އެންމެ ފަހުގެ ޗެމްޕިއަން އިޔަން އަހުމަދު ބަލިކޮށް ނޫހް މުހައްމަދު ދުނެއިމް އިރުޝާދު، މި އަހަރުގެ ބުރުނު ޝިކާރު ބޮޑީބޯޑިން މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ ބޮޑީބޯޑިން ލީގުގައި ނޫހް ޖޫނިއާ ކެޓަގަރީގެ އިވެންޓެއްގެ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ ތިން މުބާރާތުގެ ވެސް ސެމީ ފައިނަލަށް ނޫހް ވަނީ ދަތުރުކޮށްފަ އެވެ.

މުބާރާތުގެ މެންސް އޯޕަން ބައިގެ ކުއާޓާ ފައިނަލްގައި ނޫހް އާއި އިޔަން ބައްދަލުކޮށް ކުރި ހޯދީ އިޔަން އެވެ. ނަމަވެސް މިއަދު ބޭއްވި ފައިނަލްގައި ނޫހް ޗެމްޕިއަންކަން ހޯދީ ޖުމްލަ 12.16 ޕޮއިންޓް ހޯދައިގެންނެވެ. އިޔަން އަށް ހޯދުނީ ޖުމްލަ 6.70 ޕޮއިންޓެވެ.

މީ ފައިނަލް ހީޓުގައި ނޫހް ވަނީ ދާއިން އަބްދުލް ފައްތާހާ ވާދަކޮށް 9.84 ޕޮއިންޓް ހޯދައިފަ އެވެ. މިދިޔަ އަހަރުގެ ޖޫނިއާ ލީގު ޗެމްޕިއަން އިޔަން، މި މުބާރާތުގެ ފައިނަލަށް ދިޔައީ އަހުމަދު ޖިވާއު ޖިހާދާ ވާދަކޮށް 15.33 ޕޮއިންޓް ހޯދައިގެންނެވެ.

ހީޓެއްގައި ތިން ބޮޑީބޯޑަރުން ވާދަކުރި ތިންވަނަ ބުރުގެ ފުރަތަމަ ހީޓުގައި ނޫހް ވަނީ އިޔަން އާއި ޚަލީފް ރައްސާމާ ވާދަކޮށް ހީތްގެ އެއްވަނަ ހޯދައިފަ އެވެ.

ޚަލީފް، ތިންވަނަ ބުރުން ޖާގަ ހޯދީ ދެވަނަ ބުރުގެ ޔޫސުފް އަތޯ އަލީ އާއި ޔަހްޔާ އަތޯ އަލީއާ ވާދަކޮށް ހީޓް ކާމިޔާބު ކޮށްފަ އެވެ.

ބުރުނު ޝިކާރުގައި ދެން އޮތީ ޑްރޮޕް ނީ އަދި އަންހެން ޖޫނިއާ ޑިވިޝަނެވެ. 

މިއީ ބޮޑީބޯޑިން ލީގުގައި އަންހެން ޖޫނިއާ ބޮޑީބޯޑަރުން ވާދަކުރާ ފުރަތަމަ ފަހަރެވެ. މި ބައިގައި 10 އަންހެން ޖޫނިއާ ބޮޑީބޯޑަރުން ބައިވެރި ވެފައިވެ އެވެ.