03 މެއި

May 03, 2018 11
ދަގަނޑޭ އެހެރީ އެންމެ މަތީ ފޯމުގައި: އޮސްކާ

އަލީ އަޝްފާގް (ދަގަނޑޭ) އެހުރީ ފޯމުގެ ގޮތުން ބަލާއިރު އެންމެ މަތީ ފަންތީގައި ކަމަށާއި އޭނާ ދައްކަމުން ކުޅުމާ އެކު، ގައުމީ ޓީމު ވަށައިގެން އެނބުރޭ ވާހަކަތަކަށް މެސެޖެއް ލިބޭނެ ކަމަށް ނިއު ރޭޑިއަންޓުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

01 މެއި

May 01, 2018 17
އަބަހާނީ ޓީމު ފިޒިކަލީ ވަރަށް ވަރުގަދަ: ނިއު

އޭއެފްސީ ކަޕުގައި މާދަމާ ހަވީރު ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ނުކުންނައިރު އެ ޓީމު ފިޒިކަލީ ވަރުގަދަ ވުމަކީ ނިއު ރޭޑިއަންޓުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށް ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

26 އެޕްރީލް

April 26, 2018 15
ނިއު އަށް ސާބަސް، މިއީ ބޮޑު ކާމިޔާބެއް!

އޭއެފްސީ ކަޕުގައި އިއްޔެ ހަވީރު އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އަތުން ރާއްޖޭގެ ނިއު ރޭޑިއަންޓް 2-0 އިން މޮޅުވުމަކީ އެތައް ގޮތަކުން ހާއްސަ ކަމެކެވެ. މިއީ އިންޑިއާ އާއި ރާއްޖޭގެ ފުޓްބޯޅައިގެ ވާދަވެރިކަމުގައި ރާއްޖެ އަށް ކުރިއެރުމެކެވެ. ދިވެހި ފުޓްބޯޅައާ މެދު ސަޕޯޓަރުންނަށް ލިބުނު އިތުބާރެކެވެ. އަދި ވަކިވަކި ބައެއް...

April 26, 2018 5
ނިއު އިން ކުރީ މޮޅެއް ހައްގު މަސައްކަތެއް: ބެންގަލޫރު

އޭއެފްސީ ކަޕުގައި ބެންގަލޫރު އަތުން އިއްޔެ ހަވީރު 2-0 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި އެ ޓީމުން ކުރި ވަރަށް މަސައްކަތްކޮށްފި ނަމަ މޮޅެއް ހޯދުމަކީ ފަސޭހަކަމެއް ކަމަށް...

April 26, 2018 11
"މިއީ ފުރިހަމަ މޮޅެއް، އެކަމަކު މިތިބީ ހަމަބިމުގައި"

އޭއެފްސީ ކަޕުގައި އިއްޔެ އިންޑިއާގެ ބެންގަލޫރު އަތުން 2-0 އިން ނިއު ރޭޑިއަންޓް ހޯދީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ މޮޅެއް ކަމަށާއި އެކަމަކު އަދިވެސް މަސައްކަތް ނުނިމޭ ކަމަށާއި ޓީމު...

24 އެޕްރީލް

April 24, 2018 8
ބޮޑު މެޗުގެ ކުރިން ބެންގަލޫރަށް ހިތްހަމަޖެހުމެއް

އޭއެފްސީ ކަޕްގައި މާދަމާ ހަވީރު މާލޭގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ނުކުންނައިރު، ބެންގަލޫރު މި ވަގުތު އޮތީ ގްރޫޕް އީގެ އެއް ވަނައިގަ އެވެ. މީގެ އިތުރުން އެ ޓީމަށް އޮތް އަނެއް ހިތްހަމަ...

April 24, 2018 17
ދެކުނު އޭޝިއާގެ ދެ ބާރު "ފައިނަލަކަށް"

އޭއެފްސީ ކަޕުގައި މާދަމާ ހަވީރު ނިއު ރޭޑިއަންޓާއި އިންޑިއާގެ ބެންގަލޫރު ކުޅޭ މެޗަކީ ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ދެ ބާރުގެ ކުރިމަތިލުމެއްގެ ގޮތުގައި ނިއުގެ ކޯޗު އޮސްކާ ބްރުޒޮން...

11 އެޕްރީލް

April 11, 2018 18
މާލޭގައި ނިއު އަށް ބެންގަލޫރު ބަލިކުރެވޭނެ: އޮސްކާ

އޭއެފްސީ ކަޕްގައި ރޭ ބެންގަލޫރު އަތުން ރަށުން ބޭރުގައި 1-0 އިން ނިއު ރޭޑިއަންޓް ބަލިވި ނަމަވެސް މި މަހު 25 ވަނަ ދުވަހު މާލޭގައި ކުޅޭ މެޗުން ނިއު އަށް މޮޅުވެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

10 އެޕްރީލް

April 10, 2018 44
ފަހު ވަގުތު ބެންގަލޫރުން ނިއު ބަލިކޮށްފި

އިތުރު ވަގުތުގެ ތެރޭގައި ނިޝޫ ކުމާރް ވައްދާލި ގޯލުން 1-0 އިން ނިއު ރޭޑިއަންޓް ބަލިކޮށް އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ބެންގަލޫރުން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

April 10, 2018 19
އަޝްފާގާ މެދު ސުވާލެއް ނުއުފެއްދޭނެ: އަކްރަމް

ނިއު ރޭޑިއަންޓުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަކީ ސުވާލު އުފެއްދޭ ވަރުގެ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާ ވަރުގެ ޕްރޮފެޝަނަލް ކުޅުންތެރިޔެއް ނުދެކޭ ކަމަށް ނިއުގެ ޑިފެންޑަރު...

April 10, 2018 3
ނިއުގެ އެޓޭކް ވަރުގަދަ، މެޗު އުނދަގޫވާނެ: ބެންގަލޫރު

ފެނިފައިވާ މަންޒަރުތަކަށް ބަލާއިރު އޭއެފްސީ ކަޕުގައި މިރޭ ރާއްޖޭގެ ނިއު ރޭޑިއަންޓް އަތުން ޕޮއިންޓް ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް އިންޑިއާގެ ބެންގަލޫރު...

09 އެޕްރީލް

April 09, 2018 18
ބެންގަލޫރު މެޗަކީ ނިއު އަށް ބޮޑު އިމްތިހާނެއް: އޮސްކާ

އޭއެފްސީ ކަޕްގައި މާދަމާރޭ އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅޭއިރު މިއީ ނިއު ރޭޑިއަންޓަށް ބޮޑު އިމްތިހާނެއް ކަމަށް ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

15 މާޗް

March 15, 2018 12
"އެޑްވާންޓޭޖް ނިއު އަށް، ދެން އޮތީ ދެ ފައިނަލް"

އޭއެފްސީ ކަޕުގައި މި ވަގުތު އެޑްވާންޓޭޖް އޮތީ ނިއު ރޭޑިއަންޓް ކަމަށާއި ކުރިއަށް ދެން އޮތީ ދެ ފައިނަލް މެޗު ކަމަށް ނިއުގެ ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

March 15, 2018 2
މިއީ އައިޒޯލަށް ރަނގަޅު ތަޖުރިބާއެއް: ކޯޗު

ނިއު ރޭޑިއަންޓުގެ ފަރާތުން ފެނުނީ ފުރިހަމަ ފުޓްބޯޅައެއް ކަމަށާއި އެ ޓީމުން އަތުން އޭއެފްސީ ކަޕުގައި އިއްޔެ ހަވީރު 3-1 އިން ބަލިވި މެޗުން ވަރަށް ގިނަ ކަންކަން ދަސްވާނެ ކަމަށް...

14 މާޗް

March 14, 2018 3
މިއީ އަދި އެންމެ މޮޅު ކުޅުމެއް ނޫން: ދަގަނޑޭ

އޭއެފްސީ ކަޕުގައި މިއަދު ހަވީރު އިންޑިއާގެ އައިޒޯލް އެފްސީ އަތުން 3-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި އެ ޓީމުގެ ފަރާތުން ވެސް އަދި އޭނާގެ ފަރާތުން ވެސް ފެނުނީ އެންމެ މޮޅު ކުޅުން ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި މިއަށް ވުރެ ރަނގަޅުވާނެ ކަމަށް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.

March 14, 2018 25
ދަގަނޑޭގެ ހެޓްރިކުން ނިއު އިން އައިޒޯލް ބަލިކޮށްފި

ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހެދި ހެޓްރިކާ އެކު ފަހަތުން އަރައި އިންޑިއާގެ ލީގު ޗެމްޕިއަން އައިޒޯލް އެފްސީ އަތުން 3-1 އިން މޮޅުވެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު...

March 14, 2018 5
ކޯޗުގެ ރޭވުމުގެ ތަފާތު ކުޅުންތެރިން ދައްކާނެ: ސެންޓޭ

ނިއު ރޭޑިއަންޓްގެ ކޯޗު އޮސްކާ ބްރުޒޮންގެ ރޭވުންތެރިކަމުގެ ތަފާތު އެ ޓީމުގެ ކުޅުންތެރިން ދައްކާނެ ކަމަށް އެ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ބުނެފި އެވެ.

13 މާޗް

March 13, 2018 4
ނިއު އަށް ހާއްސަ ސަމާލުކަމެއް ނުދޭނަން: އަައިޒޯލް

އޭއެފްސީ ކަޕްގައި މާދަމާ ހަވީރު ކުޅޭ މެޗަށް ނުކުންނައިރު ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެހެން ނަަމަވެސް އެ ޓީމަށް ހާއްސަ ސަމާލުކަމެއް ނުދޭނެ ކަމަށް...

March 13, 2018 20
ނިއު ރަނގަޅު ފޯމެއްގައި، އޮސްކާ ހިތްހަމަޖެހިފައި

އޭއެފްސީ ކަޕްގައި މާދަމާ ހަވީރު އިންޑިއާގެ އައިޒޯލްއާ ދެކޮޅަށް ނުކުންނައިރު ނިއު ރޭޑިއަންޓް ރަނގަޅު ފޯމެއްގައި އޮތުމުން ލިބޭ ހިތްހަމަ ޖެހުން ބޮޑު ކަމަށް އެ ޓީމުގެ ކޯޗު އޮސްކާ...

08 މާޗް

March 08, 2018 8
ނިއު އަށް އޮތް އެޑްވާންޓޭޖްގެ ބޭނުން ހިފުނު: އޮސްކާ

އޭއެފްސީ ކަޕްގައި އިއްޔެ ބަންގްލަދޭޝްގައި އެ ގައުމުގެ ޗެމްޕިއަން ޑާކާ އަބަހާނީ އަތުން މޮޅުވިއިރު ނިއު ރޭޑިއަންޓުން އެ ޓީމަށް ނެގެން އޮތް އެޑްވާންޓޭޖްގެ ބޭނުން ހިފި ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

07 މާޗް

March 07, 2018 34
އަބަހާނީ ބަލިކޮށް ނިއު އަށް ރަނގަޅު ފެށުމެއް

ދެ ވަނަ ހާފުގައި އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލާ އެކު 1-0 އިން ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ ބަލިކޮށް ރާއްޖޭގެ ނިއު ރޭޑިއަންޓުން އޭއެފްސީ ކަޕުގެ ފެށުން ރަނގަޅުކޮށްފި އެވެ.

March 07, 2018 4
ހާލަތުގެ ފައިދާ ނަގަން ނިއުގެ ކޯޗު ކެތްމަދުވެފައި

ނިއު ރޭޑިއަންޓް އަންނަނީ ބޭނުންވާ ތަތްގަނޑަށް ފެތެމުން ކަމަށާއި ޓީމު އޮތީ އިތުބާރާ ވެސް އެކު ކަމަށާއި އެހެންވެ މި ހާލަތުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ނަގަން ޖެހޭ ކަމަށް ކޯޗު...

21 ފެބުރުއަރީ

February 21, 2018 13
ޓީސީ އަށް ވަރަށް ގިނަ ކަންކަން ދަސްކުރެވޭނެ: ނިޒާމްބެ

މީގެ ތިން އަހަރު ކުރިން ރާއްޖޭގެ މަތީ ފަންތީ ފުޓްބޯޅަ އަށް ނުކުތް ޓީސީ ސްޕޯޓްސް ކްލަބް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް ފެށި ދަތުުރު ރޭ ނިމުމަކަށް އައީ ރަށުން ބޭރުގައި، މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ޓީމު ބެންގަލޫރު އެފްސީ އަތުން ޕްލޭއޮފް ދެ ވަނަ ލެގުގައި 5-0 އިން ބަލިވުމުންނެވެ. ދެ ލެގަށް ބަލާއިރު ޓީސީގެ...

20 ފެބުރުއަރީ

February 20, 2018 16
ބެންގަލޫރު އަތުން ބަލިވެ ޓީސީ ކަޓައިފި

އޭއެފްސީ ކަޕުގެ ޕްލޭއޮފުގެ ދެ ވަނަ ލެގުގައި މިރޭ އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އަތުން އަތުން 5-0 އިން ބަލިވެ ގްރޫޕް ސްޓޭޖުން ފުރުސަތު ނުލިބި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް...

February 20, 2018 6
ބެންގަލޫރާ ދެކޮޅަށް ޓީސީ އާދަޔާހިލާފު ހިތްވަރެއްގައި

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ޖާގަ އަކަށް މިރޭ އިންޑިއާގައި ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗަށް ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ އެ ޓީމުގެ ވަރުގަދަކަން އެނގި ހުރެ ވެސް މޮޅެއް ހޯދުމުގެ...

14 ފެބުރުއަރީ

February 14, 2018 8
ބެންގަލޫރު އަތުން ބަލިވެ ޓީސީ އަށް ހުރަސްތަކެއް

އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި މިރޭ އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އަތުން އަމިއްލަ ދަނޑުގައި 3-2 އިން ބަލިވެ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް މުބާރާތުގެ ގްރޫޕް ސްޓޭޖަށް ދިއުމަށް ހުރަސްތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

13 ފެބުރުއަރީ

February 13, 2018 5
ފައިދާއެއް ނެގޭނީ ސަޕޯޓަރުންގެ އެހީ ލިބިގެން: ފައްރަ

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި މިރޭ އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ކުޅުމުގެ ފައިދާއެއް ޓީސީ ސްޕޯޓްސް ކްލަބަށް ނެގެން އޮތީ ސަޕޯޓަރުންގެ އެހީ ލިބިގެން ކަމަށް އެ ޓީމުގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) ބުނެފި އެވެ.

12 ފެބުރުއަރީ

February 12, 2018 2
"ގައުމީ ވާދަވެރިކަން އޮތުމުން މެޗު ފޯރިގަދަވާނެ"

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މާދަމާރޭ ކުޅޭ މެޗަށް ނުކުންނައިރު ކުޅުންތެރިންގެ ތެރޭގައި ގައުމީ ވާދަވެރިކަން އޮތުމަކީ މެޗު އިތުރަށް ފޯރިގަދަވާނެ ސަބަބެއް ކަމަށް އިންޑިއާގެ ބެންގަލޫރު އެފްސީގެ ކޯޗު އަލްބާޓް ރޮކާ ބުނެފި އެވެ.

11 ފެބުރުއަރީ

February 11, 2018 6
މެޗު ކުޅެން ބެންގަލޫރު ޓީމުން ރާއްޖެ އެބަ އާދޭ

ރާއްޖެ އަންނަން އޮތް އޮތުން މަޑުޖައްސާލަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އެދިފައި އޮތް ނަމަވެސް، އޭއެފްސީ ކަޕުގައި އަންގާރަ ދުވަހު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ...

February 11, 2018 51
ބެންގަލޫރު ޓީމު ރާއްޖެ ނުދިއުމަށް ސަރުކާރުން އެދިއްޖެ

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، އޭއެފްސީ ކަޕުގައި އަންގާރަ ދުވަހު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އިންޑިއާގެ ބެންގަލޫރު އެފްސީ މިއަދު...