މޮޑާނާގެ ވެކްސިންގެ 95 ޕަސެންޓް ކާމިޔާބު ކަމަށް ވަނީ ބުނެފައި. --ފޮޓޯ: ގެޓީ އިމޭޖަސް
16 ނޮވެމްބަރ 2020 - 21:53
ވޮޝިންޓަން (ނޮވެމްބަރު 16) - އެމެރިކާގެ މޮޑާނާ ކުންފުނިން އުފެއްދި ވެކްސިން، ކޮވިޑް-19 އިން ރައްކާތެރިވުމަށް 95 ޕަސެންޓް ކާމިޔާބު ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މޮޑާނާގެ ވެކްސިން ކާމިޔާބު ކަމަށް ހާމަކުރި އިރު އެމެރިކާގެ ފައިޒާ ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ 90 ޕަސެންޓް ކާމިޔާބު ކަމަށް ވަނީ ބުނެފަ އެވެ.
މޮޑާނާ އިން ބުނީ މިއީ މުހިންމު ދުވަހެއް ކަމަށާއި ވެކްސިން އަށް ހުއްދަ ހޯދުމަށް ކުރިއަށް އޮތް ހަފުތާތަކުގައި ހުށަހަޅާނެ ކަމަށެވެ.
މޮޑާނާގެ ވެކްސިންގެ ތަހުލީލްތަކުގައި ވަނީ 30،000 މީހުންނަށް ވެކްސިން ދީފަ އެވެ. އޭގެ ތެރޭން ދެބައިކުޅަ އެއްބައި މީހުންނަށް ވަނީ ހަތަރު ހަފުތާގެ ދުރުމިނުގައި އަސްލު ވެކްސިން ދީފަ އެވެ. ބާކީ ތިބި މީހުންނަށް ދިނީ ޑަމީ އިންޖެކްޝަނެވެ. ކުންފުނިން ބުނެފައި ވަނީ 94.5 ޕަސެންޓް މީހުންނަށް ވެކްސިން އިން ރައްކާތެރިކަން ލިބުނު ކަމަށެވެ.
މޮޑާނާގެ ރައީސް ސްޓެފަން ހޮޖް ވިދާޅުވީ ވެކްސިންގެ 94 ޕަސެންޓް ކާމިޔާބުވާނެ ކަމަށް އެކަކު ވެސް ގަބޫލް ނުކުރާނެ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މޮޑާނާ އިން އުއްމީދު ކުރަނީ ހުއްދަ ލިބުމާ އެކު އެމެރިކާ އަށް 20 މިލިއަން ޑޯޒް ފޯރުކޮށްދިނުމަށެވެ. އަދި އެ ކުންފުނިން ބުނެފައި ވަނީ އަމާޒަކީ އަންނަ އަހަރު މުޅި ދުނިޔޭގައި ބޭނުން ކުރުމަށް އެއް ބިލިއަން ޑޯޒް އުފެއްދުން ކަމަށެވެ.
މޮޑާނާގެ ވެކްސިންގެ 95 ޕަސެންޓް ކާމިޔާބު ކަމަށް ވަނީ ބުނެފައި. --ފޮޓޯ: ގެޓީ އިމޭޖަސް
އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކުންފުނި، މޮޑާނާގެ ވެކްސިން ތައްޔާރުކޮށްފައި ވަނީ މިހާތަނަށް އަދި ވެކްސިނެއް އުފައްދާފައި ނުވާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެންނެވެ. ވެކްސިންގެ މައިގަނޑަކީ ކޮރޯނާވައިރަސްގެ ޖެނެޓިކްގެ ބައެއް ކަމަށްވާ އެމް-އާރުއެންއޭ އެވެ. ޓްރަޔަލްގައި ބޭނުންކުރި މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދުމުން އެ ނަގައި، ލެބޯރަޓަރީގައި ޓެސްޓް ހެދީ، ކޮރޯނާވައިރަސްގެ ސަބަބުން އިންފެކްޓްވެފައި ހުރި ސެލްތަކެއް ބޭނުންކޮށްގެންނެވެ. ނަތީޖާ ދެއްކީ ވައިރަސް އިތުރުވުން ހުއްޓުވާ ކަމެވެ. ވައިރަސްގެ ނުރައްކާ ބޮޑުވަނީ ހަށިގަނޑު ތެރެއަށް ވަދެ ސެލްތައް ބޭނުންކޮށްގެން ގިނަވެގަންނާތީ އެވެ. ވެކްސިނެއް ކާމިޔާބުވާނީ ވައިރަސްގެ އެ ގިނަވުން ހުއްޓުވައިދޭ ނަމަ އެވެ.
މޮޑާނާ އިން ބޭނުންކުރާ ޓެކްނޮލޮޖީގައި މިހާތަނަށް އެއްވެސް ވެކްސިނެއް ތައްޔާރުކޮށް އިންސާނުންނާ ހަމައަކަށް ނާދެ އެވެ. އާންމުކޮށް ވެކްސިން ހަދަނީ އަސްލު ވައިރަސް ބޭނުންކޮށްގެންނެވެ. އެކަމަކު ވައިރަސްގެ ޖެނެޓިކް މެޓީރިއަލްސް ހިމަނައިގެން ވެކްސިނެއް އުފެއްދިއްޖެ ނަމަ އެއީ ގިނަ އަދަދަކަށް ތައްޔާރުކުރަން ވެސް ފަސޭހަވާނެ އީޖާދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރަފޭ
18 November 2020
އަޅުގަނޑައް އިތުބާރު ބޮޑީ ޖަރުމަނާ އެމެރިކާގެ ވެކުސިން އެއީ ޖަރުމަނުގަ ޓެސްކުމުގަ ދެފުއްފެނަގޮތައް ކޮއް ކާމިއާބު އެއްޗެއް ނޫނީ އެގައުމުގެ ރައްޔިތުންގަޔައް ޖެހުމުގެ ފުރުސަތު ކުޑަވީމަ
އެދުރުބޭ
18 November 2020
އަހަރެން ކާފަރުން ހަދާ ވެކްސިން ނުޖަހާނަން ސައުދީން ނޫނީ އަފްގާނިސްތާނުން ނުނީ މި ދިވެހިރާއްޖޭން ވެކްސިނެއް ހެދިދުވަހަކުންނޫނީ ވެކްސިން ބޭނުމެއްނޫން ގުނޫތު ނާޒިލާ ކިޔާލަކިލާ ތިބެން މާރަނގަޅު
ޒަރީރޫ
17 November 2020
ބިލިއަން ޑޮލަރުގެ ވިޔަފާރިއެއް، އެކަމަކު އެއްބަޔަކަށްވެސް ފޯރުކޮއްދެވޭނެ ދުވަހެއްވެސް ބުނާކަށް ނޭގެ، އެއްބަޔަކަށްވުރެ އަވަހަށް އަނެއްބަޔަކު ތިޔަ ވެކްސިނެއް ނެރެވޭތޯ 24 ގަޑިއިރު ހޭބޯނާރާ، އެކަމަކުވެސް....
އަނގަ ފޫޅު
17 November 2020
އަވަސް ކޮށް ބަލަ. ކިޔަކިޔާ ނުތިބެ ބަލަ..
އާދަމް ބާއީ
16 November 2020
ނަސީމޫ. އަވަހަށް 5 ލައްކަ ޑޯޒު އެތެރެކޮށްލަބަލަ.
codes
17 November 2020
މިހާރު ނާޑު ކުންފުނިން އެބައުޅޭ ކޮންމެވެސް ގޭސް ގަޑެއް އަބުރައިގެން ފޭކު ވެކްސިންތަކެއް ގެންނަން
ދޮންއާދަންފުޅު
17 November 2020
ބަލަ އެއީ ކަލޭމެން ތިޔަ ކިޔާ ޔަހޫދީ ކްރިސްޓިއަން ދީނުގެ ބުދަށް އަޅުކަންކުރާ އެމެރިކާއިން އުފެއްދި އެއްޗެއް. އެކަމަކުވެސް ހަމަ ބޭނުންތަ؟