"އެ މީހުންނަށް ކޮންޓްރޯލް ގެއްލުނީ. އެ މީހުންނަށް ދިވެހި ރުފިޔާ އަށް ވާ ގޮތް ނޭނގުނީ. ދިވެހި ރުފިޔާ ކްރިޕްޓޯ ކަރަންސީ އަށް ބަދަލުވެގެން ގޮސް އެތައް އަދަދެއް ބޭރުވެގެން ދާއިރު އެ މީހުންނަށް ދެން ނެތެއް ނޫންތޯ މި ފަންޑު މެނޭޖް ކުރެވޭކަށް."
އަލްހާން: ފޮރެކްސް ޓްރޭޑިން އަކީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ: މިހާރު
12 މާޗް 2022 - 11:06
ފޮރެކްސް ޓްރޭޑިންގައި އަލްހާން ފަހުމީ އަށް ވަރަށް ބޮޑު ލަނޑެއް ލިބިއްޖެ ކަމަށް ވަރަށް ގިނަ މީހުން ބުނެފާނެ އެވެ. އެކަމަކު އޭނާ ގަބޫލުކުރައްވަނީ އެހެނެއް ނޫނެވެ؛ އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށް، ނޫސްބަޔާންތައް ނެރުމަކީ "ހިނދުކޮޅަކަށް ހިފަހައްޓާލެވުމެވެ."
"ދެން މިކަމެއް ނުހުއްޓުވޭނެ. އަޅުގަނޑު ދެން މިކަމެއް ނުވެސް ހުއްޓާނަން،" ރާއްޖޭގައި ފޮރެކްސް ޓްރޭޑްކޮށްގެން އެންމެ ބޮޑު އާމްދަނީއެއް ހޯދާ، އަދި އޭގެ ފަންޑެއް އެންމެ ފުޅާ ދާއިރާއެއްގައި ހިންގަވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.
އޭނާގެ ބެލެނިވެރިކަމުގެ ދަށުން އުފެއްދި ކިންގްސް ފޮރެކްސް ޓްރޭޑް ކުންފުނިން ހިންގާ ފައިސާގެ މުއާމަލާތްތަކާ ދޭތެރޭ ޝައްކު އުފެދި، އަދި އެ ކުންފުނީގެ ފައިސާގެ ޓްރާންސެކްޝަންތަކުގެ ސޯސް ބުނެދެވިފައިވާ ނުވާ ކަމަށް ބުނެ މާލީ އިދާރާތަކުން ވަނީ އެ ފަންޑުގައި ބައިވެރި ނުވުމަށް އިއްޔެ ރޭ އިލްމާސްކޮށްފަ އެވެ. އެއީ އަލްހާން ވިދާޅުވި ގޮތުގައި "ނަން ނުބުނެ ވިޔަސް ކަމާ ބެހޭ ފަރާތްތަކުން އެ ދައްކަނީ ކިންގްސްގެ ވާހަކަ" އެވެ.
"އިއްޔެ ނޫން ކުރީ ދުވަހު ބީއެމް އިލް އީމެއިލްކޮށްފައި ބުނި މި ކުންފުނީގެ އެކައުންޓަށް ވަންނަ ފައިސާ އާ ބެހޭ ގޮތުން އަޕްޑޭޓް ކޮށްދޭށޭ. މި ކުންފުނީގެ މެއިން ވިޔަފާރީގެ ގޮތުގައި އޮންނަނީ ރެސްޓޯރަންޓް ހިންގުމާއި އެވެނި މިވެނި ކަމެއް ކުރުމޭ. އަޅުގަނޑު ދެންނެވިން އެ އީމެއިލް އަށް ޖަވާބު ދޭނަމޭ. އީމެއިލް އައިތާ އިއްޔެ އަށް ދެވަނަ ދުވަސް،" އަލްހާން ވިދާޅުވި އެވެ.
"ބީއެމްއެލް އަށް ފެންނާނެ މަންޒަރަކީ، ބީއެމްއެލްގެ އެކައުންޓް ހޯލްޑަރުންގެ އަތުން މީގެ އިންވެސްޓްމަންޓްގެ ފައިސާ މި ކަލެކްޓް ކުރަނީ. އެކައުންޓުން އެކައުންޓުން ޓްރާންސްފާ މި ކުރަނީ. އެއްގޮތަކަށް ވެސް ކޭޝްކޮށެއް ނޫން [މިކަން މި ކުރަނީއެއް]. އެކަން ވެސް އެހެން މި ކުރަނީ ޓްރާންސެކްޝަންތައް ފެންނާނެ ގޮތަކަށް ބަހައްޓަން ވެެގެން."
އޭނާ ވިދާޅުވި ގޮތުގައި އިންވެސްޓަރުންގެ އަތުން ނަގާ ފައިސާ އިން ކުރާ ވިޔަފާރި އަކީ ފޮރެކްސް ޓްރޭޑިންކަން އެއީ ސިއްރެއް ނޫނެވެ.
"ބޭންކެއް އޮޕަރޭޓް ކުރާ ގޮތަށް، މާލީ މުއައްސަސާއެއް އޮޕަރޭޓް ކުރާ ގޮތަކަށް ނޫން މި ކުރަނީ. ރާއްޖޭގައި އޮންލައިން ޓްރޭޑް ނުކުރެވޭނެ ކަމަކަށް ބުނެ ގާނޫނެއް ގަވައިދެއް ހެދިފައެއް ނެތް. އެހެންވެ، ނުކުރެވޭނެ ކަމެއްގެ ގޮތުގައި ނެތް ކަމެއް އެއީ ކުރެވޭނެ ކަމެއް ކަމަށް ކޮންސިޑާ ކޮށްފައި ކުންފުނީގެ ބޯޑުން ގޮތެއް ނިންމައިގެން އެކަން ކުރަން ފެށީ. މީގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
"މިދިޔަ ޑިސެމްބަރުގެ މެދެއްހާ ތާނގައި މިކަން ފަށައި އިންވެސްޓްމަންޓް ޕެކޭޖްތަކެއްގެ ގޮތަށް އިއުލާންކުރީމަ މީހުންގެ ތަރުހީބު ދޭން ފެށީމަ [މިކަން މި ގޯސްވީ]، މިހާހިސާބަށް އައިއިރު ފުދޭވަރަކަށް ގިނަ ބަޔަކު އިންވެސްޓްކޮށް ބީއެމްއެލްގެ އެކައުންޓްތަކުން އަޅުގަނޑުމެންގެ އެކައުންޓަތަކަށް އެހާ ގިނަ ފައިސާ ވަދެއްޖެ. އަޅުގަނޑުމެން އިންވެސްޓް މި ކުރަނީ ޓްރޭޑް ކުރަނީ ފޮރިން ބްރޯކާސްތަކުގައި. އައިކިޔޫ އޮޕްޝަންގެ ތެރެއިން އެކި ކަހަލަ ޕްލެޓްފޯމްތަކުގައި."
ކިންގްސް ފޮރެކްސްގެ ލޯގޯގައި އަލްހާން
އަލްހާން ވިދާޅުވި ގޮތުގައި މާލީ އިދާރާތަކަށް މައްސަލައަކަށް ވަނީ އޭނާގެ މި ވިޔަފާރި ފުޅާވުމެވެ. ކޮވިޑާ ގުޅިގެން ބޭރު ފައިސާގެ ހިފެހެއްޓުންތަކެއް އައިއިރު ވެސް އޭނާ ދިޔައީ އެތައް ބައިވަރު ފައިސާއެއް ބޭރުގެ އޮންލައިން ޓްރޭޑިން ޕްލެޓްފޯމްތަކުގައި އިންވެސްޓް ކުރަމުންނެވެ.
"ބީއެމްއެލް އިން މި އޮންނަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް ލިމިޓް ކޮށްފައި އެ މީހުންގެ ކާޑު ބޭނުންކުރެވޭނީ 250 ޑޮލަރު ކަމަށް. އީވޮލެޓްތަކަށާއި އޮންލައިން ޓްރޭޑިން ޕްލެޓްފޯމްތަކަށް ބީއެމްއެލްގެ ކާޑުތަކުން ފައިސާ ޖަމާކުރުމަކީ ނުކުރެވޭ ކަމެއް. ހުއްޓުވާފައި އޮތީ. އެހެން އޮއްވައި އަޅުގަނޑުމެންގެ ކުންފުންޏަށް މި ފައިސާ އައިސް، އަޅުގަނޑު ހެދިގޮތެއް ހަދައިގެން އޮންލައިން ވޮލެޓްތައް މެދުވެރިކޮށް ކްރިޕްޓޯ އަށް ބަދަލުކޮށްގެން އަޅުގަނޑު މި ފައިސާ ލައިފިން ޓްރޭޑިން ޕްލެޓްފޯމްތަކަށް،" އޭނާ ވިދާޅުވި އެވެ.
"މިިއީ މައްސަލަ އަކީ. އެކަން ކުރުން ހުއްޓުވައިފައި އޮއްވާ އަޅުގަނޑު މިހެން މިކަން ކުރީމަ، އެއްކަހަލަ ހުއްޓުވި މިންވަރަށް ވުރެ މާ މާސްކޮށް މިކަން މި ހިނގީީ. އެހެންވެ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ މީހުން ބިރުގަންނަވާލުންތާ، ފާޑެއްގެ ސްކީމެއް ހަދައިގެން އޮޅުވާލައގެން ލާރި ހޯދައިގެންނޭ ކިޔައިގެން މި ވާހަކަތަކެއް ދެއްކީ."
އަލްހާން ވިދާޅުވި ގޮތުގައި އެގޮތަށް އެމްއެމްއޭ އާއި ސީއެމްޑީއޭ [ކެޕިޓަލް މާކެޓް އޮތޯރިޓީ] އިން ބަޔާން ނެރުނީ، "ޕޮލިސީ ލެވެލްގައި ނެގޭނެ އެކްޝަނެއް ނެތީމަ" އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އެއިން އެނގޭހާ ވެސް ކަމަކީ އޭނާގެ ކުށެއް ނެތް ކަން ކަމެވެ.
"އެކަމަކު އެ މީހުން ހިޔެއްނުކުރާނެ އަޅުގަނޑު މިހެން [ޖަދަލުކުރަން] ނުކުންނާނެ ކަމަކަށް."
އަލްހާން ވިދާޅުވި ގޮތުގައި ފޮރެކްސް ޓްރޭޑިން ލިބޭ އާމްދަނީގެ ކުދިކުދި އަދަދުތައް ބީއެމްއެލް އިން ކުރިން ދިޔައީ ޖަމާކޮށްދެމުންނެވެ. އެކަމަކު މައްސަލަ ކުރިމަތިވީ ދާދިފަހުން ބޮޑެތި އަދަދުތަކުން ފައިސާ ގެންގޮސް، ބަރިބަރި އަށް ޖަހަން ފެށި ހިސާބުންނެވެ.
"އިންވެސްޓާސް ގިނަަވަމުންދާ ވަރަކަށް ނަގަން ޖެހޭ/ ޖަމާކުރަން ޖެހޭ ފައިސާގެ އަދަދު ވެސް ދާނީ ގިނަވަމުންތާ. ކުރީ ދުވަހަކު 60،000 ޔޫރޯ އެއްފަހަރާ ޖަމާކުރީމަ ޓަސްލައިފައި ބޮޑު އިޝޫއެއް އައީ. ހަފުތާއެއް ވަންދެން އޭތި ރިވިއު އަށް ލައިފައި ތަޅުވަތަޅުވާފައި، އަޅުގަނޑުމެން އޭގެ ހުރިހާ ޑޮކިއުމެންޓްސް ދެއްކީމަ ވެސް އެންމެ ފަހުން ސޯސް އޮފް ފަންޑްސް އައިޑެންޓިފައި ނުކުރެވޭއޭތީ ކިޔާފައި އޭތި ރިޖެކްޓްކޮށްފައި ރިޓާން ކުރީ."
އެކަމަކު ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް ވެސް، އަދި އޭނާ ދަންނަ އެންމެންނަށް ވެސް، އޭނާ އަކީ ޓްރޭޑް ކުރާ މީހެއްކަން އެނގޭނެ ކަމަށް އަލްހާން ވިދާޅުވި އެވެ.
"އަޅުގަނޑު 100 ޑޮލަރުން 1000 ޑޮލަރު ހަދާކަށް ނުނަގާނެ އެއް ގަޑިއިރު ވެސް. އަޅުގަނޑު 100 ޑޮލަރު ފަސް ސިކުންތަށް ޓްރޭޑެއް ޕްލޭސް ކުރީމަ އަޅުގަނޑުގެ ޕޭއައުޓަކީ 190 ޑޮލަރު. މާނައަކީ 90 ޕަސެންޓްގެ ޕްރޮފިޓްގައޭ އަޅުގަނޑު ސިކުންތެއްގެ ޓްރޭޑެއް ޕްލޭސް ކޮށްފައި ނިންމާލަނީ."
"އަޅުގަނޑަކީ އޮޕްޝަން ޓްރޭޑް ކުރާ މީހެއް. އައިކިޔޫ އޮޕްޝަންގައި އަޅުގަނޑު އެއްވަނައިގައި ޓްރޭޑް ކުރިން. އަޅުގަނޑު ޓްރޭޑްކުރާއިރު އެމްއެމްއޭ އަށް ނޫނީ ބީއެމްއެލް އަށް ބޮޑުވީއޯ 10،000ރ. މީހެއްގެ އަތުން ނަގާފައި އަށް މަސް ތެރޭގައި އެ މީހަކަށް 15،000ރ. ދިނުން. އަޅުގަނޑު 100 ޑޮލަރުން 1000 ޑޮލަރު ހަދާކަށް ނުނަގާނެ އެއް ގަޑިއިރު ވެސް. އަޅުގަނޑު 100 ޑޮލަރު ފަސް ސިކުންތަށް ޓްރޭޑެއް ޕްލޭސް ކުރީމަ އަޅުގަނޑުގެ ޕޭއައުޓަކީ 190 ޑޮލަރު. މާނައަކީ 90 ޕަސެންޓްގެ ޕްރޮފިޓްގައޭ އަޅުގަނޑު ސިކުންތެއްގެ ޓްރޭޑެއް ޕްލޭސް ކޮށްފައި ނިންމާލަނީ."
އޭނާ ވިދާޅުވީ އެއީ ހުއްދަ ވިޔަފާރިއެއް ކަމަށެވެ.
"ހުއްދަ ނޫން ވިޔަފާރިތައް އެއީ ބަޔާންވެ ލިޔެވިފައި ހުރި އެއްޗެއް."
"ވަރަށް ސާފުކޮށް ބުނެފައި އޮންނާނީ މި ފައިސާ ބޭނުންކުރަނީ ޓްރޭޑިންގައިކަން. އިންޑިވިޖުއަލް މީސްމީހުންނާ ވާހަކަ ދައްކާފައި އެ މީހުންނާ ދެއްކި ވާހަކައިގެ ޗެޓްލޮގްސް އެބަހުރި ލިޔެކިޔުމުން. އެއްވެސް ގޮތަކަށް އޮޅުވާލައިގެން މީހުންނަށް ކޮންވިންސްކޮށްދީގެން ފައިސާ ހޯދައިފައެއް ނޯންނާނެ. ތިބޭފުޅުންނަށް އިތުބާރު ކުރެވެންޏާ ފައިސާ ދޭށޭ އަޅުގަނޑުމެން މި ބުނަނީ."
އަލްހާން ވިދާޅުވަނީ އޭނާ ދިވެހި ފައިސާ އަށް ހަދާ ގޮތެއް ހަދާފައި ޑޮލަރަށް ބަދަލުކުރާ ގޮތް ނޭންގުން އެއީ ދައުލަތުގެ މާލީ ނިޒާމުގައި ހުރި މައްސަލަތަކެއް ކަމަށެވެ. އަދި އެ ފައިސާ އިން އިންވެސްޓްކޮށް އޭނާގެ ވިޔަފާރި ބޭންކްތަކާއި ކަމާ ބެހޭ ފަރާތްތަކަށް ނޭނގުމަކީ އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ކުށެއް ނޫނެވެ.
"އެ މީހުންނަށް ކޮންޓްރޯލް ގެއްލުނީ. އެ މީހުންނަށް ދިވެހި ރުފިޔާ އަށް ވާ ގޮތް ނޭނގުނީ. ދިވެހި ރުފިޔާ ކްރިޕްޓޯ ކަރަންސީ އަށް ބަދަލުވެގެން ގޮސް އެތައް އަދަދެއް ބޭރުވެގެން ދާއިރު އެ މީހުންނަށް ދެން ނެތެއް ނޫންތޯ މި ފަންޑު މެނޭޖް ކުރެވޭކަށް. އަޅުގަނޑު ހެދިގޮތަކުން އެ މީހުންގެ އަތުން މާލިއްޔާގެ ކޮންޓްރޯލް މި ގެއްލުނީ ނޫންތޯ. ދުވަސްކޮޅަކުން ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން ރާއްޖޭގައި ޑޮލަރުގެ އަގު ކަނޑައަޅާނެތީވެ [އެ ބިރު ނޫންތޯ މިއޮތީ]،" އޭނާ ވިދާޅުވި އެވެ.
އެއާ އެކު އޭނާ އެހެން ސުވާލުތަކެއް ވެސް ކުރެއްވި އެވެ؛ އެއް ސުވާލަކީ ދައުލަތުގެ މާލީ އިދާރާތައް ދަންވަރު އޮފީސް ހުޅުވައިގެން މިކަން މާ އަވަސް އަރުވާލައިގެން އުޅެ ބަޔާން ނެރުނީ ކީއްވެގެން ހެއްޔޭ އެވެ؟
"މި ރާއްޖޭގައި ބީއެމްއެލްގެ ތެރޭގައި އެމްއެމްޕީއާރުސީގެ އެއޮއް ބޮޑު ވައްކަން ހިނގައިދިޔަ އިރު މި މީހުންނަކަށް އެއްވެސް ކަމެއް އެނގޭ ކަމަކަށް ނުވި. އަޅުގަނޑުގެ އަނެއް ސުވާލަކީ ކީއްވެގެންތޯއޭ އެމްއެމްއޭގެ ސްޓޭޓްމަންޓްގައި ލިޔަނީ ކަލޭމެން ތި ލާރިއެއް ބޭންކަކަށް ވެސް އޭތި ރިކަވާކޮށެއް ނުދެވޭނެއޭ،" އޭނާ ސުވާލު ކުރެއްވި އެވެ.
"ބަލަ މީހުން ލާރި މީހުންގެ އަތަށް ދެނީކީ ބޭންކް އޮފް މޯލްޑިވްސް ރިކަވާކޮށްދޭނެ ކަމަކަށް ނޫނޭ. އެ މީހުންނަށް އެނގެއޭ މި ދެނީ ޓްރޭޑްކުރަން ލިސްޓަކަށް ލައިފައި ކަން. އެމްއެމްއޭ އާއި ބީއެމްއެލްގެ ބެލެނިވެރިކަމުގައެއް ނޫނެއްނު އަހަރެމެން އެކަކު ވެސް ފައިސާގެ މުއާމަލާތް ކުރަނީއެއް."
"ކްރިޕްޓޯ ވޮލެޓަކުން ބައިނޭންސުން ހިންގާ ޓްރޭންސެކްޝަަނެއްގެ ޓްރޭސް ބެކްކޮށްގެން އެ ހޯދޭނެ ގޮތެއް ނޯންނާނެ. އަޅުގަނޑު ޓްރޭޑްކުރަނީ ޔޫއެސްޑީޓީގައި. ކްރިޕްޓޯ ކަރަންސީގައި އަޅުގަނޑު ޓްރޭޑް ކުރަނީ. އެހެންވީމަ ޔޫސްޑީޓީ ދިވެހި ރުފިޔާ ޑޮލަރަށް ބަދަލުވެގެން ޑޮލަރު ޔޫއެސްޑީޓީ އަށް ބަދަލުވެގެން ހިނގާ ޓްރާންސެކްޝަނެއްގެ ވާހަކަ މި ދައްކަނީ. އެހެންވީމަ ދިވެހި ފައިސާ ޑޮލަރަށް ބަދަލުވެއްޖެ. ބަދަލުވީ ގޮތެއް މި މީހުންނަކަށް [މާލީ އިދާރާތަކަށް] ނޭނގުނު."
އެމްއެމްއޭ: ބޮޑު ޒިންމާއެއް ފެށުމުގެ މަރުހަލާގައި -- މިހާރު ފޮޓޯ
މާލީ އިދާރާތަކުން ބުނަނީ ހުއްދަ ނެތް މިކަހަލަ ފަންޑުތަކުގައި ބައިވެރިވުމަކީ ރިސްކް ބޮޑު ކަމެއް ކަމަށެވެ. އަދި މިއީ ކޮންޒީ ސްކީމެއް ކަމަށް ވާތީ، އެއީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށެވެ. އަލްހާން އެކަން ސިފަ ކުރެއްވީ، މާލީ އިދާރާތަކުން ކުރާ ހިޔާލީ ތަސައްވުރެއްގެ ގޮތުގަ އެވެ.
"އެކަމަކު އަޅުގަނޑު އެބަ ޓްރޭޑް ކުރަމޭ. އަޅުގަނޑުމެންގެ ޓްރޭޑިން އާނިންސް އެބައޮތޭ. އަޅުގަނޑުމެން ދުވާލަކު ދެ ލައްކަ ޑޮލަރު ތިން ލައްކަ ޑޮލަރު އެބަ ޖެނެރޭޓް ކުރަމޭ. އެހެންވީމަ އެ މީހުންނަކަށް އެހެނެއް ނުބުވޭނެ. އަޅުގަނޑުމެންނަކީ މާސްޓާ އެކައުންޓްސް ހުރެގެން ބައިވަރު ސްލޭޝް ލައިގެން ކޮޕީ ޓްރޭޑިން ސިސްޓަމަކަށް ސިސްޓަމް ގޮތަކަށް ޓްރޭޑް ކުރާ ބައެއް. އެ މީހުންނަށް އެ އުޅެނީ އަޅުގަނޑުމެން ހަދާ ނުހދާއެއް ނޭނގިގެން،" އޭނާ ވިދާޅުވި އެވެ.
"ތިން މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ އިންވެސްޓްމަންޓް 100 މިލިއަން ރުފިޔާ އަށް ވުރެ މަތި. އެހެންވީމަ އަޅުގަނޑު ދޫކޮށްލައިފިއްޔާ އަޅުގަނޑުތާ ދެން އެމްއެމްއޭ އާއި ބީއެމްއެލް އަށް ވެސް ވާނީ."
"މިހާރު އަޅުގަނޑުމެން އެބަތިބި 2000 އިންވެސްޓަރުން. އެ މީހުންގެ އިންވެސްޓްމަންޓްތައް އެބަހުރި. ފަސްދޮޅަކަށް މީހުންގެ އިންވެސްޓްމަންޓް ވަނީ ރިކަވާ ވެފައި. ތިން މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ އިންވެސްޓްމަންޓް 100 މިލިއަން ރުފިޔާ އަށް ވުރެ މަތި. އެހެންވީމަ އަޅުގަނޑު ދޫކޮށްލައިފިއްޔާ އަޅުގަނޑުތާ ދެން އެމްއެމްއޭ އާއި ބީއެމްއެލް އަށް ވެސް ވާނީ."
"އަޅުގަނޑުމެންގެ އިންވެސްޓްމަންޓްތައް ނިމެން 2024 އާ ހަމަ އަށް ވެސް ހުންނާނެ އެކްސްޕޭންޑް ވެފައި. އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ދޭން މި ޖެހެނީ. އެހެންވީމަ ފްރޯޑެކޭ އެހެނެއް ނުވެސް ބުނެވޭނެ."
އަލްހާން އަދި ވިދާޅުވީ، އޭނާ މި ވިޔަފާރި ކުރިއަށް ގެންދަނީ އިންވެސްޓަރުންނާ އެކު ވީ ވައުދާ އެއްގޮތަށް ކަމަށެވެ.
"100،000ރ. ދޭ މީހާ އަށް އަޅުގަނޑުމެން މި ދެނީ ދެ އަހަރުގެ ތެރޭގައި ފަސް ލައްކަ ރުފިޔާ. ދެ އަހަރު ދުވަހަކީ ވަރަށް ބައިވަރު ދުވަސް. އަނެއްކާ މި ދަންނަވާހެން ޓްރޭޑިން އާނިންގައި އެއްލައްކަ ރުފިޔާ އިންވެސްޓް ކުރީމަ 10،000 ޑޮލަރުން އަޅުގަނޑުމެންނަށް ހެދޭނެ އެއް ލައްކަ ޑޮލަރު."
"100،000ރ. ދޭ މީހާ އަށް އަޅުގަނޑުމެން މި ދެނީ ދެ އަހަރުގެ ތެރޭގައި ފަސް ލައްކަ ރުފިޔާ. ދެ އަހަރު ދުވަހަކީ ވަރަށް ބައިވަރު ދުވަސް. އަނެއްކާ މި ދަންނަވާހެން ޓްރޭޑިން އާނިންގައި އެއްލައްކަ ރުފިޔާ އިންވެސްޓް ކުރީމަ 10،000 ޑޮލަރުން އަޅުގަނޑުމެންނަށް ހެދޭނެ އެއް ލައްކަ ޑޮލަރު."
އޭނާ ވިދާޅުވީ ރާއްޖޭގެ އެތައް ބަޔަކު މި ފަންޑުގައި ބައިވެރިވެފައިވާ އިރު މިއީ ދެން ހުއްޓާލެވެން އޮތް ކަމެއް ނޫނެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ ކޮންމެ ގޮތަކުން ވިޔަސް ފަންޑު ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެކަމަށް ބޭންކުން ނުވަތަ އެމްއެމްއޭ އިން ހުރަސް އަޅައިފިއްޔާ ހެދޭނެ އެހެން ގޮތްތައް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުން ޖާހިލެއް ނުވާނެ. ވަގުތުކޮޅަކަށް މިކަން ހުއްޓުވޭނީ. އެ މީހުން ލައްވާ ޓްރޭޑިން އެކައުންޓް ހުޅުވައި އޮންލައިން ވޮލެޓް ހަދައިގެން އެ ވޮލަޓަށް ލާރި އަޅުވައިގެން ވިޔަސް މިކަން ކުރާނަން. ބީއެމްއެލްގައި ހުރި އެކައުންޓްތައް ކްލޯޒްކޮށްފައި ސްކްރިލް އާއި ވެބްމަނީ އާއި ޕާފެކްޓް މަނީ އާއި ބައިނޭންސް ކަހަލަ ތަންތަނުގައި އީ ވޮލެޓް ހަދައިގެން އީވޮލެޓް އެ ވޮލެޓް އަޅައިގެން މިކަން ކުރާނަން،" އަލްހާން ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަޖައްސާނަން ދިވެހި ކޮންމެ ރައްޔިތަކަށް ގޭގައި އިނދެގެން ލާރި ލިބޭނެ ނިޒާމެއް އޮފީހަށް ނުގޮސް، ސިވިލް ސާވިސްގެ އަޅުވެތިކަމުގައި ނެތި. ދެން ކިހިނެއްތޯ ހުއްޓުވާނީ. ނުހުއްޓުވޭނެ މިކަމެއް."
ރާއްޖޭގެ މާލީ ނިޒާމު އޮތީ، އަލްހާން ވިދާޅުވި ގޮތުގައި ދުނިޔޭގެ ޒަމާނީ ނިޒާމުން ބޭރުވެފަ އެވެ. އެހެންވެ، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ފައިނޭންޝަލް ސިސްޓަމް ޒަމާނީކޮށް، އަންނަ ބަދަލުތަކާ އެއްވަރަށް އެމްއެމްއޭ ތަރައްގީވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ގަބޫލުކުރަންވީ ކަމަކީ ދިވެހިން އެކްސްޕޯޒް ވެއްޖެ ކަން މުޅި ދުނިޔޭގެ ކޮމާޝަލް ނެޓްވޯކްތަކަށް. އެހެންވީމަ އިންޓަނެޓްގައި ހިންގާ ދުނިޔޭގެ ކޮމާޝަލް ނެޓްވޯކްތަކަށް އެކްސެސް ވާން ބޭނުން ވެއްޖިއްޔާ އެ ފުރުުސަތު އޮންނަން ޖެހޭނެ. އަޅުގަނޑު ބޭނުން ވަނީ އަޅުގަނޑުގެ ފައިސާ ޓްރޭޑިން ޕްލެޓްފޯޯމަކަށް އިންވެސްޓްކޮށްގެން ކަމަށް ވާ ނަމަ އެ ފުރުސަތު އޮންނަން ވާނެ. ައދި އެ ކުރާ އިންވެސްޓަކުން ލިބޭ ފައިސާ އެތެރެ ކުރުމުގެ ފުރުސަތު ވެސް އޮންނަން ވާނެ. އެ ނެތީ ރާއްޖޭގައި."
"އެ ގާނޫނީ ގާނޫނީ ނިޒާމު ނެތީ. ފޮރެކްސް ޓްރޭޑަރުންނަށާއި އެ މީހުން ހޯދާ އާމްދަނީ އަށް ޓެކްސް ކުރަންޏާ އެ ވާހަކަތައް ގާނޫނުގައި ލިޔަން އެބަ ޖެހޭ. މިހާރު މި ގެންނަ ލާރި އަށް ޓެކްސް ކުރެވޭނެ ގޮތެއް ނެތް. އެ ލާރި ހޯދޭނެ ގޮތެއް ނެތް. އެހެންވީމަ [މިކަން] ހުއްޓުވަންތާ ޖެހޭނީ."
އޭނާ ވިދާޅުވީ ކަމާ ބެހޭ އިދާރާތަކުން އޭނާގެ ނަން ނުބުނެ ވިޔަސް، އޭނާ އަށް އަމާޒުކޮށް އެ ނެރުނީ ވަރަށް ގެއްލުން ހުރި ބަޔާންތަކެއް ކަމަށެވެ. އޭގެ ބަދަލު ހޯދަން ދައުވާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަބުރު ގެއްލެނީ. މިއީ ދައުވާ ކުރެވެން ޖެހޭނެ މައްސަލަ. ނުސީދާ ގޮތަކަށް ނަން ނުބުނެ އަޅުގަނޑުމެންނަށް އަމާޒުކޮށްގެން މި ނެރުނީ. މިކަން ކުރީތީ އެމްއެމްއޭ އާއި ބީއެމްއެލްގެ މައްޗަށް ކަނޑައެޅިގެން އަޅުގަނޑު ދައުވާ ކުރާނަން."
Alhan ge forex fund: Bodu gellumakaa kurimathilaan jehidhaane!
The most trusted news source in the Maldives
Mihaaru
މި މައްސަލާގައި ތަޖުރިބާކާރުންގެ ވާހަކަތައް
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިތަކުރު
14 March 2022
މީހުންގެ ބޯކާލަން ކިތަންމެ މޮޅަށް ވާހަކަ ދެއްކިޔަސް ތިއީ ބައެއްފަހަރަށް ފައިދާލިބިފައި ގިނަ ފަހަރަށް އެއަށްވުރެބޮޑެތި ގެއްލުންވެސް ލިބޭނެ ކަމެކެވެ. އެހެން ނޫންނަމަ ބުރަ މަސައްކަތްނުކޮށް އެންމެންވެސްވީ ތިޔަ މީހާ ލައްވާ އަތުގައި ހުރިލާރިއަކަށްވިއްޔާ ތިކަން ކުރުވާށެވެ. ވަޒީފާ އަދާކުރުމާއި ބުރަމަސައްކަތް އެކަކުވެސް ކުރާނެކަމެއްނެތެވެ. ތިބުނާހެން އެއްވެސް ރިސްކެއްނެތް ކަމެއްނަމަ ލޯނެއް ނަގާފަވެސް ދޭންވީއެވެ. ވައްޓަފާޅި ތަފާތުވިޔަސް ތީއާކަމެއްނޫނެވެ.
ޑެތު
13 March 2022
ބަލަ މި ހިރަ ހުރިހާ ފަހުމީ ތަކެއް ޖާޑިޔައް ލާނވީ!
ދެރަ
13 March 2022
ޢިލެކްޝަނެއްގަ 2000 ވޯޓު ނުލިބި ، 2000 މިިހުން އިންވެސްޓުކޮށްގެން ތިމަންނައާއެކު ތިއްބޭ ބުނުމުން ދެރަވޭ.
ކިހިނެއް ވާކަމެއް
13 March 2022
މިކަމައް ތާއީދުކުރަނީ އެއް ނުވަތަ ނުކުރަނީ އެއްވެސް ނޫން، އެކަމަކު މިކަން ހުއްޓުވަނީ ރައްޔިތުން ތަކަކައް ގެއްލުން ވެދާނެ ތީ އޭ ބުނާނަމަ، ކީއްވެ ތޯ އޭ ޖަލުގައާއި އެތަން މިތަނުގަ ތިބެގެން ފާޑު ފާޑުގެ ކޯލްތަކުން ނާ އެކައުންޓުތައް ހެކް ކޮއްގެން ޓްރާންފާ ކުރާ އެކައުންޓް ތައް ބޭންކްއިން ފްރީޒް ނުކުރެވެނީ؟ އެނީހުންނައް ކުރާ އެކައުންޓް އިނގޭ، ފައިސާ ނަގަން އޭޓީއެމް އައް ދާމީހާ އެބަ އިނގޭ. ކީއްވެ މިއެކައުންޓް ތައް ފްރީޒް ނުކުރެވެނީ؟
ޖީޒާރ
13 March 2022
މިސްޓަރ މާމަކަރޭ. ޔޫއާރ ފިނިޝްޑް.
ޝަހީ
13 March 2022
ދިވެހިރާއްޖޭގަ ހުރި ހުރިހާ ސިޔާސީޕާޓީތަކަށް ވަދެ އެތަންތަނުން ވެސް މަންފާނަގައި ބައެއް ފަނޑިޔާރުންނަށް ވެސް ބުލެކްމެއިލްކޮށް ލަނޑުދީފައިވާ މީހަކަށް، ތެދުވެރި އެކަކުވެސް އިތުބާރު ނުކުރާނެ.
އިމަނާ
13 March 2022
ޓާގެޓާއެއްގޮތަށޭ ކަންކަން އެގެންދަނީ. އޭގެބައެއްމީ. އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މިނިސްޓަރުން ފެށިގެން ކިތައްމީހުން ދައުލަތުގެ ތެރޭގައި އެބަތިބި. އެކަމެއްނުބައެއްނޫންތޯ. ކުރާހާވެސް ކަމަކީ ކޮމެޓީހަދާ ޕާޓީގެ މީހުންނަށް ބޮޑެތި މުސާރަތައްދީ ނިކަމެތިން ބިކަކުރުންނޫންތޯ. އެކަހަލަ އެކަކުގެވެސް ހެއްކެއް، ނެތްތާ، އެކަންކުރަން ތިބިމީހުންގެ ބަހާ ޢަމަލެއްވެސް ދިމަލެއްނުވޭނޫންތޯ. އެހެންވަނީ މިއީ ދުނިޔެކަމަށްވާތީ، ވަގުން އަބަދުވެސް ވައްކަންކުރާނެ.
ގަދަރުއްމާނު
13 March 2022
ތިޔަގޮތަށް ގަދަބަސްބުނެފަ ބުދުބަހައްޓާނަމޭވެސް ބުނީ. ބެހެއްޓުނުތަ؟
ވާނުވާޖުވާ
13 March 2022
އަހަރެންމީ ތިކަން ކުރާ ނޫނީ ވާނުވާވެސް މާބޮޑައް އިނގޭ މީހެއްނޫން…އެކަމު އިނގޭ އެއްޗަކީ ތީގަ ލަނޑުލިބޭ ފަހަރު އާދޭ ..އަސްލު މިހާރު ވެގެންތިއުޅޭ ގޮތަކީ 100000 ނޫނީ އެއައްވުރެވެސް ބޮޑުކޮއް ކޮއްފަހުރި އިންވެސްޓްތަކެއް މަޅި އެރީ ތިބުނާ ބޭރު ކޮޅުތަކުން އެހެންވީމަ ދިވެހި މީހާއަށް ފައިސާ ނުދެވިގެން ތި އިޝްތިހާރުކޮއް ފިކްސް ރޭޓް ހަދާ ތިބުނާ މިނެޓަކުން 1000ޑޮލަރު ހޯދާމީހާ ތި ޖެހެނީ 2 ނޫނީ 3 އަހަރު ނަގަން ލާރި އަނބުރާދޭން
މޫސަ ފަހީމް
13 March 2022
ނޭންގޭ ކަން ކަމުގަ ވާހަކަ ނުދެއްކުން ބުއްދިވެރި
ރަދުން
12 March 2022
އަލްހާންމެން ތިޔަ ކުރަނީ ޓްރޭޑިން އެއް ނޫން. އައި،ކިއު އޮޕްޝަން ގަ ބެޓް ތި ކުރަނީ، އަހަރުންވެސް ޓްރޭޓް ކުރަން، އެކަން ޓްރޭޑް ރަނގަޅަށް ކުރާ އެއްވެސް އިންވެސްޓްމަންޓް ފަންޑަކުން އައި.ކިއު އޮޕްޝަން ބޭނުންމެއް ނުކުރާނެ.