ހަންގޭރީއާ ދެކޮޅަށް ފިޔަވަޅު އަޅަން އީޔޫ އިން ފާސްކޮށްފި

ބްރަސެލްސް (ސެޕްޓެމްބަރު 13) - ޑިމޮކްރެސީގެ އުސޫލުތަކާ ޚިލާފުވަމުންދާ ކަމަށް ބުނެ ހަންގޭރީއާ ދެކޮޅަށް ފިޔަވަޅު އަޅަން ޔޫރަޕިއަން ޕާލަމެންޓުން އިއްޔެ ފާސްކޮށްފި އެވެ.


ހަންގޭރީ އަށް ފިޔަވަޅު އަޅަން 448 ވޯޓު ލިބުނު އިރު ދެކޮޅަށް ވޯޓު ދީފައި ވަނީ 197 މެންބަރުންނެވެ. ވަކިކޮޅަކަށް 48 މެންބަރުން ވޯޓެއް ނުދެ އެވެ. މިއީ އީޔޫގެ ގަވާއިދު ނުވަތަ އާޓިކަލް 7 ގެ ދަށުން އީޔޫގެ މެންބަރު ގައުމަކާ ދެކޮޅަށް ފިޔަވަޅު އަޅަން ފާސްކުރި ފުރަތަމަ ފަހަރެވެ.

ހަންގޭރީގެ ބޮޑު ވަޒީރު ވިކްޓާ އޯގަން ވަނީ ގައުމުގެ ދިފާއުގައި ވާހަކަ ދައްކަވާފައި. --ފޮޓޯ:އީޕީއޭ

ހަންގޭރީގެ ބޮޑު ވަޒީރު ވިކްޓާ އޯބަންގެ ސަރުކާރަށް ވަނީ މީޑިއާ ހަމަލާތައް ދިނުމުގެ އިތުރުން ގާނޫން ތަންފީޒް ކުރަން ހުރަސް އަޅާ ކަމަށް ތުހުމަތުކޮށްފަ އެވެ. އީޔޫގެ ނިންމުން ގައުމުތަކުން ފާސްކޮށްފި ނަމަ ހަންގޭރީ އަށް ދޭނެ އަދަބުތަކުގެ ތެރޭގައި އީޔޫގައި ވޯޓުލުމުގެ ހައްގު އެ ގައުމަށް ގެއްލުން ހިމެނެ އެވެ.

ވިކްޓާ އޯބަން ވެރިކަމަށް ވަޑައިގަތުމަށް ފަހު ވަނީ އިމިގްރޭޝަން ސިޔާސަތު ހަރުކަށިކޮށްފަ އެވެ. ހަންގޭރީގެ ޚާރިޖީ ވަޒީރު ވިދާޅުވެފައި ވަނީ މިއީ އިމިގްރޭޝަން ސިޔާސަތާ ގުޅިގެން ދިން އަބަދެއް ކަމަށެވެ.

ވޯޓުގެ ކުރިން އީޔޫ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން އޯބަން ވިދާޅުވީ އެއީ އޭނާގެ ސަރުކާރަށް ބިރު ދައްކަން ކުރި ކަމެއް ކަމަށެވެ.