އަންދާޒާކުރި ވަރަށް ވުރެ 40 ޕަސެންޓް އިތުރަށް މިދިޔަ މަހު ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ޕެޓްރޯލް ވިއްކައިފި އެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ، ތެލުގެ ޝޯޓޭޖާ ހެދި އެ ކުންފުނިން ތެޔޮ ގަތުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
މިދިޔަ މަހުގެ އެ ކުންފުނިން އަންދާޒާކުރި ވަރަށް ވުރެ 41 ޕަސެންޓް އިތުރަށް ޕެޓްރޯލް ވިއްކާފައިވެ އެވެ. އަދި ނޮވެމްބަރު މަހުގެ އަންދާޒާއަށްވުރެ އަށް ޕަސެންޓް އިތުރަށް ޕެޓްރޯލް ވިއްކި ކަމަށް ގަސަމް ވިދާޅުވި އެވެ.
ގަސަމް ވިދާޅުވީ އެފްއެސްއެމުން މި ވަގުތަށް ކޮންޓްރޯލެއް ގެންގުޅުނަސް އެއްގަމު އުޅަނދު ފަހަރަށް ބޭނުންވާ ތެޔޮ އެއްވެސް ދަތި ކަމެއް ނެތި ފޯރުކޮށްދޭނެ ކަމަށެވެ. އެފްއެސްއެމުން މިވަގުތު ހަމައެކަނި ކޮންޓްރޯލްކުރަނީ ކުންފުނިތަކުގެ ކަނޑުދަތުރު ކުރާ އުޅަނދުފަހަރަށް ތެޔޮ ވިއްކުމުގަ އެވެ.
އެފްއެސްއެމް އިން ތެޔޮ ގަތުމަށް ޑިމާންޑް އެހާ ބޮޑަށް އިތުރުވީ ތެޔޮ ވިއްކާ އަމިއްލަ ބައެއް ކުންފުނިތަކުގެ ސްޓޮކް ދަށްވުމުން ކަމަށްވެ އެވެ.