އަންހެނަކަށް ޖިންސީ ގޯނާކޮށް ބްލެކްމެއިލް ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހދ. އަތޮޅުގެ ރަށެއްގައި 21 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށް ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހު 29ގައި ފުުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 36 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރު ކުރީ އިއްޔެ އެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.