އާއިލާއެއް އެކުގައި ވަގުތު ހޭދަ ކުރަނީ: މި ވަގުތުތައް އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން ސޮނީ ހޯމުން ވަނީ ކެމްޕޭނެއް ފަށާައި-- ފޮޓޯ: ސޮނީ ހޯމް
31 ޖެނުއަރީ 2022 - 10:15
އާއިލާ އާއި ރައްޓެހިން އަދި ލޯބިވާ ކޮންމެ މީހަކާ އެކު ވެސް ހޭދަކުރާ ކޮންމެ ވަގުތަކީ ހާއްސަ ވަގުތެކެވެ. މިއީ ކޮންމެ މީހަކު ވެސް ހަނދާނުގައި ބަހައްޓަން ބޭނުންވާނެ ވަގުތުތަކެވެ. މިގޮތަށް ހޭދަކޮށްލާ ވަގުތުތަކުގައި، ވަށައިގެންވާ މާހައުލާއި އެ މާހައުލުގައި ހިމެނޭ ތަކެތި ވެސް މުހިންމު ދައުރެއް އަދާކުރެ އެވެ.
ސޮނީ ހޯމް އިން ފަށާފައިވާ "ޓްރޫލީ މެމޮރެބަލް މޮމެންޓްސް" ގެ ބޭނުމަކީ ވެސް މިއީ އެވެ. ލޯތްބާއި އުފާވެރިކަމާ އެކު ވަގުތު ހޭދަކުރުމަށް ބާރުއެޅުމެވެ. ސޮނީ ހޯމް އިން ވިއްކާ އުފެއްދުންތަކަކީ ގޭގެ މާހައުލަށް އުފާވެރިކަން ގެނުވައިދޭ ތަކެއްޗަށްވާއިރު މި ތަކެއްޗަކީ ވެސް އެ އުފާވެރިކަން ގެނުވައިދޭ ސަބަބަކަށް ހެދުމަކީ މި ކެމްޕޭނުގެ ވަރަށް ބޮޑު ބޭނުމެކެވެ.
ގޭގެ ކޮޓަރި އާއި ބަދިގެއާއި ކާގެ އަދި ސިޓިންރޫމަކީ އެންމެ ގިނަ ވަގުތުތައް ހޭދަކުރާ ތަންތަނެވެ. މި ތަންތަން ރީތިކޮށް ބެހެއްޓުމަކީ ވަރަށް ގިނަ ބަޔަކު އިސްކަންދޭ ކަމެކެވެ. މިތަންތަން ރީތިކުރުމަށް ވަކި ތީމްތަކެއް ހާއްސަކޮށް، އެ ތީމަކާ ގުޅޭ ފަރުނީޗަރު ބަހައްޓައި ގަހާއި ތަފާތު އެކްސަސަރީޒް ބަހައްޓަ އެވެ. މިގޮތަށް ގެ ޒީނަތްތެރިކުރަން ބޭނުންވާ ތަފާތު ސާމާނު ސޮނީ ހޯމް އިން ލިބެން ހުންނާނެ އެވެ.
ސޮނީ ހޯމް އިން ލިބެން ހުންނަ ހޯމް އިމްޕްރޫވްމަންޓް ސޮލިއުޝަންތަކުގެ ތެރޭގައި ބަދިގެ އާއި ގޭތެރެއަށް ބޭނުންވާ ސާމާނާއި ދޮންނަން ބޭނުންވާ ސާމާނުގެ އިތުރުން ގެ ރީތިކޮށް ބާއްވަން ބޭނުންވާ ސާމާނު ހިމެނެ އެވެ. މީގެ ތެރޭގައި ޔޫރަޕާއި އެމެރިކާގެ މަޝްހޫރު ކޮލިޓީ ބްރޭންޑުތައް ކަމަށްވާ "ޓެފަލް" އާއި "މޮލިނެކްސް" އާއި "ޖޯސެފް ޖޯސެފް" އާއި "ކޮރެލް" ފަދަ ބްރޭންޑުތައް ހިމެނެ އެވެ.
ސޮނީ ހޯމް އަކީ ކަސްޓަމަރުންނަށް ލިބޭ ފުރިހަމަ ޝޮޕިން އެކްސްޕީރިއަންސެކެވެ. އެ ކުންފުނިން ގެއަށް ބޭނުންވާ ހުރިހާ ސޮލިއުޝަނެއް އެއްތަނަކުން ލިބެން ހުންނާނެ އެވެ.
އެޑިޓަރުގެ ނޯޓް: މިއީ ޕްރޮމޯޝަނަލް އާޓިކަލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy