅެ ދޫކޮށްލުމުގެ އިހުތިޔާރު ލިބެ އެވެ.
ނަސްރުގެ ކޯޗު ޖޯޖް ޖީސަސް ބޯޓަށް އަރަނީ.
އެކަމަކު އައް ނަސްރުގައި ހިމެނޭ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ކަމަށްވާ ސެނެގާލުގެ ސަޑިއޯ މާނޭ އާއި ކްރޮއޭޝިއާގެ މާސެލޯ ބްރޮޒޮވިޗާއި ފްރާންސްގެ ކިންސްލީ ކޯމަން އާއި ސްޕެއިނުގެ އިނިގޯ މާޓިނޭޒް އާއި ޕޯޗުގަލްގެ ޔޮއާ ފެލިކްސް ފެލިކްސް ޓީމާ އެކު ބިއޯންޑުގައި އިންޑިއާ އަށް ދިޔަ އެވެ.
ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ހިއްސާވާ ޖޮއިން ވެންޗާއަކުން ހިންގާ ބިއޯންޑަކީ ދުނިޔޭގެ ފުރަތަމަ ޕްރީމިއަމް ލެޝާ އެއާލައިނެކެވެ. ހުރިހާ ސީޓެއް ވެސް ބިޒްނަސް ކްލާސް ފެންވަރުގައި ހުންނަ މި އެއާލައިނުން ޝެޑިއުލް ދަތުރުކުރަނީ ރާއްޖެ އާއި ދުބާއީ، ޒިއުރިކް، ރިޔާދް، މިލާން، އަދި މިއުނިކާ ދެމެދު އެވެ. އޭގެ ބޭރުން ވެސް ވަރަށް ގިނަ ޗާޓަރު ދަތުރުކުރެ އެވެ.
އެގޮތުން މިދިޔަ އިންޓަނޭޝަނަލް ބްރޭކުގެ ތެރޭގައި އިޓަލީގެ އިންޓަ މިލާނާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން ލީބިޔާގައި ކުޅުނު އެކުވެރިކަމުގެ މެޗަށް، އިންޓަ އިން އުދުހުނީ މި އެއާލައިންގަ އެވެ. ޓްރިޕޮލީ އިން އެނބުރި މިލާނަށް އިންޓަ ޓީމު ދިޔައީ ވެސް ބިއޯންޑުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާމިލު1
22 October 2025
ނަންވާނީ ކަންމަތީ ފިހާރަ ބަނގާޅު މިހާ ހިންގާ ވާހަކަ …. ދިވެހި މީހާ ނަމުގަ ބޭރުމީހާ ނަގާ ބައިވަރު މިކަހަލަ. ބަނޑޮސް، އެހެނިހެން ބައިވަރު… ހުރިހާ ފައިދާއަކާ މޮޅެއް ބޭރު މީހުން،
ހައު
21 October 2025
ހައު އިޓް ކަމް "ރާއްޖޭގެ އެއާރލައިން" ރާއްޖޭގެ ކުން ފުންޏަކުން އެސޯސިއޭޓް ވެއްޖެނަމަ، އެޖެންޓްކަން ކޮއްފިނަމަ ނުވަތަ އެހެންވެސް ދަޢުރެއް އަދާކޮއްފިނަމަ ރާއްޖޭގެ އެއަރލައިނަކަށް ވާގޮތެއް އޮވޭތަ!
މުރާސިލް
22 October 2025
ބިޔޯންޑް އެއާލައިން ރެޖިސްޓަރ ކޮށްފައި އޮންނަނީ ރާއްޖޭގެ އެއާލައިނެއްގެ ގޮތުަގައެވެ. ވާނުވާގައި ހުރެގެން ކޮމެންޓް ކުރީމައި ލިޔެވޭނީ ތިޔަ ކަހަލަ ކޮހެކެވެ.
އުފާ
21 October 2025
ނަލަ ކަމެއް އެކަމު ތިޔައް ވުރެ ޑިލޭވާ ފްލައިޓެއް މަގޭ ނުދެކެން މޯލްޑޟވިއަން ނުވޭ އެކައްޗަކައްވެސް ޑިލޭވާވަރުން
1181
21 October 2025
"ނަސްރުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ރޮނާލްޑޯ މި މެޗުގައި ބައިވެރިއެއް ނުވެ އެވެ." ވަރަށް ދެރަ.
އޮނަރަބްލް އަފީފު ދީދީ
21 October 2025
1181 އަށް: ނޫން. ބިޔޯންޑް އަކީ އައްޑޫ ކުންފުންޏަކަށް ވާތީ އެއްނޫން ދެކުނު ނުވަތަ އުތުރު ސަރަޙައްދުގައި އެހެން ބަޔަކަށް 20 އަހަރުތެރޭގައި ސީޕްލޭން އޮޕަރޭޓް ކުރަން ހުއްދަ ނުދޭ ގޮތަށް އެއްބަޔަކަށް ހުއްދަދޭން ބުނީ. އަނެއްކާ ރާއްޖޭގައި ފްލައިޓް އޮޕަރޭޓް ކުރާ މޯލްޑިވިއަން، ވިލާ، މަންޓާ އިން މިހާރުވެސް ކ.މާލެ ހިމެނޭ މެދުރާއްޖެ ތެރޭގައި އެކުންފުނިތަކުގެ ސީޕްލޭން ދަތުރު ކުރާތީ އަދި އިތުރު ބިދޭސި ބަޔަކު ގެނައުން ރަނގަޅު ނުވާނެތީ އެހެން ބުނީ އިގޭތޯ.
އޮނަރަބްލް އަފީފު ދީދީ
21 October 2025
ސަރުކާރުން ޖެހޭ ސިމްޑީ ޤުރޫޕްގެ މެޖޯރިޓީ ޙިއްސާއޮތް ކުންފުނި Beond އާއި ވާހަކަ ދައްކައިގެން ރާއްޖޭގައި އުތުރާއި ދެކުނުގަައި ސީޕްލޭން އޮޕަރޭޓް ކުރާން އެކުންފުނިން ޝައުޤުވެރިކަން ހުރިތޯ ބަލާފައި ރާއްޖޭގެ އުތުރު (ތިލަދުންމަތިން ފާދިއްޕޮޅަށް) ޒޯނުގައި ނުވަތަ ރާއްޖޭގެ ދެކުނު (ކޮޅުމަޑުލުން އައްޑުއަށް) ޒޯނުގައި ސީޕްލޭން އޮޕަރޭޓް ކުރަން ކޮންމެވެސް 1 ޒޯނަކަށް 20 އަހަރުދުވަހަށް ޙާއްސަ ހުއްދައެއް (އެހެން ފަރާތަކަށް ހުއްދަ ނުދޭގޮތަށް) ދީގެން މިކަން ކުރުވަން.
ބަޑްސް
21 October 2025
އައްޑޫ މީހެއްގެ ވިޔަފާރިއެއްވީމަ ދޯ އަފީފްދިޔޭ ތިހާ ޖެނެރަސް ތިވީ!
އޮނަރަބްލް އަފީފު ދީދީ
21 October 2025
ނަސްރު ޓީމު ގޮވައިގެން ދަތުރުކުރި ފްލައިޓުގެ ނުވަ ކްރޫ މެމްބަރުންގެ ތެރެއިން ހަތް ކްރޫއިންނަކީ ދިވެހިން، އެއީ ޕައިލެޓާއި ކޯ ޕައިލެޓާއި ހެޑް އޮފް އިންޖިނިއަރިންގެ އިތުރުން ހަތަރު ކެބިން ކްރޫން. (ނުވަ މީހުންގެ ތެރެއިން 7 މީހުން) އެކަމަކު މާލޭ އެއަރޕޯޓް ފެންނަ ހިސާބުގައި އޮންނަ ރިސޯޓް ތަކަށް ގެސްޓުން އުފުލަން ދުއްވާ ކަނޑަށް ޖައްސާ ބޯޓް އޮޕަރޭޓް ކުރާ ކުންފުނީގައި ގިނައީ ބިދޭސި މުވައްޒިފުން. ސަރުކާރަށް މިކަން ނޭގެނީތޯ؟! ނުވަތަ ދަށުވެފައި ތިބީތޯ؟