ސައުދީ ރަސްގެފާންގެ ޚަރަދުގައި މިސްރުގެ 1،000 މީހުން ހައްޖަށް

ރިޔާޒް (އޮގަސްޓް 12) - މިސްރު ސިފައިްނނާއި ފުލުހުންގެ ތެރޭން މަރުވި މީހުންގެ އާއިލާތަކުގެ 1،000 މީހުން ސައުދީ ރަސްގެފާން ސަލްމާންގެ ޚަރަދުގައި މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.


ރަސްގެފާން ފައްޓަވާފައިވާ "މާތްވެގެންވާ ދެ ހަރަމްގެ ޚާދިމްގެ މެހްމާން" ޕްރޮގްރާމުގެ ދަށުން ހައްޖަށް ގެންދާ މީހުންގެ ކަންކަން ބަލަހައްޓަނީ ސައުދީގެ އިސްލާމިކް މިނިސްޓްރީންނެވެ. މި އަހަރު ވަނީ އޭޝިއާ، އެފްރިކާ އަދި ޔޫރަޕުން ރަސްގެފާންގެ މެހެމާނުންގެ ގޮތުގައި ހައްޖަށް މީހުން ގެންދަން ނިންމައިފަ އެވެ. މި ޕްރޮގްރާމް ފަށާފައި ވަނީ މީގެ 22 އަހަރު ކުރިންނެވެ.

ޔަމަނާއި ސޫދާން ސިފައިންގެ ތެރޭން މަރުވި މީހުންގެ އާއިލާތަކުގެ 1،500 މީހުން މި އަހަރު ހައްޖަށް ގެންދާނެ ކަމަށް ރަސްގެފާން ވަނީ މިދިޔަ މަހު އިއުލާން ކުރައްވައިފަ އެވެ. ރަސްގެފާންގެ ޚަރަދުގައި ވަނީ ފަލަސްތީނުގެ އެތައް އާއިލާތަކަކަށް ވެސް ހައްޖުގެ ފުރުސަތު ދީފަ އެވެ.