މޮސްކޯ (ޖޫން 21) - ރަޝިއާގެ ސްޕާޓަކް މޮސްކޯ އަށް ޕޮލެންޑްގެ ޑިފެންޑަރު މާސިއެޖް ރީބަސް ސޮއި ކުރުމުން، އޭނާ އަށް ގައުމީ ޓީމުން ޖާގަ ގެއްލިއްޖެ އެވެ.
އަންނަ ނޮވެމްބަރު، ޑިސެމްބަރުގައި ބާއްވާ ވޯލްޑް ކަޕަށް ވެސް ރީބަސް ގައުމީ ޓީމަށް ނުނަގާނެ ކަމަށް ޕޮލެންޑްގެ ކޯޗު ޗެޒްލޯ މިޗްނެވިޗް ވަނީ އަންގައިފަ އެވެ.
ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، އެކަމާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރަޝިއާ އާ ދެކޮޅަށް ނުކުޅޭނެ ކަމަށް ވެސް ބުނީ ޕޮލެންޑުންނެވެ. އޭޣެ ފަހުން ފީފާއި ވަނީ ރަޝިއާ ވޯލްޑް ކަޕުން ކޮލިފައިން އިން ވެސް ބޭރުކޮށްފަ އެވެ.
ރަޝިއާގެ ގައުމީ ޓީމަށް 60 އަށް ވުރެ ގިނަ މެޗު ކުޅެފައިވާ، ރީބަސް އަކީ އެ ޓީމުގެ މުހިންމު ޑިފެންޑަރެކެވެ. ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ޑިފެންޑަރަކީ ވެސް އޭނާ އެވެ. ރީބަސް 32، ކުރިން ކުޅެފައި ވަނީ ސްޕާޓަކް އާ ވާދަވެރި ލޮކޮމޯޓިވް މޮސްކޯ އަށެވެ. އެ ކްލަބުން 2017 މެއި 2022 އާ ހަމައަށް އޭނާ ވަނީ ކޮންޓްރެކްޓް ހަދައިފަ އެވެ.
ޔޫކްރޭންގެ ފެޑެރޭޝަނުން ހީކޮށްގެން ތިބީ މި ސީޒަނަށް ފަހު އެހެން ލީގަކަށް އޭނާ ބަދަލުވާނެ ކަމަށެވެ. ނަމަވެސް ހިލޭ ޓްރާންސްފާއެއްގައި އޭނާ ބަދަލުވީ ވާދަވެރި ސްޕާޓަކް އަށެވެ. ރަޝިއާޣެ ލީގުގައި ކުޅެމުން ދިޔަ ޕޮލެންޑްގެ އެހެން ދެ ކުޅުންތެރިޔަކު ވެސް ވަނީ އެ ކުޅުންތެރިން ކުޅެމުން ދިޔަ ކްލަބް ދޫކޮށް އެހެން ގައުމުތަކުގެ ކްލަބްތަކަށް ބަދަލުވެފަ އެވެ.
އެކަމަކު ރަޝިއާގެ މީހަކާ ކައިވެނި ކޮށްގެން އުޅޭ ރީބަސް ނިންމީ ރަޝިއަން ލީގުގައި މަޑު ކުރުމަށެވެ. ވޯލްޑް ކަޕުގައި ޕޮެލްންޑް ހިމެނުނީ އާޖެންޓީނާ އާއި މެކްސިކޯ އަދި ސައުދީ އަރަބިއާ އާއެކު ގުރޫޕް ޑީ ގަ އެވެ.