އަޒްނީން އޭނާގެ މަންމަ އުރާލައިގެން އަދި ކައިރީގައި ބައްޕަ. -- ފޮޓޯ: ސިޑިބަރި
09 ނޮވެމްބަރ 2025 - 13:31
މިސްޓަ މޯލްޑިވްސްގެ މަގާމް ހާސިލްކުރަން އޭނާ މަސައްކަތްކުރާތާ ނުވަ އަހަރުވީ އެވެ. ވަރަށް ގިނަ ވަގުތާއި، ފައިސާ އަދި، ހަކަތަ އެކަމަށް ހޭދަކުރި އެވެ. އެންމެ ފަހުން އޭނާގެ ހުވަފެން ރޭ ހަގީގަތަކަށްވީ އެވެ. އެކަމުގެ އުފަލުގައި އެންމެ ބޮޑަށް ބައިވެރިކުރީ މަންމަ އާއި ބައްޕަ އެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާ އަށް އެންމެ ބޮޑަށް ސަޕޯޓެއް ދިނީ އެ ދެ މީހުންނެވެ.
ޕޮލިހުގައި ވަޒީފާއަދާކުރާ އަޒްނީން ރަޝާދު، މިސްޓަ މޯލްޑިވްސްގެ އޯވަރޯލް ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ވަނީ ބޮޑީބިލްޑިން އޯޕަން ކެޓަގަރީން ވެސް އެއް ވަނަ ހޯދައިފަ އެވެ. މިސްޓަ މޯލްޑިވްސްގެ ޓްރޮފީ އޭނާއާ ރޭ ހަވާލުކޮށްދެއްވީ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.
އަޒްނީން ވަނީ މި މުބާރާތުގެ ސްޕޯޓްސް ފިޒީކް ކެޓަގަރީގެ ޗެމްޕިއަންކަން މީގެ ކުރިން ފަސް ފަހަރު ހޯދައިފަ އެވެ. އަޒްނީން ބުނީ، ފަހުން އައިސް އެ ކެޓަގަރީގައި އޭނާއާ ޗެލެންޖްކޮށްލާނެ މީހަކު ނުހުންނަ ކަމަށެވެ. އެހެންވެ ހަށިގަނޑު ރީތިވެ، މަސްތައް ވަރުގަދަވެފައިވާތީއާ އެކު، މިސްޓަ މޯލްޑިވްސްގެ އުއްމީދު ހާސިލްކުރަން މި ފަހަރު ބޮޑީބިލްޑިން އޯޕަން ކެޓަގަރީގައި ވާދަކުރަން ނިންމީ އެވެ.
"ވަރަށް އުފާވެފައި މިހިރީ،" ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުން ވިވިދިގެން ތިން އަހަރު ރަން މެޑަލް ހޯދާފައިވާ އަޒްނީން ބުންޏެވެ.
"މިއީ ވަރަށް ގިނަ ދުވަހުގެ ސެކްރިފައިސް."
އަޒްނީން (ކ) އަށް މާލޭ ސިޓީގެ މޭޔަރު އާޒިމް މެޑަލް ދެއްވަނީ. -- ފޮޓޯ: ބޮޑީބިލްޑިން އެސޯސިއޭޝަން
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ވެސް ހޯދާފައިފާ އަޒްނީން ބުނީ މިކަމުގައި އޭނާ އަށް އަބަދުވެސް އެންމެ ބޮޑު ހިތްވަރަކާއި، އެހީތެރިކަމެއް ދިނީ މަންމަ އާއި ބައްޕަ ކަމަށެވެ.
ރޭ ޓްރޮފީ ލިބުމާ އެކު އަޒްނީން ވަނީ މަންމަ އާއި ބައްޕަ ސްޓޭޖަށް އަރުވައިފަ އެވެ. އަދި މަންމަގެ އަތަށް ޓްރޮފީ ދިނުމަށް ފަހު، އޭނާ މަންމަ އުރާލީ އެވެ. އެ ފޮޓޯ އަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ. "އެއް ދުވަހު މަންމަ ގާތު ވައުދުވިން މިސްޓަ މޯލްޑިވްސްގެ މަގާމް ހާސިލްކުރާނެ ކަމަށް. އެކަން ކާމިޔާބުވުމުން ބޭނުންވީ މަންމަ އަތަށް ޓްރޮފީ ދޭން،" އޭނާ ބުންޏެވެ.
އަޒްނީންގެ ދެން އޮތް ޗެލެންޖަކީ އިންޑޮނީޝިއާގައި އޮންނަ ވޯލްޑް ޗެމްޕިއަންޝިޕެވެ. މާދަމާ އެ މުބާރާތަށް ފުރާއިރު އަޒްނީންގެ އަމާޒަކީ، މީގެ ކުރިން ތިން އަހަރު އެ މުބާރާތުގެ ސްޕޯޓްސް ފިޒީކް ކެޓަގަރީން ހޯދި ފަދަ ކާމިޔާބެއް ހޯދުމެވެ. މި އަހަރު ވާދަކުރާނެ ކެޓަގަރީ ނިންމާނީ އިންޑޮނީޝިއާ އަށް ގޮހެވެ.
މި އަހަރުގެ މިސްޓަ މޯލްޑިވްސްގައި ޕޮލިސް ކްލަބް ތަމްސީލްކުރި އަޒްނީން މުބާރާތުގެ އޯޕަން ކެޓަގަރީން އެއް ވަނަ ހޯދީ ފިޓްކޮންގެ އިސްމާއީލް ޝުއާއު އަބްދުﷲ އާއި، ޖިމްނޭސިއާގެ ހުސެއިން ރިޔާޒުއާ ވާދަކޮށްގެންނެވެ.
އެހެން ކެޓަގަރީތަކަށް ބަލާއިރު، ސްޕޯޓްސް ފިޒީކްގެ ޗެމްޕިއަންކަން އަކީ ދިވެހި ސިފައިންގެ ކްލަބުގެ އަހުމަދު ނައީމެވެ. އެތުލެޓިކްސް ފިޒީކް އޯވަރޯލް ޗެމްޕިއަނަކީ އެކްސްޓްރީމްގެ އަލީ މަބްރޫކް ލަތީފެވެ. ޓީމު ޗެމްޕިއަންއަކީ، އެކްސްޓްރީމް ފިޓްނަސް އެވެ. ދެ ވަނަ ހޯދީ، ސިފައިންގެ ކްލަބެވެ. އަދި ތިން ވަނަ އަކީ ޕޮލިސް ކްލަބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢެހުވާ
09 November 2025
ތިމީހާ އަނެއްކާ ހުވާ ކުރިތަ؟ ދެއްކުންތެރިކަމުގެ މެޑަލް އަރުވާ ދެން ކޮޑު މައްޗަށް
ދިޔެ
09 November 2025
މަގޭ ކާރިއަށް އަންނަނީ ޒާތެއްގެ ހިންނެއް…ޕޮލިހެކޯ
އަލީ
09 November 2025
ސައުތު އޭޝިއާގެ ބޮޑީކުރާމީހުން ވަރަށް ހަޑި.ބޮޑީކުރުމުން ރީތިވެފަ ހުރީ ބޮޑީބިލްޑިންގެ ލެޖެންޑުން ކަމަށްވާ ރޮނީ ކޯލްމަން އަދި ޖޭ ކަޓްލާމެން ކަހަލަ މީހަކު.
ކިމް
09 November 2025
ބައްޕަ އެހެރީ ސޭޑްވެފަ
ގުލާމް
09 November 2025
ކޮން ލާރިއެއް ހޭދަކުރަނީ….އަތުންފައިން މަސައްކަތެއް ނުކޮއް އުޅޭ ޕޮލިސް ވަޒީފާއިން ލިބޭ ބޮޑު މުސާރައިގެ އިތުރުން ހުރިހާ ވަގުތަކު ޕޮލިހުގެ ހަރަދުގަ ޖިމްގަ…ކަނީ ޕޮލިސް ހަރަދުގަ….
އަޅި އަލީ
09 November 2025
ހާދަ ހިތުގަ ޖެހެއޭދޯ!
ރާއްޖެ
09 November 2025
ބިއުޓިފުލް
ގްރޯއަޕް
09 November 2025
ދެން ތި ލިބިގެން ކޮންކަމެއް ވަނީ ؟ ތި އެވޯޑް ގެ ނަންވެސް ބަދަލުކުރަންޖެހޭ. ދެތިން ފިރިހެނުން ވެގެން ޖަޖުކޮށް މިސްޓަރ މޯލްޑިވްސް އޭ ކިޔާފައި އެވޯޑެއް ދެވިގެން ނުވާނެ. ރީތިކަމެއް، އުޅުމެއް، އަޙްލާޤެއް ވެސް ނެތް ބަޔަކަށް މިސްޓަރ މޯލްޑިވްސް ލަޤަބް ނޭރުވޭނެ އަދި ރައްޔިތުންގެ ބަހެއް ނެތި ވެސް ކުރެވިގެން ނުވާނެ.
އަޅި އަލި
09 November 2025
ރައްޔިތުންނަށް އޯކޭ ވާނެ އާސަންދަދީފަ ރަނގަޅަށް ދުފަން ލިބެންޔާ!
މުލޭ
09 November 2025
އަނެއް އަތުން ބައްޕަ ވެސް އުރާލިނަމަދޯ. މިހާރު ބައްޕަ ކިހާ ދެރަވާނެ. ބައްޕައަަށް އެހެން ހަދާކަށް ނުވާނެދޯ.
ޙިބާ
09 November 2025
މަންމަގެ ވާހަކަ 3 ފަހަރު އައިސްފަ ބައްޕަ އަންނަނީދޯ
މެންދުރޭ
09 November 2025
ހިބާ....ކޮންތާކު އޮތް ވާހަކައެއް؟
ވެވަ
09 November 2025
ނޭނގެންޏާ އަހާލަމާ