17 ނޮވެމްބަރ 2025 - 15:52
ސެމްސަންގް ގެލެކްސީ ފޯންތަކުގައި އިންނަ، ރިވޫމް ނުކުރެވޭ އެޕެއް ކަމަށްވާ "އެޕްކްލައުޑް" އަކީ އިޒްރޭލުގެ ސްޕައިވެއާއެއް ކަމަށް ބުނާ ވާހަކައިގެ އަޑު ގަދަވެއްޖެ އެވެ.
މިއީ ފޯނުގައި އެހެން އެޕްތައް އިންސްޓޯލް ކުރުމަށް ބާރުއެޅުމުގެ ގޮތުން ފަރުމާކޮށްފައިވާ މާކެޓިން އެޕެކެވެ.
މިއީ އިޒްރޭލުގެ ސްޕައިވެއާއެއް ކަމަށް ބުނާ ވާހަކަ މާބޮޑަށް ފެތުރެން ފެށީ ހުޅަނގު އޭޝިއާ އާއި އުތުރު އެފްރިކާގެ ޑިޖިޓަލް ސްޕޭސްތަކުގައި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެސްއެމްއީއެކްސް އިން ސެމްސަންގަށް ފޮނުވި ސިޓީއަކާ އެކުގަ އެވެ.
އެ ސިޓީގައި ވަނީ، އިޒްރޭލުގައި އުފައްދާފައި ހުންނަ ބްލޯޓްވެއާ ބޭނުންކުރަން މަޖުބޫރުކުރުން ނިމުމަކަށް ގެނައުމަށް ގޮވާލައިފަ އެވެ.
މި އެޕް އިޒްރޭލުގައި ޑިވެލޮޕްކޮށްފައި ވަނީ މޮބައިލް، ޕީސީ އަދި ކޮންސޯލްތަކާއި އެހެން ޑިވައިސްތަކަށް ވެސް ގޭމްތަކާއި އިންޓަރެކްޓިވް އެކްސްޕީރިއަންސް އުފައްދާ އެމެރިކާގެ ކުންފުންޏަކުންނެވެ.
އެސްއެމްއީއެކްސް އިން ބުނީ "އެޕްކްލައުޑް" ދިރާސާ ކޮށްފައިވާ ކަމަށާއި އެއީ ޑިވައިސްތަކުގެ އޮޕަރޭޓިން ސިސްޓަމަށް ވަރަށް ބޮޑަށް އިންސްޓޯލް ކުރެވިފައި ހުންނަ އެއްޗެއް ކަމަށެވެ. އަދި ރޫޓް އެކްސެސް ނެތި އާދައިގެ ޔޫޒަރުންނަށް އެ އެޕް އަންއިންސްޓޯލްކުރަން ވަރަށް އުނދަގޫ ކަމަށް ބުނެފައިވެ އެވެ. ބްލޮޓްވެއާ ޑިސޭބަލް ކުރިޔަސް ސިސްޓަމް އަޕްޑޭޓާ އެކު އަލުން އެނބުރި އާދެ އެވެ.
މި އެޕާ ބެހޭ ގޮތުން ފޮނުވި ސިޓީ މިހާރު ވަނީ އިޒްރޭލާ ދެކޮޅު ނޫސްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް ވަރަށް ބޮޑަށް އާންމުވެފަ އެވެ. އެ ޕްލެޓްފޯމްތުގައި ބުނަނީ އެއީ ފޯނު ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު އެއްކުރާ ޖާސޫސީ އެޕެއް ކަމަށެވެ.
އަދި ބައެއް ގައުމުތަކުން މި އެޕާ ހެދި ސެމްސަންގް ޑިވައިސްތައް މަނާކުރަން ވިސްނަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު މިއިން އެއްވެސް ވާހަކަ އަކީ އަދި ސާބިތުވާ ވާހަކައެއް ނޫނެވެ. ނަމަވެސް އެ އެޕުން ޑޭޓާ ކަލެކްޓްކުރާ ނަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނޭނގެ އެވެ.
ޓެކް ވެބްސައިޓްތަކުގައި ބުނެފައިވަނީ މި އެޕް ރިމޫވްކުރެވޭނެ ގޮތެއް ސެމްސަންގުން ހަދައިދީފާނެ ކަމަށާއި ރިމޫވް ނުކުރެވޭ މި ޒާތުގެ އެޕްތަކަކީ ފޯނު ބޭނުންކުރާ މީހުން ރުހޭ އެއްޗެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
19 November 2025
ފޯނާއި އެހެނިހެން ޑިވައިސްތައްބޭނުންކޮށްގެން ޖާސޫސުކުރުން ކުރިޔަށްދާތާކިތަންމެޒަމާނެއް، ކުރިޔަށްއޮތްތަނުގާ ހާއްސަކޮށް ފޯނުމެދުވެރިކޮށް ޖާސޫސުކުރުންވަރަށްބޮޑަށް ފުޅާވެއިތުރުވާނެ، މާނައަކީ ހަމަކޮންމެމީހަކީ މިފަދަކަންކަމުގެކުޑަމިނުން ބޭސިކުނަމަވެސް އެނގޭ ނުވަތަ އަމިއްލައަށް ޓެކުމައުލޫމާތުތައްބަލާ މައުލޫމާތު ދުވަހުންދުވަހަށް އަޕުޑޭޓުވަމުންދަމީހަކަށްވެގެންނޫނީ އެއްވެސްސަލާމަތެއްނެތޭ، އަޕުޑޭޓުނުވާމީހުން ދުނިޔޭގައި ސަލާމަތުންއުޅެންވިސްނާނެވެސްކަމެއްނެތް
ހުހުޖ
19 November 2025
ފޭސްބުކަކީ ޔަހޫދީއެއްޗެއް. ބޮއެކަޓޭމެން އެ އެޕް ބޭނުން ކުރޭ ދޯ އަދިވެސް؟ އެހެން އެއްޗެހި ބޮއިކަޓު.. ފޭސްބުކު އޯކޭ
ފުރޭތަ1
17 November 2025
ކޮމްޕިއުޓަރުތައް ވުޖޫދުވީއްސުރެން އެމެރިކާއިން ދަނީ އެއެއްޗެއްހި ބާނުން ކޮށްގެން ޖާސޫސް ކުރަމުން. މިއަދު ޗައިނާއިން ހަދާ ފޯނުތަކާއި ރައުޓަރުތައް އެމީހުން މަނާ ކުރަން ބޭނުންވާ ސަބަކީ މިއީ. އެމީހުންގެ ކޮންޓުރޯލް ގެއްލުން.
ތެފައާސާ.
17 November 2025
ތިޔާހެންވީމައޭ މަމެން މި ގެންގުޅެނީ ގޫގަލް ޕިކްސަލް ފޯނު
ނަމެއް
17 November 2025
ގޫގަލްއިން އެތައް ބިލިޔަން ޑޮލަރެއް ހަރަދުކުރޭ އިޒްރާއީލަށް. އެމީހުންގެ އެކިއެކި ކުންފުނިތައް ގަތުމަށާ މުއައްޒަފުންނަށް. އެމެރިކާގެ ހުރިހާ ބޮޑެތި ޓެކް ކުންފުނިތަކުގެ ހާލަކީ މިއީ. އިޒްރާއީލްގެ އެންމެބޮޑު އެއް ސަޕޯޓަރުކަމަށްވާ ލެރީ އެލިސަން ޓްރަމްޕާ ގުޅިގެން ގަދަ ބާރުން ޓިކްޓޮކް ގަންނަން އެހާވަރުން އުޅެނީވެސް އެމީހުންގެ ފުލް ކޮންޓްރޯލް ނެތް އެއްޗެއް ނުބަހައްޓަން ވެގެން.
ވޮޗްމޭން
17 November 2025
ނަތަންޔާހޫ ބުނަނީ ފޯނެއް އޮތީއްޔާ ތިއޮތީ އިޒްރޭލްގެ ޕީސްއެއް ކަމަށް. އެއީ އެކަން އޮތްގޮތް.