މިއަދުގެ ހަފްލާގައި މިނިސްޓަރު ޝައުނާ އަދި އޫރީދޫގެ ސީއީއޯ ހާލިދު އާ ފިލްޓަރު ތަޖުރިބާ ކޮށްލައްވަނީ.---ފޮޓޯ: ފަޔާޒް މޫސާ| މިހާރު
20 އެޕްރީލް 2022 - 14:35
އުރީދޫން ސްނެޕްޗެޓާ ގުޅިގެން ދިވެހިވަންތަކަން ދައްކުވައިދޭ ލެންސަކާއި ފިލްޓަރެއް މިއަދު ތައާރަފުކޮށްފި އެވެ.
މި ލެންސާއި ފިލްޓަރު ތައާރަފުކުރީ އުރީދޫގެ މައި އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގަ އެވެ. މި ހަފުލާގައި ސައިންސާއި ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ އާއި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހަސަން ހާލިދާއި ސްނެޕްޗެޓްގެ ޕާޓްނާޝިޕްސް މެނޭޖަރު ބާޗިރު ބޫމެދައިން ބައިވެރިވެވަޑައިގަތެވެ.
އުރީދޫގެ އެމްޑީ ހާލިދު ވިދާޅުވީ، ރާއްޖެ އަންނަ ގިނަ މީހުން ރާއްޖެ އާދެވުނުކަން އެ މީހުންގެ އާއިލާ އާއި ރަހްމަތްތެރިންނާ ހިއްސާކުރަން އެކި މެސެޖުތައް ބަދަލުކުރާ ކަމަށާއި އަލަށް ތައާރަފުކުރި ފިލްޓަރު އެ ކަމަށް ބޭނުން ކުރެވޭނެ ކަމަށެވެ.
މިއަދުގެ ހަފުލާގައި މިނިސްޓަރު ޝައުނާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު
އުރީދޫން ސްނެޕްޗެޓާ ގުޅިގެން މިއަދު ތައާރަފުކުރީ ރާއްޖޭގެ ރީތި މަންޒަރު [ނޫކުލައިގެ އުޑާއި ވިލުނޫ ކުލައިގެ މޫދާއި ރުކުގެ ފަން) ދައްކައިދޭ ފިލްޓަރެކެވެ. އެ ފިލްޓަރުން ރާއްޖޭގެ ޓޫރިޒަމާ ބެހޭ ސްލޯގަން ''ސަނީ ސައިޑް އޮފް ލައިފް'' ފެނެ އެވެ. ދިވެހި ސަގާފީ ހެދުން ދައްކުވައިދޭ ލެންސެއް ތައާރަފުކުރިއިރު، އެ ލެންސުގައި ދެ ޖިންސްގެ ހެދުން ވެސް ހިމެނެ އެވެ.
މި ފިލްޓަރާއި ލެންސާއެކު އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ސްނެޕްޗެޓް ބޭނުންކުރުމަށް ހާއްސަ ޑޭޓާ އޮފާތަކެއް ވެސް ތައާރަފުކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ދުވަހަށާއި ހަފުތާއަކަށާއި މަސް ދުވަހަށް ހާއްސަ ކޮށްފައިވާ އޮފާތަކެވެ. އެއީ ދުވާލަކަށް (ދެ ޖީބީ/އަގު: 10ރ.) އާއި ހަފުތާއަކަށް (10 ޖީބީ/އަގު: 50ރ.) އާއި މަހަކަށް (20 ޖީބީ/އަގު: 100ރ.) އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިންގް އިލްހާމް
21 April 2022
އުރީދޫ ސަޅި، ދޭހިދުމަތްތަކާއި ހޭދަވާ ވަގުތާއި ކަސްޓަމަރުންނަށް ހިދުމަތް ހޯދަން ދިޔުމުން ވާހަކަ ދައްކާ އުސްލޫބުވެސް ސަލި، ޒަމާނާއި ވަގުތާއި ހާލަތަށް ބަލާ ފިކުރުކުރާއިރު ދޭ ހިދުމަތް ތަރައްޤީ ކުރެވޭނެ ފަސޭހަ މަގުތައް ކޮށާ އާރާސްތުކުރަން ޖެހޭ ކީބޯޑު ހުސްވާނެއް އަދަދު ޖައްސަވާ ކަސްޓަމަރު ފޫހިވާވަރު ނުކޮށް ޑައިރެކްޓް ބޭނުންވާ ހިދުމަތާއި ބެހޭ ޑިޕާރޓްމަންޓާއި ގުޅޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުމާއި ޖީބައް ލުއިވީމައި އެވީ އަސްލު ސަޅި،
ކޮރަލް
20 April 2022
މިނިސްޓަރު މިކަހަލަ ތަންތަނަށް ގޮސް ނޫސް ތަކުގެ ފަލަ ސުރުހީއަށް އަރަނީ އެވެ. ގައުމަށް ފައިދާ ހުރި ކަންކަން ކޮށް ބަލާށެވެ.
ދެރއ
20 April 2022
ހަހާާ. ސްނެޕްޗެޓް ފިލްޓަރ ތައާރަފް ކުރަން ހަފްލާ އެއް! ދުނިޔޭގެ އެތަން މިތާ ގަ އެތަށް ފިލްޓަރ އެއް ހަދާ، ހަފްލާ ތަކެއް ނުބައްވާ! ބިސް ނާޅާ ކުކުޅަށް ގާ ބިހެއް އެޅުމުން އުޅޭހެން ތިއުޅެނީ.
48343
20 April 2022
ޝުކުރިއްޔާ އުރީދޫ. ދިވެހިންނަށް ތިކަމުން ގިނަގުނަ ފައިދާތަކެއްކުރާނެ.