ކުޅިވަރު

އެވަރެސްޓް ފަރުބަދަ އަށް އަރަން ދިވެހިންތަކެއް ނުކުންނަނީ

ދިއެކްސްޕްލޯރާ އިން 2017 ވަނަ އަހަރު ލޮބޫޗޭ އީސްޓަށް ކުރި ޓްރެކުގެ ބައިވެރިން ނޭޕާލުގެ ބައެއް ގައިޑުންނާ އެކު.

ދުނިޔޭގެ އެންމެ އުސް ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ ހިމާލިޔާ ރޭންޖުގެ ލޮބޫޗޭ އީސްޓަށް 2017 ވަނަ އަހަރު އަރައި އެންމެ އުހަށް އެރި ދިވެހިންގެ ޝަރަފް ހޯދި ދިއެކްސްޕްލޯރާ ޓީމުން މުޅި ގައުމު ފަހުރުވެރިވާނެ ފަދަ ޝަރަފެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ؛ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓަށް މަސައްކަތެވެ. މިއީ މުޅި ދުނިޔޭގައި ވެސް މަދު ބަޔަކަށް ހާސިލްކުރެވިފައިވާ، އަދި އެކަން ހާސިލްކުރުމަކީ އެ ބަޔަކު ނިސްބަތްވާ ގައުމަށް ވެސް ލިބޭ ބޮޑު ފަހުރަކާއި ޝަރަފެއްގެ ގޮތުގައި ބަލާ ކަމެކެވެ.

ދި އެކްސްޕްލޯރާ އިން މިކަން އިއުލާންކުރީ، އެމެރިކާގެ މަޝްހޫރު އައުޓްޑޯ މަޖައްލާއެއްގައި އެ ޓީމް ފީޗާކުރި ކަމުގެ އުފާވެރި ހަބަރު ދެމުންނެވެ. މިއީ ދިވެހިންގެ އައުޑްޑޯ ހަރަކާތެއް އެމެރިކާގެ މަޖައްލާގައި ޝާއިއުކުރި ފުރަތަމަ ފަހަރެވެ. އެމެރިކާގައި ކްލައިންބިން އާއި މައުންޓެނީއަރިން އަށް ހާއްސަކޮށްގެން ނެރޭ "ދަ ކްލައިބިން ޒިން" ގައި ފީޗާ ކުރީ އެކްސްޕްލޯރާ ޓީމުން ލޮބޫޗޭ އީސްޓަށް ކުރި ސަމިޓެވެ. އެ މަޖައްލާގެ ބޭރުގަނޑުގައި ޝާއިއުކޮށްފައިވާ، އެކްސްޕްލޯރާގެ ކޯ ފައުންޑަރު އަހުމަދު ޒައީމް (ޒައީމްބެ) މައުންޓް ލޮބޫޗޭ އަށް ސަމިޓްކުރަނިކޮށް ނަގާފައިވާ ފޮޓޯއިން ނޭޕާލުގެ ކުމްބޫ ވެލީގެ ފަރުބަދަތަކުގެ ފުރިހަމަކަން ދައްކުވައިދެ އެވެ.

"ދަ ކްލައިބިން ޒިން" ގެ ކަވަރުގައި ދި އެކްސްޕްލޯރާގެ ޒައީމްބެގެ ފޮޓޯ ފީޗާކޮށްފައި.

"އެމެރިކާގެ އައުޓްޑޯ މަޖައްލާއެއްގައި ދިއެކްސްޕްލޯރާ ފީޗާވެގެން ދިއުމަކީ ދިވެހި އައުޓްޑޯ އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" ދި އެކްސްޕްލޯރާގެ ކޯ ފައުންޑަރު އަދި ފޮޓޯގްރާފަރު އިބްރާހިމް އުޝާފަތު (އުޝާ) ބުންޏެވެ.

އޭނާ ބުނީ ގޮތުގައި ރާއްޖެ އަކީ ކުޑަ ގައުމަކަށް ވިޔަސް އައުޓްޑޯ ހަރަކާތްތަކުގައި ވަރަށް ބައިވަރު ކޮމިއުނިޓީއެއް އެބައޮތް ކަމަށާއި މިފަދަ ހަރަކާތްތައް ރާއްޖޭން ބޭރުގައި ފީޗާ ވެގެން ދިއުމަކީ އެންމެންނަށް ލިބޭ ވަރަށް ބޮޑު އެކްސްޕޯޝާއެއް ކަމަށެވެ. އެއާ އެކު ދި އެކްސްޕްލޯރާ އިން މިހާރު ރާވަމުން އެ އަންނަނީ 8848 މީޓަރު އުހުގެ އެވަރެސްޓަށް އަރަން ދިވެހިންތަކެއް ކުރާ ފުރަތަމަ މަސައްކަތް އެންމެ އަވަހަށް ވެސް 2021 ގައި ފަށާށެވެ. އެ މަސައްކަތަށް ސްޕޮންސަރުންގެ އެހީ އަށް ދިއެސްޕްލޯރާ އިން އަންނަނީ ބަލަމުންނެވެ.

"މިކަމުގައި ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމައެއްގައި ދިވެހިންނަށް ނުތިބެވޭނެ ސަބަބެއް ނެތް،" އުޝާ ބުންޏެވެ.

އޭގެ ކުރިން މި އަހަރު އެ ޓީމުން ނޭޕާލުގެ މޭރާ ޕީކަށް އަރައި، ކުރީގެ ރެކޯޑް މުގުރާލާނެ އެވެ އެ ޓީމުން 2017 ވަނަ އަހަރުގެ އޭޕްރިލް މަހު އެރި ލޮބޫޗޭ އީސްޓުގެ އުސްމިނުގައި ހުންނަނީ 6119 މީޓަރު (20,075 ފޫޓް) އެވެ. މޭރާ ޕީކުގެ އުސްމިނަކީ 6470 މީޓަރު (21,227 ފޫޓް) އެވެ. އެވަރެސްޓް ފަރުބަދައިގެ އުސްމިނަކީ 8848 މީޓަރު (29,029 ފޫޓް) އެވެ.

ލޮބޫޗޭ އީސްޓަށް އޭރު އެރުމަކީ، ޒައީމްބެ 2015 ވަނަ އަހަރު ނޭޕާލުގެ 5630 މީޓަރު އުސްމިނުގެ ޔަލުންގް ރީ އަށް ކުރި ޓްރެކުގެ ރެކޯޑް، ދިއެކްސްޕްލޯރާ ޓީމުން މުގުރާލުމެވެ. ލޮބޫޗޭ އީސްޓުގެ އެންމެ މަތީގައި ފުރަތަމަ ފައިތިލަ ޖައްސާލީ ވެސް ޒައީމްބެ އެވެ. އޭނާގެ ފަހަތުން އެރީ، އެހާ އުހަށް ޓްރެކްކުރަން ނުކުތް ދިވެހި ފުރަތަމަ އަންހެން މައުންޓެނިއާ ފާތިމަތު މުނާ ހުސެއިނެވެ. ޒައީމްބެ އާއި މުނާއާ އެކު ދެން އެރީ އުޝާ އާއި މުހައްމަދު އިމްތިޔާޒް (އިންތި) އެވެ.

Farubadha ah erumuge thaareekhee record DhiExplorer in haasilkohfi

Farubadha ah erumuge thaareekhee record DhiExplorer in haasilkohfi

The most trusted news source in the Maldives

Mihaaru

ދި އެކްސްޕްލޯރާ އިން ލޮބޫޗޭ އީސްޓަށް އެރުމުން "މިހާރު" ގައި ޝާއިއުކުރި ހަބަރު.

ޒައީމްބެ އޭރު ބުނީ މިހާ އުހަށް އެރުމުގެ މި ތާރީހީ ޓްރެކް އަންހެން ބައިވެރިޔަކާ އެކު، ހާސިލްކުރެވުނީތީ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. އޭނާ ބުނީ ދިއެކްސްޕްލޯރާ ފަށައިގަތީ ވެސް ހަމައެކަނި އެ ގްރޫޕުގެ ބައިވެރިންނަށް އަމާޒުކޮށްގެން ނޫން ކަމަށާއި ބޭނުންވީ ދިވެހިންގެ ތެރެއިން ކޮމްފޯޓް ޒޯން ދޫކޮށް އަމިއްލަ ނަފުސާ ޗެލެންޖްކުރުމުގެ ގާބިލްކަން ހުރި ވަރު ބަލައި އެކަމާ ކުރިމަތިލާން ބޭނުންވާ އެންމެންނަށް އެކަން ފަހިކޮށްދިނުން ކަމަށެވެ.

"ދި އެކްސްޕްލޯރާ ޓީމުން #ބްރޭކްދިރެކޯޑް ގެ އެ ޓްރެކް ފެށީ އެ އަހަރުގެ އޭޕްރިލް 2 ވަނަ ދުވަހު އެވެ. ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް އެއާޕޯޓް ކަމަށްވާ ލުކްލާ އެއާޕޯޓަށް ފައިބާ، އެތަނުން ރަސްމީކޮށް ޓްރެކް ފެށިއިރު ޓާގެޓްކޮށްފައިވާ ގޮތަށް 10 ވަރަކަށް ދުވަސް ތެރޭގައި، އެވަރެސްޓް ބޭސް ކޭމްޕަށް ގޮސް ފަރުބަދައިގެ ކޮޅަށް އެރީ އެވެ.

13 ކޮމެންޓް, 67 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 4%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުނޭ

05 January 2020

ބެޓާރ ނޮޓްޓު ޓްރައި ދިސް. ލިވް ސިމްޕަލް ލައިފް

The name is already taken The name is available. Register?

ޢާލިމް

02 January 2020

އެވަރެސްޓަށް އެރުމަކީ އާދައިގެ ކަމެއް ނޫން، އެކަމަކު ތަމްރީނު ލިބިގެން މާލީ ތަނަވަސްކަން ހުރީޔާ ވާނެކަމަށް އުއްމީދު ކުރުމަކީ މޮޅުގޮތް! ގިނަ މީހުންނަށް ނޭނގޭ ކަމަކީ އެވަރެސްޓަށް އަރަން ހިނގާ ހަރަދު، 25،000 ޑޮލަރު މަދުވެގެން، އެއީ ނޭޕާލް ސަރުކާރަށް ދައްކަން ޖެހޭ 11،000 ވަަރަކަށް ޑޮލަރު، ގައިޑުންގެ ފީ އަދީ ކެއުން ބުއިމުގެ ހަރަދު (ކޮންމެ މީހަކަށް).. ފައިސާ ނެތީ، އެހެން ނޫންނަމަ މަވެސް ދާނަން.

The name is already taken The name is available. Register?

ފޮރިކް

02 January 2020

ދިވެހިން މީވާ ޒާތީ ޖޭވާ ބައެއް. ލިވް ޔޯރ ޑްރީމް. ފަރުބަދައަށް އަރަނީ އެއީ އުދަގޫ، ނުރައްކާތެރި އެޑްވެންޗާ އަކަށްވީމައި. ކޮންމެވެސް ބަޔަކު އެކަންވެސް ކުރަންޖެހޭނެ. ހޯޕްފޯދަ ބެސްޓް.

The name is already taken The name is available. Register?

މަންމަ

03 January 2020

ރަނގަޅަށް ރިސާޗް ކޮށްލަބަމަ. ޖޭވަނީކީއެއް ނޫން. ކިތައްމީހުންތޯ މަރުވީ ބަލާލަބަލަ. ވާނުވާ ނޭންގުނަސް ކޮމެންޓް ކުރާތި

The name is already taken The name is available. Register?

‫ތުއްތޮންބެ

02 January 2020

އ‫ާން ތިދެންނުވެފަ އޮތްކަމަކީ.

The name is already taken The name is available. Register?

ޢަހުނަދޔ

02 January 2020

ޢެކަށީގެންވާވަރުގެ ތަމްރީން ނަހަދައި ތިފަރުބަދައަށް އަރަން އުޅުމކީ އަމިެްލައަށް މަރުވާން އުޅުންފަދަކަމެއް.

The name is already taken The name is available. Register?

ބޭކާރު

02 January 2020

ދުނިޔޭގެ އަވާގައި ޖެހި ތިޔަހެން ވަގުތުތަށް ބޭކާރުކޮށްލުމަށްވުރެ މާ ރަނގަޅުވާނެ ހެޔޮކަމެއް ކުރެވޭތޯ އުޅުނިއްޔާ.

The name is already taken The name is available. Register?

ދުނިޔެ

02 January 2020

މާތް ރަސްކަލާނގެ ކުޅަދުންވަންތަކަން ގިނަގިނައިން ހަނދުމަވާނެ އެކަލާނގެ ހެއްދެވި ތަފާތު ތަންތަން ފެނުނީމަ. އަބަދު މިސްކިތުގަ އިންނާކަށް ދީން ބާރެއް ނާޅާ.

The name is already taken The name is available. Register?

މޯޑުސް

03 January 2020

ކަލޭ ރަގަޅަށް އުޅެބަލަ، ޖޭވިޔަސް ތިއީ ބޮޑު ވަރު

The name is already taken The name is available. Register?

ކޮތަނބިރި

02 January 2020

މާ ކަރާޓީވެގެން ނޫޅެ މާރަނގަޅުވާނެ ވަގުތު ގިނަވެގެން އުޅެންޏާއި ކޮންމެ ދުވަހަކު ރަށުތެރެ ސާފުކުރަން ނިކުތަސް، މީހަކަށް ފައިދާއެއްވާނެ ހަމަގައިމުވެސް.

The name is already taken The name is available. Register?

ބިރިބިރި

02 January 2020

ކަލޭއަށް ކުރަން ނުކުރޭ ކަމެއް އެހެން މީހަކު ކޮއްގެން ނުވޭދޯ؟

The name is already taken The name is available. Register?

ޢިމާދު

02 January 2020

އެވެރެސްޓް ފަރުބަދައަށް އެރުމަކީ ވަރަށް ނުރައްކާތެރި ކަމެއް. މިވީތަނަށް އެފަރުބަދައަށް 4500+ މީހުން އަރާފައިވާއިރު، އެރުމުގެ ތެރޭގައި 300+ މީހުންވަނީ މަރުވެފައި.

The name is already taken The name is available. Register?

ނީނާ

03 January 2020

އިންސައްތަ އިން ބަލާއިރު އެރި މީހުންގެ މަދު އިންސައްތައެއް މަރުވެފައި ވަނީ! މަރަކީ އެއްވެސް މީހެއްގެ ބާރު ހިނގާ ކަމެެއް ނޫން. ފަރުބަދައަށް އެެރިޔަސް ނޭރިޔަސް ވަގުތު އައުމުން ފުރާނަ ގެންދަވާނެ! ހޮޅި ވިސްނުމުގަ ދިވެހިން އަބަދުމެ އަބަދަށް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454