އިލެކްޓްރޯނިކް ސާމާނު ވިއްކަމުން އަންނަ ލިންކްސާވުން "މީޓިން އައުލް ޕްރޯ"7ގެ ވީޑިއޯ ކޮންފަރެންސިން ސިސްޓަމެއް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.
ލިންކްސާވުން ބުނީ، މި ވީޑިއޯ ކޮންފަރެންސިން ސިސްޓަމަކީ އާންމުކޮށް ހުންނަ ކޮންފަރެންސިން ސިސްޓަމްތަކާ ހިލާފަށް މާގިނަ އިތުރު ޑިވައިސްތައް ބޭނުންވާ އެއްޗެއް ނޫން ކަމަށެވެ. ދުނިޔޭގައި މަޝްހޫރު މި ބްރޭންޑްގެ ކޮންފަރެންސިން ސިސްޓަމުން މައިކާއި ކެމެރާ އާއި ޓީވީ އާއި ސްޕީކާ ސިސްޓަމް ވަކިން ގުޅާކަށް ނުޖެހޭނެ އެވެ.
"މީޓިން އައުލް ޕްރޯ" އިން ވީޑިއޯ ކޮންފަރެންސެއް ބޭއްވުމަށް ބޭނުންވާ ފުލް ސޮލިއުޝަން ލިބޭނެ އެވެ. މި ސިސްޓަމްގައި ހިމެނެނީ 360 ކެމެރާ އެކެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މި ކޮންފަރެންސް ސިސްޓަމުން ކުދި ބައްދަލުވުންތަކުން ފެށިގެން ބޮޑެތި ހުރިހާ ބައްދަލުވުންތަކެއް ވެސް ބޭއްވޭނެ އެވެ.
މި ކޮންފަރެންސް ސިސްޓަމުން ގޫގުލް މީޓާއި ޒޫމް އާއި ގޮޓޯމީޓާއި މައިކްރޯސޮފްޓް ޓީމް އާ ވެސް ކަނެކްޓް ކޮށްލެވޭނެ އެވެ.
މި ކޮންފަރެންސް ސިސްޓަމްއާ ގުޅޭ މައުލޫމާތު ހޯދުމަށް ލިންކްސާވްގެ 3003000 ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.