މި އަހަރު ބޭއްވި ބާ 2000 ފަރަމަންތާ ޗެލެންޖުގެ އެންމެ އުއްމީދީ އެތުލީޓުން ކުރިއެެރުވުމަށް އިކުއިޕްމަންޓް ސްޕޮންސާޝިޕް ދޭން ފަށައިފި އެވެ.

މިއީ އެތުލީޓުންގެ ކެރިއާ ފަށައިގަތުމަށް ބާ 2000 އިން އިސްނަގައިގެން ކޮންމެ އެތުލީޓަކަށް ދޭ 40،000ރ. ގެ ސްޕޮންސާޝިޕެކެވެ. މި ސްޕޮންސާޝިޕް އެތުލީޓުންނަށް ބޭނުންވާ ސާމާނާއި އެ ކުޅިވަރަކާ ގުޅޭ ތަމްރީންތަކާއި ތައުލީމު ހާސިލް ކުރުމަށް ހަރަދު ކުރެވޭނެ އެވެ.

މި ސްޕޮންސާޝިޕް ހަތަރު އެތުލީޓަކަށް ވަނީ ލިބިފަ އެވެ. މި ހުރިހާ އެތުލީޓުން ވެސް ނަގާފައި ވަނީ ޖޫނިއާ ކެޓަގަރީތަކުންނެވެ. މި ކުދިންނާ ސްޕޮންސާޝިޕް ހަވާލު ކޮށްފައި ވަނީ ފަރަމަންތާ ޗެލެންޖު ނިންމާލުމުގެ ރަސްމިއްޔާތުގަ އެވެ.

ސާފިން ކެޓަގަރީން އިކުއިޕްމަންޓް ސްޕޮންސާޝިޕް ލިބުނު މުހައްމަދު އިނާން އަބްދުލް ހަންނާން (ވ) އާ ސްޕޮންސާޝިޕް ހާވާލު ކުރައްވަނީ --. ފޮޓޯ: ނިޝާން އަލީ/މިހާރު
ސާފިން ކެޓަގަރީން އިކުއިޕްމަންޓް ސްޕޮންސާޝިޕް ލިބުނު މުހައްމަދު އިނާން އަބްދުލް ހަންނާން (ވ) އާ ސްޕޮންސާޝިޕް ހާވާލު ކުރައްވަނީ --. ފޮޓޯ: ނިޝާން އަލީ/މިހާރު

ބާ 2000 ސްޕޮންސާޝިޕް ލިބުނު އެތުލީޓުން

- މުހައްމަދު އާން ހުސައިން (އޯޕަން ވޯޓާ ސްވިމިންގެ 14-18 އަހަރުގެ ފިރިހެން ކުދިންގެ ކެޓަގަރީ)

- ހަމްނާ އަހުމަދު (އޯޕަން ވޯޓާ ސްވިމިންގެ 14-18 އަހަރުގެ އަންހެން ކުދިންގެ ކެޓަގަރީ)

- މުހައްމަދު އިނާން އަބްދުލް ހަންނާން (ސާފިން)

- ޝިމާލް ޝަމީމް (ބޮޑީ ބޯޑިން)

ބާ 2000ގެ ރާއްޖޭގެ ޑިސްޓްރިބިއުޓާ އެޗްއެސްސީ ޔޫރޯ އިން ވަނީ ސްޕޮންސާޝިޕްތައް ލިބުނު ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކޮށް، ސްޕޮންސާޝިޕްގެ ދަށުން ކެރިއާ ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ. އަދި މިހާރު ވެސް ބައެއް ކުދިން މި ސްޕޮންސާޝިޕްގެ ދަށުން ކެރިއާ ކުރިއެރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޗްއެސްސީން ބުންޏެވެ.

ބާ 2000 އަކީ 2019 ވަނަ އަހަރު ރާއްޖެ އަށް ތައާރަފު ކުރި ސްލޮވޭނިއާގެ ޕްރިމިއަމް ކޮފީ ބްރޭންޑެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ބްރޭންޑަށް ބޮޑު މަގުބޫލު ކަމެއް ލިބިފައިވާއިރު ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކުގަ އާއި ރިސޯޓުތަކުގައި މި ކޮފީ މިހާރު ލިބެން ހުރެ އެވެ.